އަދުގެ ޚާއްސަ

ޚާއްޞަ

Print

މުސްލިމު ސައިންސް ދާން - 27

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


حَكِيْمُ أَبُومُحَمَّدُ اَلْعَْدْلِي اَلْقَايِنِي

377/995

އަޙްމަދު ފަހުމީ

ތަޢާރުފު

މީނާ އަކީ، ފަލަކީ ޢިލްމާއި ޢިމާރާތް ކުރުމުގެ ފަންނަށް މޮޅު ބޭފުޅެކެވެ. އަދި އޭނާ އަކީ، ހިސާބު ޢިލްމުގެ ތެރެއިން ޢިލްމުލް މަސާޙަތު ގެ ވެސް މާހިރެކެވެ.
Print

މުސްލިމު ސައިންސްދާން - 26

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

عُطَارِدُ الْكَاتِبُ

214ހ 832މ
ތަޢާރުފު

عُطَارِدُ الْكَاتِبُ އަކީ، ލިޔުން ތެރިއެކެވެ. ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ނަމުގެ ފަހަތަށް اَلْكَاتِبُ (ކާތިބު) އައިސްފައިވަނީ އެވެ. އެހެންނަމަ ވެސް އޭނާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ، މަޢުދަންތަކާ ބެހޭ ޢިލްމަށެވެ.

ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު

عُطَارِدُ ތަޙްޤީޤު ކުރިޔަށް ގެންދެވީ، މަޢުދަންތަކާ ބެހޭ ގޮތުންނެވެ. އެފަންނުގައި އޭނާ ފޮތް އެކުލަވައި ލައްވައިފައި ވެ އެވެ.
Print

މުސްލިމު ސައިންސްދާން - 25

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

جَابِرُ بْنِ حَيَّانُ

198ހ 817މ ނުވަތަ 815
ތަޢާރުފު

ޖާބިރު ބިން ޙައްޔާނަކީ، ކީމިޔާ ޢިލްމު ނުވަތަ ކެމިސްޓްރީގެ ބައްޕަ ކަމުގައި ޤަބޫލުކުރެވެ އެވެ.

ބޮޑުފުޅުވުމާއި ތަޢުލީމާއި ތަރުބިއްޔަތު

ޖާބިރަކީ، ފަޤީރު ޚާންދާނެއްގެ ބޭފުޅެކެވެ. ކާބަފައިންގެ މަސައްކަތަކީ، ބޭސް ވިއްކުމެވެ. ޖާބިރުގެ ބައްޕާފުޅަށް ކުރެއްވުނު ކުށެއްގެ ސަބަބުން އޭނ
Print

މުސްލިމު ސައިންސްދާން - 24

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

عَبْدُالْمَالِكُ اْلأَصْمَعِي

(213-831 ނުވަތަ 828)
ތަޢާރުފު

عَبْدُالْمَالِكُ އަކީ، ބައޮލޮޖީ އަށް ޝައުޤުވެރިވެ ވަޑައިގަތް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ބައޮލޮޖީގެ މުހިންމު ގޮތްޕެއް ކަމުގައިވާ ޒޫލޮޖީއަށް عَبْدُالْمَالِكُ ޚާއްޞަ ޝައުޤެއް ބެހެއްޓެވި އެވެ. މީނާގެ ނަންފުޅު أَبُو سَعِيْدُ عَبْدُالْمَالِكُ اْلأَصْمَعِي  މި ގޮތަށް ވެސް އައިސްފައި ވެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު
Print

މުސްލިމު ސައިންސްދާން - 23

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

فَضْلُ بْنِ نَوْبَخْتُ

197ހ 816މ
ތަޢާރުފު

فَضْلُ بْنِ نَوْبَخْتُ އަކީ، ޤާބިލު ބައްޕައެއްގެ ޤާބިލު ދަރިކަލެކެވެ. އޭނާ، ފަށާ ތަޢުލީމާއި ތަރުބިއްޔަތު ޙާޞިލު ކުރެއްވީ، އޭނާގެ ބައްޕަގެ އަރިހުންނެވެ. އެއަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންފި އެވެ. އަދި ބަޣުދާދު ބިނާކުރުމުގެ މަސައްކަތުގައި، ބައްޕައާ އެކީގައި މަސައްކަތް ފަށްޓަވައިފި އެވެ.
Print

މުސްލިމު ސައިންސްދާން - 22

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


އަޙްމަދު ފަހުމީ

نَوْبَخْتُ  އާއި فَضْلُ بْنُ نَوْبَخْتُ

157ހ776މ  197ހ 816މ
ތަޢާރުފު 

ޢައްބާސީ ޚަލީފާ، އަބޫޖަޢުފަރުލް މަންޞޫރަކީ، ޢުމްރާނީ  ގޮތުން ވަރަށް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. ބަޣުދާދު މުޅިން އަލުން ބިނާކުރެވުނީ، އޭނާގެ ޒަމާނުގަ އެވެ. މި ކަމަށްޓަކައި އިންޖިނޭރުންގެ ޖަމާޢަތެއް އުފެއްދުނެވެ. މި ޖަމާޢަތުގެ އިސްވެރިންގެ ގޮތުގައި ޢައްޔަން ކުރެވުނީ نَوْبَخْتُ އާއި فَضْلُ بْنِ نَوْبَخْتُ އާ ދެބަފައިންނެވެ. 
Print

ޚައްޠާޠު މުޙައްމަދު ޙުސްނީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ޚައްޠާޠު މުޙައްމަދު ޙުސްނީ (1312 – 1389 ހ. ، 1896 – 1969 މ.)


ޢަބްދުލްމުޢީދު ޙަސަން


ޚައްޠާޠު މުޙައްމަދު ޙުސްނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޝާމުކަރައިގެ ދިމަޝްޤުގަ އެވެ. ތަޢުލީމުގެ ފުރަތަމަ އޮޅިތައް އޭނާ ގިރާކުރެއްވީ އެރަށުގަ އެވެ. އެންމެ ކުޑައިރުއްސުރެ، ޢަރަބި ލިޔުމާއި ކުލަޖެއްސުމަށް އޭނާ ލޯބިކުރެއްވި އެވެ. ޢަރަބި ލިޔުމުގެ ތަފާތު ވައްތަރުތައް އޭނާ ދަސްކުރެއްވީ އެޒަމާނުގައި އުޅުއްވި މޮޅު ޚައްޠާޠުން (ޢަރަބި ލިޔުމުގެ ފަންނާނުން) ގެ އަރިހުންނެވެ.

މުޙައްމަދު ޙުސްނީ، އޭނާގެ ބައްޕައާއެކު މިޞްރަށް ހިޖުރަކުރެއްވީ، 1331 ވަނަ އަހަރު ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. ޚާއްޞަ ތަނެއްގައި ޢަރަބި ލިޔުމުގެ މަސައްކަތް ކުރައްވަން ފެށްޓެވުމުގެ ކުރިން، އެ މަސައްކަތް އޭނާ ކުރައްވާފައިވަނީ، ގޭގަ އެވެ. ޚާއްޞަ ތަނެއްގައި އެމަސައްކަތް ކުރައްވަން ފެށްޓެވީ، 1348 (1929) ވަނަ އަހަރުން ފެށިގެންނެވެ. އެއީ އޭނާގެ އަމިއްލަ ތަނެކެވެ. އެތަނުގައި ޢަރަބި ލިޔުމުގެ އިތުރުން، ފަންނީ އެހެން މަސައްކަތްތައް ވެސް ކުރެއްވި އެވެ.
Print

އާ ޝައިޚުލް އަޒުހަރު: ޑރ. އަޙުމަދުއް ޠައްޔިބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން


އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، ޑރ. އަޙުމަދުއް ޠައްޔިބު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 6 ޖެނުއަރީ 1946 ގަ އެވެ. އެއީ 3 ޞަފަރު 1365 އެވެ. ޝައިޚުލް އަޒުހަރުގެ މަޤާމަށް އޭނާ ޢައްޔަންކުރެވުނީ، 19 މާރޗް 2010 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ޖާމިޢަތުލް އަޒުހަރުގެ ރައީސްގެ މަޤާމުގަ އެވެ. 28 ސެޕްޓެމްބަރ 2003 އިން ފެށިގެން އެ މަޤާމު އޭނާ ފުރުއްވާފައި ވެއެވެ. އޭގެ ކުރިން އޭނާވަނީ މިޞްރުގެ މުފުތީގެ މަޤާމު ވެސް ފުރުއްވާފަ އެވެ. 10 މާރޗް 2002 އިން 27 ސެޕްޓެމްބަރ 2003 އަށް އެ މަޤާމު އޭނާ ފުރުއްވާފައި ވެ އެވެ.
Print

ކިންގ ފައިޞަލް އިންޓަރނޭޝަނަލް އިނާމު ޙާޞިލުކުރެއްވި ބޭފުޅުން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން


ކިންގް ފައިޞަލް ފައުންޑޭޝަނުން ދެއްވާ އިންޓަރނޭޝަނަލް އިނާމުތައް މިއަހަރު ޙާޞިލުކުރެއްވީ 8 ބޭފުޅެކެވެ. މި އަހަރު އިނާމުތައް ދެއްވާފައިވަނީ ހަތަރު ދާއިރާއަކުންނެވެ.

އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތަކީ، ތުރުކީވިލާތުގެ ދައުލަތުއްރައީސް (ޕްރައިމް މިނިސްޓަރ) ރަޖަބް ޠައްޔިބު އުރުދުޣާން އެވެ. އެމަނިކުފާނުގެ އިތުރުން އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަލްޖީރިއާ އާއި ލުބްނާނާއި ޖަރުމަނުވިލާތާއި ކެނެޑާއާއި ޔޫއެސްއޭ އާއި އޮސްޓްރޭލިއާގެ ޢިލްމުވެރިންނާއި ޢާލިމުން ހިމެނިވަޑައިގަންނަވަ އެވެ.
Print

ޝައިޚުލް އަޒުހަރުގެ މަޤާމު ފުރުއްވި ޢިލްމުވެރިން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްމުޢީދު ޙަސަން


ޝައިޚުލް އަޒުހަރުގެ މަޤާމު އުފެދުނީ، ޢުޘްމާނީ ދައުލަތުގެ ޒަމާނުގައެވެ. އޭރު އެ މަޤާމަށް ޢިލްމުވެރިޔަކު ހޮވަނީ އިންތިޚާބުކޮށްގެންނެވެ. ޝައިޚަކު އިންތިޚާބުކުރުމުގެ މަސައްކަތް ބަލަހައްޓަވަމުން ގެންދެވީ، ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެކަމަށް ޚާއްޞަކުރެވޭ ޢިލްމުވެރިއެކެވެ. އަޒުހަރުގެ ޢިލްމުވެރިންގެ ރިޔާސަތު ބެލެހެއްޓެވުމަކީ، ޝައިޚުލް އަޒުހަރު އަދާކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
Print

އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

"ނަބީބޭކަލަކާމެދު ވިޔަސް، މުޞްލިޙަކާމެދު ވިޔަސް، އަދި އާދައިގެ މީހަކާމެދު ވިޔަސް، ...

މިދުނިޔެ ދޫކޮށްފައިވާ އެއްވެސް މީހަކާމެދު ބަދުބަސް ބުނުމާއި، އިހާނެތިކޮށް ހިތުމަކީ،

އަޅުގަނޑު ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ."


ޢަބްދުލްމުޢީދު ޙަސަން


ފަޟީލަތުލް އިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، އަލްމަރްޙޫމު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 28 އޮކްޓޯބަރު 1928 ގަ އެވެ. އުފަންރަށަކީ، ސަލީމުއް ޝަރުޤިއްޔާ އެވެ. އެއީ، މިޞްރުގެ ޞަޢީދުގެ ސޯހާޖުގެ ރަށެކެވެ.


ތަޢުލީމު

އިބްތިދާއީ ތަޢުލީމަށްފަހު، ޝައިޚު، އިސްކަންދަރިއްޔާގެ އަލްމަޢުހަދުއް ދީނީ ގައި ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ 1944 ގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ