އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (3)
އިސްލާމްދީނުގެ ނަބިއްޔާގެ މަގުދެއްކެވުން
މާއްދިއްޔަތަށް އަޅުވެތިވެފައިވާ ދުނިޔެ، އަންހެނުންނާ ބެހޭގޮތުން ކޮންމެވެސް އެއްއަތަކަށްގޮސް ޙައްދުފަހަނަޅާގޮތްވަނީ ކީއްވެގެންތޯއެވެ. އެހެންޏާ ދީލިކަޑަވަނީ، އެހެންޏާ ނެގިމަޑުވަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ސީދާ ޖަވާބަކީ، އަންހެނުންގެ ޙަޤީޤީ ޙައިޘިއްޔަތާއި އެބައިމީހުންގެ މަޤާމާއި ދަރަޖަ ދެނެގަތުމުގައި، ދުނިޔެ އަބަދުވެސް އަންނަނީ ގޯސްތަކެއް ހަދަމުންނޭ ދެންނެވުމެވެ. އަންހެނުން އުފައްދަވައިފައިވާ މަޤްޞަދާއި، ޖިސްމާނީގޮތުން އަންހެނުންގެ ހަށިތައް ފަރުމާވެފައިވާގޮތާއި، އަންހެނުންގެ ނަފްސިއްޔާތާއި، އަޚްލާޤީ ވުޖޫދު ދެނެގަތުމުގައި ނާކާމިޔާބުވެފައޭ ދެންނެވުމެވެ.