ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (1)
ޢަބްދުﷲ ފާރޫޤު ޙަސަން
ކުޑަކުދީންނަކީ މާތް اللّه ގެ ދީލަތިވަންތަކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. ދަލީލެކެވެ. އަޖާބުވާފަދަ ފުރިހަމަ ތަޞްވީރެކެވެ. އެކަލާނގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަމުގެ ޙައިރާންވެ އަންތަރީސްވާފަދަ ރީތި ނަމޫނާއެކެވެ. އެކުދީންގެ ލޯބިލޯބި މަޢުޞޫމް ސޫރަ، މީހުންގެ ހިތްތައް ދަމައިގަންނަނީ އިޚްތިޔާރުން ބޭރުގައެވެ. އެކުދީންގެ ލޯބިލޯބި އަދާތަކާއި ހިތްގައިމު ހިނިތުންވުމާއި، ތުއްތުތުއްތު ބަހުރުވައާއި، މަޖާކަމާއި، ލާނެތްކަމާއި މިއިން ކޮންމެ ކަމަކާމެދު ވިސްނައިލިޔަސް މިއިންކޮންމެ ކަމަކީވެސް ހިތުންފިލުވައިލުންދަތި ހިތްގައިމު ސުބަ ކަންތައްތަކެކެވެ.