އީލިޔާ އަބޫ މާޟީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
ބިރުގަނެ ކަތަކު، ދުވެދާ ފަދައިން އެދަނީ ވިލާތައް އުދުހެމުން،
އިރު ފެންނަނީ، މޯޅިވެ މިލައި ރީނދޫވެދާތަން މާ ދުރުން،
އަދި ކަނޑު އޮތީ، ޚަލްވަތުގަވާ ޒާހިދަކުހެން މާމަޑުމަޑުން،
ނަމަވެސް ތިބާގެ ދެލޯވަނީ، މާދުރުގަވާ އުފުޤުގަ ކަމުން!
ސަލްމާ އެތާ ވިސްނަން އިނީ ފަހެ، ކޮންކަމަކު؟
ސަލްމާ ދެކޭ ހުވަފެން ވަނީ ފަހެ، ކޮންތަނަކު؟