ޢަބްދުލްމުޢީދު ޙަސަންމަނާމަނާ ކުރިޔަށް ދާނީ، ފަހަރަކު ގެއަކަށެވެ. އެކަމަކު، ކުޅުންތެރިޔާ ބޭނުންނަމަ، ފުރަތަމަ ފަހަރު ދެ ގެ އަށް ކުރިޔަށް ގެންދެވިދާނެއެވެ. އަދި މަނާ މަންތިރިވުމުގެ ކުރިން ޚާއްޞަ ޙާލަތެއްގައި ގޮޅިތަކުގެ ކަނުންކަނަށް ދާނެއެވެ. މިގޮތަށް ދާއިރު ދާނީ މަނާ އިންގެއާ ޖެހިގެން ކަނުން ގުޅިފައިވާ ގެއަށެވެ.
ރިޔާރިޔާ ދާނީ، ރާޒުވާ ގޮނޑީގައި ތިރިން މައްޗަށާއި މަތިން ތިރިއަށެވެ. އަދި ކަނާތުން ވާތަށާއި ވާތުން ކަނާތަށެވެ.
ޢަބްދުލްމުޢީދު ޙަސަންރާޒުވާ އަކީ، ބުއްދީގެ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ، 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައެވެ. މި ފިލާގަނޑަށް ކިޔަނީ، ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި ވާނީ 8 ގޮޅިއެވެ. އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ކުލަ ޖައްސާފައިވާނީ ދެ ކުލައަކުންނެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ ގޮތަށެވެ.ރާޒުވާއަކީ، ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. އަދި ރާޒުވާއަކީ، ޤައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވެއެވެ.