މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރާޒުވާގޮނޑި މަތީގައި ކުޅި ހިނގާގޮތް |
|
|
| ކުޅިވަރު - ކުޅިވަރު | |||
| 13 ޑިސެމްބަރ 2008، 02:39 ހޮނިހިރު | |||
|
އަސް ބޮޑުބޯ މަންތިރި ބޮނދު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ކިއުންތެރިއެއް, 2008-12-14 17:39:06
ބޮނޑު ބުޑަށް ދެހަރާ ކިޔާ ވާހަކަ އަޑުއަހަމެވެ. އެއީ ކިހިނަކުން ވާ ކަމެއްތޯއެވެ؟ އަދި މަނާ މަންތިރިވާ ގޮތް ވެސް ލިއުއްވައި ދެއްވުން އެދެމެވެ.
...
ލިޔުނީ ފާއިޒު, 2009-06-07 06:02:28
ކައްތިރި ކުރުމަކީ ކޮބައިކަން ބުނެދެއްވާށެވެ. އަދި ރާޒުވާ ކުޅުމުގައި ދެން ހުރި ފިޔަވަޅުތައްވެސް ބުނެދެއްވާށެވެ. މިހާތަނަށް ދެއްވި މަޢުލޫމާތު ތަކަށް ޝުކުރު އަދާ ކުރަމެވެ
...
ލިޔުނީ عبد المعيد حسن, 2009-06-07 19:08:09
ކައްތިރިކުރުން:
ގޭމެއްގައި ކައްތިރިކުރެވޭނީ ދެ ކުޅުންތެރިންކުރެ، ކޮންމެ ކުޅުންތެރިއަކަށް އެއްފަހަރުއެވެ. ކައްތިރިކުރުމުގެ ދެވައްތަރެއް ވެއެވެ. އެއް ވައްތަރަކީ، ކުރު ކައްތިރިކުރުމެވެ. އަނެއް ވައްތަރަކީ، ދިގު ކައްތިރިކުރުމެވެ. ކުރު ކައްތިރިކުރާއިރު، ބޮނދު ގެންދާނީ އެއާ ކައިރީގައި އިންނަ ރިޔަލާ ދިމާއަށް އެއް ފަހަރާ ދެ ގެއަށެވެ. ދެން ރިޔާ ގެނެސް ބައިންދާނީ، ބޮނދު އިން ގެއާ އިންވެގެން ހުރި، ބޮނދު ގެންދެވުނު ފަރާތް ނޫން އަނެއް ފަރާތުގައިވާ ގޭގައެވެ. މިގޮތަށް ކައްތިރިކުރާއިރު، ބޮނދު ގެންދެވޭނީ، މަންތިރީގެ ގެއާ ދުރަށެވެ. ދިގު ކައްތިރިކުރާއިރު، ބޮނދު ގެންދާނީ އެއާ ދުރުގައި އިންނަ ރިޔަލާ ދިމާއަށް އެއް ފަހަރާ ދެ ގެއަށެވެ. ދެން ރިޔާ ގެނެސް ބައިންދާނީ، ބޮނދު އިން ގެއާ އިންވެގެން ހުރި، ބޮނދު ގެންދެވުނު ފަރާތް ނޫން އަނެއް ފަރާތުގައިވާ ގޭގައެވެ. މިގޮތަށް ކައްތިރިކުރާއިރު، ބޮނދު ގެންދެވޭނީ، މަންތިރީގެ ގެ ގިރާކޮށްފައެވެ. ކައްތިރިކުރުމުގެ ޝަރުޠުތައް: 1. ކައްތިރިކުރުމުގެ ކުރިން ބޮނދު ނުވަތަ ރިޔާ ކުޅެފައި ނުވުން. 2. ކައްތިރިކުރާއިރު، ބޮނދާއި ރިޔަލާއި ދެމެދުގައިވާ ގެތަކުގައި އެއްވެސް ކުޅިއެއް ނެތުން. 3. ކައްތިރިކުރަނީ، ސައި ފިލުވަން ކަމުގައި ނުވުން. 4. ކައްތިރިކުރާއިރު، ބޮނދު ގެންދާ މަގުމަތީގައި ސައިނުވުމާއި ބޮނދު ބައިންދަން ޖެހޭ ގޭގައި ބޭންދުމުން ސައިނުވުން. 5. ކައްތިރި ކުރުމަށްޓަކައި ފުރަތަމަ ބޮނދު ގެންދިއުން، ދެން ރިޔާ ގެނައުން.
... ލިޔުނީ އަކްރަމް, 2009-12-21 10:14:13
ފަންވަތުން އަޅުގަޑު ކީ ލިޔުމެއްގައި ރާޒުވާކުޅުމަކީ ހަރާމް ކަމެއް ކަމަށް ވަނީ އެގިފައެވެ. އެކަމަކު ރަޒުވާކުޅުމަށް ހިއްވަރުދެއްވާ މި ލިޔުން ފަންވަތުގައި ޝާއިރު ކުރެވިފައި ވާތީ ހަމަ އަޖައިބު ވަމެވެ. (ފަންވަތުގެ ނޯޓެއް: މިހާތަނަށް ފަންވަތުގައި ޝާއިޢުކުރެވިފައިވާނީ، "ރާޒުވާ" މިލަފުޒު ހިމެނޭ 11 (އެގާރަ) މައުޟޫޢެވެ. އެއިން އެއްވެސް މައުޟޫޢެއްގައި، ރާޒުވާ ކުޅުމަކީ، ޙަރާމްކަމެއް ކަމަށް އޮތް ކަމަކަށް ފަންވަތުގެ އެޑިޓަރުންނަށް އެނގިފައެއް ނެތެވެ. ވީމާ، އަކްރަމް ފަންވަތުން ތިޔަ ވިދާޅުވި މައުޟޫޢަކީ ކޮބައިކަން ވިދާޅުވެ ދެއްވުން އެދެމު އެވެ. އެފަދަ ވާހަކަތައް ބަޔާންކޮށްފައިވާ، މައުޟޫޢުތައް ފަންވަތުގައި ޝާއިޢުކުރުމަކީ، ފަންވަތުގެ ހަމަތަކުގެ 4 ވަނަ ނަންބަރާ ޚިލާފު ކަމެކެވެ. ފަންވަތުގެ ހަމަތަކުގެ 4 ވަނަ ނަންބަރުގައި ވާނީ: "އިސްލާމްދީނުގެ ފަރުޢީ ކަންތައްތަކާއި، މަޒުހަބީ ތަޢައްޞުބުތަކަށް ހިތްވަރުދޭ ފަދަ، ނުވަތަ އެފަދަ ޝުޢޫރުތައް އާލާކުރުވާ ފަދަ ލިޔުންތައް ފަންވަތުގައި ހިމަނައިގެން ނުވާނެއެވެ." މިހެންނެވެ. ރާޒުވާ ކުޅުމަކީ ޢިލްމުވެރިންގެ މެދުގައި ދޭހަ ތަފާތުވެފައިވާ ކަމެކެވެ. ރާޒުވާ ކުޅުމަކީ، ޙަރާމް ކަމެއް ކަމަށް، އިސްލާމީ އުންމަތުގެ ހުރިހައި ދަންނަބޭކަލުން އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.)
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|