މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "ޙާނާ އާއި މާނާ މަގޭ ބޯ ކާލައިފި އެވެ." |
|
|
| މުނިފޫހި - ހެއްވާމަޖާ | |||
| 02 ނޮވެމްބަރ 2009، 10:48 ހޯމަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މިއީ ދެ މީހުނާ އިން މީހެއްގެ ވާހަކަ އެވެ.އެ ދެ މީހުންގެ ބަހަށް އޭނާ ހެއްލުނު ވާހަކަ އެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާގެ ވާހަކަ އެވެ. އަދި އޭނާއަށް ބުނެވުނު ބަސް، މިސާލު ބަހަކަށް ވީ ވާހަކަ އެވެ. މީހަކު ދެ މީހުނާ އިނެވެ. އޭގެ ތެރެއިން އެކަކުގެ ނަމަކީ، ޙާނާ އެވެ. އަނެކަކުގެ ނަމަކީ، މާނާ އެވެ. ޙާނާއަކީ، ކިރިޔާ މީހަކާ އިނދެވޭ ވަރުގެ ޅަ ޒުވާން ކުއްޖެކެވެ. މާނާއަކީ، ފަންސާހުން މައްޗަށް ގޮސް، ބޮލުގައި ނުރަ ޖަހާފައިވާ އަންހެނެކެވެ. ޙާނާގެ ގާތަށް ފިރިމީހާ ދާ ކޮންމެ ފަހަރަކު، ޙާނާ ބުނެ އެވެ. "ތިބާގެ ބޮލުގައިވާ ނުރަތައް ތަންކޮޅެއް މަދުވެއްޖެނަމަ، ތިބާގެ ޒުވާންކަން އިތުރުވާނެ އެވެ." މިހެން ބުނެ، ފިރިމީހާގެ ބޮލުގައިވާ ނުރަތައް ޙާނާ އުފުރަ އެވެ. މާނާގެ ގާތަށް ފިރިމީހާ ދާ ކޮންމެ ފަހަރަކު، މާނާ ބުނެ އެވެ. "ތިބާގެ ބޮލުގައިވާ ކަޅު އިސްތަށިތައް ތަންކޮޅެއް މަދުވެއްޖެނަމަ، ތިބާގެ ހައިބަތު އިތުރުވާނެ އެވެ." މިހެން ބުނެ، ފިރިމީހާގެ ބޮލުގައިވާ ކަޅު އިސްތަށިތައް މާނާ އުފުރަ އެވެ. މިގޮތުގައި ދުވަސްކޮޅެއް ފާއިތުވެގެން ދިޔަ ފަހުން، އެއްދުވަހަކު، ފިރިމީހާ، މޫނު ބަލާ ލޯގަނޑެއްގެ ކައިރީގައި ހުއްޓުނެވެ. އަދި އޭނާގެ ބޮލަށް ނަޒަރު ހިންގާލި އެވެ. އެހިނދު އޭނާއަށް ފެނުނީ، އޭނާގެ ބޮލުގެ އެކި ތަންތަނުން އިސްތަށިތައް މަދުވެފައިވާ މަންޒަރެވެ. ހީވަނީ ގަސް ބޯ ޖަންގައްޔަކުން، ބަލައިލުމެއް ނެތި، ގަސް އުފުރާ އުފުރާ، ހަނަފަސްކޮށްފައިވާ ހެންނެވެ. ދެން އޭނާއަށް ބުނެވުނެވެ. "ޙާނާއާއި މާނާ މަގޭ ބޯ ކާލައިފި އެވެ." އޭރުއްސުރެ، މިބަސް މަޝްހޫރު ވެއްޖެ އެވެ. އަންހެނުންގެ ބަހަށް ހެއްލި، މޮޔަ ކަންތައްތައް ކުރާ ފިރިންނާމެދު ޖަހައިއުޅޭ މިސާލު ބަހެއްގެ ގޮތުގަ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-11-02 05:13:32
އަޅުގަނޑަކީ، ފަންވަތް ސައިޓް އަޅުގަނޑަށް ތަޢާރަފް ވީދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް، ދާޢިމީ ގޮތެއްގައި ފަންވަތަށް ޒިޔާރަތް ކުރަމުން އަންނަ ކިޔުންތެރި އަކީމެވެ. އަޅުގަނޑު މިސައިޓާއި މެދު ގަޔާވި މައިގަނޑު 2 ސަބަބެއް ވެޔެވެ. ފުރަތަމަ ސަބަބަކީ ތާފާތު ގިނަ މަޢުލޫމާތު ލިބި ބިނާ ކުރަނިވި ޚިޔާލު ފައުޅުކުރުމަށް ފަހިވެފައިވާ މިނިވަންވެއްޓެއް (މަތިވެރި އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން) ލިބިފައިވާ ސައިޓަކަށް ވާތީއެވެ. 2 ވަނަ ސަބަބކީ، އިސްލާމްދީނާއި ޚިލާފު މަންޒަރުތަކާއި، ލިޔުންތަކާއި، ފޮޓޯ ވީޑިއޯ ފަދަ ތަކެތި ނުފެންނަ ސައިޓަކަށް ވީމައެވެ.. މިސަބަބަށްޓަކައި އަޅުގަނޑަށް މިސައިޓްވެފައިވަނީ ޢިޖްތިމާޢީ ދުޅަހެޔޮކަން ޤައީމުކޮށްދޭ އެކުވެންޏެއް ފަދަ މާހައުލަކަށެވެ. އެހެނަސް މަދު މަދުން، މަތީގައި ދެންނެވިފައިވާ ގޮތާއި ޚިލާފުގޮތްތަކެއް ފެންނަކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑު މިވާހަކަ މިދަންނަވައިލީ، މިލިޔުމާއި އެކު ހަރުކުރެވިފައިވާ ފޮޓޯއަށް ނިޞްބަތްކޮށެވެ. އަޅުގަނޑު ހިތުން އިޖްތީމާޢީ ފޭރާމުގެ މިންގަނޑުން ބޭރުވެފައިވާ މިފޮޓޯ، ފަންވަތުގެ މޮޓޯއާއި ނުގުޅޭހެން ހީވާތީ ފަންވަތަށް ލޯބިކުރާ ކިޔުންތެރިއެއްގެ ޙައިޞިއްޔަތުން ޚިޔާލު ފައުޅުކޮށްލީއެވެ. މިފުރުޞަތުގައި ފަންވަތަކީ ކިޔުންތެރިން ފޮނުވާ ބިނާ ކުރަނިވި ޚިޔާލުތަކަށް ތަރުޙީބު ދެއްވާ ސައިޓެއްކަން ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަމެވެ.
...
ލިޔުނީ މިޙްނާ, 2010-07-07 05:45:42
ވަރަށް ރަނގަޅު އިބްރަތެއް މިވާހަކަ ކޮޚުން ލިބިގެން ހިގައްޖެ....... ވ. ވ. ވ. ވ. ފުރިހަމަ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|