މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބައެއް މުޞްޠަލަޙުގެ މާނަ |
|
|
| މުނިފޫހި - އެހެނިހެން | |||
| 18 ޖޫން 2010، 20:08 ހުކުރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މަރްޙޫމު މީސްތަކުން އޭނާގެ ކުށްތައް ހަނދާން ނައްތާލާނެ ނަސީބުވެރިޔެކެވެ.ކަށްވަޅު މިހާތަނަށް އެއްވެސް މީހަކަށް ނުކުމެވިފައި ނުވާ އަނދަވަޅެކެވެ. އެކުވެރިޔާ ފައިދާއެއް ނެތް މީހެއް ކަމުގައި ވާއިރު ވެސް ހިތްހަމަޖެހުން ލިއްބައިދޭ މީހެކެވެ. ތަޖުރިބާ ދުލަށް އަންނަހައި ބަސްތަކެއް ބޭރުކޮށްނުލާ ހިފެހެއްޓުމަށް ދަސްކޮށްދޭ ފަންނެކެވެ. ކިބުރުވެރި ފިރިހެނާ ތިމާގެ އަޑު އެހުމަށް ނޫނީ އިރު ނާރާނެ ކަމަށް ހީކުރާ ހާލެކެވެ. އިންސާނާ ރޮމުން އުފަންވާ އަދި ޝަކުވާކުރުން މަތީ ދެމިހުންނަ މަޚުލޫޤެކެވެ. ޑިޕްލޮމޭޓް ހަތިޔާރަކާ ނުލައި ޚަޞްމުން ތިރިކުރަން ދަންނަ މީހެކެވެ. މުޙުތަރަމް ފިރިމީހާ އަނބިމީހާގެ އުފަންދުވަސް ހަނދާން ހުންނައިރު، އޭނާގެ ޢުމުރު ހަނދާން ނުހުންނަ ފިރިހެނެކެވެ. ލޯބި ޝިފާ ލިބުމާމެދު ބިރުވެތިވާން ޖެހޭ ބައްޔެކެވެ. ބުއްދިވެރިޔާ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރުމެއް ނެތި، އަބާއްޖަވެރިކަމުން އެއްކިބާވާ މީހެކެވެ. މާޔޫސްވެފައިވާ މީހާ ނޭދެވޭ ދެ ކަމަކުން ކުރެ ކަމެއް އިޚުތިޔާރުކުރަން ހުށަހެޅުމުން، އެއްފަހަރާ އެ ދެ ކަން އިޚުތިޔާރުކުރާ މީހެކެވެ. އަހަރު ތިންސަތޭކަ ފަސްދޮޅަސް ފަސް ނާއުންމީދު ހިމެނޭ މުއްދަތެކެވެ. ބާއްޖަވެރިކަން ތިމާގެ ގަޔަށް އެއިން ވަސްމީރުކަން ނާންނަގޮތަށް މީސްތަކުންގެ ތެރެއަށް ޖަހާނުލެވޭނެ ސެންޓެކެވެ. މޫނުގެ ރޫ ވަގުތު އައިސްފައި ދިޔަކަން ބުނެދިނުމަށްޓަކައި ވަގުތު ކުރާ ސޮޔެކެވެ. ޒުވާނާ މީދަލެއް ފެނުމުން ހަޅޭލަވާ، އަދި ހިޔަޅެއް ފެނުމުން ހިނިތުންވާ އިންސާނެކެވެ. ކިބުރުވެރިކަން ގަމާރުންނަށް ވޭނާއި ތަދު ކަނޑުވައިދޭ ބޭހެކެވެ. ވަގުތު އަހަރެމެންގެ ޒުވާންކަން ވަގަށްނަގާ ހެއްވާ ވަގެކެވެ. ކާވެނީގެ ސެޓްފިކެޓް ކާވެނީގައި ދެމިހުރިހައި ހިނދަކު، މަސްމަހަށް ބަހައިގެން ކޮންމެ މަހަކު އޭގެ އަގުދައްކަންޖެހޭ ސެޓްފިކެޓެކެވެ. ރީތި ހިނިތުންވުން އޯގާތެރިކަމުގެ ބައިނަލްއަޤުވާމީ ބަހުރުވައެކެވެ. ކަންބަލާމީހާ އެހެން މީހުންގެ ވާހަކަ ތިބާގެ ގާތުގައި ދައްކާ އިންސާނެކެވެ. ބަޠަލު މޭގައި ކުޑަކުއްޖެއްގެ ހިތް ގެންގުޅޭ ފިރިހެނެކެވެ. ރުޅިގަދަ މީހާ ތިބާގެ ގާތުގައި އޭނާއަކީ ކާކުކަން ބުނެދޭ އިންސާނެކެވެ. ތޫނުފިލި މީހާ ތިބާގެ ގާތުގައި ތިބާއަކީ ކާކުކަން ބުނެދޭ އިންސާނެކެވެ. މުރުއްވަތްތެރިޔާ އޭނާ ފިޔަވައި އެހެން ހުރިހައި ފިރިހެނުންގެ ކިބައިން އަންހެނުން ސަލާމަތްކުރާ މީހެކެވެ. ކަރާކަރުޖައްސައި ސަލާމްކުރުން ފިލަން ދުއްވައި ނުގަންނާނެ ދެމީހެއްގެ ޙިޞާރުވުމެކެވެ. ބޮޑާހޭކުން ފިރިމީހާގެ އަލިފާނަށް އަނބިމީހާ އަޅާ ތެލެކެވެ. ދޫނި ޤުދުރަތީ މިޔުޒިކެކެވެ. މާތައް ބިމުން ފަޅާ ފިކުރެކެވެ. ލޯބި ޤުރުބާންވުމުގެ ސިފައިގައިވާ އަމިއްލަ އެދުމެކެވެ. ހުނުން ދިރިއުޅުމުގެ ހަނގުރާމައިގައި ބޭނުންކުރާ ވަރުގަދަ ހަތިޔާރެކެވެ. ތެދު އެންމެ ނަކަލެއް ނޫނީ ޗާޕުނުކުރާ ނާދިރު ފޮތެކެވެ. އުންމީދު ނާއުންމީދުވެފައިވާ މީހުންގެ ހުވަފެންތަކެކެވެ. ދެމިހުންނަ ލޯބި މީހަކު އޭނާގެ އަމިއްލަ ނަފުސު ދެކެ ވާ ލޯތްބެކެވެ. ޣީރަތްތެރިކަން ކުދިކުދި ކަންތައްތައް ބޮޑެތިކޮށްދޭ މައިކްރަސްކޯޕެކެވެ. ކާވެނި ކޮށްޓެއްގެ ތެރޭގައި މިނިވަންކަމާ މެދު ހިތްހަމަޖެހިގެން ހުންނަ ހުރުމެކެވެ. ބިއުޓީ ސެލޫން ގަޑުބަޑުވެފައިވާ މޫނެއް ލިބިގަތުމަށްޓަކައި އަންހެނުން ގޮސްއުޅޭ ތަނެކެވެ. ޟަމީރު ތިބާގެ ސައިޒު އަންގައިދިނުމަށްޓަކައި ތިބާގެ ކަންފަތްދޮށުގައި ސިއްރެއްބުނާ ވައިއަޑެކެވެ. ޞަރީޙަ މީހާ ހިތަށް އެރިހައި އެއްޗެއް، ވިސްނުމެއް ނެތި ބުނާ މީހެކެވެ. ކާމިޔާބު މީހާ އެހެން މީހުންނަށް ނުފެންނަ ވަގުތުތަކުގައި އޭނާއަށް ކުރެވޭ ކުށްތައް ކުރާ މީހެކެވެ. ވާޖިބު އެހެން މީހުން އަހަރެމެންނަށް ކޮށްދޭން ޖެހޭނެ ކަމަށް އަހަރެމެންނަށް ފެންނަ ކަންތައްތަކެކެވެ. ޘަނާ މަރުވެފައިވާ ތަކެތިން ހެދިޔަސް މީރުވަސް ދުވާނެ މަލެކެވެ. އެންމެ ނުރައްކާތެރި ދެ ކާރިސާ އެއީ، ނިޒާމު އޮތުމާއި ހަމަނުޖެހުން ފެތުރުމެވެ. މަޞްދަރު: ސައްޔިދަތީ ފޯރަމް. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-06-20 02:48:45
މުރުއްވަތްތެރިޔާގެ މުޞްޠަލަޙުގެ މާނަ އެގޮތަށް ގެންނެވީ ކީއްވެގެންތޯ ތަފްޞީލުކޮށް ދެއްވާށެވެ.
އަދި އެހެންވާ ވާހަކައެއް ބުނެލުމުގެ ފުރުޞަތު ދެއްވާށެވެ. ކުޑަ މަޝްވަރާއެއް ކޮށްލުމަށްޓަކައި އަޅުގަނޑަށް ނަޞީރާއި ވާހަކަ އީ-މެއިލް މެދުވެރިކޮށް ވާހަކަ ދައްކާލެވިދާނެތޯއެވެ. އަޅުގަނޑުގެ މެއިލް އެޑްރެސް އަކީ ސަލާމް. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ވަރަށް ކަމުދިޔަ ލިޔުމެއް.
ޚާއްޞަކޮށް؛
ރީތި ހިނިތުންވުން، މޫނުގެ ރޫ، އަހަރު، މާތައް، މަރުޙޫމު.... މި ބަސްބަހަށް ދެއްވާފައިވާ މާނަތައް ވަރަށް ކަމުދިޔަ.