ފަންވަތް މުނިފޫހި އޯޑިއޯ ޅެން ޝަރަޙަ ކުރުމުގެ މުބާރާތް - ފުރަތަމަ ޅެން
ބެލި ޢަދަދު: 1459
ޅެން ޝަރަޙަ ކުރުމުގެ މުބާރާތް - ފުރަތަމަ ޅެން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
މުނިފޫހި - އޯޑިއޯ
19 ފެބްރުވަރީ 2010، 00:59 ހުކުރު

އެއްވަނަ ހޯއްދަވާ ފަރާތަކަށް، އަގުހުރި އިނާމެއް!!


މިއީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފަންވަތުން ހުޅުވާލި ސިލްސިލާ މުބާރާތެކެވެ. މި ބައިގައި ތިޔަ ބޭފުޅުން ޝަރަޙަ ކުރެއްވުމަށް ހުށަހެޅިގެންދާނީ، ދިވެހި ޅެންވެރިކަމުގެ ރީތި އެކުލަވައިލުންތަކެވެ. މަދަޙަ، ޅެން، ފަރިހި، ލަވަ، ރައިވަރު، ފަދަ އަދަބީ އުފެއްދުންތަކެވެ. މި ފަހަރުގެ ލަވަ އަކީ، އޮނަވިހި ސަތޭކަ ފަސްދޮޅަސް، ނުވަތަ ހަތްދިހައިގެ އަހަރުތަކުގެ ލަވަ އެކެވެ. މި ލަވަ ޝަރަޙަ ކުރައްވައިގެން އެއްވަނަ ހޯއްދަވާ ފަރާތަކަށް އޮތް އިނާމަކީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ނެރުއްވި ޤައުމީ ލަވަ އަލްބަމްގެ އަސްލުކޮޕީ އެކެވެ.  -ފަންވަތް-

މި ފަހަރުގެ ލަވަ (ޅެން) 

މައުޟޫޢު: ކޮބައިތޯ ޣާޒީން؟
ޝާޢިރު:  އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު
އަޑު:    އަލްފާޟިލް އިބްރާހީމް ޙަމްދީ
މިޔުޒިކު:  އެމް. އާރު. ސީ.


ކޮބައިތޯ ޣާޒީން؟





ކޮބައިތޯ ޣާޒީން، ވިދާ މި ޝާހީން، ހަނދާން ކުރާނޭ ރޭ ދުވާ
ނިޝާން އޭ މަދުތޯ؟  އެ މާތް ދަރީންނޭ، ވަޠަންގެ ބިމުގައި ހާމަވާ

ނިންމެވި ތެދޭ، ޤަރުނެއް އެތައް، ބަޠަލުންގެ ރޫޙޭވަނީ ދޭހުގާ
     އަދުވީ ފިދާ ވާށޭ އަލުން، އަސްތާ އެ މައިދާންތަކުން ދެން ހިނގާ
         ތިޔަ ފަޚުރުގާ، ޖާނުދީ ޤުރުބާންވެދާ، ވާނަމޭ ބަޔަކަށް އުފާ، ލޯބިވެތި ޤައުމަށްޓަކާ
             ޒަމާނޭ މި އޮތީ، ތަރައްޤީވާހެން، އަމާންވެ މަގުތައް ހިޔަލުގާ

ނަޞްލުންގެނައި، ޖީލޭ މިއީ، ދިވެހިންގެ ލޭ ދިން، އެ ބާލުން ހެދޭ
    އަސްލޭ މިއީ، އަގުހުރި ނިޝާން، ފެއްސާ ރަތާ އަދި ހުދުން ވިހުރިދާ،
       އައުދާނަކަން، އަދުވަނީ ހިތްތަކުތެރޭ، ޙުރުމަތާއެކުގައި ދިރޭ، ރުޖުޢަވާ  ޢާލަމްތެރޭ
           ގަތާ ގުލްދަސްތާ، ވެދުން ކޮށްލާނީ، އެ އަބްޠާލުންނަށް،    އުފަލުގާ

(ނިމުނީ)

ނޯޓު: ޅެމުގެ ޝަރަޙަ ލިޔުއްވާނީ، ޚިޔާލުފާޅު ކުރެއްވުމަށް ލިޔުއްވާ ގޮޅީގަ އެވެ.  މާކްސް ދިނުމުގައި ބެލޭނެ މިންގަނޑުތައް ތިރީގައި މި ވަނީ އެވެ.

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް

1- ޅެންވެރިޔާގެ ޝުޢޫރު ނިއުޅައި އިންސާފުކޮށްދެވިފައިވާ މިންވަރު: %40
2- ހުށަހެޅުމުގެ އޮއްޓަރާއި، ހަރުދަނާކަން:                 %30
3- ޚާއްޞަ ތަދު ލަފުޒުތަކާއި ޢިބާރާތްތައް މާނަކޮށްދިނުން:       %15
4- ބަހުގެ ޤަވާޢިދާއި ހަމަތައް:                        %15  

މި ޅެމަށް ފޮނުއްވާ ޝަރަޙަތައް ބަލައިގަންނާނީ، މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށެވެ!           
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1459
extra avandia and congestive heart failure