މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މި ހިނދުން ދެ ލޮލުގެ ކަރުނަ.. |
|
|
| މުނިފޫހި - އޯޑިއޯ | |
| 06 ސެޕްޓެމްބަރ 2010، 17:14 ހޯމަ | |
![]() ޅެން: މުޚްތާރު ފަހުމީ އަޑު: އަލްމަރުޙޫމު މުޙަންމަދު ރަޝާދު އަޅުކަން ކުރާން، ޝަހީދުވާން، މި ލިބޭ ޙަޔާތުގާ ޒިކުރާ ދުޢާކުރާން، މި ލިބޭ އިމްތިޙާނުގާ މި ހިނދުން ދެ ލޮލުގެ ކަރުނަ ލެޔަށް ބަދަލުވާ ގޮތާ (2) މި އަޅާގެ އިޢުތިރާފު ގުޅޭނޭ މެޔާ ހިތާ -------------------------------- އެ ވިދާ މަޤާމު ޚާއްޞަ ކުރައްވާ ވަސީލަތާ އެދި ދަންނަވަން ސަލާމާ ޞަލަވާތް އެ ރަޙްމަތާ (ޞަލަވާތް އެ ރަޙްމަތާ) އެދުމެއްގެ ޣާޔަތުން މި އެދޭ މާތް ޝަފާޢަތާ މި އަޅާގެ އިޢުތިރާފު ގުޅޭނޭ މެޔާ ހިތާ ދިރިގެން އުފަންވެ މި އަދު މި ދުނިޔޭގެ އުޅުމުގާ ދިރުމާ މަރާ ހަނދާންކޮށް، ކެތްތެރިވެ ރުހުމުގާ (ކެތްތެރިވެ ރުހުމުގާ) ދިގު އުމުރަކަށް އެދެން، މި ޘަނާތަކުގެ ނިޢުމާތާ މި އަޅާގެ އިޢުތިރާފު ގުޅޭނޭ މެޔާ ހިތާ އަޅުކަން ކުރަން، މި ނޫން އީމާނެއް ހިތަކުނެތޭ އަޅުދާސްވަމޭ މި ނޫން ހަތިޔާރެއް އަތަކު ނެތޭ (ބާރެއް އަތަކު ނެތޭ) ޢަމަލާ ދުޢާތަކުން ޤުރުބާން ވާނަމޭ ހިތާ މި އަޅާގެ އިޢުތިރާފު ގުޅޭނޭ މެޔާ ހިތާ މި ރިހުންތަކުން ހިތާ މޭ ކުދިކުދި ވުމަށް އެދޭ މި އަދާ ކުރާ ކަރުނަ މަތިވެރި ހެޔޮ ޖަޒާ އެދޭ (މާތް ހެޔޮ ޖަޒާ އެދޭ) މި އަޅާ ސަޖިދަ ކުރާހިނދު، މަރުވާނެ ނަމަ މިތާ މި އަޅާގެ އިޢުތިރާފު ގުޅޭނޭ މެޔާ ހިތާ ----------------------- (ނިމުނީ) ނޯޓު: މިއީ މުޚްތާރުބޭބެ (އަލްފާޟިލް މުޚްތާރު ފަހުމީ) މީގެ ހައެއްކަ އަހަރު ކުރިން (ހަނދާންވާގޮތުގައި) އަޅުގަނޑަށް ދެއްވި، ވަރަށް ދުވަސްވެފައިވާ ކެސެޓު ޓޭޕަކުން ސީޑީއަކަށް ނަކަލު ކޮށްފައިވާ އޯޑިއޯ އެކެވެ. ނަކަލު ކުރެވިފައިވަނީ އެމް ޕީ 3 ފޯމެޓުގަ އެވެ. މި ދެ ސަބަބާހުރެ ޅެމުގެ އަޑުގައި ނުސާފުކަމެއް ހުރިކަމަށްޓަކައި، ފަންވަތުގެ އަހުލުވެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. ނަމަވެސް ތިޔަ ބޭފުޅުންގެ ކުރިފުޅުމައްޗަށް މި ރީތި ޅެން ހުށަހަޅައިލެވުނުކަމަށްޓަކައި ވަރަށް އުފާކުރަމެވެ. އަދި މި އަސަރުގަދަ ޅެން ހަދިޔާކޮށްދެއްވި ކަމަށްޓަކައި، މުޚުތާރުބޭބެޔަށް އިޚްލާޞްތެރިކަމާއެކު، ފަށްފަށުން ޝުކުރުދަންނަވަމެވެ. - އާދަމް ނަޞީރު އިބްރާހީމް-
|
| ހަމަ މި ގަލަމުން |
|---|
މުޚްތާރާ އަޅުގަނޑުވެސް ބައްދަލުވި މީގެ އަހަރުތަކެއްގެ ކުރިން، ދިވެހި ނާދީން ޝާއިޢުކުރި "ހުވަނދު" މަޖައްލާއަށް ޅެމެއް ހޯދުމަށްޓަކައި އެރޭ ހިމެނީ ވަރަށް ހަނދާން ހުންނަ ރެއަކަށް ވަރަށް ގިނަ "މުހިންމު" ވާހަކަތައް ވިދާޅުވެދެއްވި. ޅެންތައް ދެއްކެވި. މުޚްތާރުގެ މީގެ އަހަރުތަކެއްގެ ކުރިން "ހަވީރު" ނޫހުގައި ޝާއިއު ކުރައްވާފައިވާ ޅެންތައް ކަފައިގެން މިހާރުވެސް އަޅުގަނޑު އެބަގެންގުޅެން ދޭތެރެދޭތެރއިން ތަކުރާރުކޮށްކިޔާލެވޭ. ވަރަށް ޅެންވެރި އޮމާން ބަސްކޮށާރު މުއްސަނދި ޅެންތަކެއް. މުޚްތާރަށްވެސް މަރުހަބާއާއި ހެޔޮދުޢާ!
މަރްޙޫމް ރަޝާދުގެ އަޑަކީ، އަޅުގަނޑަށް ވަރަށް ވަރަށް ޚާއްޞަ އަޑެއް އަބަދުވެސް ޝައުޤުވެރިކަމާއެކު އަހާލެވޭ އަޑެއް، އަދި އެންމެފަހުން ރަޝާދު، ޢަލީ ރަމީޒާއެކު ވިދާޅުވެފައިވާ މަދަހައާއި އަޅުގަނޑާ ގުޅުމެއް އޮތުމުން ރަޝާދުގެ ހަނދާން ވަރަށް ބޮޑަށް އާވޭ! މަރްޙުމް ރަޝާދުގެ ހެޔޮރަޙްމަތްލަވައި ފުއްސެވުމާއި ރުއްސެވުން އެދި ދުޢާ ދަންނަވަން! ޝުކުރިއްޔާ!