މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| 30 ވަނަ އަރަތް |
|
|
| މުނިފޫހި - އަރަތް | |||
| 23 ޖުލައި 2010، 11:13 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން އެއް ކަމެއްގައި ތަފާތު އެތައް ގޮތަކަށް ޢަމަލުކުރެވޭނެ މަގު މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައިވެ އެވެ. އެކަމަކީ، މި މާތް ދީނުގެ ތަނަވަސްކަން ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.މިއަރަތުގައި ގެނެސް ދީފައި ވާނީ، އެއް ކަމެއް ކުރި ފަސް މީހެއްގެ ވާހަކަ އެވެ. ނަމަވެސް އެ ފަސް މީހުންގެ މައްޗަށް އޮތީ އެއް ޙުކުމެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެ ޙާލަތު ތަފާތުވުމުން އެމީހެއްގެ މައްޗަށް އޮތް ޙުކުމް ތަފާތުވެފައިވެ އެވެ. އަރަތް:ފަސްމީހަކު، މުސްލިމު އަންހެނަކާއެކު ބޮޑު ފާފައެއް ކުރި އެވެ. އޭގެތެރެއިން ފުރަތަމަ މީހާގެ މައްޗަށް ވާޖިބުވީ ޤަތުލުކުރުމެވެ. ދެވަނަ މީހާގެ މައްޗަށް ވާޖިބުވީ ރަޖަމްކުރުމެވެ. ތިންވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދު ޤާއިމުކުރުމެވެ. ހަތަރުވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދުގެ ދެބައިކުޅަ އެއްބައި ޤާއިމުކުރުމެވެ. ފަސްވަނަ މީހާގެ މައްޗަށް އެއްވެސް އަދަބެއް ނެތެވެ. އެ ފަސް މީހުންނަކީ ކޮބާ؟ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ބަޡީރުބެ, 2010-07-24 12:09:32
އެ މުސްލިމް އަންހެނާއާއެކު ފަސްމީހުންވެސް ކުރީ ޒިނޭއެވެ. އެހެންނަމަވެސް ބަޡީރުބެއަށް ވިސްނޭގޮތުން ފަސްވަނަ ކުއްޖާއަކީ ބާލިޣު ނުވާ ކުއްޖެކެވެ. ނުވަތަ ބުއްދި ހަމަ ނުޖެހޭ މީހެކެވެ. ހަތަރުވަނަ މީހާއަށް ބަލާއިރު އެއި ޞަބިއްޔު އޭ މިކިޔާ ވައްތަރު ކުއްޖެއްކަމަށް ލަފާކުރެވެއެވެ. ތިންވަނަ މީހާއަކީ މީހަކާ ނުއިނދެ ހުރި ބާލިޣް ވެފައިވާ މީހެކެވެ. ދެވަނަ މީހާއަކީ ބާލިޣްވެ މީހަކާ އިނދދެފައިވާ މީހެކެވެ. ފުރަތަމަ މީހާއާ ބެހޭގޮތުން ވަކިއެއްޗެއް ބުނާކަށް ބަޡީރުބެއަކަށްވާ ނޭނގެއެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2010-07-25 02:18:34
(ފަސްމީހަކު، މުސްލިމު އަންހެނަކާއެކު ބޮޑު ފާފައެއް ކުރި އެވެ.)
ލަދުހަޔާތަށްޓަކައި އެ ފާފައިގެ ވާހަކަ ދައްކާކަށް ނެތީމެވެ. ތަސައްރަފު ފުދިފައިވާ މީހުންނަށް އެއީ ކޮން ފާފައެއްކަން އެނގޭނެތީއެވެ. (އޭގެތެރެއިން ފުރަތަމަ މީހާގެ މައްޗަށް ވާޖިބުވީ ޤަތުލުކުރުމެވެ.) މިމީހާއަކީ ކާފިރެކެވެ. (ދެވަނަ މީހާގެ މައްޗަށް ވާޖިބުވީ ރަޖަމްކުރުމެވެ.) މިމީހާއަކީ ޞައްޙަ ކައިވެންޏަކުން މީހަކާ އިނދެފައިވާ މުޙުޞަނެކެވެ. (ތިންވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދު ޤާއިމުކުރުމެވެ.) މިމީހާއަކީ މުޙުޞަނެއް ނޫނެވެ. (ހަތަރުވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދުގެ ދެބައިކުޅަ އެއްބައި ޤާއިމުކުރުމެވެ.) މިމީހާއަކީ މަމްލޫކެކެވެ. (ފަސްވަނަ މީހާގެ މައްޗަށް އެއްވެސް އަދަބެއް ނެތެވެ.) މިމީހާއަކީ ބުއްދި ފިލާފައިވާ މޮޔައެކެވެ.
...
ލިޔުނީ Imad, 2010-07-27 07:50:57
(އޭގެތެރެއިން ފުރަތަމަ މީހާގެ މައްޗަށް ވާޖިބުވީ ޤަތުލުކުރުމެވެ.)
މިމީހާއަކީ ކާފިރެކެވެ. (ދެވަނަ މީހާގެ މައްޗަށް ވާޖިބުވީ ރަޖަމްކުރުމެވެ.) މިމީހާއަކީ ޞައްޙަ ކައިވެންޏަކުން މީހަކާ އިނދެފައިވާ މުޙުޞަނެކެވެ. (ތިންވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދު ޤާއިމުކުރުމެވެ.) މިމީހާއަކީ މުޙުޞަނެއް ނޫނެވެ. (ހަތަރުވަނަ މީހާގެ މައްޗަށް ވާޖިބުވީ ޙައްދުގެ ދެބައިކުޅަ އެއްބައި ޤާއިމުކުރުމެވެ.) މިމީހާއަކީ މަމްލޫކެކެވެ. (ފަސްވަނަ މީހާގެ މައްޗަށް އެއްވެސް އަދަބެއް ނެތެވެ.) މިމީހާއަކީ ބުއްދި ފިލާފައިވާ މޮޔައެކެވެ.
...
ލިޔުނީ ޒާހިދު, 2010-07-27 21:14:56
އަޅުގަނޑު މި އަރަތަށް ޖަވާބު ދިނިން. އެކަމަކު ޖަވާބު ޚިޔާލު ތަކުގެ ތެރެއިން ނުފެނޭ. އެއީ ކީއްވެގެންތޯ؟
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|