މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| 33 ވަނަ އަރަތް: ކޮން އެއްޗެއް؟ |
|
|
| މުނިފޫހި - އަރަތް | |
| 18 އޮކްޓޫބަރ 2010، 09:29 ހޯމަ | |
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ![]() ޗާޓު ފޮތެކެވެ. ހިތްތަކުގެ ޗާޓުތައް ވެ އެވެ. އުފާފާގަތިކަމުގެ މަންޒިލްތައް ވަނީ ފަވާފަ އެވެ. ބޯދާ ވާހަކަ ފޮތެކެވެ. ގިނަގުނަ ވާހަކަތައް ވެ އެވެ. އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރީ ހިތްތަކެވެ. މޮޅު ސެންޓެކެވެ. ހާދަހާ މީރުވަހެއް
ދުވަ އެވެ. އުތުރެނީ މާތައް ފަރިވެ ފޮޅެމުންދާ ހިތްތަކުންނެވެ. ކުރިތައް ފަޅާނެ އޮށެކެވެ. ޢިނާޔަތްތެރިކަން މުހުތާދެވެ. ހެދިބޮޑުވުމުގެ ކާނާއާއި ފެނަކީ އަޅާލުމާއި އޯގާތެރިކަމެވެ. ރީތި ހިނިތުންވުމެކެވެ. ރޫތަކަށް މޮޅު ފަރުވާއެކެވެ. އެކަނިވެރިކަން ބަރުދާސްތުކުރާ ހިތްތަކުގެ ރޫތަކެވެ. މިޞްރާބު ދައްކާ ސަމުގާއެކެވެ. ބަހައްޓާފައިވަނީ ހިތުގަ އެވެ. ޢިޝްޤުގެ މަންޒިލްތަކަށް ކަށި ހުއްޓެ އެވެ. ރީތި ޢިބާރާތެކެވެ. އުފަލާއި ހިތާމަ ބުނެދެ އެވެ. ހިތުގެ ޢުމުޤުން ލިޔެވޭނެ އެންމެ ރީތި ޢިބާރާތެވެ. ގަދަ އޮއިވަރެކެވެ. ބާރުފޯރުވޭ ވަރަށްވުރެ މާގަދަ އެވެ. ހިތްތައް އެއާއެކު ބެހިގެންދެ އެވެ. މަޑުމައިތިރި ތަވާޟުޢުވެރިކަމެކެވެ. ކޮންމެ މީހަކަށް ނުލިބޭނެ އެވެ. ކިބުރުވެރިންނަށް ލިބޭނީ، އެމީހުންގެ އަމިއްލަ ނަފުސަށްޓަކަ އެވެ. ވަރުގަދަ އިންޤިލާބެކެވެ. ޤާއިދަކީ ހިތެވެ. ޝުޢޫރުތަކުގެ ޙައްޤުގައި ގެންނަ ރިވޮލިއުޝަނެކެވެ. ފޮނި ފޮނި މޭވާއެކެވެ. ހެދި ބޮޑުވަނީ ހިތުގަ އެވެ. ދޮންވެ ފައްކާވުމުން ޙަޔާތަށް މީރު ރަހަ ލިއްބައިދެ އެވެ. ބުރަދަންހުރި ބަރެކެވެ. ޝުޢޫރުތަކުގެ އެންމެ ފުނަށް ގަންބާލަ އެވެ. ބަނިޔާދަންކަމުގެ ރަންމުތްތައް ދެއްކުމަށްޓަކަ އެވެ. ޝިކާރަކުރާ ބާޒެކެވެ. ހިތް ޖަހައިގަނެގެން ދެ އެވެ. ޙަޔާތުގެ ދަތުރުނާމާ ފުރިހަމަކުރުމަށްޓަކަ އެވެ. އަގުބޮޑު ޖަވާހިރެކެވެ. ދަގުއި މަދުވިވަރަކަށް އަގު ބޮޑުވެދެ އެވެ. ދޮގާއި މަކަރާއި ޙީލަތް ފަދަ ދަގުޔެވެ. ބިޔަ ފަރުބަދަ އެކެވެ. ބިންހެލުމެއް އަޔަސް ގުޑުމެއް ނާރަ އެވެ. ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގައި ދެމިހުރިހައި ހިނދަކުމެ އެވެ. ޗޭނަކުން ބޮޅެކެވެ. ގެތެމުންދާ ޗޭނެކެވެ. ހުއްޓުމެއް ނެތި ކުރިޔަށްދާ ޙަޔާތުގެ ސިލްސިލާގަ އެވެ. ފުން ވަޅެކެވެ. ވެއްޓޭއިރު އެންމެން ހަމަހަމަ އެވެ. ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ މީހުންނާއި އެނޫން މީހުންނެވެ. ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ހިތްތަކަށް އެކަން އެނގެ އެވެ. ޙަޤީޤަތް ސިއްރުކުރުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އާރާސްތުވާ ބިނާއެކެވެ. ތަނބުތަކަކީ ތެދުވެރިކަމެވެ. ބިންގަލަކީ އިޚުލާޞްތެރިކަމާއި އެކުވެރިކަމާއި ވަފާތެރިކަމެވެ. ތޫނު ޚަންޖަރެކެވެ. ހިތުގެ މެދަށް ހަރާލަ އެވެ. ދިރުމާއި އާރޯކަން ފޯރުކޮށްދިނުމަށްޓަކަ އެވެ. ހައިބަތުހުރި ޚުޝޫޢަތްތެރިކަމެކެވެ. ކުއްތަންވުމަށްޓަކަ އެވެ. އަހަރެމެންނަށް ދިރުން ދެއްވި ފަރާތަށެވެ. އަސަރުގަދަ ކަރުނަ ތިއްކެކެވެ. ފައިބަނީ ހިތުންނެވެ. އުފާވެރިކަމުގެ ކުންނަށް ވާޞިލުވާ ހިނދުގަ އެވެ. އުންމީދީ ނިދާއެކެވެ. މުލުހާލެއްގެ ގޮވާލުން ފަދަ އެވެ. ނިދާފައިވާ ހިތްތައް ހޭލައްވާލަ އެވެ. އަގުހުރި ފިލާވަޅުތަކެކެވެ. އުނގެނި ދަސްކުރުން މޮޅެވެ. ފުރަތަމަ ފިލާވަޅު ލިބެނީ އުފަންވާއިރުގަ އެވެ. ކުޑަކުޑަ ޒައްރެކެވެ. ލޮލަކަށް ނުފެނެ އެވެ. ވެރިވެއްޖެނަމަ މުޅި ހިތަށް ރަސްކަންކުރެ އެވެ. ޚާލިޞް ރަނެވެ. އަގުބޮޑު މަޢުދަނެކެވެ. އަނާނިއްޔަކަން ވެރިވެއްޖެނަމަ ގަޑުބަޑުވެދެ އެވެ. ދެމިހުންނަނިވި ޒިކުރާއެކެވެ. ވަކި ބާވަތެއްގެ ހިތްތަކަށެވެ. ޒަމާނުގެ ދިގު މަގުގައި އެއާއެކު ދަތުރުކުރި ފަތުރުވެރިންގެ އެވެ. ރަނގަބީލު ޖަހާ ރާގެކެވެ. ނަލަ އަޑެކެވެ. ޣާފިލުވެފައިވާ ހިތްތައް ހޭލައްވާލަ އެވެ. ދިގު ވާހަކައެކެވެ. އެތައް ޗެޕްޓަރެއް ވެ އެވެ. ހާދިސާތައް ތަޞްވީރުވެފައިވަނީ ހިތްތަކުންނެވެ. ބަހާރު މޫސުމެކެވެ. އަންނަނީ ހިތްތަކަށެވެ. މާމެލާމެލިން މާތައް ފޮޅުވައި އުފާވެރިކަން ގެނެސްދެ އެވެ. ޗާލު ކުރެހުންގަނޑެކެވެ. ފެންނަނީ ހިތުގެ ބިތުންނެވެ. އެތައް ވާހަކައަކާއި ލަވައެއް ޖަމާވެފައިވެ އެވެ. ބާރު ގަދަ ޠޫފާނެކެވެ. ހިތްތަކުގެ ޞަޙަރާތަކަށް އަރަ އެވެ. އިޙުސާސްތަކުގެ ވެލިފުނިތައް ބުރުއްސާލަ އެވެ. ސާފު ޒުމުއްރަދެކެވެ. އަލިމަހެއް ފަދަ އެވެ. އެކަނިވެރިކަމުގެ އަނދިރީގައި ވެސް ވިދައި ބަބުޅަ އެވެ. ބާރުގަދަ މަސްތެކެވެ. ޙަޔާތުގެ އިކުސީރެކެވެ. ހަބަރުގެ ހިތިކަން ކަނޑުވާލާ ދަވާއެކެވެ. އެތައް ފޮޅުވަތްތަކެކެވެ. ލިޔަނީ ހިތެވެ. ޙަޔާތުގެ ފަތްފުށްތަކުގަ އެވެ. ވާދަވެރި މުބާރާތެކެވެ. ވާދަކުރަނީ ހިތްތަކެވެ. ނިމޭ ހިސާބަށް ވާޞިލުވެއްޖެ ނަމަ ނާކާމިޔާބުވެ އެވެ. އަލިގަދަ ދަންމަރެކެވެ. ހިތްތަކަށް މަގުދައްކަ އެވެ. އެކަނިވެރިކަމުގެ އަނދިރީގަ އެވެ. ތަނަވަސް އައްސޭރިއެކެވެ. ހިތްތައް އުކާލެވިފައި ވެ އެވެ. އައްސޭރިފަށުގައިވާ މުތްތޮށިތަކެއް ފަދައިންނެވެ. އެއީ ސުމެކެވެ. އެއާ ނުލައި ހިތަކީ ސުމެކެވެ. ރަނގަޅު ތަނުގައި ޖަހައިފިނަމަ ހިތުގެ އަގު މަތިވެދެ އެވެ. އިތާގެ މުތެކެވެ. އޮތީ ހިތުގެ އަޑީގަ އެވެ. ކުޅަދާނަ ފީނުންތެރިއަކަށް ނޫނީ ނުނެގޭނެ އެވެ. މުޖައްރިބު ބޭހެކެވެ. ފުރިހަމަ ޝިފާ ލިއްބައިދެ އެވެ. ބޭފަވާތެރިކަމުގެ ތީރުތައް ޒަޚަމްކުރި ހިތްތަކަށެވެ. ބިކަޙާލުގައިވާ ނިކަމެއްޗެކެވެ. ބައެއް ޙާލަތްތަކުގަ އެވެ. ތަޞައްރަފު ނުފުދޭ ޖާހިލުންގެ ގާތުގަ އެވެ. ތެދުވެރި ޒަމީރެކެވެ. ގުޅިފައިވަނީ ހިތާ އެވެ. ޙައްޤުގެ އަޑު ތާއަބަދު އުފުލަ އެވެ. އުދުހޭ ދޫންޏެކެވެ. އުންމީދުގެ ފިޔައިންނެވެ. މާޔޫސްވެފައިވާ ހިތްތަކަށް އުންމީދުތައް ހިފައިގެންނެވެ. ހަނޑޫ ކަނޑާ ވަނެކެވެ. ބޭނުންވަނީ ހަކަތަ އެވެ. ސާދާ އިޙުސާސާއި ތާޒާ ޝުޢޫރުގެ އެވެ. މޮޑެފައިވާ ފުށްގަނޑެކެވެ. ޙަޔާތުގެ ޒަރޫރަތެކެވެ. ބާއްޖަވެރި ކަމުގެ ކާނާ އުފައްދަ އެވެ. ގަތާފައިވާ އިސްތަށިގަނޑެކެވެ. އެލިފައިވަނީ ހިތުންނެވެ. އުފެދިފައިވަނީ ނާޒުކު ޝުޢޫރުތަކުންނެވެ. ފެތުރިފައިވާ ހިޔަލެކެވެ. ހިތުގެ ބައްރުގަ އެވެ. ރަށްވެހިވާނީ ވަފާތެރި އިޚުލާޞްތެރިންނެވެ. ރީތި ޙާލަތެކެވެ. ބާއްޖަވެރި ކަމުގެ އެޑްރެހެވެ. އުންމީދުގެ ދެލިން ސޮއިކުރެ އެވެ. ރާގުފުމޭ އޮނެކެވެ. ޖަޒުބާތުގެ ރާގުތައް އިއްވަ އެވެ. ދަގައްފާނަށް ދަގަނޑު ދަމާހެން، ހިތްތައް ދަމައިގަނެ އެވެ. މިނިވަން ދިދަ އެކެވެ. ހިތުގެ ކުނބަށް ނެގެ އެވެ. ނާޒުކު ޝުޢޫރުތަކުގެ ވައިން ވިހުރެ އެވެ. ބޮޑުވާ ބިއްލޫރި ގަނޑެކެވެ. ހިތްބަލާ ލެންސެކެވެ. އަޞްލު ސައިޒަށްވުރެ މާ ބިޔަކޮށް ދައްކައިދެ އެވެ. މަންޒިލް މަޤުޞޫދެކެވެ. ހުއްދަކުރެ އެވެ. ވާޞިލްވުމަށްޓަކައި ހިތްކުރާ ކޮންމެ ކަމެކެވެ. ހިމުން ހިރަފުހެކެވެ. ހިތުގައި ފަޝަލަތައް ލަ އެވެ. މުޅިން ފިލުވާލުމަކީ މުސްތަޙީލުކަމެކެވެ. އަރަމުންދާ ރަތްވިލާތަކެކެވެ. ހިތާމަތަކަށް އިރު އޮއްސުމުންނެވެ. އުންމީދުގެ ހުޅުކޮޅު ދިއްލުމަށްޓަކަ އެވެ. ރުއް ކަނޑާ ފުރޮއެކެވެ. ހިތާމައިގެ ހާސަރުތައް ކަތިލަ އެވެ. ޙަސަދައާއި ރުޅި ވެސް ފޮތިފޮތިކުރެ އެވެ. ބާރަށް ދުވާ އަހެކެވެ. ހުއްޓުވާލާކަށް ލާހިކެއް ނޫނެވެ. މިޞްރާބު ސީދާކުރެވޭނީ ބުއްދީގެ ލަގަނަކުންނެވެ. ތަނަވަސް ފަޒާއެކެވެ. ހިތްތައް ފެތުރިފައިވަނީ ތަރިތައް ފަދައިންނެވެ. ވިދައި ބަބުޅަނީ އީމާންކަމުގެ ނޫރެވެ. ހިތްވަރު ގަދަ ލީޑަރެކެވެ. ހިތްތަކަށް މަގުދައްކަ އެވެ. ސަރާސަރު ތަނަވަސް މައިދާނަކަށެވެ. ކާފިޔާ ހަމަ ޅެމެކެވެ. ވަޒަނަށް ފެތެ އެވެ. ޞަދާ އިވެނީ ޝާޢިރީ ޙަޔާތުންނެވެ. ޙިކުމަތްތެރި ޤަލަމެކެވެ. ކާތިބަކީ ހިތެވެ. ޙަޔާތުނާމާގެ ރީތި ކަމާއި ޗާލޫކަން ލިޔަ އެވެ. މޮޅު ލިޔުންތެރިއެކެވެ. ޝުޢޫރުތަކުން ފޮތް ހަދަ އެވެ. ހުރިހައި ހިތެއްމެ ކިޔާނެ ފޮތެވެ. އިލެކްޓްރިކް ހަކަތައެކެވެ. ހިތުގެ ބޮކި ދިއްލަ އެވެ. ވިންދުތައް ބާއްޖަވެރިކުރެ އެވެ. ބޮޑު އެކުމާފާނެކެވެ. ނުލާހިކު ރީއްޗެވެ. ޙަޔާތުގެ ކުތުބުޚާނާގައި މަޝްހޫރެވެ. އަގުބޮޑު މުތީއެކެވެ. ހިތުގެ އިތާގައި އުފެދެން ފަށަ އެވެ. ރަންމުތެއްވަރު ވާން ދުވަސްކޮޅެއް ނަގަ އެވެ. ލޯގަނޑެއްގައިވާ ތަޞްވީރެކެވެ. ކުރެހީ ހިތެވެ. ކުލަޖެއްސީ ޚިޔާލާއި ފިކުރުންނެވެ. މަޑުމައިތިރި ރާގެކެވެ. ދިރުން ހުރި ލަޙުނެކެވެ. ހިތުގެ ގިޓާގައިވާ ނަރުތަކުން ކުޅެ އެވެ. ފަލަކުގެ އޯބިޓެކެވެ. ޕްލެނެޓަކީ ހިތެވެ. ޚިޔާލާތުގެ ފަޒާގައި ދައުރުކުރެ އެވެ. ތަނަވަސް ސްޓޭޖެކެވެ. މަންޒަރުތައް ދައްކަ އެވެ. ޙަޔާތުގެ މަސްރަޙު ތަޞްވީރުކުރެ އެވެ. ދުރު ބަލާ ކިޑިކީ އެކެވެ. އުންމީދުގެ އަލިކަން ވަދެ އެވެ. ހިތްތައް އުޖާލާކުރާ ދޯދިތަކެއް ފަދައިންނެވެ. ގެތެމުންދާ ފޭރާމެކެވެ. ނާޒުކު ޝުޢޫރުތަކުންނެވެ. އެންމެ ބާރުގަދަ އިޙުސާސްތަކުންނެވެ. ރީތި ނަޝީދެކެވެ. ހިތުދަސްކުރެވޭ ތަރާނާއެކެވެ. އަބަދުމެ ކިޔޭ ލަވައެކެވެ. އަލިގަދަ އިކުލީލެކެވެ. ހިތުގެ ވަށައިގެން ފާޅުވެ އެވެ. އީމާންކަމުގެ ނޫރު ފަތުރާލަ އެވެ. ވައިސާފު އާބުހަވާއެކެވެ. ތަންސާފު މަންޒިލެކެވެ. ހިތްތަކަށް ނޭވާލެވޭނެ ދެވަނަ ތަނެއް ނެތެވެ. އައިބުކިޔާ ހަޖުލެކެވެ. އެކަނިވެރިކަމާއި އަނާނިއްޔަތަށެވެ. ސަނާކިޔާ މަދަޙައެކެވެ. އުލްފަތާއި އެކުވެރިކަމަށެވެ. އަވަހަށް ފެތުރޭ ވަބާއެކެވެ. ހިތްތައް ބަލިކަށިކޮށްލަ އެވެ. މިންޖުވުމަށްޓަކައި ދެވޭނެ ފަރުވާއެއް ނެތެވެ. ގިޓާގެ ނަރެކެވެ. އުފާވެރި ރާގުތައް ކުޅެ އެވެ. މުސީޤާރަކީ ހިތެވެ. ސަރާސަރު ބިމެކެވެ. ފެހި ދަނޑެކެވެ. ފެތުރިފައިވަނީ ހިތުން ހިތަށެވެ. އަގު ބޮޑު ޔާޤޫތެކެވެ. ނުލާހިކު ޗާލެވެ. އިޚުލާޞްތެރިކަމުގެ ފަރުބަދައެއްގައި ނޫނީ ނުވާނެ އެވެ. ހުދު ކޮތަރެކެވެ. ހިތުން ހިތަށް އުފުލަ އެވެ. އަމާންކަމާއި އެކުވެރިކަމުގެ މެސެޖެވެ. ފިނިފެންމަލެކެވެ. މީރު ވަސް ފަތުރަ އެވެ. ގުޅިލާމެހޭ ހިތްތަކުގެ ބަގީޗާގަ އެވެ. އެއީ ކޮން އެއްޗެއް؟މަޞްދަރު: http://www.bramjnet.com މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ ކިއުންތެރިއެއް, 2010-10-18 13:25:03
އަރަތުގެ ޖަވާބަކީ:
ޢާޝިޤުންނަށް ލޯތްބެވެ. ޢާބިދުންނަށް ނަމާދެވެ. ޞޫފީންނަށް އަޅުކަމެވެ. ތަޤުވާވެރިންނަށް އީމާނެވެ. މުޙުސިނުންނަށް އިޙުސާނެވެ. މޫސީޤާރުންނަށް ރާގެވެ. ޅެންވެރިންނަށް ކާފިޔާއެވެ. ދަނޑުވެރިންނަށް ބިމެވެ. މިބީދައިން ކުރިޔަށް ގެންދަވާށެވެ!
...
ލިޔުނީ ނާނި 7457146, 2010-10-19 10:37:06
އަރަތުގެ ޖަވާބު: އެއީ ހަމަ "ލޯބި"
އެއިން ނުދައްކާނެކުލައެއް، ނުފެންނާނެމަންޒަރެއް، ނުވާނެ، ނުހެދޭނެ އެއްޗެއް، އަނެއްކޮޅުންބަލާއިރު ދެއްކޭނެކުލައެއް، ފެންނާނެމަންޒަރެއް، ވާނެ، ހެދޭނެ އެއްޗެއް އެއާއި ނުލައި ހަމަ ނެތޭ ބުނެވޭނެ. މި ދެއަކުރުގެ ލަފުޒަކީ ލިޔުންތެރިންގެ ގަލަމުގެ ތުނޑާ ވަރަށް ރައްޓެހި ލަފްޒެއް. އެވެރިން މިލަފްޒު ސިފަކޮށްދީފައި ނުކޮށްދޭނެ ގޮތެއްވެސް ނޯންނާނެ. ހެހެހެހެހެ!
...
ލިޔުނީ މާކުންބޭ, 2010-10-20 06:33:54
އެއީ ނިދާފައި އޮންނައިރު ހުވަފެން.
ހޭލާ ހުންނައިރު ޙިޔާލު. މަރުވެފައި އޮންނައިރު ކައްވަޅު. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|