މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| 27 ވަނަ އަރަތުގެ އިނާމު |
|
|
| މުނިފޫހި - އަރަތް | |||
| 04 ފެބްރުވަރީ 2010، 17:05 ބުރާސްފަތި | |||
އިނާމުގެ އިތުރުންޛުލްޤަރުނައިނި ރަސްގެފާނު ބަޙުރުއްޡުލްމާތަށް ވަޑައިގެންނެވި ވާހަކަޢަބްދުލްމުޢީދު ޙަސަން މި އަރަތުގެ ޖަވާބު ދިމާކުރެއްވި ޢިއްޒަތްތެރި ކިޔުންތެރިންނަކީ: 1. މ.ވ.ޝ.2. ނޡމ. 3. ޢަލީ. 4. ނާހިދު. 5. މ.ޒ.އ. 6. ޝާ. 7. ޢަބްދު ﷲ ރިޟުވާން. 8. ޙުސައިން ރިޟުވާން. މި 8 ބޭފުޅުންނެވެ. މީގެ އިތުރުން ދަރިވަރެއްގެ ނަމުގައި ޖަވާބު ދެއްވާފައިވާ ޢިއްޒަތްތެރި ކިޔުންތެރިޔާ ވެސް ދެއްވާފައިވަނީ ހަމަ ރަނގަޅު ޖަވާބެވެ. އަރަތުގެ އިނާމަކަށް މިފަހަރު ކަނޑައެޅިފައިވަނީ ވެބްސައިޓެކެވެ. ގިނަ ޢަދަދެއްގެ ބޭފުޅުން ޖަވާބު ދިމާކުރެއްވުމުން އެއިން ކޮންމެ ބޭފުޅަކަށް ވަނީ މިފަހަރުގެ އިނާމު ޙައްޤުވެފަ އެވެ. އިނާމާ ހަމައަށް ދިއުމުގެ ކުރިން، ހަދިޔާކޮށްލަންޖެހޭ ވާހަކައެއް އެބައޮތެވެ. ތިރީގައި މިވަނީ އެވާހަކަ އެވެ. ޛުލްޤަރުނައިނި ރަސްގެފާނު ބަޙުރުއްޡުލްމާތަށް ވަޑައިގެންނެވި ވާހަކަ ދޫދޫ މަތިން ވާރުތަވަމުން އަންނަ ފޯކުލޯރުގެ ވާހަކައެއްގައި ވެ އެވެ. ޛުލްޤަރުނައިނި ރަސްގެފާނު ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކުރައްވަމުން ގޮސް ވަރަށް ދުރު ހިސާބަކަށް ވަޑައިގެންނެވި އެވެ. އެތަނުން އެމަނިކުފާނަށް ފެނިވަޑައިގަތީ، ދުނިޔޭގެ އެއްވެސް ތަނަކުން ފެނިވަޑައިގެންފައިނުވާ، ޢަޖާއިބުކުރުވަނިވި ސަރަޙައްދެކެވެ. އެ ސަރަޙައްދަށް ވަނީ ކަނު އަނދިރިކަން ވެރިވެފަ އެވެ. އެތަނާ ބެހޭ ޚަބަރު، އެ ސަރަޙައްދުގެ ޢުމުރުން ދުވަސްވީ މުސްކުޅި ބޭކަލެއްގެ އަރިހުން، އެމަނިކުފާނު އޮޅުންފިލުއްވެވި އެވެ. އެބޭކަލަކު އެމަނިކުފާނަށް ދެންނެވި އެއްޗަކުން އެމަނިކުފާނާއި އެމަނިކުފާނުގެ ލަޝްކަރުގެ މީހުން ކުރިޔަށްވުރެ މާބޮޑަށް ޙައިރާންވެ ޢަޖާއިބުވި އެވެ. އެބޭކަލަކު ޛުލްޤަރުނައިނި ރަސްގެފާނަށް ދެންނެވި އެވެ. "މާތް މަނިކުފާނެވެ. މަނިކުފާނާއެކު، މަނިކުފާނުގެ ލަޝްކަރުގެ މީހުން، ތިޔަ އަނދިރި ގަނޑުގެ ތެރޭގައި ދަތުރުކުރަމުންދާއިރު، އެބައިމީހުންގެ ފައިގައި ކޮންމެ ވެސް އެއްޗެއް ޖެހޭނެ އެވެ. ބައެެއް މީހުން އެ އެއްޗެއް ނަގާނެ އެވެ. ބައެއް މީހުން އެ އެއްޗެއް ނުނަގާނެ އެވެ. އަނދިރި ގަނޑު ހުރަސްކޮށް އަލިކަމުގެ ތެރެއަށް ދެވުމުން، އެ އެއްޗެއް ނެގި މީހުން ހިތާމަކުރާނެ އެވެ. އަދި އެއެއްޗެއް ނުނަގާ މީހުން ވެސް ހިތާމަކުރާނެ އެވެ." ދެން ޛުލްޤަރުނައިނި ރަސްގެފާނާއެކު، ލަޝްކަރުގެ މީހުން އަނދިރި ސަރަޙައްދުގެ ތެރެއަށް ވަދެ، ދަތުރުކުރަން ފެށި އެވެ. ދެ ދަމެއްހައިއިރު ދަތުރުކުރެވުނުތަނާ އާދަޔާ ޚިލާފު އެއްޗެހިތަކެއް އެބައިމީހުންގެ ފައިގައި ޖެހެން ފަށައިފި އެވެ. ދެން ބައެއް މީހުން އެ އެއްޗެހި ނަގައި ކީސާތަކަށް އަޅަމުން ގެންދިޔަ އެވެ. އެކި މީހުން ނެގީ އެކިވަރަށެވެ. އަނެއް ބަޔަކު އެއިން އެއްވެސް އެއްޗެއް ނުނަގަ އެވެ. އަލިކަން ފެތުރިފައިވާ ހިސާބަށް އެބައިމީހުންނަށް ދެވުނީ އެތައް ދުވަހަކު ދަތުރުކުރި ފަހުންނެވެ. ދެން އަނދިރީގެ ތެރޭގައި އެބައިމީހުން ނެގީ ކޮން އެއްޗެއްތޯ ބަލާލިއިރު އެއީ އަގުބޮޑު ޖަވާހިރު ކަމުގައިވި އެވެ. މިކަން އެނގުމުން، އެތަކެތި ނެގި މީހުން ނެގުނު ވަރު މަދުވެގެން ހިތާމަކުރި އެވެ. ނުނެގި މީހުން އެންމެ ޖަވާހިރެއް ވެސް ނުނެގުނީތީ ހިތާމަކުރި އެވެ. (ނިމުނީ) މިހާރު މިއޮތީ، އިނާމު އިޢުލާންކުރާ ވަގުތު އައިސް ޖެހިފަ އެވެ. ވެބްސައިޓެއްގެ ފޮޓޯއެއްކަން ނުވަތަ ވެބް އެޑްރެހެއްކަން ނުވަތަ މުޅިން އާ ވެބްސައިޓެއްކަން އެނގިވަޑައިނުގަންނަވާ ޙާލު، ރަނގަޅު ޖަވާބު ދެއްވި ބޭފުޅުންނަށް މަރްޙަބާއާއި ތަހުނިޔާ ދަންނަވަމެވެ. ތިޔަ ބޭފުޅުންނަށް އެރުވުމަށް ހަމަޖެހިފައިވާ އިނާމަކީ، އިންޓީރިއާ ޑިޒަންކުރުމާބެހޭ މަޝްހޫރު ވެބްސައިޓުތަކެކެވެ. ކޮންމެެ ބޭފުޅަކަށް ވަކި އިނާމެކެވެ. ކޮންމެ ބޭފުޅެއްގެ ނަމުގެ ތިރީގައިވާ ފާލަމަށް ކްލިކްކޮށްލައްވައިގެން އިނާމު ޙާޞިލުކުރައްވާށެވެ! 1. މ.ވ.ޝ. ![]() 2. ނޡމ. ![]() 3. ޢަލީ. ![]() 4. ނާހިދު. ![]() 5. މ.ޒ.އ. 6. ޝާ. ![]() 7. ޢަބްދު ﷲ ރިޟުވާން. ![]() 8. ޙުސައިން ރިޟުވާން. ![]()
|
| ހަމަ މި ގަލަމުން |
|---|