ފަންވަތް މުނިފޫހި އަރަތް އަރަތް:6 ފިލިޖަހާލަދެއްވާ
ބެލި ޢަދަދު: 2021
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އަރަތް:6 ފިލިޖަހާލަދެއްވާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
މުނިފޫހި - އަރަތް
12 ޑިސެމްބަރ 2008، 23:53 ހުކުރު

ފޮނުވީ: ކަނީރު

ތިރީގައިވާ ބަހުގައި ފިލިޖަހާލަދެއްވުން އެދެން.

ހނދނހނދހދނހނދނހނނނހނދހނދނހދނހނދނހނނވރކރމއވ



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)Add Comment
...
ލިޔުނީ ބެލުންތެރިއެއް, 2008-12-12 20:05:03
ހެނދުނު ހަނދު ހޯދަން ހަނދާން ހުންނާނީ ހަނދު ހެނދުނު ހެދުން ހަނދާން ހުންނަވަރު ކުރީމައެވެ
...
ލިޔުނީ ކުރިމަގު, 2008-12-12 20:44:13
އަދި މާނަވެސް ހަމައެއްނުޖެހޭ ދޮގެއްތޯއެވެ. ރަނގަޅެއްނޫނެވެ.
...
ލިޔުނީ ފަހުމަގު, 2008-12-13 05:11:53
ބެލުންތެރިޔާގެ ޖަވާބުގައި މާނަ ފުރިހަމަ ވެއެވެ. އަރަތުގައި ލިއުއްވާފައި އެއޮތީ ޅެންބައިތެކެވެ. ޅެމުގެ މާނަ އޮންނާނީ، ޅެންވެރިޔާގެ ބަނޑުގައެވެ. މިހާ ދިގު ޅެންތައް ލިއުއްވާނަމަ، އެއިން ކިތަންމެ މާނައެއް ނެރެވިދާނެއެވެ.
...
ލިޔުނީ ޅެން ޝަރަޙަ, 2008-12-13 05:28:36
ބެލުންތެރިޔާ ފިލިޖަހާފައިވާ ޅެމުގެ ޝަރަޙަ ބުނެދީފާނަމެވެ.
މި ޅެމުގައި ހަނދަކީ، މީހެއްގެ އަނބިމީހާއެވެ. (ހަނދަކީ، އެ އަނބިކަނބުލޭގެއަށް ލޯބިން ކިޔާ ނަމަކަށް ވެސް ވެދާނެއެވެ.) ކޮންމެ ރެއަކު ހަނދު ނުނިދާ މަސައްކަތުގައި އުޅޭތީ، ފިރިމީހާގެ ހެދުން ގަނޑު އޮންނަނީ، ވީ، ނުވީ ތަނެއް ނޭގޭ ހިސާބަށް ގޮސްފައެވެ. ދެން، ހެނދުނު ތެދުވެ މަސައްކަތަށް ދިއުމުގެ ކުރިން ފިރިމީހާ އުޅެނީ ހެދުން ގަނޑު ހޯދުމުގައެވެ. މިކަމުގެ ސަބަބުން އަނބިމީހާ (ހަނދު) ގެ މަތިން ހަނދާނެއް ނުހުރެއެވެ. މަސައްކަތަށް ދަނީ ހަނދަށް އުއްމައެއް ވެސް ނުދީއެވެ. މިކަމާމެދު ހިތްހަމަނުޖެހިގެން އަނބިމީހާ މައްސަލަ ޖައްސައެވެ. ދެން ފިރިމީހާ ދޭ ޖަވާބު ޅެމުގައި އެވަނީއެވެ. ފިރިމީހާ އެބުނަނީއެވެ. "އޭ، މަގޭ ލޯބިވާ އަނބި، ހަނދާއެވެ. ރޭގަނޑު ތިބާގެ ކަންތައްގަނޑު ހަމަ ފަލައީއެވެ. އެހެންނާ ފަހެ، އިރުއަރާއިރު، މަގޭ ހެދުންގަނޑު، ވާ، ނުވާ ތަނެއް ނޭގެއެވެ. ހެނދުނު ތިބާއަށް އުއްމައެއް ދޭން، ހަނދާން ހުންނާނީ ވެސް، މަގޭ ހެދުންގަނޑު ހަނދާން ހުންނަވަރު ކޮށްދޭނަމަތާއެވެ!"
...
ލިޔުނީ ކުރިމަގުު, 2008-12-13 12:23:10
ފަހުމަގު ގެ ވިސްނުމާއި އެކު ޅެންޝަރަޙަ ވިދާޅުވެފައިވާ ގޮތަށް އެބަހަމަޖެހެއެވެ.
ދެ ފަރާތަށްވެސް ސާބަހެވެ. ހެދުމުގެ ބަދަލުގައި ހޯއްދެވިނަމަވެސް ވީސް ދޮގެއްތޯއެވެ.
އެކަމަކު ތިޔަގޮތްވެސް ރަނގަޅެވެ.
...
ލިޔުނީ ޚިޔާލެއް, 2008-12-13 16:35:38
ކުރިމަގު ބުނެފައިވާ ފަދައިން "ހެދުން" އަށްވުރެ ރަނގަޅީ "ހޯދަން" އޮތީމައެވެ. ނަމަވެސް އޭރަކުން ފަހުމަގު އެބުނާ ޅެންވެރިކަމެއް ނެތެވެ. ޅެންވެރިކަމާއި ދިގު ޝަރަހަ އަންނަނީ ފަހު މަގު އެބުނާ ގޮތަށް ބުނީމައެވެ.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-14 17:42:28
މީ ދެން ހާދަ ހެއްވާ އެއްޗެކޭ. ދިވެހި ބަހުގައި މިހާ ދިގު ލަފުޒު ހުރޭތަ؟ އަރަތެއް ކަމަކު، ކަނީރު ލިއުނަސް ލަފުޒުތައް ވަކިވާން ޖެހޭނެއެވެ.
...
ލިޔުނީ ހެހެހެ, 2011-12-20 08:01:20
ހެހެ. ތިއޮތީ ހަމަ ބާޤީން ރާޤީންނަށް ވީގޮތް ވެފަތާ! ހެހެހެ
...
ލިޔުނީ ރަންއަޑު, 2011-12-29 15:54:16
ޅެން ޝަރަޙަ ގެ ހިޔާލަށް ހަމަ ސާބަސް
...
ލިޔުނީ ރަންއަޑު, 2011-12-29 16:01:33
ޅެން ޝަރަޙަ އަށް ހަމަ ސާބަސް...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2021
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone