|
މުނިފޫހި -
އަރަތް
|
|
25 ޑިސެމްބަރ 2008، 15:09 ބުރާސްފަތި |
އަރަތް - 14 ފޮނުވީ: އާނަ
 އަހަރެންގެ އާއިލާ ވަރަށް ބޮޑުވާނެ. އެކި މީހުން ދިރި އުޅެނީ އެކިތަންތާނގައި. ދިވެހިން އަހަރެމެން އާއިލާގެ އެންމެންނަށް ކިޔަނީ އެއް ނަން. އަހަންނަކީ އާއިލާގެ ތަފާތު ދަރިކޮޅުގެ ތެރޭގައި ހިމެނޭ އެއް ދަރިކޮޅަށް ނިސްބަތްވާ މީހެއް. ދާދި ފަހަކާ ޖެހެންދެން އަހަރެން މި ރާއްޖޭގައި އެންމެ ގިނައިން ދިރި އުޅުނު އެއްތަނަކީ، ބަދިގޭ ދުންހޮޅިތައް. ނުވަތަ ނުސާފު ބަދިގެތައް. އެހެންވެގެން
އަހަރެންގެ ގައިގެ އަސްލު ކުލަ ވެސް ހުންނަނީ ކަޅުކުލަޔަށް ބަދަލުވެފާ. އަހަރެންގެ 8 ލޯ ހުރޭ. އަހަންނަކީ ކާކު؟
|
1. ޢާއިލާ ބޮޑިއްޔާ، ތިއީ ފަނިފަކުސައެކެވެ.
2. އެކި މީހުން އެކިތަންތާ ދިރިއުޅެންޏާ، ތިއީ ނިކަމެތި ގެއެއްގެ ވެރިއެކެވެ.
3. ދިވެހިން އެއްނަމެއް ކިޔަންޏާ، ތިއީ ހަނިތަންތާ އުޅޭ އެއްޗެކެވެ.
4. ތަފާތު ދަރިކޮޅު ތެރޭގައި ހިމެނޭ އެއްދަރިކޮޅަށް ނިސްބަތްވަންޏާ، ތިއީ ނޫޙުގެފާނުގެ ނަވުންއައި ދަރިކޮޅެއްގެ މެންބަރެކެވެ.
5. ބަދިގޭ ދުންހޮޅީގައި ދިރިއުޅެންޏާ، ނުވަތަ ނުސާފު ބަދިގެތަކުގައި އުޅެންޏާ، ތިއީ ކަކުންޏާ ވައްތަރު އެއްޗެކެވެ.
6. ގައިގެ އަސްލު ކުލަ، ކަޅުކުލަޔަށް ބަދަލުވެފައިވަންޏާ، ތިއީ ގެނދަބުޅި ޖަހާފައިވާ މަޚުލޫޤެކެވެ.
7. 8 ލޯ ހުންނަންޏާ، ތިއީ ފައިދިގު މަކުނެއްކަން ޔަޤީނެވެ.
މިނަޒަރިއްޔާތަކުގެ އަލީގައި ކުރެވުނު ދިރާސާތަކުން ސާބިތުވީ، އަރަތުގެ ޖަވާބަކީ، ފައިދިގު މަކުނު ކަމެވެ.
އެހެނީ، ފައިދިގު މަކުނުގެ އާއިލާގައި ތިރީސްހާހަށްވުރެ ގިނަ ވައްތަރު ހިމެނެއެވެ.
އެ ހުރިހައި ވައްތަރެއް ދިރިއުޅެނީ ދުނިޔޭގެ އެތަން މިތަނުގައެވެ.
ފައިދިގު މަކުނަށް ދިވެހިން ކިޔައި އުޅެނީ އޭގެ ވައްތަރު ތަފާތުވިޔަސް ހަމަ ފައިދިގު މަކުނެވެ.
އެއް ދަރިކޮޅަށް ނިސްބަތްވިޔަސް، ފައިދިގު މަކުނުގެ ތެރޭގައި ހިމެނޭނެއެވެ.
ފައިދިގު މަކުނު ބަދިގޭގެ ދުންހޮޅީގައި އުޅެއެވެ.
ނުސާފު ބަދިގެތަކުގައި ވެސް އުޅެއެވެ.
އެފަދަ ތަންތާ އުޅޭ، ފައިދިގު މަކުނުގެ ގައިގެ އަސްލުކުލަ ވާނީ ބަދަލުވެފައެވެ.
8 ލޯ ހުންނަންޏާ، އެއްވެސް ޝައްކެއްނެތި ތިއީ ހަމަ ފައިދިގު މަކުނެކެވެ.