މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފަންވަތު އަރަތް - 17 |
|
|
| މުނިފޫހި - އަރަތް | |||
| 09 ފެބްރުވަރީ 2009، 16:09 ހޯމަ | |||
|
ޢަބްދުﷲ ނަޢީމް އިބްރާހީމް ![]() މީހަކު ހިނގާފައި ދަނިކޮށް މަގެއް ދެކަފިވާ ހިސާބަށް ދެވިއްޖެއެވެ. އެތަނުން އެއްކަފިން ނުވަތަ އެއް މަގުން ދިޔައީމާ މަގު ކުރެވެ. އަނެއް ކަފިން ނުވަތަ އަނެއް މަގުން ދިޔައީމާ މަގު ދުރެވެ. އެއް ކަފީގައި ހުރީ ދުވަހަކުވެސް ތެދެއް ނުބުނާ މީހެކެވެ. އަނެއް ކަފީގައި ހުރީ ދުވަހަކުވެސް ދޮގެއް ނުހަދާ މީހެކެވެ. މި ދެމީހުންކުރެ އެކަކާ އެންމެ ސުވާލު ކޮށްގެން ކުރު މަގަކީ ކޮބައިކަން ނުވަތަ ދިގު މަގަކީ ކޮބައިކަން އޮޅުން ފިލުވާށެވެ. އެއް ސުވާލަށް ވުރެ ގިނަ ސުވާލު ކޮށްގެން ނުވާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ ރަމީޒު, 2009-02-09 13:34:55
ކަލޭ ތިޔައީ ދޮގުހަދާ މީހާނަމަ ކަލޭ ބުނާނީ މިއީ ދިގުމަގޭ ދޯ؟
މިސުއާލުގެ ޖަވާބުގައި ދޮގުހަދާމީހާ ބުނާނީ (އޭނާ އަށް އިޝާރާތް ކުރެވުނީ ކުރުމަގަށްކަމުގައިވާނަމަ) ނޫނެކޭ އެވެ. ސުވާލުކުރެވުނީ ތެދުހަދާމީހާ ގާތުކަމުގައި ވާނަމަ އޭނާވެސް ދައްކާނީ ނުވަތަ ބުނާނީ ތިޔައީ ކުރުމަގު ކަމުގައެވެ. މިހެންވާންޖެހެނީ ދޮގުހަދާމީހާ ގާތުއެސުވާލުކޮށްފިއްޔާ އޭނާ ބުނަން އޮތީ ދޮގުކަމުގައިވާތީ ބުނާނީ އާނއެކޭ ކަމަށްވަތީ މިސުވާލުގެ ޖަވާބުގައި ދޮގުހަދަނީއެވެ. އަނެއްކޮޅުން ތެދުހަދާ މީހާއަށް އެސުވާލުގެޖަވާބުގައި ތެދުބުނަންޖެހެއެވެ. އެހެންވީމާތެދަކީ ދޮގުހަދާމީހާ ބުނާނީދޮގުކަން އެނގޭތީ އެޖަވާބު އޭނާ ދެނީއެވެ. މިގޮތުން މަގު ގެ ކުރުދިގު އެއްމެސުވާލަކުން އެބަ އެނގެއެވެ. ދޮގެއްތޯއެވެ.
...
ލިޔުނީ Mohamed Raid Wasif , 2009-02-09 13:58:35
Ask that man what would his friend say If he was in that place. If the liar is there he will show the wrong way saying that his friend will show that way, and the one who is a truthful one will know that his liar friend will show the wrong way (long way) So you can take the opposite way that they both shows(Even if anyone was there) . Raidh
...
ލިޔުނީ ވިދާން, 2009-02-09 14:23:27
ތެދު ހަދާ މީހާ ކައިރިން އަހާނީ މިދެ މަގުންކުރެ ދިގުމަގަކީ ކޮބާ؟؟؟
...
ލިޔުނީ ޝ, 2009-02-10 08:11:33
"މި ދެ މަގުން ކުރު މަގަކީ ކޮބައިތޯ މީހަކު ކަލޭ ގާތު އަހައިފި ނަމަ ކަލޭ ދައްކާނީ ކޮން މަގެއް؟" މި ސުވާލު އެ ދެ މީހުން ކުރެ ކޮންމެ މީހަކާ ކުރިޔަސް އެ މީހާ ދައްކާނީ ކުރު މަގު.
...
ލިޔުނީ ައީމާ, 2009-04-28 03:18:35
"މިތާ އިންނަ އަނެއް މީހާ ގާތު ކުރު މަގު ކޮބާހޭ ސުވާލު ކޮއްފި ނަމަ އޭނާ ބުނާނީ ކީކޭ؟؟"
މި ސުވާލު ކުރެވޭ އިރު އެތާ ދޮގު ހަދާ މީހާ ނުވަތަ ތެދު ހަދާ މީހާ އިން ކަމުގައި ވިޔަސް ދޭނީ އެއް ޖަވާބެއް. ދައްކާނީ ވެސް އެއް މަގެއް. އެހެންވީމަ މި ދެމީހުން ދައްކާ މަގު ނޫން އަނެއް މަގު ވާނީ ކުރު މަގަށް. ޮއެތާ ދޮގު ހަދާ މީހާ އިން ނަމަ އޭނަ އަށް އެނގޭނެ ދެން އިންނަ މީހާ އަކީ ތެދު ހަދާ މީހެއްކަން. ތެދު ހަދާ މީހާ ނަމަ ދައްކާނީ ހަމަ ކުރު މަގު ކަން. އެހެން ވީމަ މި ދޮގު ހަދާ މީހާ (ދޮގު ހަދާނީ) ދައްކާނީ ދިގު މަގު. ދެން އެތާ ތެދު ހަދާ މީހާ އިން ނަމަ އޭނަ އަށް އެނގޭނެ ދެން އިންނަ މީހާ ހަދާނީ ހުސް ދޮގު ކަން. ދޮގު ހަދާ މީހާ ނަމަ ދައްކާނީ ދިގު މަގުކަން. އެހެން ވީމަ ތެދު ހަދާ މީހާ ވެސް ދައްކާނީ ދިގު މަގު.
...
ލިޔުނީ 143, 2009-06-10 02:50:09
ދޮގުހަދާ މީހާ ކައިރީ ކުރުމަގު ދައްކަން ބުނެފިނަމަ އޭނާ ދައްކާނީ ދިގުމަގު. ތެދުހަދާ މީހާ ދައްކާނީވެސް ކުރު މަގު. ދެމީހުން ކައިރީ ސުވާލު ކުރިޔަސް ޖަވާބު ލިބޭނެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|