މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފަންވަތު އަރަތް - 18 |
|
|
| މުނިފޫހި - އަރަތް | |||
| 23 އެޕރީލް 2009، 02:18 ބުރާސްފަތި | |||
|
ހުށައެޅީ: މުޞްލިޙު މުޙައްމަދު އިސްމާޢީލް / ތ. ދިޔަމިގިލި ދުވަހު ކުއްޔަށް، ކުއްޔަށްދޭ ކުލީ ކޮޓަރިއެއް، 3 (ތިން) މީހަކު ބައިވެގެން އެއް ދުވަހަށް ކުއްޔަށް ހިފިއެވެ. އެއްދުވަހުގެ ކުއްޔަކީ 30 (ތިރީސް) ރުފިޔާ ކަމުގައި ކޮޓަރީގެ ވެރިޔާ މި 3 (ތިން) މީހުން ގާތު ބުންޏެވެ. ދުވަސް ނިމުމުން މި 3 (ތިން) މީހުންވެސް ކުލި ދެއްކުމަށް ކޮޓަރީގެ ވެރިޔާ ގާތަށް ދިޔައެއެވެ. ކޮޓަރީގެ ކުއްޔަކީ 30 (ތިރީސް) ރުފިޔާ ކަމުން 3 މީހުން ކުރެ ކޮންމެ މީހަކުވެސް 10 (ދިހަ) ރުފިޔާ ދީގެން ކޮޓަރީގެ ކުއްޔަށްވާ 30 (ތިރީސް) ރުފިޔާ ކޮޓަރީގެ ވެރިޔާއާއި ޙަވާލު ކުރިއެވެ.ކޮޓަރީގެ ވެރިޔާ ބުންޏެވެ. ތި 3 (ތިން) މީހުންނަށް، 5 (ފަސް) ރުފިޔާގެ ޑިސްކައުންޓެއް ދޭނަމައެވެ. ނަމަވެސް މިހެން ބުނެފައި 5 (ފަސް) ރުފިޔާ ތިން މީހުންގެ މެދުގައި ހަމައަށް ނުބެހޭނެތީ، ފުރަތަމަ ވަކި 3 (ތިން) ރުފިޔާ ބެހުމަށް ނިންމިއެވެ. އެއީ ކޮންމެ މީހަކަށް 1 (އެއް) ރުފިޔާގެ މަގުންނެވެ. ބާކީ 2 (ދެ) ރުފިޔާ އަދި ނުބަހައެވެ. ކޮޓަރި ކުއްޔަށް ހިފި 3 (ތިން) މީހުން ބުންޏެވެ. ވީމާ އަހުރަމެން 3 (ތިން) މީހުން ކުރެ ކޮންމެ މީހެއްގެ އަތުން ޚަރަދު ވީކަމުގައި މިވަނީ 9 (ނުވަ) ރުފިޔާއެވެ. ވީމާ ޖުމުލައެކު 27 (ހަތާވީސް) ރުފިޔާއެވެ. އަދި ބުންޏެވެ. ޑިސްކައުންޓަށް ދޭނަމޭ ބުނި 5 (ފަސް) ރުފިޔާގެ ތެރެއިން އަދި 2 (ދެ) ރުފިޔާ ނުލިބެއެވެ. އެހެންވީމާ އެވެސް ޚަރަދުވީ އެއްޗެއްކަމަށް ބަލަންޖެހެއެވެ. ވީމާ މުޅި ޖުމުލަ ޚަރަދަކީ 29 (ރުފިޔާ) އެވެ. 3 (ތިން) މީހުންވެސް ވަރަށް ޙައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބުންޏެވެ. އަހުރެމެން މުޅި ޖުމުލަ ޚަރަދު ކުރީ 30 (ތިރީސް) ރުުފިޔާ އެވެ. އެކަމަކު މިހާރު ޚަރަދު ކުރިވަރު ބަލައިލީމާ މިޖެހުނީ 29 (ނަވާވީސް) ރުފިޔާއެވެ. މި 3 (ތިން) މީހުން ތިޔަ ބޭފުޅުންނާއި ސުވާލު ކުރެއެވެ. ބާކީ 1 (އެއް) ރުފިޔާއަށް ވީކިހިނެއް ހެއްޔެވެ؟ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (16)
![]()
...
ލިޔުނީ عبد المعيد حسن, 2009-04-23 12:51:26
"ވީމާ އަހުރަމެން 3 (ތިން) މީހުން ކުރެ ކޮންމެ މީހެއްގެ އަތުން ޚަރަދު ވީކަމުގައި މިވަނީ 9 (ނުވަ) ރުފިޔާއެވެ."
މި ޖުމުލައިގައި މިވަނީ ޞައްޙަ ވާހަކައެއް ނޫނެވެ. މިތަނުގައި އޮންނަންވީ ރަނގަޅު ގޮތަކީ، "ވީމާ، އަހަރެމެން ތިން މީހުންކުރެ ކޮންމެ މީހެއްގެ އަތުން ޚަރަދުވީ، ނުވަ ރުފިޔާ ތެއްތިރީސް ލާރިއެވެ. ނުވަތަ ނުވަ ރުފިޔާއާއި ރުފިޔާއެއްގެ ތިންބައިކުޅަ އެއްބަޔެވެ." މިހެންނެވެ. މި ތިން މީހުން ހައިރާންވީ ކަސްރު ނޭނގޭތީ އެވެ. އަރަތުގައިވާ ހިސާބުތައް ޞައްޙައެއް ނޫނެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-04-24 07:39:02
ފައުޅު ކުރައްވާފައިވާ ހުރިހާ ޚިޔާލަކަށްވެސް މަރުޙަބާ؟ އެންމެ ފުރަތަ ކޮންމެ މީހެއްގެ އަތަށް އަނބުރާ ދެވުނީ އެއް ރުފިޔާ... ވީމާ ކޮންމެ މީހަކު ފުރަތަމަ ޚަރަދު ކުރީ 10 ރުފިޔާ ކަމުގައި ވާނަމަ އެއްރުފިޔާ އަނބުރާ އަތަށް އެމީހުން އެހިސާބު ކުރީ 9 ރުފިޔާ ޚަރަދު ވީކަމަށް އަދި ޖުމުލަ 27 ރުފިޔާކަމަށް..އެހިސާބު ހަމަ ގައިމުވެސް ރަނގަޅު..ދެން އޭގެ ފަހަތުން އެވާގޮތާއި ބެހޭ ގޮތުން އެ ތިން މީހުން ސުވާލު ކުރަނީ...
ފައުޅު ކުރައްވާފައިވާ ޚިޔާލު ތަކަށް ނަޒަރު ހިންގާލާއިރު އެންމެ ކައިރި ކުރާ ޖަވާބެއް ޙާޒިރު ކުރައްވައިފައިވަނީ އޮޔަޑިންކަމާ.. އެކަމަކު އެވެސް އެންމެ ފުރިހަމަ ޖަވާބު ނޫން ކަމުގައި ދަންނަވާލަން.... އަދިވެސް މަސައްކަތް ކޮށްލައްވާ... ވަރަށް ސަލާމް އަދި ޝުކުރިއްޔާ
...
ލިޔުނީ އަސްލަމް, 2009-04-24 14:17:08
30 ރުފިޔާއިން 5 ރުފިޔާ ޑިސްކައުންޓް ދިނީމާ ކޮޓަރީގެ ކުއްޔަކަށްވަނީ 25 ރުފިޔާއެވެ. އެކަމަކު 5 ރުފިޔާގެ ބަދަލުގައި ކޮންމެ މީހަކަށް 1 ރުފިޔާ ދިނީމާ ޖުމްލަ އެ ދެވުނީ 3 ރުފިޔާއެވެ. 25 ރުފިޔާއަށް 3 ރުފިޔާ އެއްކުރީމާ ވާނީ 28 ރުފިޔާއެވެ. ބާކީ ނުލިބިއޮތް 2 ރުފިޔާ އެއްކުރީމާ 30 ރުފިޔާވާނެއެވެ.
މިތަނުގައި އެއްރުފިޔާ ގެއްލިގެން އުޅެން މިޖެހުނީ 30 ރުފިޔާއިން 3 ރުފިޔާ ކެނޑުމަށްފަހު، ޖަވާބުކަމަށްވާ 27 ރުފިޔާއަށް ބާކީ ނުލިބިއޮތް 2 ރުފިޔާ އެއްކުރުމުންނެވެ. 27 ރުފިޔާއިން ބާކީ ނުލިބި އޮތް 2 ރުފިޔާ ކެނޑިނަމަ ވާނީ 25 އެވެ. މަދުވާ 2 ރުފިޔާއަކީ އަދި ނުލިބިވާ 2 ރުފިޔާއެވެ.
...
ލިޔުނީ މާހީ, 2009-04-25 03:39:47
ބޯ ގޯސް ތިން މީހުން، އެތިންމީހުން ދިނީ 30 ރުފިޔާ،10 ރުފިޔާ ގެ ރޭޓުން. ޑިސްކައުންޓްގެ ގޮތުގަ ކޮޓަރިވެރިމީހާ ދިނީ 5 ރުފިޔާ. ޑިސްކައުންޓް ކެނޑީމަ ކޮޓަރިކުއްޔަށް ވަނީ25 ރުފިޔާ. ބާކީ 5 ރުފިޔާ އެތިންމީހުން ގެ މެދުގައި ހަމަހަމަައަށް ނުބެހޭނެތީ ކޮޓަރިވެރިމީހާ ކޮންމެ މީހަކަށް 1 ރުފިޔާގެމަގުން 3 ރުފިޔާދިނީ.5 ރުފިޔާއިން 3 ރުފިޔާ ކެނޑީމަ ބާކީވާ ދެރުފިޔާ އޮންނާނީ ކޮޓަރިވެރިމީހާ އަތުގަ. އެތިން މީހުންނަށް ކޮޓަރިކުލީގެ ގޮތުގައި ދެއްކުނީ 27 (ޑިސްކައުންޓް ކެނޑީމަ) ރުފިޔާ. އެ 27 ރުފިޔާއިން ކޮޓަރިވެރިމީހާގެ އަތުގައޮތް 2 ރުފިޔާ ކަނޑާނީ. ކޮންމެ މީހެއްގެ އަތުގައި 2 ރުފިޔާ އޮތްކަމުގައި ވިޔަސް އެއީވެސް ޑިސްކައުންޓްގެ ގޮތުގައި ކެނޑި ރުފިޔާ. އެހެންވީމާ އެ ދެރުފިޔާ އެއްކުރުމުގެ ބަދަލުގައި ކަނޑަންޖެހޭނީ. ކެނޑީމަ ވާނީ 25 ރުފިޔާ.....ކޮޓަރި ކުލީ ގޮތުގައި ދެއްކުނު 25 + ޑިސްކައުންޓަށް ކެނޑި 5 ރުފިޔާއިން އެމީހުންނަށް ލިބުނު 3 + ޑިސްކައުންޓަށް ކެނޑި 5 ރުފިޔާއިން ކޮޓަރިވެރި މީހާ އަތުގައި އޮތް 2 ރުފިޔާ އެއްކުރަންވީ. (30=2+3+25) އެހެންވީމާ ރުފިޔާ ހަމަވެއްޖެ...... ކޮރަޕްޝަންގެ މައްސަލައެއް ނެތް!!!!!!!އަދިވެސް މައްސަލައެއް އުޅޭނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިގެން މައްސަލަ ކުރިއަށް ގެންދޭ!!!!!
...
ލިޔުނީ ނަދީމު, 2009-04-25 03:46:57
ހަމަ ސާބަސް ރަގަޅު ޖަވާބު (30 - 5 = 25 )އެއްކުރަނވީ 1+1+1 = 28 ބާކީ 2 އެއްކުރީމާ 30 އެމީހުން ހިސާބު ހެދިގޮތް ނުބާ.އެމީހުން ހެދީ (9*3)= 27 + 2 = 29 މިހެން ހެދީމަ 1 ރުފިޔާ މަދުވޭ
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢިލް , 2009-04-25 09:12:56
މަގޭ އެންމެ އެކުވެރި ކިޔުން ތެރިންނޭ.. ރަނގަޅަށް ސުވާލު ކިޔާ... ސުވާލުގެ ބުނާ އެއްޗެއް އޮޅުވާނުލާ.. ސުވާލުގަ ނުބުނޭ ކޮޓަރިވެރިޔާ ޑިސްކައުންޓް ދިނީ އެމީހުން ދިން 30 ރުފިޔާއިން ނެކޭ... އޭނާ ބުނީ ޑިސްކައުންޓަށް 5 ރުފިޔާ ދޭނަމޭ...އެވެދާނެ އެމީހުން ދިން ރުފިޔާއިން ކަމަށްވެސް ނުވަތަ އޭނަގެ އަމިއްލަ ރުފިޔާ ކަމަށްވެސް... ސުވާލުގަ އެކަން ފާހަގަކޮށްފައި ނުވަނީ އެއީ ކޮންމެހެން ސުވާލާއި ގުޅޭ ބަޔަކަށް ނުވާތީ.....އަދިވެސް ވިސްނާލާ.... ސިކުނޑީ ތެތްކަން ތަންކޮޅެއް ގަދަކޮށްލާ... އެއިރަށް ރަނގަޅުވާނެ ކަމަށް ފެނޭ..
...
ލިޔުނީ hiyala, 2009-04-28 13:57:12
އެ އެއް ރުފިޔާ އަކީ ޑިސްކައުންޓުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫން.އެހެންވީމަ އެ ބާކީ އޮތް އެއްރުފިޔާ އޮންނާނީ ސާހިބު މީހާ އަތުގައި.
އެއީ ގޭގެ ކުއްޔަށް ތިން މީހުން ދެއްކީ 30 ރފ. 5ރުފިޔާ ތިން މީހުންގެ މެދުގައި ހަމައަށް ނުބެހޭނެތީ، ފުރަތަމަ ވަކި 3 (ތިން) ރުފިޔާ ބެހީ އެއީ ކޮންމެ މީހަކަށް 1 (އެއް) ރުފިޔާގެ މަގުންނެވެ.އެހެންވީމާ ކޮންމެ މީހަކަށް ޚަރަދުކުރެވުނީ9 ރފ.ޖުމްލަ27 ރފ.ދެން ނުބަހާ ބާކީ އޮތް 2 ރފ.އެއީ އެމީހުންގެ އަތުން ޚަރަދު ވީ އެއްޗެއް ކަމުގަ ބަލައިފިއްޔާ މުޅި ޖުމްލަ ޚަރަދު ކުރެވުނީ 29 ރފ.މިހާ ހިސާބުން އެމީހުނަށް ޑިސްކައުންޓް ގެ ގޮތު ގައި ދިން 5 ރފ.އަށް ވީ ގޮތް މިއޮތީ އެގެން.އެހެންވީމާ ބާކީ އެ ވާ އެއް ރފ.އެއީ ޑިސްކައުންޓްގެ ގޮތުގައިވާ ރުފިޔާ އެއް ނޫން.އެއީ ސާހިބުމީހާ އަށްވީ އެއްޗެއް.
...
ލިޔުނީ hiyala, 2009-04-30 17:48:31
dhen konirakuntha alhugandu ge javaabu rangalhukan noonee noon kan egeyneee.......
...
ލިޔުނީ ލިޑާ, 2009-05-02 07:43:16
(_ 25= 5-30 ) އެމީހުން އަތުން ހަރަދުވީ 25 . 30 ރުފިޔަގެ ތެރެއިން ކޮނމެމީހަކަށް 1 ރުފިޔަދިނީ. ސާހިބުމީހާއަތުގަ މިހަރު އޮންނާނީ 27 .ބާކީއޮތް 2 ރުފިޔާ ތިން މީހުންނަށް ދީ. އޭރުން ސާހިބުމީހާއަރުގަ އޮންނާނީ (2 -27 ) 25 ރުފިޔާ. މިކަން މި ނިމުނީނު.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-05-02 17:51:18
ބާކީ އޮތް 2 ރުފިޔާ، ކޮޓަރީގެ ވެރިޔާ އެކޮޓަރި ކުއްޔަށް ހިފި މީހުންނަކަށް ނުދޭ..
މިޢަރަތުގެ ޖަވާބާއި މެދު ފައުޅު ކުރެވިފައިވާ ޚިޔާލުތަކުގެ ގިނަ ކަމަށް ބަލައި، އެޚިޔާލުތަކާއި މެދު އެއްޗެއް ދަންނަވާލަން އަޅުގަނޑު ޤަސްދު ކުރަން .. ފައުޅު ކުރައްވާފައިވާ މަދު ޚިޔާލުތަކެއްގައި ނުވަތަ މަދު ޖަވާބުތަކެއް... މިޢަރަތުގެ އަސްލު ޖަވާބާއި ނުސީދާގޮތުން (އިންޑިރެކޓް) ދިމާވެއެވެ. އަޅުގަނޑު މަޑުކޮށްލައިގެން މިހުރީ ސީދާ (ޑިރެކްޓް) ޖަވާބެއް ލިބެންދެންނެވެ.
...
ލިޔުނީ ލިޑާ., 2009-05-04 05:12:29
އެމީހުންނަށް އެރުފިޔަނުދެންޏާ އެދިނީ 3 ރުފިޔާގެ ޑިސް ކައުންޓެއްނު. އެހެންނޫނީވެދާނެ ކޮޓަރީގެ ވެރިޔާ ބާކީދެރުފިޔާއަށް ސްޕާރީ ގަތީކަމަށް. 2 ރުފިޔާއަށް ލިބެނެ 6 ސްޕާރީ. 3 މީހުންނަށް އެއްވަރަށް ބަހާލެވޭނެ އެއްނު ދޯ!
...
ލިޔުނީ ހުސްހަމަ, 2009-07-06 15:22:54
އެމީހުން ހޭދަކުރި 30ރުފިޔާ. ޑިސްކައުންޓުން 3 ރުފިޔާ ލިބުނިމަ މުޅިއެކު ހޭދަކުރެވުނީ 27ރުފިޔާ. އެއީ 3-30
ދެން އެމީހުން ބެލީ ޑިސްކައުންޓުގެ ނުބަހާ އޮތް 2 ރުފިޔާ ވެސް އެއީ އެމީހުންނަށް ހޭދަކުރެވުނު އެއްޗެއްކަމަށް 2+27= 29 ދެން އެ 1 ރުފިޔާ ވަނީ އެ 3މީހުން ކުރެ މީހެއް އަތުގައި. އެއީ އެމީހުންނަށް ޑިސްކައުންޓުގެ ގޮތުގައި ލިބުނު ރފ 5 ގެތެރެއިން ރފ3 ބަހާލީ 3 މީހުންނަށް ހަމަހަމައަށް. ދެން ބާކީ ރފ2 ބެލީ އެމީހުން އަތުން ދިޔަ ޚަރަދަކަށް. އެހެންވީމާ 1=2-3 މާނައަކީ އެއިން އެކަކު އަތުގައޭ އޮތީ ރފ1. ރަގަޅުތޯ؟؟؟؟؟ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ދެން މިއަށް އެއްމުކުރަނީ ނުލިބުނު ދެރުފިޔާ... ޖުމްލަ 27 (9*3) ރުފިޔާ... ކޮން އެއްރުފިޔާއެއް؟؟؟ މިއޮތީ މައްސަލަ ޙައްލުވެފައި... އަޔޮޑިންކައިބަލަ... BODMAS ޤާވާޢިދު ނޭންގޭތީވެ ދިމާވިގޮތް މީ... ސްކޫލަކަށްގޮސް ހިސާބުކިޔަވާލާ... :-)