ފަންވަތް މުނިފޫހި އެހެނިހެން ކާކުހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟
ބެލި ޢަދަދު: 2111
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ކާކުހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 22
ދެރަވަރަށްމޮޅު 
މުނިފޫހި - އެހެނިހެން
20 ޑިސެމްބަރ 2010، 00:54 ހޯމަ


"އަހަންނަކީ ޢިޝްޤެވެ. އަހަރެން ވަނީ އިންސާނާގެ ލޮލުތެރޭގަ އެވެ."


ތަރުޖަމާ: އަޙުމަދު ނިޔާޒު / ދޯދި


ބުނެވެ އެވެ. ''ބުއްދި''، އެއްދުވަހަކު ލުޤުމާނު ޙަކީމުގެ އަރިހަށް އަ އެވެ.  ލުޤުމާނު ސުވާލު ކުރެއްވި އެވެ. "ތިޔައީ ކާކުހެއްޔެވެ؟  އުޅެނީ ކޮންތާކުހެއްޔެވެ؟" ޖަވާބުގައި "ބުއްދި" ދެންނެވި އެވެ. "އަހަންނަކީ ބުއްދި އެވެ. އަހަރެން އުޅެނީ އިންސާނާގެ ބޮލުތެރޭގަ އެވެ."

އިރު ކޮޅަކުން "ލަދު" މި ތަނަށް ޒިޔާރަތް ކޮށްފި އެވެ.  ލުޤުމާނު ސުވާލު ކުރެއްވި އެވެ. "ތިޔައީ ކާކު ހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟"  "ލަދު" ޖަވާބު ދިނެވެ. "އަހަންނަކީ ލަދެވެ. އަހަރެންގެ ޖަހަގަ އަކީ، އިންސާނާގެ ލޮލެވެ." އިސާހިތަކު ''ލޯބި'' އައިސް  ލުޤުމާނުގެ އަރިހަށް ހުއްޓުނެވެ. ލުޤުމާނު ޙަކީމު ސުވާލު ތަކުރާރު ކުރެއްވި އެވެ. "ލޯބި" ޖަވާބު ދިނެވެ. "އަހަރެންނަކީ ލޯތްބެވެ. އަހަރެންގެ ހިޔާވައްސަކީ، އިންސާނާގެ ހިތެވެ."

ކުއްލިޔަކަށް "ތަޤުދީރު" އައިސް މިތަނަށް ހުއްޓިއްޖެ އެވެ.  އެއްސެވި އެވެ. "ތިޔައީ ކާކު ހެއްޔެވެ؟ އުޅެނީ ކޮންތާކު ހެއްޔެވެ؟" ތަޤުދީރު ޖަވާބު ދިނެވެ. "އަހަންނަކީ ތަޤުދީރެވެ." އަހަރެން އުޅެނީ އިންސާނާގެ ބޮލުތެރޭގަ އެވެ."  ލުޤުމާނު ވިދާޅުވި އެވެ. ބޮލަކީ "ބުއްދީ"ގެ ޖަގަހަ ނޫން ހެއްޔެވެ؟  މި ބަހަށް ޖަވާބު އެރުވީ ވެސް ބުއްދި އެވެ. "ތަޤުދީރު އަތުވެއްޖެނަމަ، އަހަރެންގެ ބާރު ކެނޑިގެންހިނގައިދެ އެވެ."

ދެން ފެނުނީ "ޢިޝްޤު" މި ތަނަށް ހާޒިރުވިތަނެވެ. އެއްސެވި އެވެ. "ތިޔައީ ކާކު ހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟" ޖަވާބުގައި ޢިޝްޤު ދެންނެވި އެވެ. "އަހަންނަކީ ޢިޝްޤެވެ. އަހަރެން ވަނީ އިންސާނާގެ ލޮލުތެރޭގަ އެވެ." ލުޤުމާނު ވިދާޅުވި އެވެ.  "ލޮލަކީ ލަދުގެ ޖަގަހަ ނޫންހެއްޔެވެ؟" މި ސުވާލަށް ޖަވާބުދާރީވީ ލަދެވެ. ދެންނެވި އެވެ.  "ޢިޝްޤު އަތުވެއްޖެ ނަމަ ލަދަކަށް ޖާގައެއް ނޯވެ އެވެ."

އެންމެފަހުން ބައްދަލުވެވަޑައިގަތީ، ދަހިވެތިކަމާ އެވެ. ޙަކީމު ލުޤުމާނު އެ ދެ ސުވާލު ތަކުރާރު ކުރެއްވި އެވެ؟ "ތިޔައީ ކާކުހެއްޔެވެ؟ އުޅެނީ ކޮންތާކުހެއްޔެވެ؟" ޖަވާބުގައި ދަހިވެތިކަން ދެންނެވި އެވެ. "އަހަންނަކީ ދަހިވެތިކަމެވެ.  އަހަރެން އުޅެނީ އިންސާނާގެ ހިތުގަ އެވެ." ވިދާޅުވި އެވެ. "ހިތަކީ ލޯބީގެ ހިޔާވަހި ނޫންހެއްޔެވެ." ރައްދުގައި ޖަވާބު ދިނީ ވެސް ދަހިވެތިކަމެވެ. ދެންނެވި އެވެ. "ދަހިވެތިކަން  ހިތަކަށްވަދެއްޖެ ނަމަ، ލޯބި ފުނޑުފުނޑުވެ ފަނާވެގެންދާނެ އެވެ."
-------------
 (ނިމުނީ)

ހަވާލާ؛

 މިއީ ފްރެންޑްސް ކޯރނަރ.ކޮމް ގައި އުރުދޫބަހުން ލިޔެފައިވާ " ކޯން، ކަހާ ރެހެތާހޭ؟" ގެ އަވަސް ތަރުޖަމާއެކެވެ. ލިޔުން ލިޔުއްވި އަސްލު ލިޔުންތެރިޔާގެ ނަން އެނގޭކަށް ނެތެވެ.  - އ ނ -

މި ލިޔުން؛

  ފޮނުވުން:    އަލްފާޟިލް އަޙްމަދު ނިޔާޒު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން: ''            ''



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ އަޔާ, 2011-01-13 08:49:11
ވަރަށް ބުއްދިވެރި ވާހަކައެއް.....
...
ލިޔުނީ ޕަރީ, 2011-02-17 15:40:07
މީ ވަރަށް ރީތި އަދި ވަރަށް ބޮޑު ތެދެއް ކަމަށް ޤަބޫލު ކުރެވޭ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2111
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone