މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަތްތިލައެއްގެ ސިފައިގައިވާ ލުނބޯ |
|
|
| މުނިފޫހި - އެހެނިހެން | |||
| 01 ޖޫން 2009، 21:52 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން އަތްތިލައެއްގެ ސިފައިގައިވާ ލުނބޮއެއްގެ ފޮޓޯ އިންޓަރނެޓްގައި ފެތުރެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް މީހުން އެ ލުނބޯ އަތްތިލައެއް ކަމަށް ސިފަކުރިޔަސް އަނެއް ބަޔަކު ދެކެނީ އެއާމެދު އެހެން ގޮތަކަށެވެ. އެހެނީ، އޭގައިވާ އިނގިލިތައް ބޮޑަށް ވައްތަރީ، އަތްފައިގެ ވަކިތަކުން ޝިކާރަކުރާ ޖަނަވާރެއްގެ ވަކިތަކަކާއެވެ.އެ ލުނބޮއާމެދު ވާހަކަދައްކާފައިވާ މީހުން، އެއަށް ނަޒަރު ހިންގާފައިވަނީ، އެބަޔަކަށް ލިބިފައިވާ ޢިލްމުގެ އަލީގައެވެ. ދަންނަބޭކަލުން ވިދާޅުވެފައިވަނީ، އެއީ، މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެތްކެއް ކަމަށެވެ. ސައިންސްގެ އަހުލުވެރިން ދެކެނީ، ވާރުތަވާ ސިފަތައް ބަދަލުކޮށްގެން އެކަހަލަ މޭވާ އުފެއްދޭނެ ކަމަށެވެ. އަދި އެއީ، އެތައް މޭވާއެއްގެ ސިފަތައް އެކުވެގެން އުފެދިފައިވާ އެއްޗެއް ކަމަށެވެ.ޝުހުރަތުގެ އަހުލުވެރިން ދެކެނީ، އެބައިމީހުންނަށްވުރެ މިޒަމާނުގައި ލުނބޯ ވެސް މާ މަޝްހޫރުވެއްޖެ ކަމަށެވެ. ޞާޢިދާ އޮންލައިންގައި އެ ލުނބޮއާ ބެހޭ ގޮތުން ލިޔެފައިވެއެވެ. "ޚާލިދުލް މިޞްރީގެ ގޯތިތެރޭގައި ހެދިފައިވާ ލުނބޯގަހެއްގައި، އަތްތިލައެއްހެން އޮތް ލުނބޮއެއް އަޅައިފިއެވެ. އޭގައި ފަސް އިނގިލިވެއެވެ. އެލުނބޯ ބަލަން ދިޔަ އެންމެން އެ ފެނުމުން ވަރަށް ބޮޑަށް އަންތަރީސްވެއެވެ." އެ ލުނބޯގެ ވާހަކަ ބައެއް މަޖައްލާތަކާއި ވެބްސައިޓުތަކުގައި ޖަހާފައިވަނީ، އިސްލާމްދީނަށް ފުރައްސާރަކުރާ ބީދައިންނެވެ. މުސްލިމުންނަކީ، އެފަދަ ތަކެތީގެ ސައިންޓިފިކް ޙަޤީޤަތާމެދު ނުވިސްނާ ޖާހިލު ބަޔެއްކަން އިލްހާމުކޮށްދިނުމަށެވެ. ![]() މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ hana, 2009-06-01 16:45:23
subuhanallah........mee thedhehnama meee allah ge kulhadhunvantha kamuge ithuru hehkakah fudheyne varuge ajaibeh........mikamunves ekalage ah shareeku kura meehunah visnijjeyya kithanme haaves ragalhu..............insha allah one day they will...........al-hamdhulillah.......
...
ލިޔުނީ ފޮޓޯއެޑިޓަރ, 2009-07-22 08:04:39
އަޅުގަނޑު ދަންނަވާނީ ތިޔައީ ހަޤީޤަތެއް ކަމުގައި ވާނަމަ ﷲ ގެ ކުޅަދުންވަންތަ ކަން ވަރަށް ބޮޑަށް ފާޅުވެ އެކަން މަތިވެރި ވެގެން ވެއެވެ، ތިޔައީ މީހަކު ހަދާފައި ވާފޮޓޯ އެއްނަމަ ދެންނެވެން އޮތީ އެއީ ވެސް މިޒަމާނުގައި މުސްތަޙީލު ކަމެއް ނޫން ކަމުގައެވެ. ފޮޓޯ ޝޮޕަކީ އެގޮތަށް ނެތް އެއްޗެތި ދުނިޔެ އަށް ގެނައުމުގައި (ހަޤީޤީ ފޮޓޯ ކަމުގައި ހަދާ،މީހުންގެ ލޯ ތަކަށް އޮޅުވާލުމަށް) އެވަރެއްނެތް ޕްރޮގްރާމެކެވެ.
...
ލިޔުނީ kiyuntheri ey, 2010-08-12 08:51:26
me eeeeeeeeeeee hama khulhadjunvanthakan visnaaaaaaaaaaa fikuru kureeeeeeee
... ލިޔުނީ ކަކުނި ލޯ., 2010-10-11 14:17:06
ހުޅަގުގެ މީހުނަށްވެސް އެނގޭ މުސްލިމުންގެ ބޯގަޅިކަން. ހަމަ އެއްޗެއް ޖަހާއިރަށް ކޮންމެވެސް ޢިލްމުވެރިއަކު ބުނާނެ ތިއައީ ﷲ ގެ ކުޅާދުންވަންތަކަމެވެ. ނުވަތަ ފަހުޒަމާނުގެ ޢަލާމާތެކެވެ. ދެންތިބި މީހުން އެވާހަކަ ޤަބޫލުކޮށް ފޯނުތަކަށާއި ނެޓްވޯކްތަކަށް ފޮނުވަންވީ. ހުރިހާ ފައިދާއެއް މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އެހެންވީމައި ކޮންމެކަމެއްގައިވެސް ކަމުދެކޮޅު ބަލާފަ ފިޔަވަޅުއަޅަންވީ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|