ފަންވަތް މުނިފޫހި ހެއްވާމަޖާ
ހެއްވާމަޖާ
ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ އެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
03 ނޮވެމްބަރ 2009، 10:42 އަންގާރަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާތައް ބުނެދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެއްގައި ވެ އެވެ.

ޙުނައިނަކީ، ޢަރަބީންގެ ތެރޭގައި ހުރި ޚުއްފު ހަދަން މަޝްހޫރު މީހެކެވެ. އެއްދުވަހަކު، އަޢުރާބީއަކު، އޭނާގެ އަތުން ޚުއްފެއް ގަންނަން ދިޔަ އެވެ. އަޢުރާބީ ބޭނުންވި އަގަށް ޚުއްފު ވިއްކާތޯ، އޭނާ އެތައް ޒުވާބެއް ކުރި އެވެ. ނަމަވެސް، ޙުނައިނުގެ އަތުން އެ އަގަށް އޭނާއަށް ޚުއްފެއް ލިބޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން، ޖަމަލަށް ސަވާރުވެގެން އަޢުރާބީ އޭނާ އައިކޮޅަށް ދިއުމަށްޓަކައި ދަތުރު ފެށި އެވެ.
އިތުރަށް...
 
"ޙާނާ އާއި މާނާ މަގޭ ބޯ ކާލައިފި އެވެ." ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
02 ނޮވެމްބަރ 2009، 10:48 ހޯމަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


މިއީ ދެ މީހުނާ އިން މީހެއްގެ ވާހަކަ އެވެ.
އެ ދެ މީހުންގެ ބަހަށް އޭނާ ހެއްލުނު ވާހަކަ އެވެ.
އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާގެ ވާހަކަ އެވެ.
އަދި އޭނާއަށް ބުނެވުނު ބަސް، މިސާލު ބަހަކަށް ވީ ވާހަކަ އެވެ.


މީހަކު ދެ މީހުނާ އިނެވެ. އޭގެ ތެރެއިން އެކަކުގެ ނަމަކީ، ޙާނާ އެވެ. އަނެކަކުގެ ނަމަކީ، މާނާ އެވެ.

ޙާނާއަކީ، ކިރިޔާ މީހަކާ އިނދެވޭ ވަރުގެ ޅަ ޒުވާން ކުއްޖެކެވެ.
އިތުރަށް...
 
ހަލީސާ 02 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 11
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
05 ޖޫން 2009، 01:12 ހުކުރު

ތިޖޫރީ

ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ


އާއިލާއެއްގައި އުޅޭ ފަސްކުދީންނެވެ. އެއްދުވަހަކު އެންމެ ކުޑަ ކުއްޖާއަތުގައި އޮތް އެއްޗަކަށް އިޝާރާތްކޮށް ހުރިހާކުދިން ވާހަކަދައްކަން ފަށައިފިއެވެ.
އެންމެ ބޮޑު ކުއްޖާ: ކޮއްކޯ! ކޮއްކޮ އަތުގައި ތިއޮތީ ތިޖޫރީއެއްދޯ !
ދެވަނައަށްހުރި ކުއްޖާ: އެހެން ނުވާނެ. އެއީ ބޭންކެއް
ތިންވަނައަށްހުރި ކުއްޖާ: ބޭންކެކޭ. ގައިމު ބައްޕަ ބުނާ އަޑު އެހިން އެއީ ބަޖެޓެކޭ!
ހަތަރުވަނައަށްހުރި ކުއްޖާ: އެއީ ބޭންކެއްވެސް ނޫން. ތިޖޫރީއެއްވެސް ނޫން. ބަޖެޓެއްވެސް ނޫން. އެއީ ލާރި ދަބަހެއް
އެންމެ ހަގުކުއްޖާ: އެކަކަށްވެސް ނޭންގުނެއްނު. މީ ވޮލެޓެކޯ...
އިތުރަށް...
 
ހަލީސާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 12
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
06 ފެބްރުވަރީ 2009، 21:13 ހުކުރު

ޝާކިރު

01-    އިމްތިޙާނު ދުވަސް.

މުޅިއަހަރު ދުވަހު ކުޅިވަރުގައި ހޭދަކުރި ދަރިވަރަކު އެއަހަރުގެ ފައިނަލް ޓެސްޓް ޕޭޕަރ ގައި އިށީނދެ ސުވާލުތަކަށް ބަލަން އިނެވެ. ހުރިހާ ސުވާލެއްކީއިރުވެސް ޖަވާބު ދޭންއެނގުނު އެންމެ ސުވާލެއްވެސް ދިމައެއް ނުވިއެވެ. އެންމެފަހުން ކަރުދާސް ގަނޑުގައި ޅެންބައިތެއް ލިޔުނެވެ.

ޚަޒާނޭކީ ކުންޖީ ތެރޭ ހާތުހޭ (ޚަޒާނާގެ ތަޅުދަނޑިވަނީ ސަރ ގެ އަތްޕުޅުގައެވެ).

އަގަރު ޕާސް ކަރުދޭތޯ ކިޔާ ބާތުހޭ (ފާސްކޮށްދެއްވިއްޔާ ވާނީ ކީއްތޯއެވެ).

ޓީޗަރު ޕޭޕަރތައް މާކުރަމުން ގޮސް މި ޕޭޕަރ ފެނުމުން އޭގެ ތިރީގައި ލިޔުއްވިއެވެ.

ކިތާބޯންކެ ގަޓްރީ ތެރޭ ސާތު ތީ (ފޮތުގެ ބަންޑެލިތައްވަނީ ކަލޭގެ އަތުގައެވެ).
އަގަރު ޔާދު ކަރުތާ ތޯ ކިޔާ ބާތު ތީ (ހަނދާން ކުރިނަމަ އަޅެވާނީ ކީއްހޭ).
އިތުރަށް...
 
ބައްޕައަށް މިގޮތް ރަނގަޅުބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 13
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
03 ޑިސެމްބަރ 2008، 00:46 ބުދަ
 
ދަރިފުޅު: ބައްޕާ ކީއްވެތަ މާމަޔަށް ލަކުޑިން ހަދާފައިވާ ތަށީގައި ކާންދެނީ.
ބައްޕަ:    (ކުޑަކޮށް ހީނލާފާ) ކިހިނެއްވީ ދަރިފުޅާ! މާމަ މިހާރު މުސްކުޅިވެ އެހެން ބަލި އެނދުގައި އޮންނަތާ އެތައްޒަމާނެއް.
           މާމަ އަތުން ތަށިވެއްޓި ތެޅޭނެތީ ލަކުޑި ތައްޓަކަށް އަޅާފައި އެއްޗެހި ބަހައްޓަނީ.   
އިތުރަށް...
 
އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 22:51 ބުރާސްފަތި


ފޮނުވީ: އެމް

އަނބިމީހާއާއި އޮފީހުގައި އުޅޭ އަންހެން ސެކެއްޓެރީގެ ތަފާތަކީ ކޮބާ؟
މިސުއާލަށް ދެވިފައިވާ ބައެއް ޖަވާބުތައް ތިރީގައި މިވަނީއެވެ.

1. އަނބިމީހާއާއި ސެކެއްޓެރީއާ ދެމެދުގައި ބައެއް ފަހަރު، 30 ކިލޯމީޓަރުގެ ތަފާތުވާނެ.
2. އަނބިމީހާ އޮފީހުގައި ހިނގާ ކަންތަކާ ބެހޭނެ. ސެކެއްޓެރީ ގޭގައި ހިނގާ ކަންތަކާ ނުބެހޭނެ.
3. ސެކެއްޓެރީ އޮފީހުގައި އުޅޭނީ ވަރަށް ރީތި ހެދުން ލައިގެން. އަނބިމީހާ ގޭގައި އުޅެފާނެ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ވެސް.
4. ސެކެއްޓެރީ، ތިބާކުރާ އަމުރުތައް ތަންފީޒުކުރާނެ. އަނބިމީހާ ތިބާއަށް އަމުރުކުރާނެ.
5. ތިބާ ސަލާމަތްކުރަން ސެކެއްޓެރީ ދޮގުހަދާނެ. ތިބާއަށް އޮޅުވާލަން އަނބިމީހާ ދޮގުހަދާނެ.
6. ތިބާއާ ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދާދޭން ސެކެއްޓެރީ އުޅޭނެ. ތިބާ ހޯދާ ކޮންމެ ޙައްލަކާމެދު މައްސަލަ ޖައްސަން އަނބިމީހާ އުޅޭނެ.
7. ތިބާއަށް ދެއްކިދާނެ އުޒުރާއި ބަހަނާތައް ހޯދާދޭން ސެކެއްޓެރީ މަސައްކަތް ކުރާނެ. ތިބާ ދައްކާ އުޒުރާއި ބަހަނާތަކާމެދު އަނބިމީހާ ޝައްކުކުރާނެ.
8. ސެކެއްޓެރީ، ތިބާއަށް ކަންތައްތައް ކޮށްދޭނެ. އަނބިމީހާ، ތިބާލައްވާ ކަންތައްތައް ކުރުވާނެ.
9. ސެކެއްޓެރީ ދެކޭނީ ތިބާއަކީ ވެރިޔެއް ކަމަށް. އަނބިމީހާ ދެކޭނީ ތިބާއަކީ ޚާދިމެއް ކަމަށް.
10. ސެކެއްޓެރީއަކީ ކުރިޔަށް އޮތް ލޯބީގެ މަޝްރޫޢެއް!!! އަނބިމީހާއަކީ ފާއިތުވެ ގޮސްފައިވާ ލޯބީގެ މަޝްރޫޢެއް!!!

ނޯޓް: މިތަފާތުތައް ހުރުމާއެކު ވެސް، ރަނގަޅު ފިރިންނަކީ، 10 ވަނަ ނަންބަރުގައި އެވާ މަޝްރޫޢު ނުފަށާ، އަނބިމީހާއަށް ލޯބި ދީގެން އުޅޭ ފިރިންނެވެ.

 
ނޫސްވެރިއެއްގެ ސުއާލު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 15:08 ބުރާސްފަތި

ނޫސްވެރިޔަކު، ޤައުމެއްގެ މަސްއޫލުވެރިޔަކާ ސުއާލުކުރިއެވެ.
"ސާދައަހަރުގައި ރަސްކަމަށް އިސްކުރުމަށް ޤާނޫނު ހުއްދަކުރާއިރު، އަށާރަ އަހަރު ނުފުރެނީސް މީހަކާ އިންނަން ޤާނޫނު ހުއްދަ ނުކުރަނީ ކީއްވެގެންތޯ؟"
މަސްއޫލުވެރިޔާ ޖަވާބުދިނެވެ.
"އެއީ، އަނތްބަކު ގެންގުޅުމަށްވުރެ، ޤައުމެއްގެ ކަންތައްތައް ބެލެހެއްޓުން މާފަސޭހަކަމަށް ވާތީ."

 
ޙިމާރުގެ ކައިވެނި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 14:43 ބުރާސްފަތި
ޙިމާރެއް ރައްޓެހިވެގެން އުޅުނު އަންހެން ޙިމާރެއް ގާތުން އެހިއެވެ.
"ދެން އަހަރެމެން ދެމީހުން އިންނާނީ ކޮންއިރަކުންތަ؟"
އަންހެން ޙިމާރު ބުންޏެވެ.
"ކަލޭގެ އަޑާއި ބަސްމަގު ތަންކޮޅެއް ރީތިވީއިރަކުން!"
 
ޔަހޫދީގެ ދަހިކަން ޕްރިންޓް އީމެއިލް
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 14:39 ބުރާސްފަތި
ފަރަންސޭސި ފަރަންޖީއަކާއި މިޞްރުގެ ޞަޢީދީއަކާއި ޔަހޫދީއަކު ރެސްޓޯރެންޓަކަށް ވަނެވެ.
މި ތިން މީހުންނަށް ތިން ތަށި ޖޫސް ގެނައިތަނާ، ތިން މެހި އައިސް އެއިން ކޮންމެ ތަށްޓެއްގައި މެއްސެއް ޖައްސައިފިއެވެ. އެހިނދު:
ފަރަންޖީ، ކަންބޮޑުވެ ފަކުރުގަނެ އާފުރުނެވެ.
ޞަޢީދީ، މެހި ފައްސާލާފައި ޖޫސްތަށި ބޯލިއެވެ.
ޔަހުދީ، މެހި ހިފާ އޭތި ފިއްތާ، އޭތި ޖޫސްތަށިން ބުއި ޖޫސް ފޮދު އަނބުރާ ތަށިތެރެއަށް ހޮޑުލައިގެން ނަމަވެސް އަޅައިދިނުމަށް އެންގިއެވެ!!!
 
ސާދާގަރުގެ ދަހިކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 14:34 ބުރާސްފަތި
ސާދާގަރެއްގެ ގެއަށް ދިޔަ މެހުމާނަކު، ހެނދުނުގެ ނާސްތާ އަށްފަހު ސާދާގަރުގެ ގާތުގައި ބުންޏެވެ.
"ތިބާގެ ދަރިފުޅަކީ ހާދަހާ ދަހި ކުއްޖެކޭ، އޭނާ ރޮށްޓާ ރިހާކުރާ ކާއިރު، ރޮށީގައި ރިހާކުރު ޖައްސަނީ ވަރަށް ކުޑަކުޑަކޮށް."
އެހިނދު ސާދާގަރު ބުންޏެވެ.
"އަހަރެންގެ ދަރިފުޅު ތިޔަވީ، އަހަރެން ހީކުރި ވަރަށްވުރެ މާ ދީލަތި ކުއްޖަކަށް. އަހަރެން ރޮށި ކަނީ ރިހާކުރު ފުޅީގެ ބޭރުގައި ރޮށިކޮޅު ޖައްސާފަ."
 


މިވަގުތު ފަންވަތުގައި

މިވަގުތު 29 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 718230