ފަންވަތް މުނިފޫހި ހެއްވާމަޖާ ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ އެވެ.
ބެލި ޢަދަދު: 1119
ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ އެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
03 ނޮވެމްބަރ 2009، 10:42 އަންގާރަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާތައް ބުނެދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެއްގައި ވެ އެވެ.

ޙުނައިނަކީ، ޢަރަބީންގެ ތެރޭގައި ހުރި ޚުއްފު ހަދަން މަޝްހޫރު މީހެކެވެ. އެއްދުވަހަކު، އަޢުރާބީއަކު، އޭނާގެ އަތުން ޚުއްފެއް ގަންނަން ދިޔަ އެވެ. އަޢުރާބީ ބޭނުންވި އަގަށް ޚުއްފު ވިއްކާތޯ، އޭނާ އެތައް ޒުވާބެއް ކުރި އެވެ. ނަމަވެސް، ޙުނައިނުގެ އަތުން އެ އަގަށް އޭނާއަށް ޚުއްފެއް ލިބޭނެ ގޮތެއް ނުވި އެވެ. އެންމެ ފަހުން، ޖަމަލަށް ސަވާރުވެގެން އަޢުރާބީ އޭނާ އައިކޮޅަށް ދިއުމަށްޓަކައި ދަތުރު ފެށި އެވެ.

ދެން ޙުނައިނު ކުރިކަމަކީ، އަޢުރާބީއަށް ނުފެނި، އޭނާއަށް ވުރެ ބާރަށް ދުވެފައި ގޮސް، އޭނާ ދާ މަގުގެ ކޮންމެވެސް ހިސާބަކަށް ޚުއްފުގެ އެއްފަޅި އެއްލާލިއެވެ. ދެން ތަންކޮޅެއް ދުރަށް ގޮސް އަނެއް ފަޅި މަގުމައްޗަށް އެއްލާލުމަށްފަހު، އެ ހިސާބުގައި ފިލައިގެން ހުރީއެވެ.

އަޢުރާބީ ދަތުރުކުރަމުން ދަނިކޮށް، ޙުނައިނުގެ އަތުން ގަންނަން އުޅުނު ކަހަލަ ޚުއްފެއްގެ އެއްފަޅި މަގުމަތީގައި އޮއްވާ ފެނިއްޖެއެވެ. އޭނާގެ ހިތަށް އެރިއެވެ. ޚުއްފެއްގެ އެއްފަޅިން ކުރާނީ ކީއްހެއްޔެވެ؟ މިހެން ހިތައި ތަންކޮޅަކަށް ދިޔަތަނާ، އެ ޚުއްފުގެ އަނެއް ފަޅި ފެނިއްޖެއެވެ. ދެން ޖަމަލުން ފައިބައި ޚުއްފުގެ އެފަޅި ނެގިއެވެ. އަދި މަގުގެ އެއްފަރާތުގައި އޮތް ހިލައެއްގައި ޖަމަލު ބަނުމަށްފަހު، ޚުއްފުގެ އަނެއް ފަޅި ހޯދަން އައިކޮޅަށް އެނބުރި ދިޔައެވެ.

ފިލައިގެން އޮތް ޙުނައިނު ކުރިކަމަކީ، އެތަންވަޅު ނުކުމެ، ޖަމަލު މޮހައިގެން ޖަމަލަށް ސަވާރުވެގެން އޭނާ ދާނެ ތަނަކަށް ހިނގައްޖެއެވެ. ޚުއްފުގެ ދެފަޅި ހަމަކޮށްގެން އަޢުރާބީ އައިއިރު، ޖަމަލެއް ނެތެވެ. ދެން އެކަމާމެދު ފިކުރު ބޮޑުވެފައިވާ ޙާލު، އަޢުރާބީ އޭނާގެ އަވަށަށް ދިޔައެވެ. އެހިނދު އޭނާގެ އަވަށުގެ މީހުން އައިސް އޭނާގެ ޙާލުއަޙުވާލު ބަލައި ހެދި އެވެ. "ޙުނައިނުގެ ޚުއްފު ހިފައިގެން އަތުވެއްޖެ" ކަމަށް ބުނާ ހަރުބަސް އުފެދުނީ މި ހާދިސާއިންނެވެ.

އެއަށްފަހު، މޮޅު އެއްޗެއް ދޫކޮށްލާފައި، ދެރަ އެއްޗެއް ހިފައިގެން އަންނަ މީހާއާމެދު މި ބަސް ބުނެވެން ފަށައިފިއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ދަރިވަރެއް, 2009-11-05 05:50:11
ޢަރަބީންގެ ނަޒަރުގައި ޖަމަލަކީ ހަމަ އެހާ ދެރަ އެއްޗަކީބާ!؟އެކަމަކު ކީރިތި ޤުރްއާނުގައި ޖަމަލުގެ ޚަލްޤުކުރެއްވުމާ މެދު ވިސްނާ ފިކުރު ކުރުމަށް އަންގަވާފައިވޭ...އެހެންނޫންތޯ!!އެހެންވީމާ ޙުނައިނު އެ ގެންދިޔައީ އަގުނެތް އެއްޗެކޭ އަޅުގަނޑެއް ނުބުނާނަން...
...
ލިޔުނީ އަމް, 2009-11-05 15:12:49
އަހަންނަށް ހީވާގޮތުން މީގަ މިވީ ގޮތަކީ. ޖަމަލު "ދޫކޮށްލާފަ" ޚުއްފެއް ހިފައިގެން އެނބުރި ރަށަށް އައީ. ވީމާ މޮޅުއެއްޗެއް ދޫކޮށްލާފާ ދެރައެއްޗެއް އެ ގެނެވުނީ. އެހެންނު؟
...
ލިޔުނީ ބީ ބީ ސީ, 2009-11-06 06:29:59
އަޅުގަނޑަށް ހީވާގޮތުން ސުވާލުކުރެއްވި ދަރިވަރަށް ވާހަކަ ވިސްވިލެއްވީ އިދިކޮޅުމާނަ ދޭހަވާގޮތަށެވެ. މިވާހަކައިގައި ވީގޮތް ވަރަށްވެސް ސާފެވެ. މީގައި މިސާލުބަސް ނަގާފައި އެވަނީ އައުރާބީގެ އަމަލުގެމައްޗަށެވެ. އޭނާ ޖަމަލުގެ ބަދަލުގައި ހުއްފެއް ހިފައިގެން ރަށަށް ދިއައީއެވެ. ޖަމަލައްވުރެ ހުއްފުގެ އަގުމާބޮޑަށްވެސް ދައްވާނެއެވެ. ޖަމަލަކަށް އޭގެ ދިހަ ހުއްފުވެސް ލިބިދާނެވެ.
...
ލިޔުނީ asw, 2009-11-08 06:05:13
ހުއްފެއް އެއީ ކޮންއެޗެއް
...
ލިޔުނީ އަހަރެން, 2009-12-21 14:21:15
އެއީ، ސްޓާކީން ގޮތަށް ހުންނަ އެއްޗެއް ދެއްތޯ؟
...
ލިޔުނީ އަމް, 2009-12-24 15:45:34
ޚުއްފު
ކުޑަހުޅާ ހަމަޔަށް ހުންނަ އިސްޓާކީނެއް. މިއީ ފަޔަށް ލައްވައިގެން ހިނގޭގޮތަށް ހަދައިފައިހުންނަ ފެން ނުވަންނަޒާތުގެ އެއްޗެކެވެ.
...
ލިޔުނީ EQNS, 2010-04-16 22:35:54
DHARIVARAH VISNUN GOI KIYAAKEVUNEEMA MEETHI MAJAAAVEE ADHI HAHAHAHAHA

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 39 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300539
free counters
ބެލި ޢަދަދު: 1119