މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަލީސާ |
|
|
| މުނިފޫހި - ހެއްވާމަޖާ | |||
| 06 ފެބްރުވަރީ 2009، 21:13 ހުކުރު | |||
|
ޝާކިރު 01- އިމްތިޙާނު ދުވަސް. މުޅިއަހަރު ދުވަހު ކުޅިވަރުގައި ހޭދަކުރި ދަރިވަރަކު އެއަހަރުގެ ފައިނަލް ޓެސްޓް ޕޭޕަރ ގައި އިށީނދެ ސުވާލުތަކަށް ބަލަން އިނެވެ. ހުރިހާ ސުވާލެއްކީއިރުވެސް ޖަވާބު ދޭންއެނގުނު އެންމެ ސުވާލެއްވެސް ދިމައެއް ނުވިއެވެ. އެންމެފަހުން ކަރުދާސް ގަނޑުގައި ޅެންބައިތެއް ލިޔުނެވެ.ޚަޒާނޭކީ ކުންޖީ ތެރޭ ހާތުހޭ (ޚަޒާނާގެ ތަޅުދަނޑިވަނީ ސަރ ގެ އަތްޕުޅުގައެވެ). އަގަރު ޕާސް ކަރުދޭތޯ ކިޔާ ބާތުހޭ (ފާސްކޮށްދެއްވިއްޔާ ވާނީ ކީއްތޯއެވެ). ޓީޗަރު ޕޭޕަރތައް މާކުރަމުން ގޮސް މި ޕޭޕަރ ފެނުމުން އޭގެ ތިރީގައި ލިޔުއްވިއެވެ. ކިތާބޯންކެ ގަޓްރީ ތެރޭ ސާތު ތީ (ފޮތުގެ ބަންޑެލިތައްވަނީ ކަލޭގެ އަތުގައެވެ). އަގަރު ޔާދު ކަރުތާ ތޯ ކިޔާ ބާތު ތީ (ހަނދާން ކުރިނަމަ އަޅެވާނީ ކީއްހޭ). 02- ފަންނީ ރަޙުމަތްތެރިޔާ. ޑޮކްޓަރުންނާއި ލޯޔަރުންނަކީ ޕްރޮފެޝަނަލް ފީނެގުމުގައި މަޝްހޫރު ބައެކެވެ. އެއްރެއަކު ޑިނަރ ޕާޓީއެއްގައި ލޯޔަރަކާއި ޑަކްޓަރެއް ކާންތިއްބާ ބަލިމީހަކަށް އެޓެންޑްވުމަށް ޑޮކްޓަރަށް އެމަޖެންސީ ކޯލެއް އަތުވެއްޖެއެވެ. ޑަކުޓަރ ވަރަށް ބޮޑަށް ފޫހިވެގެން ލޯޔަރާ ސުވާލުކުރިއެވެ. "އަހަރެން ޕާޓީ ދޫކޮށްލާފައި މިވަރުކަމަކާ ދާންޖެހޭނެހެއްޔެވެ. ކަލެއަށް ފެނިލައްވަނީ ކިހިނެއްތޯއެވެ؟" ލޯޔަރ ވަރަށް އިޚުލާޞްތެރި ރާގެއްގައި ޖަވާބުދިނެވެ. "ކަލާ ތިކުރައްވަނީ ވަރަށް މުހިންމު އަދި އެހާމެމާތް އިންސާނީ ޚިދުމަތެކެވެ. އަޅުގަނޑަށް ހީވަނީ، ތިފަދަ އެމަޖެންސީ ކޯލްތަކަށް ވަގުތުން ދުރުވަން ޖެހިލައްވާނެކަމަށެވެ." ޑިނަރ ޕާޓީ ދޫކޮށް ދާންޖެހުނީތީ ވަރަށް ފޫހިވެގެންހުރެ އެމަޖެންސީ ކޯލަށް ޑަކުޓަރ ދިއައެވެ. ޖެހިގެން އައިދުވަހު އެންމެފުރަތަމައަށް ޑަކުޓަރގެ ކުލިނިކްގެ މޭޒުމަތިން ފެނުނީ، ލޯޔަރ ފޮނުވާފައިވާ ކުރީރޭ ޑަކްޓަރަށް އެމަޖެންސީ ކޯލަށް އެޓެންޑްކުރުމަށް އެޑްވައިސްކުރި "ޓައިމްލީ އެޑްވައިސް" ބިލެވެ. 03- މުދައްރިސަކާއި ސިޔާސީ މީހެއް. އެއްފަހަރެއްގައި މުދައްރިސަކާއި ސިޔާސީ މީހެއް ބައްދަލުވެއްޖެއެވެ. ސިޔާސީ މީހާ މުދައްރިސުކުރެން އޭނާގެ މަސައްކަތާއި ލިބޭމުސާރައާ ބެހޭ ސުވާލުތައްކުރިއެވެ. ހުރިހާ މައުލޫމާތެއް ސާފުކުރުމަށްފަހު މުދައްރިސެއްގެ މުސާރައެހާކުޑައިރު އެމަސައްކަތް ކުރަނީ ކީއްވެތޯ ސުވާލުކުރިއެވެ. މުދައްރިސު ޖަވާބުގައި ބުންޏެވެ. އެއީ ވަރަށް މާތްމަސައްކަތަކަށްވެފައި އޭނާގެ ބައްޕައާއި ކާފައކީވެސް މުދައްރިސުންނަށް ވީމައެވެ. ސިޔާސީ މީހާ ރައްދުގައި ބުންޏެވެ. "ކަލޭގެ ބައްޕައާއި ކާފަ މުދައްރިސަކަށް ވުމުން ކަލޭ މުދައްރިސަކަށް ވާންޖެހޭ ހެއްޔެވެ. ފަހަރުގައި ކަލޭގެ ބައްޕައަކީ ނުލަފާ ނުބައި މީހަކަށްވެފައި ކާފައަކީ ފޭރޭ މީހަކަށްވެއްޖެނަމަ، ކަލޭ ވާންޖެހޭނީ ނުލަފާ ނުބައި ނުވަތަ ފޭރޭމީހަކަށް ކަމަށް ދެކެމުހެވެ؟" މުދައްރިސު އޯގާތެރިކަމާއެކު ޖަވާބުދިނެވެ. ނޫނެކެވެ. އެހެން ދިމާވިނަމަ އަހަރެންވީހީ ސިޔާސީ މީހަކަށެވެ." 04- ފަލަމީހާ. އާދަޔާ ޚިލާފު ފަލަމީހަކު އެއްދުވަހަކު ޑަކްޓަރަށް ދެއްކުމުން،ޑަކުޓަރ އޭނާ ކާތަކެތީގެ ބާވަތްތަކުން ސަރުބީ ހިމެނޭ ބާވަތްތައް ތަންކޮޅެއް މަދުކޮށް އައިދާގެ ޑައިޓަކަށް ކެއުން ބަދަލުކުރުމަށް ބުނުއްވުމުން، ފަލަމީހާ: ޑޮކް. ޑައިޓް ބޭނުންކުރާނީ ކެއުމުގެ ފަހުންތޯ ނޫނީ ކެއުމުގެ ކުރިންތޯ؟ 05- ބަސްމަގު. މީހަކު އޭނާގެ ރަޙްމަތްތެރިޔާއަށް ފޯނުކުރި އެވެ. ނަމަވެސް އެކޮޅުން ފޯނު ނެގުން ލަސްވީތީ، ފޯނު ކަނޑާލިއެވެ. އިރުކޮޅެއް ފަހުން އޭނާގެ ފޯނު ރިންގުވާން ފަށަތްޕެވެ. އޭނާ ހީކުރީ ރަޙުމަތްތެރިޔާ ގުޅަނީ ކަމަށެވެ. ފޯނު ނަގާފައި: ހަލޯ! އެކޮޅުން ވާހަކަ ދައްކަން ފެށީ އަންހެނެކެވެ. އަންހެންމީހާ: (ރުޅިވެރި ރާގެއްގައި) ހޫނ! މީކާކު؟! މީކާކުތަ؟ ފިރިހެންމީހާ: ތީ ކާކުކަން އެނގޭނީ ހަމަ ތީނައަށް. މަށަށްއެނގެނީ މީނަ މީ ކާކުކަން. އަންހެންމީހާ: (ރުޅިއައިސްފައި) ހޫނ! ބުނޭ! މީކާކުތަ؟! އަޖައިބެއްނު، މީކާކުތަ؟! ފިރިހެންމީހާ: (ރުޅިއައިސްފައި) ބަލަ މަށަށް ތީކާކުކަމެއް ނޭނގެ. މަށަށް އެނގެނީ މީ މަކަން. ބުނެފީމެއްނު، ތީނަތީކާކުކަން އެނގޭނީ ހަމަ ތީނައަށޭ، މަށަށް އެނގެނީ މީ ހަމަ އަހަރެންކަމޭ. އަންހެންމީހާ: ހޫނ! މީނަ މީ ކާކު މިފޯނަށް މިސް ކޯލުކުރީ ކީއްކުރަން؟ (ފިރިހެންމީހާއަށް ކުޑަކޮށް މިވެގެންއުޅޭ ގޮތް ރޭކާލުމުން) މަށަކަށް ތީ ކާކުކަމެއް ނޭނގެ، އެކަމަކު (ފޯނު ނަމްބަރެއް ބުނެފައި) މިނަންބަރަކީ ތީނަ ވާހަކަދައްކާ ނަންބަރުކަމަށް ވަނީނަމަ މީނަ، އާދަނު ހޯދަން ފޯނުކުރީ. (އަންހެންމީހާ ކުޑަކޮށް ފިނިވެފައި) އޯކޭ، އޯކޭ، އެހެންވިއްޔާ އޯކޭ، އޯކޭ، ކިޔަމުންގޮސް ފޯނުކަނޑައިލައިފިއެވެ. އަދި އޭރުވެސް ފޯނުން ވާހަކަދެއްކި ދެމީހުންކުރެ މީހަކަށް މީ ކާކުކަމެއް ތީނަ ތީ ކާކުކަމެއް ސާފެއް ނުވެއެވެ. 06- ނުރައްކާތެރި ދުއްވުން. މީހަކު މަސައްކަތުދާން ކާރުގައި ދަނިކޮށް އޭނާގެކުރިމަތިން މުދާ ބަރުކޮށްގެން ދުއްވާފައިދިޔަ ލޮރީޔަކުން، ބަންދުކޮށްފައިއޮތް ފޮށިގަނޑެއް ބޭރަށް ވެއްޓުނެވެ. ފޮށިގަނޑުން ސަލާމަތްވުމަށް ކުއްލިއަކަށް ކާރުއެއްފަރާތަކަށް އަނބުރާލިއެވެ. ކުޑަ ހިނދުކޮޅެއްތެރޭގައި ޓްރެފިކް ފުލުހުންގެ މީހަކު ކާރުހުއްޓުވިއެވެ. ނުރައްކާތެރިކޮށް ކާރުދުއްވި ކަމަށް ވެގެން، ކާރުދުއްވިމީހާއާ ސުވާލު ކުރަން ފެށިއެވެ. ނަސީބަކުން ޓްރެފިކް ފުލުހުންގެ ދެވަނަ މީހަކަށް މި ފޮށިގަނޑު ފެނިގެން ޓްރެފިކް ހުއްޓުވާފައި މިފޮށިގަނޑު ނަގައިފިއެވެ. ފޮށިގަނޑުގައިހުރީ ޓްރަކްގައި އަޅަންގެންގުޅޭ ބޮޑެތި ކަވަރަށް ޖަހާކަހަލަ ބޮޑެތި އައިނި ތަކެކެވެ. މިތަންފެނުމުން ފުރަތަމަ ކާރުހުއްޓުވި އޮފިސަރ: "އައި އޭމް ސޮރީ، ސަރ!" ކާރު ދުއްވިމީހާކައިރީ ބުންޏެވެ. "އެކަމަކު، އަދިވެސް އަޅުގަނޑު ތިބާއަށް ޓްރެފިކް ވަޔަރލޭސަން ސްޓިކަރ ދޭންޖެހޭ" ކާރުދުއްވިމީހާ: (ހައިރާންކަން ފާޅުކުރަމުން) "އެކަމަކު، ކޮންކަމަކާތޯ؟!" ޓްރެފިކް ޕޮލިސް އޮފިސަރ: (އަމުރުވެރި ރާގެއްގައި) "އެއައިނި ތަކުން ސަލާމަތްވެވުނީތީ!" 07- ސިގިރޭޓް ބުއިން ހުއްޓާލުން. ދުނިޔޭގެ ޞިއްޙަތު ދުވަސްފާހަގަކުރުމުގެ ގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމާއި ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ސިނގިރޭޓް ބުއިން ހުއްޓަލުމާބެހޭގޮތުން ޕްރޮފްސަރަކު ވާހަކަދައްކަމުން ބުނުއްވިއެވެ. އަޅުގަނޑަކީ ވަރަށް ގިނައިން ސިނގިރޭޓް ބޯ މީހެކެވެ. "އަޅުގަނޑަށް ސިނގިރޭޓް ބުއިން ހުއްޓާލުމަކީ އެހާ ދަތިކަމެކޭ، މީހުން އެބުނާ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނެއެވެ. އަޅުގަނޑު މިހާރު އެތައް ފަހަރަކު ސިނގިރެޓް ބުއިން ހުއްޓާލައިފީމެވެ." ޕްރޮފްސަރގެ ކިބައިގައިވާ ވަރުގަދައަށް ދެވި ހިފާފައިވާ ސިނގިރޭޓްބުއިމުގެ އާދައާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސިނގިރޭޓް ބުއިމުގައި ޕްރޮފިސަރ ގެންގުޅުއްވާ އަސާސީ އުޞޫލުތަކާ ބެހޭގޮތުން ބުނުއްވިއެވެ. "އަޅުގަނޑު ސިނގިރޭޓް ބުއިމުގައިވެސް ހަރުދަނާ އުސޫލުތަކެއް ގެންގުޅެމެވެ. އަޅުގަނޑު ފަހަރަކު އެއް ސިގިރޭޓަށްވުރެ ގިނައިން ރޯކޮށްގެން ސިނގިރޭޓް ނުބޮމެވެ. އަޅުގަނޑު ނިދާފައި އޮންނަވަގުތުގައާއި އަޅުކަމުގައި އުޅޭ ވަގުތު ސިގިރޭޓް ބޮއި ނަހަދަމެވެ. އަދި ހޭލާ ހުރިއްޔާ ރޯކޮށްފައިވާ ސިގިރޭޓެއް އަތުގައި ނެތްވަގުތެއްް އަޔަކަ ނުދެމެވެ." ޕްރޮފްސަރގެ ތަގުރީރުނިމިގެން ސުވާލުކުރުމުގެ ވަގުތުޖެހުމުން ލިބުނު ފުރުޞަތެއްގައި ތަގުރީރު އަޑުއަހަން ތިބިތަނުން މީހަކު ސުވާލުކުރިއެވެ. "އެހެންވިއްޔާ ރޯދަމަހު ދުވާލު، ޕްރޮފްސަރ ހައްދަވަނީ ކިހިނެއްތޯއެވެ؟" ޕްރޮފިސަރ ޖަވާބު ދިނެވެ. "ކުރިންވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑު އަޅުކަމުގެ ވަގުތުގައި ސިނގިރޭޓް ނުބޮމެވެ. ރޯދަހިފުމަކީވެސް އަޅުކަމެއް، ރޯދަމަހު ދުވާލު މީހުންނަށް ފެންނަގޮތަށް ސިނގިރޭޓް ނުބޮނީ ނައިބުކަލޭގެދުއްރަ ދެކެ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. 08- މާކެޓިން ޑިޕާޓްމެންޓް. އެއްފަހަރކު ސާދޫ (ހިންދީ ދީނުގެ ދަންނަބޭކަލުން) އެއް މަރުވިއެވެ. އޭނާއަށް ސުވަރުގޭގައާއި ނަރަކައިން ލިބޭނެ ދަރަޖަ ދައްކާލެވި، އޭނާ ބޭނުންވާ ތަނެއް ޚިޔާރުކުރުމުގެ ފުރުޞަތުލިބުނެވެ. ނަރަކައިގެ ހަވާލުގައި ހުރި އަންހެންމީހާ ސާދޫއަށް ދެއްކީ ވަރަށް ރީތި ބަގިޗާތަކާއި މާތަކާއި އެހާރީތި އަންހެނުން އެހާރީތި ކުލަކުލައިގެ ތަފާތުވައްތަރުތަކުގެ ހެދުންތައް އަޅައިގެން ކުޅެމުންދާ މިޔުޒިކާ އެއްވަރަށް މަޖާކުރަމުންދާ ތަނަކާއި އެފަދަ ތަންތަނެވެ. ދެން ސާދޫ ގެންދެވުނީ ސުވަރުގެ ދައްކާލުމަށެވެ. އެތަނުން އޭނާއަށް ފެނުނީ އެކަކާއި އަނެކަކު އަނގައިން ނުބުނެ ވަރަށް ފޫހި ލޯމަރައިގެން ވަރަށް ސީރިއަސް ކޮށް މީހުންތިބި މަންޒަރެކެވެ. އެއަށްފަހު ސާދޫއަށް ސުވަރުގެއާއި ނަރަކަޔާ ދެތަނުން ތަނެއް ޚިޔާރުކުރުމަށް ބުންޏެވެ. ސާދޫ ދުނިޔޭގައި އުޅުނުއިރު ދީނުގައި އަނގަވާފައިވާގޮތަށް ރަނގަޅަށް އުޅުމުން އޭނާއަށް ނަރަކައިން އެފެނުނު މަޖާތަކާއި އަރާމު ލިބުން ހައްގުވާނެތީ ޚިޔާރުކުރީ ނަރަކައެވެ. ވީމާ ސާދޫއަށް ކުރިން ދެއްކުނު މާހައުލަށް ނަރަކައަށް ގެންދެވުނެވެ. ސާދޫ އެތަނުން ލިބެންހުރި އެންމެ ކުޑައަރާމެއްވެސް ދޫކޮށްނުލައި ހުރިހާ އަރާމެއް ކުޑަހިނދުކޮޅެއްތެރޭ ލިބިގެންފިއެވެ. އެއަށްފަހު އަންހެންމީހާ ކައިރީ ނަރަކައިގެ އެހެންތަނަކަށް ދިއުމަށް އެދިގެން ދިއުމުން ފެނުނީ ބިރުން ފިތްކަޑައިގެންދާ ފަދަ މަންޒަރުތަކެވެ. އަނދައަނދާ ހުންނަ އަލިފާނގަނޑުތެރެއަށް މީހުން އެކޮޅުކޮޅުން އެއްލާލެވޭތަނާއި ކެކިހުންނަ ތެޔޮތަކުތެރެއަށް މީހުން އެއްލާލެވޭ ތަނާއި މިފަދަ ބިރުވެރި ތަންތަނެވެ. ސާދޫ ކުއްލިއަކަށް ހުއްޓުންއަރާ ލޯބޮޑުވެ ތަލިން ކުޅުހިކިގެންގޮސް އަންހެންމިހާއާ ސުވާލުކުރިއެވެ. "މީކޮންކަހަލަ ނަރަކައެއް ހެއްޔެވެ؟ އަހަރެން ހީކުރީ ކުރިން ކަލޭ އަހަންނަށް އެދެއްކި ރީތި އަދި އެހާހިތްގައިމު ތަނަކީ ނަރަކަކަމުގައެވެ. އަހަރެން ނަރަކަ ޚިޔާރުކުރީ އެހެންވެގެންނެވެ." އަންހެންމީހާ މަޑުމައިތިރިކާމައެކު ޖަވާބުދިނެވެ. "ސަރ، ތިވިދާޅުވީ ރަނގަޅަށެވެ. އެއީވެސް ނަރަކައެވެ. އެކަމަކު އެއީ ހަމައެކަނި އަހަރެމެންގެ މާކެޓިން ޑިޕާޓްމެންޓެވެ. 09- ސަލާންޖަހާ ކުއްޖާ. މަގުމަތީ ސަލާންޖަހަން އުޅުނު ޅަފުރައިގެ ކުއްޖަކު މަގުމަތިން ދިމާވި މީހެއްކައިރިން ކޮންމެވެސް އެއްޗެއް ދިނުމަށް އެދި ސަލާންޖެއްސެވެ. އެމީހާ:- (ސަލާންޖެހި ކުއްޖާއާ ދިމާލަށް ބަލާލުމަށްފަހު ނުރުހުމުގެ ރާގުގައި) "ކަލޭ ސަލާންޖަހަން ފަހެ ލަދެއްވެސް ނުގަނޭހެއްޔެވެ. ތިއުމުރުގެ ކުދިންދާނީ ސުކޫލަށެވެ." ސަލާންޖެހިކުއްޖާ: ސުކޫލަށްވެސް ހިގައްޖައީމެވެ. އެތަނުން މީހަކު އެންމެ ފައިސާފޮއްޗެއްވެސް ނުދިނެވެ. 10- ސައިސަމުސާ. ނޯކަރުމީހާ މާގަސްތަކަށް ފެންޖަހަންހުއްޓާ ސާހިބުމީހާ ނުކުންނެވިއެވެ. ނޯކަރުމީހާ (ސާހިބުމީހާ ނުކުންނެވުން) ސަރ، މިގަހުގައި މިހާރުމާނެތީދޯ؟ ސަރ! މެޑަމް ދެރަވަނީ ދޯ؟ ސާހިބުމީހާ: ގަހަށް ބޭސްޖެހިންތަ؟ ނޯކަރުމީހާ: ސަރ! މާނެތީމާ ބޭސްނެތީ ދޯ؟ މެޑަމްބުނީ ސަރ ބޭސްގެންނަނީ، ސަރ! ސާހިބުމީހާ: ހޫނ ހޫނ (މިހެންބުނެފައި ގޭތެރެއަށް ވަންނަވައިފިއެވެ.) ދެން އޭނާ ބޭރަށް ނުކުންނެވީ އަތުން ކުޑަވަރެއްގެ ފުޅިއެއްެ ހިއްޕަވައިގެންނެވެ. އެޭނައާއި އެކުގައި އޭނާގެ އަނބިކަބަލުންވެސް ނުކުންނެވިއެވެ. ނޯކަރުމީހާ: (އުފަލުން) ސަރ! ބޭސް ގެންނަނީދޯ ސަރ! މެޑަމް އުފާވަނީ ދޯ؟ ސަރ ދެން މާ އަޅަނީ، ސަރ! ސާހިބުމީހާ:ފެންބާލިދީއެއް ގެނެސްބަލަ (ފެންބާލިދީ ގެނައިމަ) އާ! ދެންގޮސް ސައިސަމުސަލެއްގެނޭ ބޭސް އަޅަން. ނޯކަރުމީހާ: ލައްބަ ސަރ، ބުނެފައި ހިގައްޖެއެވެ. ސާހިބުމީހާ: (ނޯކަރުމީހާ ނައިސް ގިނައިރުވުމުން) ކޮބާ، ސައިސަމުސާ، އަވަސްގެނޭ. ނޯކަރުމީހާ: ސަރ ސައިކައްކަނީ، ހޯދަނީ ސަރ. މެޑަމް: ސައި ތަރުމޯޒު ކައިރީ ހުންނާނެ، ސައިސަމުސާ ހުންނަނީ. ނޯކަރުމީހާ: މެޑަމް މިގެންނަނީ އަވަސް ގެންނަނީ މެޑަމް. ސާހިބުމީހާ: (ނޯކަރުމީހާ ސައިސަމުސާ ގެނައުން ލަސްވެގެން) ސައިމުސާ އަވަސް ގެންނަނީ. ނޯކަރުމީހާ: ސަރު ހަމަ ހިފައިގެން ދަނީ، ތަޅުންގަނޑުގައި ވަޅުގަނޑުހުރީ ދޯ؟ ސަރު ސައި ބަންޑުންދަނީ، ލަސްވަނީ ދޯ، ދެ ފަހަރު ސައިބަންޑުން ދަނީ، އަދިވެސް ބަންޑުންދަނީ، އިނގޭ އަވަސްކުރަނީ އިނގޭ ސަރ! 11- ޖޯގްރަފީ މުދައްރިސު. ޖޯގްރަފީ ގަޑިއެވެ. މުދައްރިސު ދުރުވެ މިއަދު ވާހަކަދެއްކެވީ ދުނިޔޭގެ އެންމެ އުސްފަރުބަދަ ކަމުގައިވާ ހިމާލިޔާ ފަރުބަދައާ ބެހޭގޮތުންނެވެ. އެފަރުބަދައިން ލިބޭފައިދާތަކާއިބެހޭގޮތުންނެވެ. އެންމެފަހުން ފިލާވަޅު ނިންމަވާލައްވާފައި ފިލާވަޅުން ހާސިލްވި އެއްޗަކާއި ބެހޭ ގޮތުން މުދައްރިސު ސުވާލުކުރެއްވިއެވެ. މުދައްރިސު: މިހާރު ޝަކީލު ބުނެދީބަލަ ހިމާލިޔާ ފަރުބަދަނެތްނަމަ ވާނީ ކިހިނެއްހެއްޔެވެ. ޝަކީލު: ހިމާލިޔާ ފަރުބަދަ ނެތްނަމަ ސަރ ތިހާގިނައިރު ތިޔަ ވާހަކަ ދައްކަން ޖެހިއެއް ނުލައްވާނެ. 12- ކަހަނބުގެ ބޯ. ސާހިބުމީހާ ވަރަށް ލޯބިން ގެންގުޅުއްވާ ކުޑަކުޑަ ކަންޒުކަހަނބެކެވެ. އޮންނަނީ ބިއްލޫރި އުނބުގަނޑަކަށް ފެންއަޅާފައި އެއަށް ލައްވާފައެވެ. އުނބުގަނޑު ބަހައްޓާފައި ހުންނަނީ މޭޒުމަތީގައެވެ. ބޭރުން ވަންނަމީހާއަށްވެސް ފެންނާނޭގޮތަށް ފެންޑާމަތީގައެވެ. އެއްދުވަހަކު ސާހިބުމީހާގެ ކުޑަދަރިފުޅު މިކަނހަބަށް ކާންއަޅައިފިއެވެ. ކަހަނބު ލާފައިއޮތް އުނބުގަނޑުގައި ހުރިފެން ފޮދު ހީވަނީ ކިލަނބުގަނޑެއް ހެނެވެ. އަތުޖެހުނުހާ އެއްޗެއް އެފެންފޮދަށްވަނީ އަޅާފައެވެ. ސާހިބު މީހާއަށް މިތަން ފެނިލައްވައިފިއްޔާ ރުޅިދުރުވާނެ ވަރު ހިތަށް އަރައި، ގޭގައި ކުދިން ބަލަންގެންގުޅޭ މީހާ ބިއްލޫރި އުނބުގަނޑު ސާފުކުރަން އުޅެނިކޮށް ކަހަނބު ތަޅުންގަނޑުމަށްޗަށް ވެއްޓިޖެހިފައި ވިއްސައިގެން މާދުރަށް ހިގަށްޖެއެވެ. ކުދިންބަލާމީހާ އުނބުގަނޑު މޭޒުމަތީ ބެހެއްޓުމަށްފަހު ކަހަނބު ހޯދަން ފަށައިގަތެވެ. ހަތަރުމޮށްގަނޑުޖަހައިގެން މޭޒުތަންދޮށުން ގޮނޑިގޮނޑީ ތަންދޮށުން ދެމިގެންގޮސް އެންމެފަހުން ކަހަނބު ފެނުނުއިރު ކަހަބުގެ އޮތީ ހުސްތޮށިގަނޑެވެ. ބޮލެއް ފިޔަގަނޑެއް ނެތެވެ. ކުދިންބަލާމީހާ ގަތްގަތްބިރުން ތޮށިގަނޑު ނަގައި ފެން އުބުގަނޑަށް ލާފައި ތަޅުންގަނޑުގައި ހަތަރުމޮއްގަނޑު ޖަހައި ބިމުގައި ލޯޖަހައިގެން ކަހަނބުގެ ބޯ ފެނޭތޯ ހޯދަންފަށައިފިއެވެ. މިސަކަރާތެއްގައި އުޅެނިކޮށް ސާހިބުމީހާ ގެއަށް ދުރުވެއްޖެއެވެ. ތިކުރަނީ ކީއްތޯ ސުވާލުކުރުމުން ވަރަށް ބިރުންހުރެފައި، ނަންގަތެވެ. ސާހިބާއެވެ. މިހޯދަނީސާހިބާ ގެންގުޅުއްވާ ކަހަނބުގެ ބޮލެވެ. އުނބުގަނޑުން ފެންބަދަލުކުރަން އުޅެނިކޮށް ކަހަނބު ވެއްޓި ތަޅުންގަނޑުގައި ޖެހިފައި ވިއްސައިގެން ދިޔައީއެވެ. ދެން ހޯދަނިކޮށް ކަހަނބު ފެނުނުއިރު އޭގެ ބޮލެއްނެތެވެ. ބޯބިނދުނީއެވެ. މިހޯދަނީ ކަހަނބު ވެއްޓުމުން ވިއްސައިގެން ދިޔަބޯ ފެނޭތޯއެވެ. ސާހިބުމީހާ: ކަކައަޅައި ހީގެންފައި، މަމިއައީ ތިކަން އެނގިގެން ކަހަބުގެ ބޯ ހިފައިގެންނެވެ. އަޅެމިހާރު ކަހަބުގައި ބޯހުރިތޯ ބަލާބަލާށެވެ. 13- ބަސްްއަހާ ކުއްޖާ. އިސްލާން ޓީޗަރ: (ސުވަރުގޭގެ ހުރި އަރާމާއި އުފަލުގެ ވާހަކަދައްކާފައި) ސުވަރުގެދާން އެދޭކުދިން އަތްމައްޗަށް ނަގާށެވެ. (ހުރިހާ ކުދިން އަތްމައްޗަށް ނެގިއިރު ވެސް އަތްމައްޗަށް ނުނަގާ އެއްކުއްޖަކު ވަރަށްކަންބޮޑުވަފައި ކުލާހުގައި އިނެވެ.) އިސްލާން ޓީޗަރ: (އެކުއްޖާއަށް އިޝާރަތްކޮށްފައި) ކޮބާ! ކަލޭ ސުވަރުގެދާން ބޭނުމެއް ނޫންހެއްޔެވެ. ދަރިވަރު: ނޫން، ސަރ! އެކަމަކު ސްކޫލަށް އައިއިރު މަންމަ ބުނުއްވީ ސްކޫލުން ނިމިގެން އެއްވެސް ތަނަކަށް ނުގޮސް އަންނަންވާނީ ގެއަށެވެ. 14- ތަލަބޯ ޗައިނާގެ ފެލޯސަފަރެއްކަމުގައިވާ ކޮންފޫ ޝިއަސް ގިނަގިނައިން ވިދާޅުވެއެވެ. "ބިޒީ ރޯޑް ޑަޒްނޮޓް ގްރޯ ގްރާސް، އެންޑް ބިޒީ ހެޑް ޑަޒްނޮޓް ގްރޯ ހެއަރ" ދަތުރު ގިނަ މަގެއްގައި ވިނައެއް ނުހެދޭނެއެވެ. ފިކުރު ގިނަ ބޮލެއްގައި އިސްތަށްޓެއް ނުހުންނާނެއެވެ. ކޮންފީސިއަސް އަކީ ބޮލުގައި އިސްތަށި ހުންނަ ބޭފުޅެއްނޫނެވެ. 15- ޑްރޯއިން މާސްޓަރ. ޑްރޯއިން މާސްޓަރ ރޯކުއްޖެއްގެ މޫނުކުރެހުމަށް ކުޑަހިނދުކޮޅެއް ދިއުމުން އެތާއިން ކުއްޖަކު ބުންޏެވެ. ކުޑަކުއްޖާ: ސަރ. އަޅުގަނޑުގެ މަންމަ އެންމެ ސިކުންތެއްގެތެރޭ ތިޔަ ފަދަ މޫނެއް ހަދާލައެވެ. ޑްރޯއިން މާސްޓަރ: އެއީ ކިހިނެއް؟ ކުޑަކުއްޖާ: އެއީ، ތަޅައިގަންނަން ފިހިގަނޑު ނަގައިފިއްޔާ އަޅުގަނޑުގެ މޫނު ތިއަފަދައިން ވެގެންދެއެވެ. 16- ދަރިފުޅަށްނަންކިޔުން އަންހެނަކަށް އަލަތު އަންހެން ކުއްޖަކު ލިބިއްޖެއެވެ. އެކަމާވީ އުފަލުން މިހާރަކަށް އައިސް އާންމުކޮށް ކުދިންނަށް ކިޔާނޫޅޭކަހަލަ ރީތި ދިގުނަމެއް އެކުއްޖާއަށް ދޭންވެގެން އެކުއްޖާގެ މަންމަ، ދަރިފުޅުގެ ބައްޕަކައިރީ ރީތި ދިގުނަމެއް ހޯދަން ބުނެފިއެވެ. ކުއްޖާގެ ބައްޕަ: (ވިސްނާލާފަ) "ޖުމޭލާ" ކުއްޖާގެ މަންމަ: (ކުޑަކޮށް ނުރުހުފައި) މިއުފާވެރި ވަގުތުވެސް ތިއުޅެނީ މަށާ ސަމާސާކުރާށެވެ. ތިޔަ ނަން ރީއްޗެވެ. އެކަމަކު ތީ ކިހާ ކުރުނަމެއްހެއްޔެވެ. ކުއްޖާގެ ބައްޕަ: ނޫނެކެވެ. އެއީ، މޭލެއްހާދިގުނަމެކެވެ. އަޅެ ނަމުގައި ހިމެނޭ ފަސް އަކުރުތެރެއިން 'ޖ' ދުރަށްލާބަލާށެވެ. އެއަށްފަހު، ނަމުގެ އެންމެފަހު އަކުރު 'ހ' ދުރަށް ލާބަލާށެވެ. މިހާރު ދެން އެނަމަށް ބަލާބަލާށެވެ. ދުރަށް ލެވުނު 'ޖ'އާއި 'ހ' އާއި ދެމެދު މޭލެއް ވާނެއެވެ. 17- ބޭޑް މޭން އެއްރެއެއްގެ ފަތިހު ބޮކްސިން އިންސްޓްރަކްޓަރަކު މާލޭގެ ދެކުނުފަރާތު އަތިރިމަތީ ތޮށިގަނޑުމަތިން ދުވަމުން ދަނިކޮށް ކުރިމައްޗަށް މީހަކުއަރާ އޭނާ ހުއްޓުވިއެވެ. އަދި ބުންޏެވެ. އައި އޭމް ބޭޑް މޭން، ގިވް މީ އޯލް ތިންގްސް ޔޫ ހޭވް. އިންސްޓްރަކްޓަރ. އައި އޭމް ލޮސްޓް ޔޫ ނޯ މައި ހޮޓާ ބޭޑް ބޭން. ހޮޓާ ނޭމް އިންސްޓްރަކްޓަރ. ނަލަހިޔާ ހޮޓާ. ބޭޑް މޭން. ޔޭސް. އައި ނޯ ނަލަހިޔާ ހޮޓާ. އިންސްޓްރަކްޓަރ. ޔޫ ހޭވް ސައިކަލް. ބޭޑް މޭން. ޔެސް، އައި ހޭވް ސައިކަލް އޭ ބުނެފައި ގޮސް ތަންކޮޅެއް ދުރުގައި ހުރި ސައިކަލެއް ހިފައިގެ އައިސް އިންސްޓްރަކްޓަރ ސައިކަލުގެ ފަހަތަށް އަރުވައިގެން ދުއްވާފައި ގޮސް ނަލަހިޔާ ހޮޓާ ކައިރިއަށް އިންސްޓްރަކްޓަރ ބާލާފައި ސަލާން ކޮށްލުމަށްފަހު ހިނގައްޖެއެވެ. 18- އެމެރިކާހޯދުން ޓީޗަރ ޖޯގްރަފީ ފިލާވަޅު ނަގައިދެއްވައި ޗާޓުން ވަކިވަކި ގައުމުތައް އޮޅުން ފިލުވައި ދެއްވައި ދަރިވަރުންނަށް ފިލާވަޅުން ހާސިލުވިމިންވަރު ސާފުކުރަން ސުވާލުކުރައްވަނީއެވެ. ޓީޗަރ: ޗާޓުން އެމެރިކާ ހޯދާށެވެ. ޙަމީދު: (ޗާޓުން އެމެރިކާ ހޯދާ އެމެރިކާގައި އިނގިލި ޖައްސާފައި) ސަރ، މީ އެމެރިކާ. ޓީޗަރ: ރަނގަޅު، އަމްޖަދު ޖަވާދީބަލަ، އެމެރިކާ ހޯދީ ކާކު؟ އަމްޖަދު: ސަރ، ހަމީދު. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (15)
![]()
...
ލިޔުނީ raeepe, 2009-02-22 02:37:40
varah majaa. ekamu suvarugeyaa narakaige vaahaka himenun kamaku nudhey
...
ލިޔުނީ it's me , 2009-05-22 01:04:36
varah furihama...ekamaku dharifulhah nan kiyaa etheega furathama onnanee dharifulhah kiyanee 'jumeyla' kamah.....dhen fahun 'jumeyla' in 'javiyani' aai 'haa' kandaalumah bunumun kudakoh eba olhey....namuga 'haa' nethees kihineh 'haa' kandaanee???....konmeves javaabeh dhenvun edhen...
...
ލިޔުނީ appe, 2009-05-28 18:26:24
its me akah neyngeytha haa shawiyani feshenee haa in kameh. hehe. mi hurihaa joke thahves hama v salhi. v majaa.heheehheheh. adhives hama hini annanee. america hoadhaa joak v salhi.
...
ލިޔުނީ zahid, 2009-07-14 22:42:26
namuge kanthah vefai oi gotheh kamah fennany .. e ee arabi nameh v ma enan liyaairu onnaany jumailah mihen.. dhivehin kiyaany jumeylaa.. aslu liyumugai haa eh onnaane ehen v ma .. ebai eothy liyumun gellifa dogehtho? ehtankolhu rangalhu kollevvyma rangalhu vaane.. visni nulavva beyfulhakah viyya visnaalan faseyha vaane kamah mihen mi dhannavaaly .. ehgothakahves alhugandah maabodah engeythy eh nun... :) shukuriyya.
...
ލިޔުނީ faisal, 2010-08-19 17:41:44
މި ޖޯކްތައް އަހަރެންކީ އެއްދުވަހެއްގައި އޮފީހައްގޮސް އިނދެގެންކަމުން އެކަނިހުރެ ހެމުން ގެނަދާތީވެ އޮފީހުގައި އުޅޭ މީހުން ހީކުރީ އަހަރެން މިއަދު ހަމައެއް ނޫންކަމަން އެހެންވެ އަދިމާމަޖާވި!!!!!!!!
...
ލިޔުނީ ކުށްބަސް, 2010-09-06 10:04:53
ކުއްޖާގެ ބައްޕަ: (ވިސްނާލާފަ) "ޖުމޭލާ"
ކުއްޖާގެ މަންމަ: (ކުޑަކޮށް ނުރުހުފައި) މިއުފާވެރި ވަގުތުވެސް ތިއުޅެނީ މަށާ ސަމާސާކުރާށެވެ. ތިޔަ ނަން ރީއްޗެވެ. އެކަމަކު ތީ ކިހާ ކުރުނަމެއްހެއްޔެވެ. ކުއްޖާގެ ބައްޕަ: ނޫނެކެވެ. އެއީ، މޭލެއްހާދިގުނަމެކެވެ. އަޅެ ނަމުގައި ހިމެނޭ ފަސް އަކުރުތެރެއިން 'ޖ' ދުރަށްލާބަލާށެވެ. އެއަށްފަހު، ނަމުގެ އެންމެފަހު އަކުރު 'ހ' ދުރަށް ލާބަލާށެވެ. މިހާރު ދެން އެނަމަށް ބަލާބަލާށެވެ. ދުރަށް ލެވުނު 'ޖ'އާއި 'ހ' އާއި ދެމެދު މޭލެއް ވާނެއެވެ. މީގައި އެބުނާ ޖ އެބަ ފެނެއެވެ. އެކަމަކު ޖުމޭލާ ކިޔާއިރު އެބުނާ ހ އެއް ނުފެނުނެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|