ފަންވަތް މުނިފޫހި ހެއްވާމަޖާ އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް
ބެލި ޢަދަދު: 2922
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އަނބިމީހާއާއި ސެކެއްޓެރީގެ ތަފާތުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
20 ނޮވެމްބަރ 2008، 22:51 ބުރާސްފަތި


ފޮނުވީ: އެމް

އަނބިމީހާއާއި އޮފީހުގައި އުޅޭ އަންހެން ސެކެއްޓެރީގެ ތަފާތަކީ ކޮބާ؟
މިސުއާލަށް ދެވިފައިވާ ބައެއް ޖަވާބުތައް ތިރީގައި މިވަނީއެވެ.

1. އަނބިމީހާއާއި ސެކެއްޓެރީއާ ދެމެދުގައި ބައެއް ފަހަރު، 30 ކިލޯމީޓަރުގެ ތަފާތުވާނެ.
2. އަނބިމީހާ އޮފީހުގައި ހިނގާ ކަންތަކާ ބެހޭނެ. ސެކެއްޓެރީ ގޭގައި ހިނގާ ކަންތަކާ ނުބެހޭނެ.
3. ސެކެއްޓެރީ އޮފީހުގައި އުޅޭނީ ވަރަށް ރީތި ހެދުން ލައިގެން. އަނބިމީހާ ގޭގައި އުޅެފާނެ ކޮންމެ ކަހަލަ ހެދުމެއް ލައިގެން ވެސް.
4. ސެކެއްޓެރީ، ތިބާކުރާ އަމުރުތައް ތަންފީޒުކުރާނެ. އަނބިމީހާ ތިބާއަށް އަމުރުކުރާނެ.
5. ތިބާ ސަލާމަތްކުރަން ސެކެއްޓެރީ ދޮގުހަދާނެ. ތިބާއަށް އޮޅުވާލަން އަނބިމީހާ ދޮގުހަދާނެ.
6. ތިބާއާ ދިމާވާ ކޮންމެ މައްސަލައަކަށް ޙައްލު ހޯދާދޭން ސެކެއްޓެރީ އުޅޭނެ. ތިބާ ހޯދާ ކޮންމެ ޙައްލަކާމެދު މައްސަލަ ޖައްސަން އަނބިމީހާ އުޅޭނެ.
7. ތިބާއަށް ދެއްކިދާނެ އުޒުރާއި ބަހަނާތައް ހޯދާދޭން ސެކެއްޓެރީ މަސައްކަތް ކުރާނެ. ތިބާ ދައްކާ އުޒުރާއި ބަހަނާތަކާމެދު އަނބިމީހާ ޝައްކުކުރާނެ.
8. ސެކެއްޓެރީ، ތިބާއަށް ކަންތައްތައް ކޮށްދޭނެ. އަނބިމީހާ، ތިބާލައްވާ ކަންތައްތައް ކުރުވާނެ.
9. ސެކެއްޓެރީ ދެކޭނީ ތިބާއަކީ ވެރިޔެއް ކަމަށް. އަނބިމީހާ ދެކޭނީ ތިބާއަކީ ޚާދިމެއް ކަމަށް.
10. ސެކެއްޓެރީއަކީ ކުރިޔަށް އޮތް ލޯބީގެ މަޝްރޫޢެއް!!! އަނބިމީހާއަކީ ފާއިތުވެ ގޮސްފައިވާ ލޯބީގެ މަޝްރޫޢެއް!!!

ނޯޓް: މިތަފާތުތައް ހުރުމާއެކު ވެސް، ރަނގަޅު ފިރިންނަކީ، 10 ވަނަ ނަންބަރުގައި އެވާ މަޝްރޫޢު ނުފަށާ، އަނބިމީހާއަށް ލޯބި ދީގެން އުޅޭ ފިރިންނެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (13)Add Comment
...
ލިޔުނީ ނަޝީ, 2008-11-30 01:23:56
އަނބި ދަރިން ދޫކޮށްލާފައި ސެކެއްޓެރީ ގޮވައިގެން އިންޑިއާއާއި ބެންކޮކަށް މީހުން އެދަނީ ކީއްވެކަން މިހާރު އެނގިއްޖެއެވެ.
...
ލިޔުނީ ޖީ2, 2008-11-30 06:51:11
އަނބި މީހާގެ އަތްދަބަހާއި ސެކެއްޓެރީގެ އަތްދަބަސް ވެސް ތަފާތުވާނެއެވެ. އަނބި މީހާގެ އަތް ދަބަސް ހުޅުވުމަކީ ފިރިމީހާއަށް މަނާ ކަމެކެވެ. ސެކެއްޓެރީގެ އަތް ދަބަސް ހުޅުވުމަކީ ބޮސްއަށް ހުއްދަކަމެކެވެ.
...
ލިޔުނީ ރ, 2008-12-02 04:17:19
އަނބިންގެ ގޮތް އަދިކިރިޔާ މަށަށް މިއެނގުނީ. ޝުކުރިއްޔާ.
...
ލިޔުނީ މަރޮށި, 2008-12-02 04:48:31
ތަންތަނަށް އަންހެން ސެކެއްޓެރީން ވައްދަނީ މިކަހަލަ ކަމެއް ވާތީއޭ ކުރިން ވެސް މަގޭ ހިތަ×ށް އަރައެވެ.
...
ލިޔުނީ އޯގާ, 2008-12-02 05:27:00
ހުރިހާ އަނބިން ތިހެން ނުވާނެއެވެ. އަދި ބައެއް ސެކެއްޓެރީން ބޮސްގެ ވަތްގަނޑުން ސިއްރުކަންތައް ކުރެއެވެ.
...
ލިޔުނީ ‡އަފްސާން, 2009-04-06 10:21:07
އަޅުގަނޑުގެ ސެކެޓްރީ އަކީވެސް އަޅުގަނޑުގެ އަންހެނުން. ލިޔަން ވެއްޖެއްޔާ ކޮންމެފަދަ އެއްޗެއްވެސ ލިޔެވިދާނެ!!!
...
ލިޔުނީ ފަސީ, 2009-04-09 05:30:54
މިހާރު ބައެއް އޮފިސް ތަކުގައި މެނޭޖިންގ ޑައިރެކްޓަރުންނަށް އަންހެން ކަބަލުން އެބަތިބި. އެހެންކަމުން އެމީހުންގެ ސެކްރެޓަރީއަކަށް ފިރިހެނަކު ހުރެދާނެ. ވީމާ އެކަމާވެސް ވިސްނެވުން ރަގަޅު. ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނާނެ. ހަމަ އެންމެ ބަޔަކަށް އަމާޒު ކުރުން އެހާ ރަގަޅު ނޫން އެހެން ހީވަނީ.
...
ލިޔުނީ meemu, 2009-06-01 13:58:31
kae ah tha engeny
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-06-03 06:26:33
ސެކެއްޓެރީންގެ ގޮތުގައި އުޅެނީ ހަމައެކަނި އަންހެންކުދިންނެއް ނޫނެވެ. ފިރިހެން ކުދިން ވެސް އުޅެއެވެ. އަންހެން ވެރިއެއްގެ ގާތުގައި އަންހެން ސެކެއްޓެރީގެ އަގުއަރާތަން މިހާރު އާދެއެވެ. ހަމައެގޮތަށް ފިރިހެން ވެރިއެއްގެ ގާތުގައި ފިރިހެން ސެކެއްޓެރީއެއްގެ އަގުއަރާތަން ވެސް ފެނެއެވެ. ވެރިއެއްގެ ގާތުގައި ސެކެއްޓެރީއަކު މަގުބޫލުވެއްޖެނަމަ އެސެކެއްޓެރީއަކީ އޮފީހުގެ ހަނގު ވެރިންނަށްވުރެ މާބާރުގަދަ މީހަކަށް ވެދެއެވެ.
ސެކެއްޓެރީންގެ މަގުބޫލުކަމާ ގުޅިފައިވަނީ ހަމައެކަނި ލޯތްބެއް ނޫނެވެ. ޚިޔާނާތާއި ޝަހުވަތާއި ޖަރީމާތައް ސިއްރުކުރުން ވެސް ވަނީ ސެކެއްޓެރީންގެ މަގުބޫލުކަމާ ގުޅިފައެވެ.
ހުރިހާ ވައްތަރެއްގެ ސެކެއްޓެރީންގެ ވާހަކަ ގެނެސްދިންނަމަ މިލިޔުން ވަރަށް ފުރިހަމަވީސްކަން ޔަގީނެވެ. މީގައި މިވަނީ ހަމައެކަނި އަންހެން ސެކެއްޓެރީ ކުދިންގެ ވާހަކައެވެ. މިކަމުގެ ސަބަބުން އަންހެން ސެކެއްޓެރީ ކުދިން މިލިޔުން ދެކެ ވަރަށް ފޫހިވާނެއެވެ.
...
ލިޔުނީ މއ, 2010-02-03 08:12:36
ބައެއް ސެކެއްޓަރީން ބޮސްއަށް ދަޅަ ދައްކައިގެން ނާޖާއިޒް ފައިދާ ހޯދަންވެސް އުޅޭނެ، އެހެން އެވާން ޖެހޭނީ މީހުންގެ ގައިގާ އިސްލާމީ ރިވެތި ސިފަ ނުހުންނާތީ
...
ލިޔުނީ some one, 2010-03-08 06:21:47
aslu secretary in aa wife ge dhemedhuga thafaath ovey. ehenas madhu faharaku gos vefa ebahuri
...
ލިޔުނީ not true, 2010-07-01 14:32:12
nuhurey thafaatheh. Alhuganduge anhenunnakee Alhuganduge ofeehuge secretary. Thiya vidhaalhuvaa thafaathuthakeh nuhurey.
...
ލިޔުނީ ސެކެއްޓެރީ, 2010-11-04 01:38:53
ސެކެއްޓެރީ އެއީ ކޯއްޗެއް؟ހެހެހެހެހެ...................

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2922
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone