ފަންވަތް މުނިފޫހި ހެއްވާމަޖާ ހަލީސާ 02
ބެލި ޢަދަދު: 3733
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ހަލީސާ 02 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 16
ދެރަވަރަށްމޮޅު 
މުނިފޫހި - ހެއްވާމަޖާ
05 ޖޫން 2009، 01:12 ހުކުރު

ތިޖޫރީ

ޅޮހީ ޢަބްދުއްރަޙީމް/ މަނަދޫގެ


އާއިލާއެއްގައި އުޅޭ ފަސްކުދީންނެވެ. އެއްދުވަހަކު އެންމެ ކުޑަ ކުއްޖާއަތުގައި އޮތް އެއްޗަކަށް އިޝާރާތްކޮށް ހުރިހާކުދިން ވާހަކަދައްކަން ފަށައިފިއެވެ.
އެންމެ ބޮޑު ކުއްޖާ: ކޮއްކޯ! ކޮއްކޮ އަތުގައި ތިއޮތީ ތިޖޫރީއެއްދޯ !
ދެވަނައަށްހުރި ކުއްޖާ: އެހެން ނުވާނެ. އެއީ ބޭންކެއް
ތިންވަނައަށްހުރި ކުއްޖާ: ބޭންކެކޭ. ގައިމު ބައްޕަ ބުނާ އަޑު އެހިން އެއީ ބަޖެޓެކޭ!
ހަތަރުވަނައަށްހުރި ކުއްޖާ: އެއީ ބޭންކެއްވެސް ނޫން. ތިޖޫރީއެއްވެސް ނޫން. ބަޖެޓެއްވެސް ނޫން. އެއީ ލާރި ދަބަހެއް
އެންމެ ހަގުކުއްޖާ: އެކަކަށްވެސް ނޭންގުނެއްނު. މީ ވޮލެޓެކޯ...

މާމައެއް  ނުދުވަން


މަންމަ: ދަރިފުޅާ ކީއްވެތަ ސައިނުބޮއި ތީނީ؟

ދަރިފުޅު: ހަކުރު މާ މަދުވަނީ.

ބުނިގޮތުން ހީވީ ހަކުރު މާމަ ދުވަނީ އޭ ބުނި ހެންނެވެ.

މާމަ: މާމަ ނުދުވަން. މިހާ ބަލިކޮށް އުޅެއިރު ދުވާނީ ކިހިނެއް؟


ވަރަށް ހިތާމަވެރި ޚަބަރެއް


ބޭބެ: ކޮއްކޯ. ބޭބެ ދެންތަ ވަރަށް އުފާވެރި ޚަބަރެއް. ބޭބެ ސިގިރެޓް ބުއިން މުޅީން ހުއްޓާލައިފިން.

ކޮއްކޮ: އެހެންތަ؟ އެކަމު ކޮއްކޮ ދޭން އޮތީ ވަރަށް ހިތާމަ ވެރި ޚަބަރެއް

ބޭބެ: އެއީ ކޮން ޚަބަރެއް؟

ކޮއްކޮ: ކޮއްކޮ އަށް ސިގިރެޓް ބޯން ފެށިއްޖެ !


ވަކަ ރޮށްޓެއް


ކަރަންޓު ނުދިއްލާ ދުވަސްވަރެވެ. ރޭގަނޑުގެ ކާން ހަދާފައި ރޮށިތަށިމަތީގައި ބޯ ކަރުދާސްގަނޑެއް ޖަހާފައި ކަތްދަ ދިޔައީ ފެންވަރާށެވެ. ކަތްދަގެ ފިރިމީހާ އަކީ ހިސާބަކަށް އަނދިރި މީހެކެވެ. ފުޅި ބައްތީގައި އަދި ފެންނަލެއް ފުހެވެ. އީސަ ކާން ގޮސް ރޮށި ކުދިކުރަން ފަށައިފިއެވެ.
އީސަ: ކަތްދާ ކަތްދާ .. މިރޭ މިހިރީ އަނެއްކާ މުރަނަ ފަރާޓާތަ؟ އެކަމު ހާދަ ވަކަ ވެފައޭ މިހިރީ..


އެއްލަންވީތެ؟


އުތުރު ރަށެއްގެ ބޯޓެއްގައި އުޅުނު ތިންމީހެކެވެ. މިމީހުން މާލެއައިސް ވާހަކަދެއްކުމުގައި ސުވާލު ނިންމުމުގައި "ތަ؟" ގެ ބަދަލުގައި "ތެ؟" ކިޔާތީ މީހުން މަލާމާތްކުރާތީ "ތެ" ނުކިޔާން މާލެއައި ބޯޓުމަތީގައި ނިންމައިފިއެވެ. އޭރު ބޯޓު މާލޭ ފަޅަށް ވަންނަނީއެވެ.
އެވަގުތު ބޯޓު ދިރުނބާ ކޮޅުގައި ހުރި އެތަނުން އެކަކު: އާދަނާ ކޮބާ ނަގިލި އެއްލަންވީތެ؟
ދެވަނަ މީހާ: ކޮން "ތެ" އެއްތެ؟ މިއަދު އެއްނު "ތެ" ނުކިޔާން ނިންމީ.
އޭރު އާދަނު ރުޅި އައިސްގެން ފުރަތަމަ ތެ ކިޔުނު މީހާގެ މައްޗަށް ރަތް ހާލެއްހެން ޖެހިގެންފައި ގިރުވާނުގައި ހިފަނީއެވެ.
އާދަނު: ބަލަ ތެ ނުކިޔާށޭ ނުކިޔާށޭ. އަދިވެސް ތެ ކިޔާނެންތެ؟

ސީޑީ ގަވެސް....


މާވަރުގަދައަށް ޒުވާބުކުރާ ދެމަފިރިޔަކު ޒުވާބުނުކުރާން އެގްރިމެންޓެއް ހަދައިފިއެވެ. މި އެގްރިމެންޓުގައި ވާ ގޮތުން ދެމީހުން ދެމީހުންނަށް އެއްވެސް ބާވަތެއްގެ ޒުވާބެއް، ޒުވާބަކަށް ވާ ކަހަލަ ގޮތަށް ދެއްކުމަކީ ޖޫރިމަނާ ވާ ފަދަ ބޮޑު ކުށެކެވެ. މިހެން މިކަންތައް ވެފައި އޮއްވާ އަންހެންމީހާ ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެއެވެ. އަންހެންމީހާ އެގްރިމެންޓާ ޚިލާފު ނުވާން ވެގެން ހެދިގޮތަކީ ގަނޑެއްގައި ލިޔެފައި ފިރިމީހާއަށް ކިޔަންޖެހޭ އެއްޗެހި ދިނީއެވެ. ފިރިމީހާ އެކިޔުމަށް ފަހު އެގްރިމެންޓާ ޚިލާފު ނުވާން ވެގެން ލަވަ ސީޑީޔެއް ޓީވީގައި އަޅުވައިފިއެވެ. ޕުލޭކޮށްލިއިރު ކަމަކުދާކަށް ނެތެވެ. އެޔަށްވެސް އަނބިމީހާ އޮތީ ޒުވާބުގެ އެއްބައި އަޅާފައެވެ.

ސާހިބާގެ މުސްތަގުބަލު


ވަރަށް މުއްސަނދި ސައުދާގަރަކު  މުސްތަޤުބަލު ކިޔައިދޭ ގުރަޔެއް ގަތެވެ. މިގުރާ ބުނާ ކޮންމެ ހާދިސާއެއްވެސް ހަމަ ކިޔައިދޭ ގޮތަށް ވާ ކަމަށްވެއެވެ. އެއްދުވަހު

ސާހިބުމީހާ: އޭ ބަލާބަލަ އަހަރެން ގެ ވިޔަފާރި މީގެ ވިހިއަހަރުފަހުން އަހަރެއްގައި އުޅެނީ ކިހިނެއްތޯ؟

ގުރާ: ސާހިބާ. ސާހިބާގެ ވިޔަފާރި ވަރަށް ކާމިޔާބު. އަދި އޭރުން އެންމެ ގިނައިން ވިޔަފާރިވާނީވެސް ސާހިބާގެ ފިހާރަތަކުން

ސާހިބު މީހާ މިވާހަކަ އަހާފައި ވީ އުފަލުން ހިނިގަނޑެއް ޖަހާފައި އެބަ ބުނެޔެވެ.

ސާހިބުމީހާ: ދެން އެ ވަގުތު އަހަރެން ހުރީ ކޮންތާކުތޯ ބުނެބަލަ

ގުރާ: ސާހިބާ އަވަހާރަވީތާ ސާޅީސްދުވަސްވެގެން ފާތިހާ ކިޔަވަނީ

ނިމުނީ


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ އަރުޒަމް, 2009-06-04 19:26:28
ތިޔަ ޖޯކުތަކަށްވުރެ އަޅުގަނޑު ހިނި އަންނަނީ ތިޔާނަ ފޮޓޯ ފެނުނީމަ އެވެސް ޖޯކެއްތޯ؟
...
ލިޔުނީ it's me, 2009-06-05 14:11:52
heheh hama varah baraabaru ..thigothugai hifahahtaalaathi...hama obinoavey...
...
ލިޔުނީ ކީ މީހެއް, 2009-06-05 17:26:38
މީގައިވާ ޖޯކުތައް އެހާ މަޖަލެއް ނޫން.. ތެދުތެދަށް ދަންނަވާނަމަ މި ޖޯކުތައް ނުވަތަ ހަލީސާތައް ކިޔާފައި އަޅުގަނޑު ހިނި އަންނަނީ އެ ހަލީސާ ހަލީސާއަކަށް ނުވާތީ. ޖޯކު ޖޯކަކަށް ނުވީމާ އެހެންވެގެން ހިނި އަންނަނީ... ކުރިޔަށް އޮތްތާނގައި ފަންވަތުގައި ހިމަނުއްވާ ޖޯކުތަކާމެދު ވިސްނާލެއްވުން ވަރަށް މުހިންމު...
...
ލިޔުނީ NAHOO, 2009-09-16 11:40:42
VARAI MAJAA
...
ލިޔުނީ liyunu meeheh dhw dhen, 2010-03-15 14:50:58
hama varah baraabaru...varah majaa
...
ލިޔުނީ އަހުމަދު އަލީ, 2010-07-01 13:38:03
ދެން ގޯހެއް ނޫން....އެކަމަކު ދެންފަހަރަކު ތަންކޮޅެއް މަޖާ ކޮށްލައްވައްޗޭ!..
...
ލިޔުނީ ahmed, 2010-09-19 19:37:28
karantu eii dhilla ehcheh tho

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3733
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone