ފަންވަތް މުނިފޫހި ނެށުން ނޫރު: ކަސަބުލަންކާގެ އެއްވަނަ ނެށުންތެރިޔާ
ބެލި ޢަދަދު: 6077
ނޫރު: ކަސަބުލަންކާގެ އެއްވަނަ ނެށުންތެރިޔާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 32
ދެރަވަރަށްމޮޅު 
މުނިފޫހި - ނެށުން
09 ޑިސެމްބަރ 2008، 03:25 އަންގާރަ

ފޮނުވީ: އެމް

ފޮޓޯގައި އެވަނީ، މޮރޮކޯގެ ނެށުންތެރިއެކެވެ. މޮރޮކޯ މީހުން އޭނާއާމެދު ދެކެނީ މޮޅު ނެށުންތެރިއެއް ކަމަށެވެ. މިޞްރު މީހުން ދެކެނީ، މޮރޮކޯގައިވާ ޢަރަބި ނެށުމުގެ ސަފީރާ ކަމަށެވެ.

ރީތި އަންހެނެކެވެ. އިސްކޮޅުން ދިގެވެ. ހިނގުމާއި މުޢާމަލާތްކުރުމުގައި ނިކަން އަންހެން ވަންތަކަން ހުރެއެވެ.

މިރީތި އަންހެނާގެ ޙަޔާތުގައި ތަފާތު މަރްޙަލާތައް ކަޑައްތުކޮށްފައި ވެއެވެ. އުފާވެރި މަރްޙަލާތަކާއި ދަތި އުނދަގޫ މަރްޙަލާތަކެވެ.

އޭނާ ބުނެއެވެ. "ކޮންމެ އިންސާނަކަށް އެމީހަކު އުޅެން ބޭނުންވާ ގޮތުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކޮންމެ ތަރިއަކަށް އެ ތަރިއެއްގެ ވައްޓަފާޅިއާއި ޝަޚުޞިއްޔަތު ލިބިގެންވެއެވެ."

ކޮންމެއަކަސް، މިރީތި މޮޅު ނެށުންތެރިއާގެ ސަޕޯޓަރުން އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. އޭނާގެ ވާހަކައަކީ ކަސަބުލަންކާގެ އަންހެންވެރިން ނެތިމޮށޭއިރު ދައްކާ މަޝްހޫރު ވާހަކައެކެވެ. ފިރިހެނެއްގެ ސޫރައިން އަންހެނެއްގެ ސޫރައަށް ބަދަލުވި ގޮތުގެ ވާހަކައެވެ. ނަމަވެސް ސަޕޯޓަރުން އޭނާދެކެ ލޯބިވެއެވެ. އެމީހުން ގާތްވަނީ އޭނާގެ ހަށިގަނޑަކާ ނޫނެވެ. އެކަމަކު، އޭނާގެ ރޫޙާއެވެ. އޭނާގެ ފަންނާއެވެ. އޭނާގެ، ކުރީގެ ފިރިހެން ވަންތަކަމާއި، މިހާރުގެ އަންހެން ވަންތަކަން ދޫކޮށްލާފައިވަނީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް އެންމެން އެ ގޮތް ގަބޫލެއް ނުކުރެއެވެ. ނޫރު ޖިންސް ބަދަލުކޮށްފައިވާތީ، އޭނާ ބަލައިނުގަންނަ މީހުން ވެސް އުޅެއެވެ.



ނޫރުގެ ބަސްދީގަތުމެއް:


ސ. އަހަރެން ބޭނުންވަނީ ނޫރަކީ ކާކުކަން އެހެން މީހުންނަށް ތަޢާރަފުކޮށްދޭން. ނޫރު! ކޮބާ އަސްލު ތިބާގެ ވާހަކައަކީ؟
ނޫރު: (ހީނލާފައި) ވަރަށް ދިގު ވާހަކައެއް. އެއްފަހަރާ ކިޔާދެވޭ ވަރަށްވުރެ މާދިގު އެވާހަކަ.


ސ. ތިބާއީ ދޮން ނަސްލުގެ ދަރިއެއް ނޫން. ކިހިނަކުން ފަންނުގެ ދުނިޔޭގައި ތިހާ ކުރި ހޯދީ؟
ނޫރު: (ހީނލާފައި) އަހަރެންނަކީ މޮރޮކޯގެ އިހުގެ އަސްލު ވަޒަންވެރިންކަމުގައިވާ ބަރުބަރު ދަރިކޮޅަށް ނިސްބަތްވާ މީހެއް. ބުނާނީ ކީކޭ؟ އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައް ކުރިމަތިވި. ހިތާމައިގެ ކޮންމެ މަރްޙަލާއެއް ވެގެން ދިޔައީ ކުރިޔަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށް.


ސ. ތިބާގެ ތަޢުލީމީ ފެންވަރަކީ ކޮބާ؟
ނޫރު: އަހަރެން ކިޔެވީ ފަންނު. އެ ރޮނގުން ބީ.އޭ. އަހަރެންނަށް ލިބިފައިވޭ.


ސ. ނޫރަކީ ފަންނުގެ މައިދާނުގައި ތިބާ ބޭނުންކުރާ ނަންތަ؟
ނޫރު: އަހަރެންގެ އަސްލު ނަމަކީ ނޫރު. މިނަން ފަންނުގެ މައިދާނުގައި ވެސް ބޭނުންކުރަނީ. ރަސްމީ ނަމަކީ ވެސް ނޫރު. އަބަދުވެސް އަހަރެންގެ ނަމަކީ ނޫރު. އަހަރެން ބޭނުންވަނީ، އެންމެން ވެސް އާ "ނޫރު" ދަންނަން. އަލުން މި ޙަޔާތަށް އައި ނޫރު!


ސ. ތިބާގެ މާޒީގެ ތެރެއިން އަހަރެމެން ގާތު ބުނެދޭނީ ކީކޭ؟
ނޫރު: އަހަރެންނަކީ ގަދައަޅައި މަސައްކަތްކުރި މީހެއް. މިވުޖޫދުގައި އަހަރެން ވާކަން ސާބިތުކޮށްދިނުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކުރިން. އެންމެ ހިތްދަތިވާ ކަމަކީ، އޭރުވެސް އަދި މިހާރުވެސް މީހުން އަހަރެންނަށް ދޭންޖެހޭ އަހަންމިއްޔަތު ނުދޭތީ.


ސ. ތިބާގެ ރީތިކަމާއި ޗާލޫކަމުގެ ސިއްރަކީ ކޮބާ؟
ނޫރު: އަހަރެންގެ ސިއްޙަތައި ރީތިކަން ދެމެހެއްޓުމަށްޓަކައި އަހަރެން ބޮނީ ހަމައެކަނި ސައި. ސިނގިރޭޓެއް ނުބޮން. ދުންފަތުގެ އިސްތިޢުމާލު އެއްގޮތަކަށް ވެސް ނުކުރަން. ނަށާހިތްވޭ. ހިނގާލާފަ ތަންތަނަށް ދާހިތްވޭ. ފުންކޮށް ނިދަން. ހުނުމަކީ ވަރަށް ގިނައިން ކުރާ ކަމެއް. ހެނދުނު ހެނދުނާ ތެދުވަން. މިޔުޒިކާއި ފަރުމާކުރުމާއި މޭކަޕްކުރުމުގެ އައު ގޮތްތައް ހޯދުމަށްޓަކައި ވިސްނާ ފިކުރުކުރަން. މީ އަހަރެން ކުރާ ކަންތައްތަކަކީ.


ސ. ތިބާއަށް އާމުދަނީ ލިބެނީ ކޮންތާކުން؟
ނޫރު: އަސްލުގައި އަހަރެންނަކީ، ނަށަން ދަސްކޮށްދޭ ޓީޗަރެއް. އެމެރިކާއާއި ކެނެޑާއާއި އެފްރިކާގައި ނަށަން ދަސްކޮށްދޭ ވޯކްޝޮޕްތައް ބާއްވަން. މިޞްރުން އަހަރެންނަށް ދީފައިވޭ، "ޢަރަބި ނެށުމުގެ ސަފީރާ" ކަމުގެ ސެޓްފިކެޓް. މިކަންތައްތަކުން އަހަރެންނަށް އާމުދަނީ ލިބޭ.


ސ. ދިރިއުޅެނީ އާއިލާއާ އެކުގައިތަ؟
ނޫރު: އާނ! އަހަރެން ދިރިއުޅެނީ އާއިލާއާއެކުގައި. އަދި އަހަރެންގެ ބޭބެގެ އަންހެން ދަރިފުޅު "ޒަންނޫބާ" ބަލަނީ ވެސް އަހަރެން. އަހަރެން އޭނާ ދެކެ ވަރަށް ލޯބިވޭ.


ސ. ކޮބާ، ދެން މީހަކާ އިންނާކަށް ނޫޅެންތަ؟
ނޫރު: މިތަންވަޅު ނޫޅެން ތިކަން ކުރާކަށް. އަހަރެން ބޭނުންވަނީ ވަފާތެރި ތެދުވެރި މީހަކާ އިންނަން.


ސ. އުންމީދުތަކަކީ ކޮބާ؟
ނޫރު: އެއީ ޅައުމުރުގެ އުންމީދުތަކެއް. އަބަދުވެސް އުންމީދުކުރިން މުޑިއެރުންތައް ހުއްޓުމަށް!


ސ. އެއީ ކޮން މުޑިއެރުންތަކެއް؟
ނޫރު: ވިހިއަރުވަންދެން އަހަރެންނާމެދު އެހެން މީހުން އަޅާނުލިކަން. އެހެންވެ، އެންމެނަށް ގޮންޖެހޭތޯ އަހަރެން މަސައްކަތްކުރީ. އެކަން ކުރެވިއްޖެ. ދެންއޮތީ މުޅި ޢަރަބި ދުނިޔެއަށް އަހަރެންގެ ފަންނުވެރިކަން ފަތުރާލުން. މުޅި ޢަރަބި ދުނިޔޭގެ ސަމާލުކަމަށް ނޫރު އައުން.


ސ. މިސާލަކަށް ކެރޭނެތަ ހައިފާ އާ ވާދަކުރަން؟
ނޫރު: ވާދަކުރުމަކީ އަހަރެން ލޯބިކުރާ ބަހެއް ނޫން. ހަމައެކަނި އަހަރެން ބޭނުންވަނީ އަހަރެންނަށް ހައްގުވެގެންވާ މަގާމަށް ވާސިލުވުން. އަހަރެން ނޫޅެން އެހެން މީހެއްގެ ހައްގެއް ނިގުޅައިގަންނާކަށް. އެކަމަކު މިއުޅެނީ އަހަރެންގެ އަމިއްލަ ހައްގު ހޯދަން.


ސ. ތިޔައީ އިންސާނާ އެއްތަ؟ ނުވަތަ އިންސާނެއްތަ؟
ނޫރު: އިންސާނުންނަކީ އަންހެން ފިރިހެން ވާއެއްޗެއް ނޫން. އަންހެނުންނާއި ފިރިހެނުންނަކީ ހަމަ އިންސާނުން. ތަފާތުވަނީ، ޖިންސް. އެކަން އޮތީ ޚާލިޤުވަންތަ ރަސްކަލާނގެ ޙިކުމަތްފުޅުގައި. އަސްލަކީ ހިތާއި ރޫޙު. މިހެންވެ، މީހުންގެ ކުރިމަތީގައި އަހަރެންނަކީ މަޤުބޫލު ފަންނާނަކަށްވީ. މީހުން ގާތްވީ އަހަރެންގެ ރޫޙާ. އަހަރެންނާމެދު ނުރުހޭ މީހުން ނުރުހެނީ، އަހަރެންނަކީ، ފިރިހެނެކޭ ނުވަތަ އަންހެނެކޭ ބުނަން ބޭނުންވާތީ.


ސ. ތެދެއްތަ، ތިބާގެ ޖިންސް ބަދަލުކުރެވުނުތަ؟
ނޫރު: ބަދަލެއް ކުރެވުނު. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ އިޞްލާޙުކުރެވުނު ކަމަށް. އެހެނީ، އަހަރެން އުފަންވީ ޚުންސާއެއްގެ ގޮތުގައި. އެކަމަކު ގިނަ ބަޔަކަށް މިކަމެއް ނޭގެ. އެހެންވެ މިވާހަކަ ބުނަން ބޭނުންވޭ.


ސ. ކީއްވެ އިސްލާހުކުރީ؟
ނޫރު: ޢާއިލާގެ މީހުންނާއި ގާތް ތިމާގެ މީހުން ބޭނުންވީ އިސްލާހުކުރަން. އެންމެ ކުޑައިރުއްސުރެ އަހަރެން އުޅެނީ އަންހެން ކުއްޖެއްހެން. އެހެންވެ އެމީހުން ބޭނުންވީ އަހަރެން އިސްލާހުކުރަން. ޙަޤީޤަތަކީ، މިއީކަމަށްވާނަމަ، އަހަރެންގެ ކުށެއް އެބައޮތްބާ؟ އަހަރެން އުފަންވީ މިގޮތަށް. އުފަންވުމަށް އަހަރެން ވަކި ގޮތެއް އިޚުތިޔާރު ނުކުރަން. އަހަރެން އުފަންވީ އެއްފަހަރާ ދެ ސިފަ ހިމެނިގެން. މިބުނީ، އަންހެން ސިފައަކާއި ފިރިހެން ސިފައާ އެކީގައޭ.


ސ. ނޫރު ބޭނުންވިތަ އަންހެނަކަށް ވާން؟
ނޫރު: އެންމެ ކުޑައިރުއްސުރެ، އަހަރެންގެ ވިސްނުމާއި ފިކުރާއި އުޅުން ހުރީ އަންހެންކޮށް.


ސ. ތިބާގެ ޖިންސް އިސްލާހުކުރެވުނީ ކޮންތާކު؟
ނޫރު: ދުނިޔޭގައި މިހާރު އެންމެ މޮޅު އެއް ތަނުގައި. އެއީ، އޮސްޓްރިޔާގައި ހުރި ސިއްހީ މަރުކަޒެއް. އަދި އެތަނަށް ގޮސް ޖިންސް އިސްލާހުކުރީ މަންމަގެ ރުހުމާއެކު. މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން އަޅުގަނޑުގެ އުދާސްތަކާއި ވޭންތައް އެ ހިސާބުން ނިމުނީ.


ސ. ތިބާއަށް ދަރިން ލިބޭނެތަ؟
ނޫރު: ތަންކޮޅެއް ކުރިން ޖިންސް އިސްލާހުކުރެވުނުނަމަ، ދަރިން ލިބޭނެ ކަމަށް ޑަކުޓަރުން ބުނީ. ނަމަވެސް އިސްލާހުކުރުން މާ ބޮޑަށް ލަސްވުމުގެ ސަބަބުން މައްސަރުކަންތައް ޖެހުން ވަނީ ހުއްޓިފައި. އަހަރެންގެ ބަނޑުގައި ފުރިހަމަ ރަޙިމެއް އެބައޮތް.


ސ. ޢަރަބި ދުނިޔޭގައި އަންހެނުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާއިރު، ކީއްވެ އަންހެނަކަށްވުން އިޚުތިޔާރުކުރީ؟
ނޫރު: މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ، އޭނާއަށް ދިރިއުޅުމުގެ ޙައްޤު ދެއްވާފައި. އަންހެނަކަސް ފިރިހެނަކަސް އެ ޙައްޤު ލިބިގެންވޭ. ޖިންސީ ގުނަވަން ހިމެނޭ ހިސާބު ފިޔަވައި އަހަރެންގެ މުޅި ހަށިގަނޑަކީ އަންހެން ހަށިގަނޑެއް. އެބައިގައިވާ އައިބަކީ މީހެއްގެ ގައިގެ އެހެން ގުނަވަނެއްގައި ހުރެދާނެ ފަދަ އައިބެއް. މިސާލަކަށް ބައެއް މީހުންގެ އަނގަ ނުވަތަ މޫނު ނުވަތަ ލޯ އައިބުވެފައިވޭ.


ސ. ހިނގާ ލޯބީގެ ވާހަކަ ދައްކަމާ!
ނޫރު: ލޯބީގެ ޝުޢޫރު އުފެދުނީއްސުރެ، އަހަރެން ލޯބިވަނީ ފިރިހެނުން ދެކެ. ނަމަވެސް އަންހެނެއްގެ ގޮތުގައި ލޯބި ހުށަހަޅަން ނުކެރުމުގެ ސަބަބުން، ކުރިން ލޯބިވެވުނު ޒުވާނެއްގެ ހިތް ފަތަހައެއް ނުކުރެވުނު. ނަމަވެސް މިހާރު އަހަރެންނަށް އެނގިއްޖެ އަންހެނުންނާއި ފިރިހެނުންގެ ޝުޢޫރު.


ސ. ނޫރުތަ ޢާއިލާގެ އެންމެ ބޮޑު ކުއްޖަކީ؟
ނޫރު: ނޫން. އަހަރެންގެ ބޭބެއަކާއި ދައްތައެއް އެބަހުރި. އެކަމަކު ޢާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އަހަރެން. އަދި މަންމަ ޙައްޖަށް ދިއުމަށްޓަކައި ދެކެމުން ދިޔަ ހުވަފެން ވެސް އެންމެފަހުން ހަގީގަތަކަށް ހަދައިދީފިން. އަހަރެމެން ދިރިއުޅެމުން މިގެންދަނީ އެއްވެސް އާއިލީ މައްސަލައެއް ނެތި އެންމެން އެކުގައި.


ސ. ނޫރުގެ ބައްޕަ ކޮބާ؟
ނޫރު: ތިބާ ތިސުއާލު ކުރުމުގެ ކުރިން، ތި ސުއާލަށް ޖަވާބެއް ނުދިނުމަށް ނިންމައިފިން. އަހަރެންނަކަށް ނޭގެ އޭނާއެއް. އެކަމަކު އޭނާ ދުނިޔޭގައި އެބަހުރި.


ސ. ކީއްވެ ނޭގެނީ ބައްޕަ ވީތަނެއް؟
ނޫރު: (ވަރަށް ބޮޑަށް ދެރަވެފައި) އަހަރެންގެ އުމުރުން ހަތް ދުވަސްވީތަނާ، ބައްޕަ ހިނގައްޖެ އަހަރެމެން ދޫކޮށްލާފައި.


ސ. އެކަމުގެ ސަބަބަކީ ތިބާތަ؟
ނޫރު: ނޫން. އޭރަކު އަދި ނޭގެ އަހަރެންނަކީ ޚުންސާއެއްކަން. އެންމެން ވެސް ހީކޮށްތިބީ އަހަރެންނަކީ ފިރިހެން ކުއްޖެއް ކަމަށް. އެކަމަކު ޙަލާލު އަނބިމީހާ ދޫކޮށްލާފައި، ގެންގުޅު މަސައްކަތު މީހާއާ އިންނަ މީހަކާމެދު ބުނާނީ ކީކޭ؟ މަންމަ އަހަރެމެން ބަލާ ބޮޑުކުރީ އެކަނިމާއެކަނި ބުރަ މަސައްކަތް ކޮށްގެން. މިހާރު އަހަރެންގެ ހުރީ "ތިއްތި ބައްޕައެއް." ތިއްތި ބައްޕައަށް އަހަރެންގެ ހިތުގައި ދެވިފައިވަނީ، އަސްލު ބައްޕައެއްގެ ލޯބި. މިހާރު އޭނާ ވަރަށް މުސްކުޅި. ވަރަށް ބަލިކޮށް އުޅެނީ. އެކަމާ އަހަރެން ވަރަށް ދެރަވޭ. ތިއްތި ބައްޕަ ދެކެ ވާ ލޯބި ބަޔާންކޮށްދެވޭ ވަރަށްވުރެ މާބޮޑު. އަހަރެންގެ އަސްލު ބައްޕައަށް މާތްﷲ މަޢާފު ދެއްވާށި!


ސ. ފަންނުގެ ދާއިރާގައި މިހާރު ހިންގާ މަޝްރޫޢަކީ ކޮބާ؟
ނޫރު: ފަރަންސޭސިވިލާތުގެ ޓީވީން ހަދާ ފިލްމެއް އެބައޮތް. އެ ފިލްމުގައި އަހަރެން އަދާކުރަނީ، ނަށަން ދަސްކޮށްދޭ ޓީޗަރެއްގެ ދައުރު. އެ ފިލްމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިޞްރުގަ.


ސ. ކޮންކޮން ނެށުންތެރިންނަކާ ގުޅުން ބާއްވަނީ؟
ނޫރު: މުނާސަޢީދާއި ލޫސީ އާއި ދީނާ ގެ ނެށުން އަހަރެންނަށް ވަރަށް ކަމުދޭ. ފީފީޢަބުދޫ ގެ ގިނަ ނެށުންތަކަކީ ސަގާފީ ނެށުންތަކެއް. ފަރީދު ޝައުޤީ، (މާތްﷲ އޭނާއަށް ރަޙުމަތް ލައްވާށި!) އޭނަ އެންމެ ފުރަތަމަ އަހަރެންނަށް ހިތްވަރުދީ ފަންނުގެ ތެރެއަށް އަހަރެން ނުކުތުމަށް މަގުދެއްކީ.


ސ. "ލަޙުޡަތު ޡަލާމް" (އަނދިރި ހިނދުކޮޅެއް) ފިލްމާ މެދު ބުނަނީ ކީކޭ؟ އެ ފިލްމު މޮރޮކޯގައި ދެއްކުން މަނާކުރި ދޯ.
ނޫރު: އެ ފިލްމުގެ ޕްރޮޑިއުސަރ، ނަބީލު އާއެކު އަހަރެން މަސައްކަތްކުރީ ތެދު ނިޔަތުގަ. އަހަރެން ހީކުރީ އެ ފިލްމުވާނީ، "އަޠުފާލުއްޝަޥާރިޢު" (ވަކަރުގޭ ކުދިން) ނަމަކަށް ކިއުނު ފިލްމު ފަދަ ކާމިޔާބު ފިލްމެއް ކަމަށް. އެކަމަކު ނަބީލު، އަހަރެންނަށް މަކަރު ހެދީ. އެ ފިލްމުގައި އަހަރެން އަދާކުރީ، ޔާސްމީން ނަމަކަށް ކިޔާ ނަށާ އަންހެން ކުއްޖެއްގެ ދައުރު. އެ ފިލްމުގެ މަސައްކަތް އެހާ ރަގަޅެއް ނޫން.


ސ. އެންމެ ބޮޑަށް ޝުކުރު އަދާކުރާނީ ކާކަށް؟
ނޫރު: އެންމެ ބޮޑަށް ޝުކުރު އަދާކުރާނީ، އަހަރެންގެ މަންމައަށް. އެންމެ ބޮޑަށް އަހަރެންނަށް އެހީތެރިވެދީފައިވާނީ މަންމަ. މަންމަގެ ހެޔޮކަން ވަރަށް ބޮޑު. ދެން ޝުކުރު އަދާކުރާނީ، އަލްމަރުޙޫމު ފަރީދު ޝައުޤީއަށް. އޭނާ އަހަރެން ކުރިޔަށް ދިއުމަށް ވަރަށް ހިތްވަރު ދެއްވި. އަދި އެހެން މީހުން އަހަރެން ބަލައިގަންނާނެހެން އަހަރެންނަށް ތާރީފުކޮށް މީހުންގެ ގާތުގައި ވާހަކަ ދެއްކި. އޭނަ ބުނުއްވި މި ފަންނުގެ ދާއިރާގައި އަހަރެންގެ މުސްތަޤުބަލު ވަރަށް އުޖާލާވާނެ ކަމަށް. އެދުވަސް މިހާރު މިއޮތީ ފެނިފައި.


ސ. ޝުކުރިއްޔާ، ނޫރު.
ނޫރު: ޝުކުރިއްޔާ.


މިއާ ގުޅުންހުރި ލިއުންތައް

1. ޚުންސާގެ ޖިންސް ކަނޑައަޅާގޮތް
2. ޚުންސާގެ ބައެއް ޝަރުޢީ ޙުކުމް
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (15)Add Comment
...
ލިޔުނީ ފިރުޢައުނު, 2008-12-09 09:11:55
އޭ ނޫރެވެ. ތިޔަ ޚިޔާލު ދޫކޮށްލާށެވެ. ކޮންމެ މީހަކަށް އެމީހަކު ބޭނުން ގޮތަކަށް ޢަމަލު ކުރުމުގެ ޙައްޤު ދުނިޔޭގައި އޮތްކަމަށް ހީނުކުރާށެވެ. މަށަކީ ތިޔަ ތަޖުރިބާ ކޮށްފައިވާ މީހެކެވެ. މަވެސް އުޅުނީ މަހިތަށް އެރިގޮތަކަށެވެ. އެކަމަށް ﷲ އަހަންނަށް ފުރުޞަތުވެސް ދެއްވި އެވެ. އެކަމަކު މަރުވުމަށް ފަހު ދެންކުރަންޖެހޭ ތަޖުރިބާޔަކީ..... ބުނެދޭންވެސް ނޭނގެއެވެ. އަވަހަށް ތައުބާވެ ﷲ ގެ މަގަށް އެނބުރިގަންނާށެވެ. ނޫނީ ކަލެއަށްވެސް ޖެހޭނީ ހަމަ މަށް މިޖެހުނު ދަތުރެވެ. -ވައްސަލާމް-
...
ލިޔުނީ ނޫރު, 2008-12-09 10:24:19
ފިރުއައުނާއެވެ. އެމީހެއްގެ ޚިޔާލު ދޫކޮށްލާފައި މިދުނިޔޭގައި އުޅެނީ ކާކުހެއްޔެވެ؟ ޗައިނާގެ ހަރުބަހެއްގައި ކިޔާއުޅޭ އަޑު ނާހަން ހެއްޔެވެ؟ "ކޮންމެ ފަރުބަދައަކަށް އެ ފަރުބަދައިގެ ޚާއްޞަ ސިފަ ލިބިގެންވެއެވެ. އަދި ޖަންގައްޔަކާ ނުލައި ފަރުބަދައެއް ނެތެވެ."
...
ލިޔުނީ ފިރުޢައުނު , 2008-12-09 12:22:13
ނޫރެވެ! ނޫރުގެ މާނައަކީ އަލިކަމެވެ. ދުނިޔޭގައި ކަނބުލޭގެ ތިޔަ އުޅޭނީ އެނަމުގައެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިޔަހަރަ ވިޔާނުދާ އުޅުމުގައި އުޅެ މަރުވެގެން މިތަނަށް އަތުވެއްޖެނަމަ، ތިޔަ ނޫރު ވެގެންދާނީ ''ނާރު'' އަށެވެ. ޢަރަބި ބަހުން ނާރު ކިޔަނީ އަލިފާނަށް ނޫންހެއްޔެވެ؟
...
ލިޔުނީ ނޫރު, 2008-12-10 04:56:15
ފިރުއައުނާއެވެ. އާޚިރަތެއް އަންނާނެ ކަމަށް ބަލައިގެން މިދުނިޔޭގައި އުޅެނީ ކާކުހެއްޔެވެ؟ އަހަރެން ކޮންމެވެސް ވަރަކަށް ޓޮޕްލެސްކޮށްގެން ނަށާލީމާ، ތިބާކަހަލަ ފިރިހެނުން ހާދަހާ ބަލައެވެ. އަދި ހާދަހާ ގިނަ ފައިސާއެއް ވެސް ދެއެވެ. އާޚިރަތާމެދު އެމީހުން ވިސްނާނަމަ، އެގޮތަށް ޢަމަލުކުރާނެތަ؟ އަހަރެން މިއުޅެނީ އޮރިން ދައްކާކަށް ނޫނެވެ. އަހަރެން މިއުޅެނީ ބަނޑުފުރާނަ މުއްތިކުރަން ވެގެންނެވެ. ފަގީރު ހާލުގައި ލައްކަ ދުވަހު ދިރިއުޅެފީމެވެ. އާޚިރަތުގެ ވާހަކަވާހަކަ ދައްކަވާ ބޭކަލަކު ދެއްވި ސަދަގާތެއް ވެސް ނެތެވެ. އަހަރެން މިޔުޒިކާ އެއްވަރަށް މިނަށާ ނެށުމަށް ހެޔޮޖަޒާ ދެއްވުމަށް މާތްﷲ ދީލަތިވަންތަވެ ވޮޑިގެންވާކަން ކަށަވަރެވެ.
ފިރުއައުނާއެވެ. ތިބާއަށް އަޒާބު ލިބެނީ ކީއްވެގެންކަން ތިބާއަށް ހަމަ ނޭގެނީ ހެއްޔެވެ؟ ދުނިޔޭގެ ހަޔާތުގައި ކިތައް މީހުންގެ ހައްގުތަކަށް އަރައިގަތިން ހެއްޔެވެ؟ ތިބާ އުޅުނު ގޮތަކަށް އަހަރެންނަކު ނޫޅެމެވެ. ކީއެއްހެއްޔެވެ. އަހަރެންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ވެސް އަހަރެން މާފުކުރަމެވެ. އަދި އެމީހުންނަށް ހެޔޮދުޢާކުރަމެވެ.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-10 13:54:02
މިރޭ އިރާކޮޅު 27 ކިއުންތެރިން އޮންލައިންވި ކަމަށް ދެއްކި. އެ އެންމެން ވަނީ ނޫރު ބަލަންތަ؟
...
ލިޔުނީ ބެލުންތެރިއެއް, 2008-12-10 17:13:03
ނޫރު ނަށާތަން ބަލާލަން މިވަނީ، ނުފެނުނު ނަށާ ތަނެއް، ކީއްވެ؟
...
ލިޔުނީ ބެލުންތެރިއެއް, 2008-12-11 18:35:25
ނޫރު، ހާދަމޮޅޭ
...
ލިޔުނީ ޢާޒިބު, 2008-12-12 14:13:54
ނޫރާ ގުޅޭނެ ނަންބަރެއް ލިބިދާނެތަ؟
...
ލިޔުނީ ބަރަކާތް, 2008-12-17 03:29:21
މީދިވެހިރާއްޖެއަށް އިސްލާމްދީން ގެނެސްދެއްވި އަބުލްބަރަކާތު ޔޫސުފުލްބަރުބަރީގެ ގައުމުކަމުގައިވާ މަގުރިބުކަރައިގެ ކުއްޖެއް ދޯ. މިހެންމިބުނީ މަގުރިބުކަރައޭ ކިޔަނީ މޮރޮކޯއަށް ކަމަށްވާތީ.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-17 03:55:50
ތިރީގައި މިވަނީ، ޑރ. މަޙުމޫދު، އަލްޢަރަބިއްޔާ ނޫހުގެ ކިއުންތެރިންގެ ޚިޔާލަށް ދެއްވާފައިވާ ޚިޔާލެއްގެ ތަރުޖަމާއެކެވެ. އޭނާ މިޚިޔާލު ދެއްވާފައިވަނީ، ނޫރާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލެއްގެ ދަށުގައެވެ.

ޚުންސާއިންނަށް ތިންވަނަ ޖިންސޭ ކިޔެއެވެ. މުސްލިމު ޚުންސާއަކު މަރުވެއްޖެނަމަ، އޭނާ ހިނަވައި ކަފުންކޮށް އޭނާގެ މައްޗަށް ކަށުނަމާދުކޮށް، މުސްލިމުންގެ ޤަބުރުސްތާނުގައި އޭނާ ވަޅުލެވެއެވެ. އެހެނީ، މުސްލިމުންނަށް ލިބިގެންވާ ޙައްޤުތައް އިސްލާމްދީނުގައި އޭނާއަށް ލިބިގެންވެއެވެ. އޭނާ ޚުންސާއެއްގެ ގޮތުގައި ހެއްދެވީ މާތްﷲ އެވެ. އިސްލާމްދީނުގެ ޙުކުމްތަކާ އަރާރުން ނުވާ ގޮތުގެ މަތިން، ޢިލްމީ ހޯދުންތަކުގެ މައްޗަށް ބުރަވެ، ޚުންސާއެއްގެ ޖިންސް ކަނޑައެޅިދާނެއެވެ. އޭނާގެ ހަށިގަނޑުގައި ވަނީ، ފިރިހެން ހޯމޯން ކަމަށްވަނީނަމަ، އޭނާ ފިރިހެނަކަށް އިސްލާހުކުރެވިދާނެއެވެ. އޭނާގެ ހަށިގަނޑުގައި ވަނީ، އަންހެން ހޯމޯން ކަމަށްވަނީނަމަ، އޭނާ އަންހެނަކަށް އިސްލާހުކުރެވިދާނެއެވެ. ސަބަބަކީ، އޭނާގެ ޖިންސް އިސްލާހުނުކޮށް ދޫކޮށްލައިފިނަމަ، މިޒަމާނުގައި އެކަންވާނީ ވަރަށް ބޮޑު ފިތުނައަކަށެވެ. އޭނާގެ ޖިންސް އިސްލާހުކުރުމަށްފަހު، އޭނާ ބަދަލުކުރެވުނީ ކޮން ޖިންސަކަށް ކަން، މީހުންނަށް އަންގައި އެކަން ހާމަކުރަންޖެހޭނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އިސްލާމީ މުޖުތަމަޢުތަކަށް ބޮޑަށް ރަނގަޅުވާނީ މިގޮތެވެ.

އަންހެނުންގެ ސިފަ ޖެހިގެން އުޅޭ ފިރިހެނުންނާއި، ފިރިހެނުންގެ ސިފަ ޖެހިގެން އުޅޭ އަންހެނުންނަކީ، ފިޠުރަތާ ޚިލާފު ޢަމަލުތަކެއް ކުރަމުން ގެންދާ ބަޔެކެވެ. އިސްލާމްދީނުގައި އެބައިމީހުންނަށް ލިބިގެންވާ ޙައްޤުތަކެއް ނެތެވެ. މިބަހުގެ މާނައަކީ، އެފަދަ މީހަކު މަރުވެއްޖެނަމަ، ހިނެވުމެއްނެތެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުލުމެއް ވެސް ނެތެވެ. އެބައިމީހުންނަކީ، އެއްޖިންސުގެ ގުޅުން ހިންގުމަށް އެދުންވެރިވެގެން އުޅޭ މީހުންނެވެ. އެބައިމީހުންގެ ފިރިހެނުންނީ، ލޫޠީންނެވެ. އަންހެނުންނީ، ސިޙާޤިއްޔާއިންނެވެ. ހުޅަނގުގެ މުޖުތަމަޢުތަކުގައި އެބައިމީހުންނަށް ލިބިދީފައިވާ ޙައްޤުތަކަކީ، އިސްލާމީ ޝަރީޢަތާ ޚިލާފު ޙައްޤުތަކެކެވެ. ކަންމިހެން އޮތުމާއެކު، ކޮންމެ ޢާއިލާއަކުން ވެސް، އެ ޢާއިލާއެއްގެ ދަރިންގެ ކަންތައްތައް ކުޑައިރުއްސުރެ ރަނގަޅަށް ބަލަހައްޓަމުން ގެންދަން އެބަޖެހެއެވެ. ތިމާމެންގެ ދަރިން، ލޫޠީންނަށް ނުވަތަ ސިޙާޤިއްޔާއިންނަށް ވެގެންދިޔަ ނުދިނުމަށްޓަކައެވެ.

http://www.alarabiya.net/articles/2008/04/06/47940.html
...
ލިޔުނީ ޞާދޫދު, 2008-12-17 04:17:09
ތިރީގައި މިވަނީ، ނޫރާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލެއްގެ ތިރީގައި، ސުޢޫދީ މީހަކު ލިޔެފައިވާ ލިއުންކޮޅެއްގެ ތަރުޖަމާއެކެވެ.

ވިހޭ ދުވަހުން ފެށިގެން އަންހެން ކުއްޖެއްގެ ގޮތުގައި މުޢާމަލާތްކުރެވުނު މީހަކު އަޅުގަނޑު ދަންނަމެވެ. ޢުމުރުން 17 އަހަރު ވަންދެން އޭނާ އެގޮތުގައި އުޅުނެވެ. އޭނާގެ ޖިންސް އިޞްލާޙުކުރުމުގެ ކުރިން، އޭނާ އަޅުގަނޑުގެ އުޚުތަކާއެކު އަޅުގަނޑުމެންގެ ގެއަށް އައިސް އުޅެނެވެ. އަދި، އޭނާގެ ކުރިމަތިފަރާތުގައިވާ އަންހެން ގުނަވަނާއި ފިރިހެން ގުނަވަން އަޅުގަނޑުގެ އުޚުތަށް ދައްކައި އޭނާގެ ޙަޤީޤަތް ހާމަކުރިއެވެ. އެއަށްފަހު، ޖިއްދާގެ ހޮސްޕިޓަލެއްގައި އޭނާއަށް ފަރުވާދެވި، އޭނާގެ ޖިންސް އިޞްލާޙުކުރެވުނެވެ. އޭނާ އިޞްލާޙުކުރެވުނީ ފިރިހެން ޖިންސަށެވެ. މިހާރު އޭނާއަކީ، ފިރިހެނެކެވެ. އަދި އޭނާއަކީ، ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. ވަޒީފާއަކީ، ޖިއްދާގެ މިސްކިތެއްގެ އިމާމުކަމެވެ.
...
ލިޔުނީ malmal, 2009-04-02 09:34:52
noreve. thi neshun hutaalumah fahun komeves ehen dhaairaa akun kuriyah dheveyne kan kashavareve nooruves thikan hutaalaasheve mizamaanu gaa anhenakha nukurevey varuge kantha thakeh nuhure eve noorah kome fadha kmeh ves kurevene eve thi goatha gai kashfu kohgen )emeenah dhakigen uley meehaa akee suvaruge nudhaka vaane meehaa eve) alhu gadaka nege igeytho nooru akee muslimeh kameh nuvatha ...... (liyan benun nuvee )egene kaneyge
...
ލިޔުނީ malmal, 2009-04-02 09:37:41
Nooru please tell us who u are
what is ur religious
where did u learn how to dance
i m telling this because i am also someone who really likes to dance but my dadd dosent want to be like vu dancing with smaal tops no ttrousers,jeans anything
if u tell me the answer i m going to be really thankful
...
ލިޔުނީ faxyl, 2009-04-05 03:24:22
mi site gai vaa konme safhaa ahky e safhaa eh kiyaa lumun eygen ibrai thakeh haasil ve liyun therikan gengulhu muga yaai mauloo maath ge skudi eh ge veri akah vumah varah bodah baar libigen dhaa liyun thakeh kan alhu gandu varah ufa laa eku faahaga kollan
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-03 17:15:32
ތިއީ އަންހެނެއްކަމަކަށް މަށެއްވެސް ގަބޫލެއްނުކުރާނަމެވެ. ތިއުޅެނީ ތޮށިގަނޑަކަށް އެރި މިޒަމާނުގައި ވަގުންވެސް އުޅެނީ އެކިކަހަލަ ތޮށިގަނޑު ގަނޑުގައި ވާނުވާއެއްނޭގެއެވެ. މުދިމުންގެ ތޮށިގަނޑުގައިވެސް ވަގުން އެބައުޅެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 

މިވަގުތު ފަންވަތުގައި

މިވަގުތު 37 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300546
free counters
ބެލި ޢަދަދު: 6077