މިޔުޒިކް
|
މިޔުޒިކް
|
|
23 ޖޫން 2009، 00:59 އަންގާރަ |
ހިންދީ މިއުޒިކު ރާއްޖެއާ ވަކިކޮށްލުމަކީ މާކަ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު (2000)
އިންޕޮޒިބުލް ކަމެއް ނެތެވެ. އެއީވެސް ކިޔާއުޅޭ އެއްޗެކެވެ. އެހެން ނަމަވެސް ވަރަށް މަދުން އިންޕޮޒިބުލް ކަންތައް ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއްކަމެއް ކަމުގައި ހިންދީ މިޔުޒިކް ރާއްޖޭން ވަކިކޮށްލުން ހިމެނެއެވެ. ސަބަބެއްކަމަށްވަނީ އެމިޔުޒިކު ރާއްޖޭގައި ހިއްޕާލާފައި އޮންނަތާ މާގިނަދުވަސް ވުމެވެ. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ހަތަރެއް، މުސްކުޅި ބަންޑާރައިން ރަސްކަމަށް އިސްކުރީ ހިޖުރައިން ބާރަސަތޭކަ ފަންސާސް ވަނަ އަހަރު ރަމަޟާން މަހު ބާވީސް ވަނަ ދުވަހުއެވެ. އަވަހާރަވެގެން ރަސްކަމާއި ވަކިވެވަޑައިގަތީ ބާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ޞަފަރު މަހު ވިހިވަނަ ދުވަހުއެވެ. ރަސްކަންކުރެއްވީ ބައިގަރުނު ހަމަވުމާއި ވަރަށްގާތް، ދިގުމުއްދަތެއްގައެވެ.
|
|
އިތުރަށް...
|
|
|
މިޔުޒިކް
|
|
08 ޑިސެމްބަރ 2008، 14:10 ހޯމަ |
ޢަބްދުލްމުޢީދު ޙަސަން
 ފާރާބީގެ އަޞްލު ނަމަކީ، މުޙައްމަދު ބިން މުޙައްމަދު ބިން އުޒުލަޣު އަލްފާރާބީ އެވެ. އޭނާއަށް ޢާއްމުކޮށް ކިޔައި އުޅުނު ނަމަކީ، އަބޫ ނަޞްރެވެ. އޭނާގެ ލަޤަބަކީ، ދެވަނަ މުޢައްލިމެވެ. މި ލަޤަބުގެ މާނައަކީ، އަރުސްޠޫއަށްފަހު އުފަންވި އެވަރުގެ ދެވަނަ ޢިލްމުވެރިޔާއެވެ.
ފާރާބީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ހިޖުރައިން 260 ވަނަ އަހަރުގައެވެ. އެއީ މީލާދީން 874 ވަނަ އަހަރެވެ. އޭނާގެ އުފަންރަށަކީ، މެދުތެރޭ އޭޝިޔާގައިވާ "ފާރާބު" ނަމަކަށް ކިއުނު ރަށެކެވެ. އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިޖުރައިން 339 ވަނަ އަހަރުގައެވެ. އެއީ މީލާދީން 950 ވަނަ އަހަރެވެ.
ފާރާބީއަކީ، މުސްލިމް ފިލޯސަފަރެކެވެ. ޙިކުމަތުގެ ޢުލޫމްތައް އޭނާ އުނގެނިވަޑައިގަތެވެ. އޭނާއަކީ، އެއްވަނަ ދަރަޖައިގެ މޮޅު ހިސާބުޢިލްމުވެރިއެކެވެ. ތޫނުފިލި ބުއްދިވެރި ޙިކުމަތްތެރިއެކެވެ. ފިޒިކްސް ޢިލްމަށް އެންމެ ފުރަތަމަ، ހުސްތަނުގެ ޖާގަ ނުވަތަ ވޮލިއުމް އިތުރުކުރެއްވީ އޭނާއެވެ. |
|
އިތުރަށް...
|
|
މިޔުޒިކް
|
|
16 ނޮވެމްބަރ 2008، 16:46 އާދީއްތަ |
|
ލިޔުނީ: ދާރީ
އިންސާނާއަށް އިވޭ ހުރިހާ އަޑެއްވެސް އުފެދެނީ ކޮންމެވެސް ދެއެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މިއަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާކިޔާ ގުނަވަނަކީ ކަންފަތެވެ. މިނާޒުކު ގުނަވަން މިއަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާއި ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ.
|
|
އިތުރަށް...
|
|
|
|
|
|
މިވަގުތު ފަންވަތުގައި
މިވަގުތު 26 ކިޔުންތެރިން އޮންލައިން
ފަންވަތުގެ ޖަވާހިރު
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.
|
|
|
މެހެމާނުނުންގެ އަދަދު
މިހާތަނަށް : 1300641