|
މިޔުޒިކު -
މިޔުޒިކް
|
|
23 ޖޫން 2009، 00:59 އަންގާރަ |
ހިންދީ މިއުޒިކު ރާއްޖެއާ ވަކިކޮށްލުމަކީ މާކަ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު (2000)
އިންޕޮޒިބުލް ކަމެއް ނެތެވެ. އެއީވެސް ކިޔާއުޅޭ އެއްޗެކެވެ. އެހެން ނަމަވެސް ވަރަށް މަދުން އިންޕޮޒިބުލް ކަންތައް ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއްކަމެއް ކަމުގައި ހިންދީ މިޔުޒިކް ރާއްޖޭން ވަކިކޮށްލުން ހިމެނެއެވެ. ސަބަބެއްކަމަށްވަނީ އެމިޔުޒިކު ރާއްޖޭގައި ހިއްޕާލާފައި އޮންނަތާ މާގިނަދުވަސް ވުމެވެ. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ހަތަރެއް، މުސްކުޅި ބަންޑާރައިން ރަސްކަމަށް އިސްކުރީ ހިޖުރައިން ބާރަސަތޭކަ ފަންސާސް ވަނަ އަހަރު ރަމަޟާން މަހު ބާވީސް ވަނަ ދުވަހުއެވެ. އަވަހާރަވެގެން ރަސްކަމާއި ވަކިވެވަޑައިގަތީ ބާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ޞަފަރު މަހު ވިހިވަނަ ދުވަހުއެވެ. ރަސްކަންކުރެއްވީ ބައިގަރުނު ހަމަވުމާއި ވަރަށްގާތް، ދިގުމުއްދަތެއްގައެވެ.
|
|
މިޔުޒިކު -
މިޔުޒިކް
|
|
16 ނޮވެމްބަރ 2008، 16:46 އާދީއްތަ |
|
ލިޔުނީ: ދާރީ
އިންސާނާއަށް އިވޭ ހުރިހާ އަޑެއްވެސް އުފެދެނީ ކޮންމެވެސް ދެއެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މިއަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާކިޔާ ގުނަވަނަކީ ކަންފަތެވެ. މިނާޒުކު ގުނަވަން މިއަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާއި ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ.
|