ފަންވަތް މިޔުޒިކް މިޔުޒިކް ބޮބް މާލީގެ މަރު
ބެލި ޢަދަދު: 2622
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ބޮބް މާލީގެ މަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 17
ދެރަވަރަށްމޮޅު 
މިޔުޒިކު - މިޔުޒިކް
30 ސެޕްޓެމްބަރ 2010، 12:53 ބުރާސްފަތި

ފޮނުވީ:މުޙައްމަދު ޢަބުދުއްޞަމަދު/އިހަވަންދޫ

ލިޔުނީ: އިބްރާޙިމް އަޙްމަދު (ކަކާ) ރ.ކަނދޮޅުދޫ

ރެގީ ލަވަތަކުގެ ރަސްގެފާނު، ބޮބް މާލީ މަރުވެފައިވަނީ ހަމަށް ޖެހުނު ކެންސަރެއްގެ ސަބަބުންނެވެ. ވައަތު ފައިގެ ބޮޑުވާ އިނގިއްޔަށް ޖެހުނު ޓިއުމަރއެއް ބޮޑުވަމުންގޮސް އޭނާގެ މެޔަށާއި ސިކުނޑިއަށް ފޯރާފައިވެއެވެ.

ރެގީ މިޔުޒިކުން ދުނިޔޭގައި މަޝްހޫރުކަމެއްހޯދި މިލަވަކިޔުންތެރިޔާއަށް "ކޮންމެވެސް ކަމެއް ގޯސްކަން" އެނގުނީ ރައްޓެހިންތަކަކާއިއެކު ފުޓްބޯޅަ ކުޅެން އުޅެނިކޮށް ވައަތު ފައިގެ ބޮޑުވާ އިނގިއްޔަށް ލިބުނު ގެއްލުމަކަށް ފަހުއެވެ. މިހާދިސާ ހިނގާފައިވަނީ 1977 ވަނަ އަހަރުއެވެ. އެހެންނަމަވެސް ބޮބް މާލީ ފުރަތަމަ ހީކޮށްގެންހުރީ މިއީ ބޮޑުވާ އިނގިލީގައި އުފެދުނު ކުޑަ ފާރުކޮޅެއްކަމަށެވެ. އަދި އިސާހިތަކު އެފާރުގަނޑު ރަނގަޅުވާނެކަމަށެވެ.

އެހެންނަމަވެސް ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ފާރުކޮޅު ރަނގަޅުނުވެ ގިނަ ދުވަސްވަމުން ދާންފެށުމުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ބޮބް މާލީ ނިންމިއެވެ. ބޮބް މާލީގެ މެޑިކަލް ޗެކްއަޕުން ދެއްކިގޮތުގައި އޭނާގެ ބޮޑުވާ އިނގިއްޔަށްވަނީ ޓިއުމަރއެއްގެ އަސަރުކޮށްފައެވެ. އަދި އަވަސްގޮތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން އެދުނެވެ. ނަމަވެސް ބޮބް މާލީ ފަރުވާ ހޯދުމަށް ދެކޮޅުހެދިއެވެ. ދުވަސްތައް ފާއިތުވަމުންގޮސް 1977 ވަނަ އަހަރުގެ މެއިމަހު، ބޮބް މާލީއަށް "އުނދަގޫތަކެއް" ވަމުންދިޔަކަމަށް އޭނާ ބުނެފައިވެއެވެ.

އޭގެ ފަހުން، ފްރާންސްގައި އޮތް ޓްއަރއަކަށް ބޮބް މާލީ ދިޔުމުގެ ކަންތައް ރާވަމުންދިޔައެވެ. މިދަތުރުގެ ކުރިން ރައްޓެހިންތަކަކާއެކު ފުޓްބޯޅަ ކުޅެން އުޅެނިކޮށް އޭނާގެ ކަނާތު ފައިގެ ބޮޑުވާ އިނގިއްޔަށް އަނެއްކާވެސް އަނިޔާވިއެވެ. ބޮޑުވާ އިނގިލީގައި މިފަހަރު އުފެދުނު ފާރުގަނޑު ރަނގަޅުނުވެ އިސާހިތަކު ގޯހުން ގޯހަށް ދާން ފެށިއެވެ. މިއަނިޔާއާއި ގުޅިގެން ދެ ފައިގެ ނިޔަފަތިތައް ނެއްޓުނެވެ. މިފަހަރުވެސް ޑޮކްޓަރުންގެ އިންޒާރަކަށްވީ އަވަސް ފަރުވާއަކަށް ދިޔުމެވެ.

ދީނުގެ ޤަބޫލުކުރުމާއިއެކު، ބޮބް މާލީ މިފަހަރުވެސް ނިންމީ ފަރުވާ ނުހޯދުމަށެވެ. އަދި ފްރާންސްގެ ޓުއަރ އާއިގެން ކުރިއަށްދިޔައެވެ. އޭގެ ފަހުން އައި ހޫނު މޫސުމުގައި، "އޯތޮޕެޑިކް ސާޖަރީ" އެއް ހެދުމަށް ބޮބް މާލީ ނިންމިއެވެ. މިއޮޕަރޭޝަންގައި އޭނާގެ ދެފައިގެ ބޮޑުވާ އިނގިލީގައިވާ ހަންތައް ރިމޫވްކޮށްފައިވެއެވެ. މިއޮޕަރޭޝަންއަށްފަހު ބޮބް މާލީ ނިންމައިގެން ހުރީ އޭނާގެ ބަލި އެއްކޮށް ރަނގަޅުވީކަމަށެވެ.

1980 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހެވެ. ނިއުޔޯކްގައި ޝޯވއެއް ދެމުން ދަނިކޮށް ސްޓޭޖަށް އޭނާ ހޭހުސްވެގެން ވެއްޓުނެވެ.  ޖެހިގެންއައި ދުވަހު، ދުވަން ގޮސްއުޅެނިކޮށްވެސް އޭނާ ވެއްޓިފައިވެއެވެ. ބޮބް މާލީއަށް ދިމާވަމުންދިޔަ މިމައްސަލަތަކާއި ގުޅިގެން އޭނާގެ ހަށިގަނޑު ބެލުމަށްފަހު ޑޮކްޓަރުން މިފަހަރު ބުނީ ސިކުނޑިއާއި ހަމައަށް ޓިއުމަރގެ އަސަރު ފޯރަމުންދާކަމަށެވެ. އަދި ދުނިޔޭގައި ދެން ދިރިހުރުމަށް މަސް ދުވަސްވެސް ނުނަގާނެކަމުގެ އިންޒާރު ޑޮކްޓަރުން ދިނެވެ.

އިސާހިތަކު މިޚަބަރު ދުނިޔޭގެ ފަލަ ޞުރުޙީއަށް އެރިއެވެ. އަވަސްކަމާއެކު ފެތުރެމުންދިޔަ މިޚަބަރަށްފަހު، ބޮބް މާލީގެ އެންމެ ފަހު ޝޯވ ހުށަހަޅައިދިނުމުގެ އިޢުލާން އޭނާ ކުރިއެވެ. އޭރު ޑޮކްޓަރުންވަނީ ބޮބް މާލީގެ ސިކުނޑިއަށާއި މެޔަށް ކެންސަރު ޖެހިފައިވާކަމަށް ބުނެފައެވެ.

ބޮބް މާލީގެ ވަދާޢީ ޝޯވ ހުށަހަޅައިދިންތާ 8 މަސްފަހުން، ބޮބް މާލީ މިދުނިޔެއާއި ވަކިވެގެން ދިޔައެވެ. ބޮބް މާލީގެ މަރު، ވެގެންދިޔައީ ވަރަށް ގިނަ ބަޔަކަށް ލިބުނު އިބުރަތަކަށެވެ. އޭނާ މަރުވީ ކެންސަރުގެ އެންމެ ނާޒުކު ހިސާބަށް ގޮހެވެ.

ދުނިޔެއަށް ބޮބް މާލީ ގެނެސްދީފައިވާ މިޔުޒިކަކީ، ދުނިޔޭގެ ރެގީ މިޔުޒިކަށް ގެނެސްދިން އިންޤިލާބެކެވެ. މިދުނިޔެއާއި އަލްވަދާޢުކީ ނަމަވެސް ބޮބް މާލީގެ މިޔުޒިކްތަކުން އޭނާ ދިރިހުރިކަން ދައްކުވައިދޭކަހަލައެވެ. ބޮބް މާލީގެ މިޔުޒިކްތައްދަނީ އަދިވެސް ދުނިޔޭގައި ރަސްކަން ކުރަމުންނެވެ.

މަރުވުމުގެ ކުރިން ބޮބް މާލީ ބުނެފައިވެއެވެ. "އަހަރެންގެ މިޔުޒިކްތައް މުޅި އުމުރަށް ދުނިޔޭގައި ދިރިހުންނާނެއެވެ. މިއީ މޮޔައަކު ބުނި ވާހަކައެއްނަމަވެސް، އެއީ އަހަންނަށް އިނގޭ ހަޤީޤަތެކެވެ. އަހަރެންގެ މިޔުޒިކްތައް މުޅި އުމުރަށް ދިރިހުންނާނެއެވެ."

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ‰‰€‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-09-30 07:28:30
ތިޔަ ބުނާ މީހަކީ އެނާއަށް ކުޑަނަމަވެސް ތަޢުރީފެއް އިންސާނެއްގެ ޙައްސިއްޔަތުންވެސް ލިބިދިނުން އެކަށީގެން ނުވާ، ދަށުދަރަޖައިގެ މީހެއް.
...
ލިޔުނީ އަރުޝަދު, 2010-09-30 11:49:09
ރެގީ އެއް ނުން. ރެގޭ. ވަރަށް ކިޔާ ހިތްވޭ މި ސްޓައިލްގެ ލިޔުންތައް ..
...
ލިޔުނީ ކިޔަޔާ މީހަ, 2010-10-01 17:24:59
އަޅުގަނޑައް މައުލޫ މާތު ލިބިފައިވާ ގޮތުގައި ބޮބްމާލީ ގެ މިއުޒިކު މަޝްހޫރު ވީ އަސްލުތިޔަބުނާ ބަލީގެ ސަބަބުން ކޮންމެހެން އެމިއުޒިކު ރީތިވެގެންނެންނޫ! އޭނާ މަރުވީމައި ދެން ހުރިހާ މީޑިއާތަކަކުން އޭނާގެ ވާހަކަތަށް ދައްކާވަރުން! އޭގެ ކުރީގައި އޭނާޔަކީމާކަ މަޝްހޫރު މީހެއްނޫން! އަދި ތިޔަބުނާ ރެގެއެއްވެސް .........
...
ލިޔުނީ aisha, 2010-10-06 11:07:52
i think this is not a true story
...
ލިޔުނީ Ab, 2010-11-16 11:58:59
Nice article Ziddu, keep them coming
...
ލިޔުނީ ޙައްޤް, 2010-11-28 03:45:40
ތިހެން ތިކަން ވީނަމަ މަރިޖުއާނާ ގެ ސަބަބުން އޭނަ މަރުވީއޭ ބުނާބުނުމަކީ ކޮބާއިތޯ؟؟؟؟
...
ލިޔުނީ naami, 2010-12-10 14:33:00
we are muslims... they are our biggest enemies... they are sinners.. we will be praised if we dont talk about those dirty people.. i'd be honoured if any of you avoid his history.. thank you

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2622
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone