މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަންފަތުގެ އެތެރޭގައި 20000 ފިތުގެ މައްޗަށް އެކުލެވޭ ކުޑަކުޑަ ޕިޔާނޯއެއް |
|
|
| މިޔުޒިކު - މިޔުޒިކް | |
| 16 ނޮވެމްބަރ 2008، 16:46 އާދީއްތަ | |
|
ލިޔުނީ: ދާރީ
އަޑުބާނިތައް ވައިގެ ތެރޭގައި ދަތުރުކުރަމުންގޮސް ބޭރު ކަންފަތުގެ އެތެރެއަށް ވަނުމަށްފަހު ތޫރީގައި ބީހުމުން އޭގެން އުފެދޭ ވައިބްރޭޝަންތަކުން އުފައްދާ އަޑުބާނިތައް ހެމަރ އެންވިލް އަދި ސިރަޕްގައި ބީހުމަށްފަހު އެތެރެ ކަންފަތާއި ދިމާލަށް ދަތުރުކުރެއެވެ. އެތެރެ ކަންފަތުން އެންމެ ފުރަތަމަ މިބާނިތަކަށް މަރުހަބާ މިކިޔަނީ ކޮކްލިއޭއެވެ. ކޮކްލިއޭގެ އެތެރޭގައިވާ ޚާއްޞަ ފެންތަކުގެ ތެރެއިން މިބާނިތައް ދަތުރުކުރަމުންގޮސް އެކިވަރުވަރުގެ ހެޔަރސެލްތަކަކުން އެކުލެވިގެންވާ ބެސިލަރ މެމްބްރޭންއާ ހަމަވުމުން އެފްރީކުއެންސީ ދިމާވާ ހެއަރސެލްއެއް ޖަވާބުދާރީވުމަށްފަހު އެހުރިހާ މަޢުލޫމާތެއް ސިކުނޑީގެ އަޑާއިބެހޭ ސަރަހައްދަށް އަޑުގެ ނާރުގެ ޒަރިއްޔާއިން ފޮނުވައެވެ. ބައެއް ސައިންޓިސްޓުން ބުރަވާގޮތުގައި ކޮކްލިއޭގެ އެތެރޭގައިވާ ފެނަކީވެސް އަޑުބާނީ ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. ސަބަބަކީ ހެޔަރސެލްތަކުން އެނގެނީ އަޑުގެ ޕިޗް ނުވަތަ އުސް ތިރި މިންކަމެވެ. އަޑުގެ ގަދަމަޑުމިން އަދި ޓިމްބަރ އާއި މިނޫންވެސް އެހެނިހެން ހުރިހާ މަޢުލޫމާތުތަކެއް އެނގެނީ މުޅި ކޮކްލިއޭ ރެސޮނޭޓްވެ އޭގައިވާ ފެނުގެ އެހީގައި ކަމަށްވާތީއެވެ. އިންސާނާއަށް އަޑުއިވޭގޮތް ހޯދުމަށްޓަކައި އަދިވެސްދަނީ މަސައްކަތް ކުރެވެމުންނެއެވެ. އެކި ދުވަސްވަރު އެކި ސައިންޓިސްޓުން އެކި ގޮތްގޮތަށް މިކަން ސާބިތުކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެންމެ ފުރިހަމައަށް މިކަން ތަޙުލީލުކޮށްފައިވާކަމަށް ބުނެވެނީ ހެލްމޯޓްޒްއެވެ. ކޮންމެ ގޮތަކަށް ކަންވީގޮތަކަށް ވީނަމަވެސް ހަމައެކަނި އެނގޭ އެއްޗަކީ ކަންފަތަކީ ވަރަށް ނާޒުކު ގުނަވަނެއްކަމެވެ. ފްރީކްއެންސީ ދެނެގަންނަ އަދި މިހާތަނަށް ނޫފެދޭވަރުގެ ފުރިހަމަ އަޑުބާނި ތަޙުލީލުކުރާ މެޝިނެއްކަމެވެ. ވަސީލަތެއްކަމެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ޚިޔާލަކީ ހަމަ ތަފާތު އެއްޗެއް .. އެއާއި ދެކޮޅުހެދުމީ ތަބީޢަތާއި ދެކޮޅު ހެދުން..