|
ސިއްޙަތު -
އެހެނިހެން
|
|
03 މެއި 2009، 18:52 އާދީއްތަ |
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:
1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."
2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ:
o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ.
|
|
ސިއްޙަތު -
އެހެނިހެން
|
|
29 ނޮވެމްބަރ 2008، 16:06 ހޮނިހިރު |
|
ޢަބްދުލްމުޢީދު ޙަސަން
ހުށަހެޅުން
މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.
|