|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
15 ސެޕްޓެމްބަރ 2011، 08:03 ބުރާސްފަތި |
ޢަބްދުﷲ ފިރާޤް މިއީ، ނޮކިއާއިން 2011 އޮގަސްޓް މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ބަލައިލަން ރީތި، ފެންވަރު ރަނގަޅު އަދި އަގުވެސް ބޮޑު ފޯނެކެވެ. ނޮކިއާގެ މި އުފެއްދުމަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައި ވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިފޯނުގެ އެންމެ ހާއްސަކަމަކީ މީ 18 ކެރެޓް ގޯލްޑް ޕްލެޓް ކޮށްފައިވާ ފޯނަކަށްވުމެވެ. • ނެޓްވޯކް:- o 2 ޖީ ނެޓްވޯރކް: GSM 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: 2100/1900/1700/900/850HSDPA
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
15 ސެޕްޓެމްބަރ 2011، 00:27 ބުރާސްފަތި |
އަޙުމަދު ޖަވާދު، ޅ. ނައިފަރު
(11 އޮގަސްޓް 2011 (ބުރާސްފަތި) ގުޅޭ)1976  ވަނަ އަހަރު -
ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް
ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް
ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި
ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ. 1979 ވަނަ އަހަރު - އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
06 ސެޕްޓެމްބަރ 2011، 12:16 އަންގާރަ |
އިސްމާޢިލް މުބާރަކް ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖޯޑު ވަތުތަށިތަކެއްހެން ހުންނަ ދިހުން ކުލަ އަރާ، ގޮތް ނޭނގޭ، އުދުހޭ އުޅަނދުތަކެއް ނިއުޔޯކްގެ މަތިން ގިނަ ޢަދަދަކަށް ފެންނަން ފެށުމެވެ. އޭރު އެމެރިކާގައި ތިބި އެންމެ ޢިލްމީ، ޤާބިލު، ވިސްނޭ މީހުން މި ކަމާމެދު ފާޅުކުރި ޚިޔާލުތައް އެއީ މި ކަމާމެދު ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ބެލެވޭ އެމެރިކާ މި ކަމަށް ޖެހިލުންވި ވަރު ހާމަވީ ނިޝާނެކެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
21 ޖުލައި 2011، 13:06 ބުރާސްފަތި |
އިސްމާޢީލް މުބާރަކު (13 ޖުލައި 2011 އާ ގުޅޭ)
 އާދެ! އަޅުގަނޑު މީގެ ކުރީގެ ބައިގައި ހަމަ އެކަނި އަލިއަޅުވައިލައިފައި ވާނީ މި އާޓިކަލްގައި ވާހަކަދެކެވޭނެ ނުކުތާތަކުގެ މައްޗަށެވެ. އެހެނީ ރޫޙާނިއްޔަތާ ގުޅޭ މައުޟޫޢަކުން މި ޒަމާނުގެ ސައިންސާ ގުޅުވައިގެން ވާހަކަތަކެއް ބަޔާން ކޮށްދޭއިރު ކުޑަކުޑަ ޢިބާރާތަކުން ހުރިހާ އެއްޗެއް ދަންނަވައިލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމުގައި އަޅުގަނޑަށް ފެންނާތީ އެވެ. މި ލިޔުމާ މެދު ތަފާތުގޮތް ގޮތަށް ދެކެވަޑައިގަތުން އެއީ މިކަމުގައި ކަން ވާނެ ގޮތް ވެސް މެއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
13 ޖުލައި 2011، 01:23 ބުދަ |
އިސްމާޢީލް މުބާރަކް1  ) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
13 ފެބްރުވަރީ 2011، 00:00 އާދީއްތަ |
ޢަލީ މަނިކު (ދާރީ )
" ފޯނުކުރާ އެކުވެރިޔާ ފޯނުންބޭރަށް ނިކުމެ ހަރަކާތާއެކު ވާހަކަދައްކާނެ..." IBM ޤަބޫލުކުރުމާ ނުކުރުން ކިޔުންތެރިންނަށް ދޫކޮށްލީ!
މިއީ މޯބައިލް ފޯނަށް އަންނަންއޮތް ކުރިއެރުމެއްގެ ވާހަކައެކެވެ. ޚާއްޞަކޮށް ޑިސްޕްލޭ ނުވަތަ ގްރެފިކްސްގެ ވާހަކަ އެވެ. ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް ވުޖޫދަށް އަތުވެއްޖެނަމަ އަޅުގަޑުމެންގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެކަމެކެވެ. އެވާހަކައިގެ ކުރިން މިހާތަނަށް ވުޖޫދަށް ނެރެވުނު މޯބައިލް ފޯނުގެ ޑިސްޕްލޭތަކަށް އަވަސް ނަޒަރަކުން ބަލާލެވޭތޯ މަސައްކަތްކުރާނަމެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
27 ސެޕްޓެމްބަރ 2010، 00:01 ހޯމަ |
ޢަބްދުﷲ ފިރާޤް
ޒަމާން ބަދަލުވެ ދިޔައީއެވެ. ފުޅިބައްތިއާއި، ފާނޫޒުގެޒަމާން ފެންނަ ހިސާބަކުނެތެވެ. އަތުން އެއްޗެހި ދޮވެސާފުކުރުންވެސް ނެތިދަނީއެވެ. އަލިފާން އަންދައިގެން އިސްތިރިކުރި ހަނދާންތައްވެސް ފަހަތައްގޮސް ގެއްލިއްޖެއެވެ. އާ ހޯދުންތަކާއި އާ އީޖާދުތަކުގެ ސަބަބުން ދިރިއުޅުންފަސޭހަވެ ހިނގައްޖެވެ. ކޮންމެކަމެއް ކުރުމަށް މެޝިނެއް އުފައްދައިފިއެވެ. އަހަރެމެންގެ މި ކުޑަކުޑަ ވެށީގައިވެސް މިބުނާ މެޝިންތައް ވަކިހިއްޕާލައިފިއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
16 ޖޫން 2010، 00:49 ބުދަ |
ޢަބްދުލްމުޢީދު ޙަސަން
ޣަޒާލު 1 އަކީ ސަޢޫދީން އުފެއްދި ފުރަތަމަ ކާރެވެ. އެކާރު އުފެއްދުމުގެ މަސައްކަތް ކުރެވުނީ، ކިންގ ސަޢޫދު ޔުނިވަރސިޓީގެ ކުއްލިއްޔަތުލް ހަންދަސާގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެއީ، ގަލްފު ޤައުމުތަކުގެ މޫސުމާ ގުޅޭގޮތަށް ފަރުމާކޮށްގެން ހަދާފައިވާ، ތިމާވެށްޓާ ރައްޓެހި ކާރެކެވެ. 14 ޖޫން 2010 ގައި، އެކާރު އިފުތިތާޙުކޮށްދެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި، އަލްމަލިކު ޢަބްދު ﷲ ބިން އާލު ސަޢޫދު (ޙަފިޡަހު ﷲ) އެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
22 މެއި 2010، 13:11 ހޮނިހިރު |
ޢަބްދުލްމުޢީދު ޙަސަން
އިސްލާމްވެބް ގައި ކުޑަ ކުދިންނަށް ހަދާފައިވާ ބަޔެއް ވެއެވެ. އެބަޔަށް ކިޔަނީ ބަނީން ވަ ބަނާތެވެ. ޢަރަބި ބަސް އުނގެނޭ ދަރިވަރުންނަށް އެބައިން އެހީތެރިކަން ހޯދިދާނެ އެވެ. އެބައިގައި ވާހަކައާއި ލަވަފަދަ ތަކެތި އަޑާއި މަންޒަރާއެކު ހިމަނާފައިވެ އެވެ. އެތަކެތި ތައްޔާރުކޮށްފައިވަނީ ފަސޭހައިން ފަހުމްކޮށް ދެނެގަނެވޭނެ ފަދަ ފަސޭހަ ޢަރަބި ބަހުންނެވެ.
ބަނީން ވަ ބަނާތުގައިވާ މުހިންމު ބައިތަކުގެ ތެރޭގައި:
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
15 މެއި 2010، 21:12 ހޮނިހިރު |
ޢަބްދުލްމުޢީދު ޙަސަން
ތަޢާރުފު
ޖާމިޢަތުލް މަޢުރިފާ އަލްޢާލަމިއްޔާ ނުވަތަ ނޮލެޖް އިންޓަރނޭޝަނަލް ޔުނިވާސިޓީ (ކޭއައިޔޫ) އަކީ، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ތަޢުލީމުދޭ އިސްލާމީ މުއައްސަސާއެކެވެ. މައިގަނޑު ގޮތެއްގައި އެ ޔުނިވާސިޓީން ތަޢުލީމު ފޯރުކޮށްދެނީ އިންޓަރނެޓްގެ ޒަރީޢާއިންނެވެ. ތަފާތު އެތައް ރޮނގަކުން މަތީ ތަޢުލީމު ދިނުމަށް ޤާއިމުކޮށްފައިވާ އެ ޔުނިވަރސިޓީން ދެ ރޮނގަކުން މިހާރު މަތީ ތަޢުލީމު ދެ އެވެ. އެ ދެ ރޮނގަކީ، ޝަރީޢަތާއި ކީރިތި ޤުރުއާނާބެހޭ ދިރާސާތަކެވެ. މިއިން ކޮންމެ ރޮނގަކުން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމުގެ މަގު އެ ޔުނިވަރސިޓީން ވަނީ ދަރިވަރުންނަށް ތަނަވަސްކޮށްދީފަ އެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
27 މާރޗް 2010، 14:08 ހޮނިހިރު |
ޢަބްދުލްމުޢީދު ޙަސަން
އެމެރިކާގެ ރަށްޔިތެއް ކަމަށްވާ ސްޓެން މަންރޯ އަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ފަންނާނެކެވެ. އޭނާއަށް ލިބިފައިވާ ފަންނާއި ހުނަރު، ފެނިގެން ދިޔައީ ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވާ ބިނާތަކުންނެވެ. އެއިން ހެދި ފުރަތަމަ ރަށުގެ މަސައްކަތް އޭނާ ފަށާފައިވަނީ، 2003 ވަނަ އަހަރުގަ އެވެ. އެއަށްފަހު، އޭނާވަނީ އެފަދަ ދެވަނަ ރަށެއް ބިނާކުރުމުގެ މަސައްކަތް ކާމިޔާބުކޮށްފަ އެވެ.
ދަތްކޮށްޓާ ދަނޑިން އޭނާ ހަދާފައިވަނީ، ދުނިޔޭގެ މަޝްހޫރު ބިނާތަކެވެ. އޭގެތެރޭގައި ގެފުޅު ވެސް ހިމެނެ އެވެ. އެ ހުރިހައި ތަންތަނެއް އޭނާވަނީ، ދެވަނަ ޓޫތުޕިކް ސިޓީ ގައި ހިމަނާފަ އެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
06 ފެބްރުވަރީ 2010، 22:22 ހޮނިހިރު |
ޢަބްދުލްމުޢީދު ޙަސަން
ކިންގ ޢަބްދުލްޢަޒީޒު ޔުނިވަރސިޓީގެ ދަރިވަރުންގެ ގްރެޖުއޭޝަން ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ، ބުއްދިވެރި މިސްކިތުގެ ނިޒާމެވެ. އެ ނިޒާމު އީޖާދުކުރި ދަރިވަރަކީ، ހާނީ ސިންދީ އެވެ. އޭނާ އުފެއްދި އެ ނިޒާމު މިހާރު ވަނީ، ޖިއްދާގެ މިސްކިތެއްގައި ޤާއިމުކޮށްފަ އެވެ. އެއީ، ޖިއްޖާގެ މަސްޖިދުލް ޖަޒީރާ އެވެ.
ހާނީ އީޖާދުކުރި ބުއްދިވެރި މިސްކިތުގެ ނިޒާމު ވެގެން ދިޔައީ ވަރަށް ގިނަ ބަޔެއްގެ މަޤުބޫލުކަން ލިބުނު މޮޅު އެއްޗެއް ކަމުގަ އެވެ. ސުޢޫދީ ޢަރަބިއްޔާގައި މިއަންނަ މަހު ބޭއްވޭ ސައިންޓިފިކް މަހާސިންތާގައި އެ އީޖާދު ބައިވެރިކުރެވޭނެ އެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
03 ފެބްރުވަރީ 2010، 23:37 ބުދަ |
ހާނީ ޞަލާޙު (އިސްލާމްއޮންލައިން ޑޮޓް ނެޓް) ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ހުޅަނގު ޔޫރަޕުގައި މިސްކިތުގެ ޒަމާނީ ފަރުމާއެއްގެ ވިސްނުން އުފެދެމުން އެބަދެ އެވެ. އެއީ، ބިނާވެށީގެ ޝަޚުޞިއްޔަތަށް އިޖާބަދޭ ޙާލު، މިސްކިތުގެ އިސްލާމީ ވަންތަކަން ޙިމާޔަތްކޮށްދޭ ފަރުމާއެކެވެ.
މި ވިސްނުން ފެންމަތިވީ، އިޓަލީވިލާތުގައި ދާދި ފަހުން ބޭއްވުނު މަހާސިންތާއެއްގަ އެވެ. އެ މަހާސިންތާގެ ނަމަކީ، "މުސްލިމުން ޔޫރަޕަށް ދިނީ ކޮން އެއްޗެއް؟" މިއެވެ. މަހާސިންތާގެ ބައިވެރިން ކަށަވަރުކޮށްދިން ގޮތުގައި، "ޔޫރަޕުގައި ބިނާކުރެވޭ މިސްކިތްތައް ވާންޖެހޭނީ، އެ ބައްރުގެ ތިމާވެށްޓާއި ސަގާފަތަށް އިޙުތިރާމުކުރާ ޙާލު، އިސްލާމީ އަގުތަކާ ފުށުނާރާ ގޮތަށް ފަރުމާކޮށްފައިވާ ބިނާތަކެއް ކަމުގަ އެވެ." މިހާރު ޕޮލެންޑްގެ ވެރިރަށް ވޯސޯގައި ބިނާކުރެވޭ މިސްކިތް ފަރުމާކޮށްފައިވަނީ މި ވިސްނުމުގެ ދަށުންނެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
28 ޖެނުވަރީ 2010، 11:18 ބުރާސްފަތި |
ޢަބްދުﷲ ފިރާޤް
ދުނިޔެއަށް ދިމާވެފައިވމާ އެންމެ ބޮޑު އެއް މައްސަލައަކީ، ދުނިޔޭގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރެވެ. މިކަމުގެ ބޮޑުބައެއް ހިއްސާކުރަނީ އަޅުގަނޑުމެން ޖައްވަށް ދޫކުރަމުންދާ ވިހަ ގޭހެވެ. އަޅުގަނޑުމެން ދުއްވާ އިންޖީނުލީ އުޅަނޑުފަހަރަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ނޫނީ ނުވާނެއެވެ. ސައިންސްވެރިންނާއި ރިސާރޗްކުރާ މީހުން ތާއަބަދު މިފަދަ ކަން ކަމުގެ ޙައްލެއްފެނޭތޯ މަސައްކަތް ކުރަމުންދެއެވެ. މީގެ ނަތީޖާއެއްކަމުގައި ބެލެވޭ އެއް އުފެއްދުމަކީ އިލެކްޓްރިކް ވެހިކަލެވެ. މިފަހަރު މިބަލައިލަނީ، "ގޯ ގްރީން ޓެކް" ގެ އުފެއްދުމަކަށެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
06 މެއި 2009، 00:15 ބުދަ |
ޢަބްދުލްމުޢީދު ޙަސަން
ވުޟޫކުރާ މެޝިނަކީ، އޮސްޓްރޭލިއާގައި އީޖާދުކޮށް، މެލޭޝިއާގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ. މި ތިންބައި އެއްކޮށް، އެއް މެޝިނެއްގެ ގޮތުގައި އުފެއްދުމަށް، މި މެޝިން އީޖާދުކުރި ކުންފުނިން ވިސްނަމުން ގެންދެއެވެ. މި މެޝިން އުފައްދާ ކުންފުންޏަށް، މިހާތަނަށް 600 އޯޑަރު ލިބިފައިވާ ކަމަށް ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މެޝިނުން ވުޟޫކުރުމުން، ފެން އިސްރާފެއް ނުވާނެއެވެ. އަދި ވުޟޫކުރަން ހޭދަވާ ވަގުތު އަވަސް ވާނެއެވެ. ތިން މިނެޓަށްވުރެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި މެޝިނުން ވުޟޫކޮށް ނިމޭނެއެވެ. މި މެޝިނުގެ ފެން ބަންދުކޮށް ހުޅުވާ ހަދަނީ، އިންފްރާރެޑް ދޯދީގެ އެހީގައެވެ. އެހެންކަމުން އެޔަކު ބަންދުކުރަން ޖެހޭ އެއްވެސް ފެން އިސްކުރެއް ނުހުންނާނެއެވެ. އެއިން ވުޟޫކުރާއިރު، ފެނުގެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
27 އެޕރީލް 2009، 00:41 ހޯމަ |
ޢަބްދުﷲ ފިރާޤް
ފިހާރައަކަށްވަދެ "ނިދާ ބޮތްކެއް" ދީބަލާށޭ ބުނެފިނަމަ ފުރަތަމަވެސް އަހާލާނީ ކޮންކުލައެއްތޯއެވެ. ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް އާންމުވިފަހުން މީ ފިހާރަތަކުން އަޅުގަނޑަށް އިވޭ ވަރަށް އާންމު އަޑެކެވެ. އެކި މީހުންނަށް ކަމުދާނީ އެކި ކުލައިގެ ބޮތްކެވެ. އަނެއްބަޔަކު ވިސްނާނީ މި ބޮކީގެ އަލިމިން ހުންނާނެވަރާއި މެދުގައެވެ. އަދި އެއްފަހަރު ގަންނަ ކުލަ އަނެއްފަހަރު ނުގަންނަ މީހުންވެސް ތިބޭނެއެވެ. އެއީ ގަނެވުނު ކުލަބޮކިން ނުވަތަ "ނިދާ ބޮކިން" އެންމެ ހިތްއެދޭ ބޭނުން ނުފުދުމުންނެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
21 އެޕރީލް 2009، 01:06 އަންގާރަ |
O.L.E.D Television
ޢަބްދުﷲ ފިރާޤް
ހަލުވިކަމާއިއެކު ކުރިއަރަމުންއަންނަ އާހޯދުންތަކާއި، އާއުފެއްދުންތައް ދުވަހުން ދުވަހަށް މިއަންނަނީ ކުރިއަރާ ތަރައްޤީ ވަމުންނެވެ. އެންމެފުރަތަމަ ފެނިގެންދިޔަ ބޮޑު ފޮށިގަނޑުލީ ކަޅާ ހުދުގެ ޓީވީ ތަކަށްފަހު ތަފާތު ޖީލުތަކުގައި ތަފާތު ވައްތަރުގެ ޓީވީ ނުކުމެފައިވެއެވެ. މޫނުމަތި ފަތި ޓީވީ އާއި އެލްސީޑީ ޓީވީ އެވެ. އަދި ޕްލާސްމާ ޓީވީ އަކީވެސް ދާދިފަހުގެ އުފެއްދުމެކެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
10 އެޕރީލް 2009، 01:44 ހުކުރު |
Nokia 6260 Slide
ޢަބްދުﷲ ފިރާޤް
ނޮކިއާގެ މިފޯނަނީ 2009 އޭޕްރިލް މަހު ބާޒާރަށް ނެރެފައިވާ ފެންވަރު ރަނގަޅު ފޯނެކެވެ. ނޮކިއާ 6260 ސްލައިޑަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން ސްޓީރިއޯ އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.
|
|
ސައިންސް ޓެކްނޮލޮޖީ -
ޓެކްނޮލޮޖީ
|
|
09 އެޕރީލް 2009، 00:51 ބުރާސްފަތި |
ޢަބްދުﷲ ފިރާޤް
ގޭތެރޭގެ މާހައުލުގެ އިތުރުން އޮފީސް މާހައުލުގައިވެސް ބޭނުންކުރަމުންދާ ގިނަ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނަކީ ރިމޯޓް ބޭނުންކޮށްގެން ނިވާލެވޭ ތަކެއްޗެވެ. ޓީވީ، ވީސީއާރު، ލަވަޖަހާސެޓް ފަދަ ތަކެއްޗެވެ. އެއަރކަންޑިޝަން އަދި ހީޓަރުފަދަ ތަކެއްޗެވެ. ކޮމްޕިއުޓަރ މޮނީޓަރ ފަދަ ތަކެއްޗަކީވެސް މިފަދަ ގޮތަކަށް ބޭނުންކުރެވޭ ތަކެއްޗެވެ. ކޯޑުލެސް ޓެލެފޯނާއި، އާންސަރިންގ މެޝިނާއި، އިންޓަކަމްސް ފަދަ ސާމާނަކީވެސް ހަމަ މި ގިންތީގައި ހިމެނޭ ތަކެއްޗެވެ.
ދަންނަވާލަން މި އުޅޭ ވާހަކައަކީ "ސްޓޭންޑްބައި މޯޑް" ގެ ވާހަކައެވެ. ރިމޯޓް ބޭނުންކޮށްގެން ނިވާލުމުން އެއެއްޗެއް ދާނީ ސްޓޭންޑްބައި މޯޑަށެވެ. އެހެންކަމުން އެއެއްޗެއްގައި ކަރަންޓް ހުންނާނެއެވެ. އަދި އަބަދު ބޮތްކެއްދިއްލިފައި ހުންނާނެއެވެ. ނުވަތަ ނިވިދިއްލޭނެއެވެ. ބައެއް ތަކެތީގައި ގަޑިފަދަ ތަކެތިވެސް ފެންނަން ހުންނާނެއެވެ.
|