މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (02) |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 28 ފެބްރުވަރީ 2010، 00:06 އާދީއްތަ | |||
|
އިސްމާޢީލު މުބާރަކު އަޅުގަނޑުމެން ހަށިގަނޑާއެކު ހޭލާ ތިބޭ ވަގުތުތަކުގައި މި ތިބެނީ ކުރިން ދަންނަވައިލެވުނު، ނިއުޓަންގެ ބިމުގެ ނިޒާމާބެހޭ ޤާނޫނަށް ތަބާވެގެންނެވެ. ނުވަތަ ތަބާވާން ޖެހިފައެވެ. ސަބަބަކީ، އިންސާނާއަކީ، ބިމުން އުފެދުނު އެ ބިމުގެ މުށްވަރެއް ކަމަށް ވުމާއެކު، މި ބިމުގެ މާއްދާއެއް ކަމަށްވާ މި އިންސާނީ ހަށިގަނޑަށް ބިމުގެ ޤާނޫނު ހިނގާނެތީއެވެ. އެހެންނަމަވެސް ހަމަ މި ހަށިގަނޑުގައި މާ މަތީގެ ރޫޙާނީ ކާއިނާތަކުން އައިސް އުޅޭ މީހަކުވަޒަންވެރިވެ އުޅޭކަން، ނުވަތަ އައިސް އުޅޭ ހަކަތައެއް ވާކަން އަޅުގަނޑުމެން ނޫނަސް ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް ޤަބޫލު ކުރެއެވެ. ބިމުގެ މަށްޓަށް، ނޫނީ މުރަކަޔަށް ނޫނީ ކިލާފަންޏަށް ވެގެންގޮސް އަލުން ރިސައިކަލްވަނީކަމުގައި ގަބޫލު ކުރި އިނގިރޭސިވިލާތުގެ ސައިންޓިސްޓް ޗާލްސް ޑާވިން އަދުގެ ޒަމާނީ ސައިންސްގެ ކުރި މަތީގައި މި ހާރު ވަނީ ފަޟީޙަތްވެފައެވެ.އާދެ ކަން މިހެން އޮތް އިރު، ހަށިގަނޑުގައި ފުރާނައެއް ވާކަން އޭގެ ފުން މާނައިގައި ދެނެގަނެ ގަބޫލު ކުރަން އަޅުގަނޑުމެންގެ ތެރޭން ގިނަ މީހުންނަށް އަދި ވެސް ނޭނގެ އެވެ. ނުވަތަ އެ މީހުން ޝައްކެއްގެ މަތީގައިވާ ފަދަ އެވެ. ކާބަފައިން އެ ދީނެއްގައި ތިބި ދީނުގައި މި ގޮތަށް އަންގަވާފައި އޮތީމާ ޤަބޫލު ކޮށްގެން ތިބެނީ ކަހަލަ އެވެ. އެހެނީ ފުރާނައިގެ އިޙްސާސެއް އަޅުގަނޑުމެންނަކަށް ނުވެއެވެ. ދުވަހަކުވެސް ހަށިގަނޑު ގޭގައި ބާއްވާފައި ފުޓްބޯޅަ މެޗެއް ބަލައިލަން ވެސް ދެވިފައެއް ނެތެވެ. ހުރިހާ ކަމެއް މިކުރަނީ ހަށިގަނޑު ބޭނުން ކޮށްގެންނެވެ. އެހެންވެ ނިއުޓަންގެ ތިއަރީއަށް ތަބާވެ ޗާލްސް ޑާވިންގެ އޮޅުން ނުފިލި އަރަތުގެ ތެރޭ މަގުއޮޅިފައި، މީހާޔަކީ ހަށިގަނޑުކަމުގައި ހަށިގަނޑަކީ މީހާ ކަމުގައި ހީ ކޮށްގެން މި ތިބީ، ކީރިތި ޤުރުއާނުގެ މުލްކު ސޫރަތުގެ 20ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި މި ވާ ފަދައިން ނޫންބާވައެވެ؟ " ހެއްލުމެއްގެ ތެރޭގައި މެނުވީ ކާފިރުން ނުވެ އެވެ." އާދެ ! ޙަޤީޤަތަކީ ކޮބައިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދިވެހި މުޙާވަރާ އެއްގައި ބުނެ އެވެ. ''ވަޅުގައި އޮންނަ ބޮކުގެ ދުނިޔެއަކީ، އެ ވަޅެވެ'' މާނަޔަކީ، ވަޅެއްގެ ތެރެޔަށް އުފަންވާ ބޮކަކަށް ވެސް ހިވާނީ އެ ވަޅު ފިޔަވައި އެހެންތަނެއް މާތް ﷲ ހައްދަވައިފައި ނުވާކަމަށެވެ. އެ ސޮރުގެ ކުރިމަތީގައި މުޅި ކާއިނާތަކީ، އެ ވަޅު އެކަންޏެވެ. އެހެންވެ ރިސައިކަލްވޭވެ ތާ އަބަދަށް އެފެންގަނޑު ތެރޭގައި އޮންނަ ހިތްވަނީ އެވެ. އަދި ބޮކުގެ ރަސްގެފާނަށް ވެވިއްޖިއްޔާ މި އުންމީދު މާ ބޮޑުވާކަން ފުލޯކު ވާހަކަތަކުން އަޅުގަނޑު މެންނަށް އެނގެ އެވެ. އެހެންނަމަ ވެސް އަޅުގަނޑު މި ދެންނެވީ ޑާވިން އަކީ ބޮކެކޭ އެއް ނޫނެވެ. އޭނާއަކީ، ސައިންސަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޢިލްމުވެރި އެކެވެ. ނަމަވެސް އިންސާނެކެވެ. އެހެންވީމާ ޑާވިން ދެއްކެވި ކޮންމެ ވާހަކައެއް ތެދުކޮށްގެން ނުތިބެމާތޯ އެވެ؟ އިންސާނީ ނަސްލުގައި ތަޢުރީފު ޙައްޤުވާފަދަ ކެޕްލާ ޔާ ، ގެލީލިއޯ އެއިންސްޓެއިން ފަދަ ސައިންސުގެ ބަޠަލުން އަޅުގަނޑުމެން އެ ދީނަކަށް ތަބާވެ މިތިބަ އިސްލާމް ދީނަކީ ޙައްޤުކަން ،ރޫޙަކީ ޙައްޤުކަން ، ނަރަޔަކީ ޙައްޤުކަން ،ސުވަރުގެޔަކީ ޙައްޤުކަން ،އެއްކައުވަންތަ ކަލަކުވޮޑިގެން ވާކަން އެއީ ޙައްޤުކަން ސައިންސުގެ އަލީގައި ސާބިތު ކޮށްދެއްވައިފައި ނުވޭތޯ އެވެ؟ ނަމަވެސް ހިތާމަޔަކީ މިފަދަ މަޝްހޫރު މޮޅެތި ސައިންޓިސްޓުންގެ ލިއުއްތައް ހުރިގޮތަށް ހުއްޓައި އަޅުގަނޑުމެން ހިތް އެދޭ ކަހަލަ ކަންތައްތަކާ ގުޅޭގޮތުން ލިއެފައިވާ ލިއުންތަކަށް ޒުވާނުން ލެނބެމުންދާކަމެވެ. މިފަދަ އެއް ތިއަރީ އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމް ސްޓާރ ޓޮމް ކްރޫޒުމެން ހަދައިގެން އުޅޭ ސައިންޓޮލޮޖީ އޭ ކިޔާ ތިއަރީއެކެވެ. މަގުފުރެދި އަމިއްލަ މުއްސަނދިކަމާއި މަޝްހޫރުކަމަށްޓަކައި އުމުރު ހުސްކުރަމުންދާ އެ ފަދަ ފާސިދު ބަޔަކުގެ މި މި ތިއަރީ ކަލަކު ވޮޑިގެންވުމުގެ ޙަޤީޤަތަށް އިންކާރު ކުރެ އެވެ. އެ މަތިވެރި ޙަޤީޤަތް ދޮގުކުރެ އެވެ. އޭގައި ބުނާ ބުނާގޮތުން، މީހުންގެ ހިތްތައް ވަސްވާސްތެރި ކުރުވާގޮތުން، ރޫޙުގެ އުފެދުމާއި ޕްލެނެޓްތަކާ ތަރިތައް އުފެދުމާ ކާއިނާތުގައި ވާ ހުރިހާ ކަމެއް ވުން ގުޅިފައި ވަނީ ސައިންސާއެވެ، އާދެ ! ޑާވިންގެ ތިއަރީއާ މާ ބޮޑު ތަފާތެއް ނެތެވެ. ސައިންޓިފިކަލީގޮތުން އުފެދިފައި މިވާ ހަށިތަކަށް، (މާތްﷲ ޚަލުޤުކުރައްވާފައިމިވާ ޖިސްމުތަކަށް) އަމިއްލަ ނަފްސަށް ބާރު ނުހިންގެނީ ކީއްވެގެންތޯ ކުޑަކޮށްވިސްނާލަމާތޯއެވެ! ކޮންމެ ރެއަކު ނިދަން މި ޖެހެނީ ކީއްވެ ތޯ ކުޑަކޮށް ނަމަވެސް، ވިސްނާ ލަމާތޯއެވެ! ނިދީގައި ދުނިޔޭގެ ހޭވެރިކަން ފިލައި ދިޔުމުން، ނިއުޓަންގެ ތިއަރީގައި އެ ބުނާ '' ކޮންމެ އެއްޗެއްގެ ހެލިފެލިވުމުގެ ބާރު އެއްވަރުވަނީ މާއްދީގޮތުން އެއަށް ޖާނު ލިބިފަވާ ކުޑަބޮދުމިނަކާއެވެ.'' މި ޤާނޫނުން އިންސާނާ ބޭރުވެ އެވެ. ދެން ކަން ހިނގަނީ އެއިންސްޓެއިންގެ ކުއަންޓަމް ތިއަރީއާ އެއްގޮތަށެވެ. އިންސާނާގެ ހޭވެރިކަން ޚިޔާލާތަށް ބަދަލުވެ ހަކަތައެއް ފަދައިން މައްޗައް އަރައި އަލީގެ ތެރޭގައިވާ ޒައްރާތަކަށްވުރެ ބާރު މިނުގައި ދަތުރު ކުރުމުގެ ޤާބިލްކަން ލިބުމުން ވާނެގޮތް ނިކަން ވިސްނާވަޑައިގަންނަވާށެވެ! މަލާއިކަތުން ހައްދަވާފައި ވަނީ ނޫރުން ނުވަތަ އަލިން ކަން ހުރިހާ ބޭފުޅުން ވެސް ދެނެވަޑައިގަންނަވާނު އެވެ. ކޮންމެއަކަސް އިންސާނުންގެ ހަށިގަނޑުން ސައިންޓިސްޓުންނަށް ވަނީ ޙަޤީޤަތް ނޭނގޭ މޮލެކިއުލްއެއް ހޯދިފައެވެ. މިއަށް ( ސްޕިރިޓް މޮލެކިއުލް) އޭ ކިޔާ ނަންދީފައިވެ އެވެ. މީ އަޅުގަނޑު ކުރިން ދެންނެވި ނިދީމައި ހަށިގަނޑުގެ ތަބީޢީ ހަކަތައިން ބައެއް ކަރަންޓާއި ދަގަތްފާނުގެ ހަކަތަޔަކަށް ބަދަލްކުރުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރާ މޮލެކިއުލް އެއް ކަމުގާ ވެއެވެ. މި ސްޕިރިޓް މޮލެކިއުލްއިން ކުރާ ކަމަކީ ކާނާއިން ލިބުނު ހަކަތައިން އިލެކްޓްރޯމެގްނެޓިކް ހަކަތަ އުފެއްދުމަށްފަހު އެއިން އަސްލު މާއްދީ ހަށިގަނޑުގެ ނަކަލެއް އުފައްދަނީއެވެ. މީ އަޅުގަނޑުމެންނަށް އެއީ ކޯއްޗެއްކަން ނޭނގޭ ރޫޙު ނުވަތަ ފުރާނަ އެއާ ގުޅިފައިވާ ޑައިމެންޝަންތަކަށް ދިއުމަށްޓަކާ މި ދެންނެވި ސްޕިރިޓް މޮލެކިއުލް ތަކުން ކުރާ ކަމެކެވެ. މިއީ އިންސާނާޔަށް އޭނާގެ ހޭވެރިކަން ހަށިގަނޑާ ދުރަށް ދަތުރުކޮށް ދިއުމަށް މާތް ﷲ އިރާދަ ކުރައަވާފަވާ ގޮތްކަމަށް ވެދާނެ އެވެ. އެމެރިކާގެ ސްޓެންފޯޑް ރިސާޗް އިންސްޓިޓިއުޓް ގެ ވެބްސައިޓަށް ވެދެވަޑައިގެން "ރިމޯޓް ވީވިން " ޖައްސަވާލައްވާފައި ސާރޗް ކޮށްލައްވައިފިނަމަ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ. ކާނާއިން ލިބޭ ހަކަތަޔަށް އަޅުގަނޑުމެން މި ކިޔަނީ ( ކެމިކަލް އެނަރޖީ ) އެވެ. ނުވަތަ ތަބީޢީ ހަކަތައެވެ. މިހަކަތައިން ބައެއް އަޅުގަނޑުމެންނަށް ނޭނގި ނިދީގައި (އިލެކްޓްރޯ މެގްނެޓިކް ) ނުވަތަ ކަރަންޓާއި ދަގަތްފާނުގެ ހަކަތަޔަކަށް ބަދަލުވެގެން ދެއެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފަވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގައި މި ވާހަކަ ދީނީ ނަޒަރަކުން އައިސްފައި ވާކަމަށް ފެންނާތީ، މި ފުރްޞަތުގައި ފާހަގަ ކޮށްލަންޖެހެއެވެ. އެ ޙަދީސްފުޅުގައި ވަނީ ނިދީގައި އަޅުގަނޑުމެންގެ ފުރާނަތައް ހިސާބުބެއްލެވުމަށްޓަކައި އުޑަށް ގެންދަވާފައި އަލުން ހަށިގަނޑަށް ރުޖޫޢަ ކުރައްވާ ކަމުގައެވެ. ހަނދާން ނައްތާ ނުލައްވާށެވެ! މި ހުރިހާ ވާހަކަތަކެއް ފުރާނަޔާ ހަށިގަނޑާ ބެހޭގޮތުން އަޅުގަނޑަށް މި ދަންނަވާލަން ޖެހެނީ މީހާ އެއީ އެމީހާގެ ހަށިގަނޑު ނޫންކަމުގައި ސާބިތު ކުރުމަށްޓަކައެވެ. އެހެނީ ހުވަފެނުގެ ރޫޙާނީ ބައި ކަށަވަރު ވާނީ އޭރުންނެވެ، އާދެ ! މި ދުނިޔޭގައި އުޅުމަށްޓަކައި އަޅުގަނޑުމެންނަށް ލިބިފައިވަނީ ބިމުގެ މާއްދާއެއް ކަމުގައިވާ މަށިން ތައްޔާރު ކުރެވިފައިވާ އޮނިގަނޑެކެވެ. ހަށިގަނޑުގެ ހަޤީޤަތަކީ އެއީ އެވެ. އަޅުގަނޑުމެން ހޭލައިތިއްބައި، މި މާއްދީ ހަށިގަނޑުގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ހިނގަމުންދާއިރު ވެސް އަޅުގަނޑުމެންނަށް ނޭނގި އިޙްސާސް ވުމެއްނެތި ތިން ދުނިޔެއެއްގާ އެ ބައުޅެވެއެވެ. އެއީ 1) އަޅުގަނޑުމެންނަށް ނިދައިފައި ހޭލެވޭއިރު ހިތަށް ނުތަނަވަސްކަން ނުވަތަ ހިތް އުފާކަން ގެނުވާ ފުރާނައިގެ ހަމަ ޖެހުމާއި ގުޅިފާވާ ދުނިޔެ. 2) މިހާރު މި ލިޔުން ވިދާޅުވަމުން ދާއިރު މި މި ލިޔުމާމެދު ހޭވެރިކަން ވަމުންދާ މާއްދީ ދުނިޔެ. 3) އެ ކަމާމެދު މި ވަގުތު ހަނދާންނެތިފައިވާ ހަށިގަނޑުގެ ހުރިހާ (ކެމިކަލް ރިއެކްޝަން )ތަކެއް، ނުވަތަ ތަބީޢީ ކަންކަމެއް ހިނގަމުންދާ ދުނިޔެ. މިސާލަކަށް : ހިތްހިނގުން އަވަސްވާކަހަލަ އެޑްރިނަލައިން ފަދަ (ހޯމޯން )އެއް މިވަގުތު މި ލިޔުން ވިދާޅުވަމުންގެންދަވަނިކޮށް ހަށިގަނޑު ތެރޭގައި މާ ގަދަޔަށް ދައުރުވާން ފަށައިފިނަމަ މި ލިޔުމަށް އަމާޒު ކުރެވިފައިވާ ވިސްނުމުން ބޭރުވެ ހަށިގަނޑަށް ވާންފެށިގޮތަކާމެދު ވިސްނަން ފެށޭނެއެވެ. އަޅުގަނޑު ދެންނެވި ހަށިގަނޑުގެ ކަންކަން ހިނގަމުންދާ ތަބީޢީ ދުނިޔެއަށް ހޭވެރިކަން ގެންދާނެއެވެ. އެހެން ކަމުން މި ލިޔުމާމެދު ހޭވެރިކަމެއް ނުވާނެއެވެ. އަޅުގަނޑުމެންނަށް ނޭނގި މި ގޮތަށް މި ތިން ދުނިޔޭގެ ތެރޭގައި އެއް ދުނިޔޭން އަނެއް ދުނިޔެއަށް ދެމިގަނެވެނީ ދުވާލަކު ކިތައް ފަހަރުތޯ އެވެ؟ ސައިކަލުގައި ގޮސްގޮސް އިންދާ ހޭވެރިކަން އެހެން ދިމަދިމާޔަކަށް ދަނީ ކިތައް ފަހަރުތޯއެވެ؟ މާޒީވެ ގޮސްފައިވާ އަދި މިހާރު ހިނގަމުންދާ ކަންތައްތަކުގެ އުފާވެރި ހަނދާންތަކާއި ހިތި ހަނދާންތައް އެކުވެފައިވާ ވިސްނުމާއި ފިކުރާ ގުޅިފާވާ ދުނިޔެއަށް އަޅުގަނޑުމެންގެ އިޚްތިޔާރަކާ ނުލާ އަޅުގަނޑުމެންނަށް ނޭނގި ވަދެވެނީ ކިތައް ފަހަރުތޯއެވެ؟ މީ ހަމަ ސިކުނޑީގެ ސާރކެޓްތަކުން އަމިއްލަޔަށް އޮޓަމެޓިކުން އަޅުގަނޑުމެންނަށް ނޭނގި ސްވިޗް ނިވެމުން ސްވިޗް ޖެހެމުން ދާ ތަފާތު ޢާލަމްތަކެވެ. އެހެންވީމައި އަޅުގަނޑުމެން ހޭލާ ތިބޭއިރު ވެސް އަބަދު މި ތިބެނީ ހަމަ ހޭގައޭ ބުނެވޭކަށް ނެތެވެ. އެއާ ޚިލާފަށް ހޭވެރިކަން ތިން ދުނިޔެއަކަށް އަބަދު މިތިބެނީ ބަދަލްވެ ބަދަލްވެއެވެ. ފުރޮޅި ފުރޮޅި އެވެ. ދަރުވެ ދައުރުވެ އެވެ. އަޅުގަނޑުގެ މައުޟޫޢަކީ ހަށިގަނޑެއް ނޫނެވެ. ފުރާނައެވެ. ނުވަތަ ހޭވެރިކަމެވެ. އާދެ ! ކޮންމެއަކަސް މިތިން ދުނިޔެ ވަނީ އެއްދުނިޔެ އަނެއް ދުނިޔެއާ ލާމެހިފައެވެ. އަޅުގަނޑު ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ އިޚްތިޔާރާ ބާރަކާ ނުލައި މި ތިން ދުނިޔޭގެ ތެރެއަށް އޮޓަމެޓިކުން މި ތިބެނީ ދެވިދެވިއެވެ. އެއްދުނިޔެ އޮފްވުމަށްފަހު އަނެއްދުނިޔެ އޮންވެއެވެ. މިސާލަކަށް ލޯބީގެ ރަން ޒަމާނެއްގައި ވަކި ޚާއްޞަ ތަނަކުން އަޑު އިވިފައިވާ ވަކި ޚާއްޞަ ލަވައެއް، ނުވަތަ ދުވާފައިވާ ޚާއްޞަ ވަހެއް ނުވަތަ ފެނިފައިވާ ޚާއްޞަ މަންޒަރެއް ހަމަ ފެންނައިރަށް އެވަގުތު މާއްދީ ދުނިޔޭގެ މަތިން ހޭވެރިކަން ފިލައި އެ ޚިޔާލާތުގެ ދުނިޔެއަށް ދެވެއެވެ. އެ މާޒީ ހަނދާންވެއެވެ. '' މާޒީ ހަނދާން ކުރާތި ފިކުރު ހުސްވެފައި'' ވެ އެވެ. އެ އިވޭ ލަވަ އެއީ އެންމެ ޙަޔާތާ ގުޅޭ ލަވަ ކަމުގަވެސް ބައެއް ބޭފުޅުން ވިދާޅުވެދާނެ އެވެ. މީހަކު ހަޅޭއްލަވައިގަތުމުން، ނޫނީ ކޮއްޓާލުމުންނޫނީ، އެ ވަގުތު މި ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމެއް ނޭނގޭނެ އެވެ. އަދި މި ނޫންގޮތްގޮތަށް ވެސް ފިލްމެއް ބަލަން އިންދާ ނޫނީ ކާރެއް ދުއްވަމުން ދަނިކޮށް ނޫނީ ތަނަކަށް ބަލަން އިންދާވެސް މިހެން ވެދާނެއެވެ. ޒަމާނީ ސައިންސް ބުނާ ގޮތުގައި މީން އެނގޭ ކަމަކީ އަޅުގަނޑުމެން ހޭލައި ތިބޭއިރު ވެސް މި އުޅެނީ ހަމައެކަނި މި މާއްދީ ދުނިޔޭގައި ނޫންކަމެވެ. ކޮންމެއަކަސް އުޑުތަކާއި ގުޅިފާވާ ރޫހާނީ ޢާލަމުން އަޅުގަނޑުމެންގެ ޠަބީޢީ މާއްދީ ޢާލަމްގެތެރެއަށް ނުފޫޒު ފޯރުވަމުންދާ ފަދައިން ހަށިގަނޑުގެ( ކެމިކަލް ރިއެކްޝަން ) ނުވަތަ ތަބީޢަތާއި ގުޅިފާވާ ޢާލަމުން އުޑުތަކާއި ގުޅިފާވާ ރޫޙާނީ ޢާލަމަށް ނުފޫޒު ފޯރުވަމުންދެއެވެ. ހަމަ އެއް ހަށިގަނޑެއްގެތެރޭންނެވެ. މިހެންވެ މި ދެޢާލަމް ދޭތެރޭ ހަށިގަނޑު މި ކުޅޭ ރޯލްގެ މިސާލަކީ އެއް ފައިސާ ފޮއްޗެއް ދެފުށަށް ފުރޮޅުމުގެ މިސާލެވެ. ނިދީގައި އަޅުގަނޑުމެންގެ މަޞްލަޙަތުތައް ހިނގަމުންދާ އުޑުތަކާއި ގުޅިފާވާ ރޫޙާނީ ޢާލަމް އަޅުގަނޑުމެންގެ ޖިސްމާނީ ހަށިގަނޑުގެ މައްޗަށް ނުފޫޒުފޯރުވާކަން އަޅުގަނޑުމެން މި ގެންދަނީ އަޅުގަނޑުމެންގެ މި ދުނިޔަވީ މާއްދީ ޙަޔާތުގައި ބަޔާންކޮށް އިޙްސާސް ކުރަމުންނެވެ. އެއްވެސް ކަމަކައިނުލައި ބިރުގަންނަގޮތް ނުވަތަ ވަރަށްދެރަވާގޮތް ނުވަތަ ވަރަށް އުފާވާގޮއިތް އަޅުގަނޑުމެންނަށް އެބަ ދިމާވެއެވެ. ސައިންސް މި ފަދަ ކަންކަމަށް ތަފާތު ނަންނަން ކިޔާފަ ހުރެއެވެ. ހިސްޓީރިޔާ ނުވަތަ އެންޒައިޓި ނުވަތަ ޑިޕްރެޝަން ނޫނީ ސައިކޯސިސް މިހެންގޮސް އެތައް އެތައް ނަންނަމެކެވެ. ސިކުނޑީގެ ( ގްރޭ މެޓަރ ،ވައިޓް މެޓަރ) ބެލެންސް ނުވުމުން ތަބީޢީ ގޮތުން މިހެން ވާކަމަށް ޑޮކްޓަރުން ބުނާއިރު ބެލެންސް ތަފާތުވުން އުފެދުނީ ތަބީޢީ މާއްދީ ޢާލަމުގެ މައްޗަށް ރޫޙާނީ ޢާލަމުން ނުފޫޒު ފޯރާތީކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-02-28 01:21:39
މިލިޔުމުގެ ބައިތައް އަޅުގަނޑު މިގެންދަނީ ވަރަށް ކިޔާހިތުން ކިޔަމުން.. ނަމަވެސް، ލިޔުންލިޔުއްވަމުން ގެންދަވާ އުސްލޫބުން ދޭހަވުމުގައި ވަރަށް ދަތިކަމަށް އަޅުގަނޑަށް މިދަނީ ފާހަގަ ކުރެވެމުންނެވެ. އަދި އިތުރަށް މަސައްކަތް ކޮށްލައްވާށެވެ.
...
ލިޔުނީ ލަ×ޝާ, 2010-03-08 04:39:08
ހުވަފެނުގާ ފަހަތުން ކަޅުބުޅަލެއް ގަޔަށް އަރަން ދުވާތަން ފެނިފަ ހަނދުކޭތަ ހިފާފަ ހުއްޓާފެނުމުން އަދިއެވަގުތު ބަންގި ގޮވާއަޑުއިވުމުން އޭގެ މާނަޔަކީ ކޮބައިތޯ ؟؟
...
ލިޔުނީ އިސްމާޢީލް މުބާރަކް, 2010-03-08 15:39:39
ކޮމެންޓެއްގެ ބަދަލުގަ ސުވާލެއް ތިކުރެއްވީ މި ލިއުމާމެދު ×××ޝައުގުވެރިވީ ކަމުގާ އަޅުގަނޑުދެކެމެވެ ، ދަންނަވަންޖެހެނީ ހުވަފެނުގަ ތި ފެނުނު ހުރިހާ ސައިން ތަކަކީ ނުވަތަ ޢަލާމާތް ތަކަކީ ވަރަށް ފުން މާނަތަކެއް ހިމެނޭ އެއްޗިއްސެވެ، އެހެންވެ ޙާލަތަށް ވިސްނާފަ އެއްޗެއް ބުނަންޏާ ލަޝާގެ އެއްވެސް ގުނަވަނެއްގަ ރިހުމެއް އުޅޭނަމަ އެކަމުން ލިބޭވޭން އެއީ ޝައިޠާނީކަމަކަށްވުން ވަރަށް ގާތެވެ، ޑޮކްޓްރީކަމަކުން އެކަން ރަނގަޅު ވުން ދުރުކަމަށް ފެންނަނީ ބަންގި ގޮވާއަޑާ ހަނދުކޭތަ ހިފާފަހުރިތަން ފެންނާތީއެވެ، ......އަނެއް މާނަޔަކީ ލަޝާގެ ދިރިއުޅުން ބިނާވެފާވަނީ ދީނާ ދުރުގޮތަކަށް ކަމަށްވަންޏާ އަވަހަށް ޅަ އުމުރު ނުދަނީސް އަޅުކަން ކޮށް ދުނިޔޭގެ ދިރިއުޅުމުގެ ފައިދާލިބިގަންނަންވީއެވެ، ކަޅުބުޅަލަކީ ފަހަތުން ދުވެ އަތުލަން އަންނަ މަރުކަމުގާވެސް މާނަކުރެވެއެވެ، އަދި އަލިކަމެއްނެތް ރޭގަނޑެއްގާ ލަޝާ ތިހިރީ ހަނދުކޭތަ ކޭތަހިފާފަހުރި ދިރިއުޅުމެއްގަ ތާށިވެފައެވެ،، ބަންގީގެ އަޑުއިވޭތީ މާނަކުރެވެނީ ބާއްޖަވެރި ދުވަހަކަށް އިރުއަރާނީ ނަމާދަށް އަވަސްވެގަނެގެންނެވެ. ދުނިޔޭގެ ތި މިލަހަނދުވަރުގެ ހަނދުކޭތަބަލަން ނުހުރެ ، ނަމާދަށް އަވަސްވެގަންނާށެވެ ކާމިޔާބަށް އަވަސްވެގަންނާށެވެ. މިތުރުންގެ ހިތްތަކަށް ހަމަ ފަޅުކަން ގެނައިއެ ކޮންމެ ކަޅުރެއެއް ފިތުރަތުގެ އުސޫލުންނެ ނިމިދަނީ .. ފަތިހަށަ އަމުދުން
...
ލިޔުނީ ޖުހައިނާ , 2010-03-17 09:06:55
ނުދަންނަ މީހަކާއެކު މޫދަށް އެރި އުޅޭތީ ފެނިއްޖެނަމަ އޭގެ ތަޢުބީރަކީ ކޮބައިތޯއެވެ.
...
ލިޔުނީ އިސްމާޢިލް މުބާރަކް, 2010-03-18 14:34:30
ފެންވަޅު ނުވަތަ މޫދު އަންހެނުންނަށް ފެނުމުން ރަޙިމާ ގުޅުންހުރި ކަމެއް ކަމުގާ ދޭހަވެއެވެ އެހެނީ އަންހެނެއްގެ ހަށިގަނޑުގާ މަހެއް އުފެދޭ ގުނަވަނީ އެއީ ކަމުގަ ވާތީއެވެ ، އަދި ކަނޑާއި މޫދަކީ ތަޤްދީރާއި މާތްކަލާނގެ މިންވަރުފުޅު ދޭހަވާތަނެކެވެ. އެހެންކަމާއެކު ޚުލާސާކޮށް ދަންނަވަންޏާ ދެންނެވޭނީ މިހުވަފެނަކީ ނުބައިގުޅުމެއް ހިލޭ މީހަކާއެކު ހިންގުމުގެ މަގުތަނަވަސް ވެގެންދާނެ ކަމުގެ އިޝާރާތެއް ކަމުގަފެނެއެވެ، މޫދުގެއަޑީގައި ފޮރުވިފާވާ ސިއްރެއް އެނގޭނީ އެއްޗެއް ދަތްއެޅުމުން ނުވަތަ ފަޔަށް އެއްޗެއް ހެރުމުންނެވެ، އެކީގަ ހުރިމީހަކީ އެކަހަލަ ވަގުތެއްގައި ސަލާމަތް ކޮށް ނުދޭނެ މިހަކަށް ވެއްޖިއްޔާ އެކަމުގައި ގެނބިގެންދާނީ އަމިއްލަ ނަފްސެވެ، ބަދުނާމް ވާނީ ތިމާގެ އަމިއްލަ ނަފްސެވެ ، ވުމާއެކު އަޚުލާޤީ ކުށަކަށް މަގުފަހި ވެދާނެ އެންމެހާ ކަންކަމަށް ސަމާލުވެ ރައްކާތެރިވެވަޑައިގެން ހުންނެވުމަށް ލަފާ އަރުވަމެވެ.
...
ލިޔުނީ ޖުހައިނާ, 2010-03-18 17:39:19
އަޅުގަނޑުގެ ހުވަފެން ތަޢުބީރު ކޮއްދެއްވިކަމަށްޓަކައި އިސްމާޢިލް މުބާރަކަށާއި ފަންވަތުގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އަދި ދެއްވި ނަސޭހަތް ހެޔޮހިތުން ނުހަނު އިޚްލާސްތެރިކަމާއެކު ގަބޫލު ކުރާވާހަކަ ވެސް ދަންނަވަމެވެ.
...
ލިޔުނީ ޝިއުރާ, 2010-04-19 08:47:50
ހުވަފެނުގައި ގިނައިން މޫދަށް ވެއްޓެން އުޅޭތަން ނުވަތަ ކަނޑުވާތަން ފެންނަ ނަމަ އޭގެތަޢުބީރަކީ ކޮބައިތޯ؟
...
ލިޔުނީ އިސްމާޢީލް މުބާރަކް, 2010-05-03 20:17:06
ކުރިން އެހެން ބޭފުޅެއްގެ ހުވަފެނުގަވެސް މޫދުގެ ވާހަކަ ވިދާޅުވެފަވެއެވެ، އެ ހުވަފެނާ ޚިލާފައް މި ހުވަފެނުގަ މި އުފެދިގެން އުޅެނީ ބިރެކެވެ، ނުވަތަ އިނގިރޭސިބަހުން މިކިޔާ " ފޯބިޔާ " އެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ކުއްތާ ދަތް އެޅުމުން އޭގެ ދަތުގާ ހުންނަ ޖަރާސީމެއް (އިންފެކްޝަން) އެއްގެ ސަބަބުން ޖެހޭ ބައްޔަކަށް ( ހައިޑްރޯ ފޯބިޔާ) ނުވަތަ ފެނައް ބިރު ކިޔާ ބައްޔެއް ޖެހެއެވެ ، މި ހުވަފެނުގާ މޫދަށް ވެއްޓެން އުޅޭތީ ނުވަތަ ކަނޑައް ވެއްޓެން އުޅޭތީ ބިރެއް ޢިޙްސާސްކުރައްވާކަން އެބަ ދޭހަވެއެވެ، ހުވަފެނުގެ ނަޒަރުން ބަލާއިރު ފެން+ ބިރު މީ ހުވަފެނުގެ މޫނުމަތީގެ މާނައެވެ ، ފިޔައެއްގެ ތޮށިނޮޅާލީމަ ފެންނަހެން މި ދޭތީގެ އެތެރެ ފަށަލައިން އިންފެކްޝަން ނުވަތަ ޖަރާސީމް ގެ އަސަރު ފެނެއެވެ. އެހެން ވީމާ ކުރުކޮށްލަމާތޯއެވެ ފެން+ ބިރު+ ޖަރާސީމް = ޔޫރިން އިންފެކްޝަން މީ އެއް މާނައެވެ . އަނެއް މާނަޔަކީ މި ހުވަފެނަކީ ތިބާ ކުޑައިރުއްސުރެ ފެނިވަޑައިގަންނަވަމުން އަންނަ ހުވަފެނެއް ނަމަ މަންމަ ތިބާ އުފަންވެ ވަޑައިގަތުމުގެ ތެރޭގާ ސިސޭރިއަން ހަދަންޖެހުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެނަމަވެސް އޮކްސިޖަން ނުލިބި މަންމަގެ ރަޙިމުގެ ތެރޭގާ ހާސްކަމެއް ޢިޙްސާސްކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން އެ ބިރު ހަނދާން އޭރުއްސުރެ ( ސަބްކޮންސިއަސް) ނުވަތަ ހަމަހޭވެރިކަމުން ބޭރުގާ މަސައްކަތް ކުރަމުންދާ ބުއްދީގެ ތެރޭގާ ފެނައް ބިރު ނަމުގާ ފައިލް ކުރެވިފާ ވަނީއެވެ. ޔޫރިން އިންފެކްޝަނެއް ނަމަ ކްރޭން ބެރީ ޖޫސް ގިނަގިނައިން ބޭނުން ކުރައްވާށެވެ. އަދި ގަލޯ ޙާޖަތް ކުރެއްވުމަށް ފަހު ތާހިރުވެ ވަޑައިގަންނވާއިރު ފުރަގަހުން އަތް ގެންދަވަން އާދަކުރައްވާށެވެ. ފަހުން އަޅުގަނޑު މި ބުނި ފަދަ ކަމެއް ނަމަ ސައިކޭޓްރިސްޓެއްގެ ލަފާ ހޯއްދަވާށެވ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|