މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުވަފެނަކީ، ސަމާސާ އެއްޗެއް ނޫނެވެ! (05) |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 28 އެޕރީލް 2010، 00:00 ބުދަ | |||
7 އޭޕްރީލް (ބުދަ)އާ ގުޅޭ...މާއްދީ ހުވަފެން އިސްމާޢީލު މުބާރަކް މާއްދީގޮތުން ފެންނަ ގިނަ ހުވަފެންތައް ގުޅިފާވަނީ ނިދާފައި އޮންނަ އިރު އަޅުގަނޑުމެންގެ ވިސްނުމުން ބޭރުގައި މަސައްކަތްކުރަމުންދާ ބުއްދި ކަމުގައި ވާ ''ސަބްކޮންސިއަސް މައިންޑް'' އާއެވެ. ހޭލާ ތިބޭއިރު ބައެއް ކަހަލަ ސިލްސިލާ ޚިޔާލްތަކުގެ މައްޗަށް އަޅުގަނޑުމެންގެ ބުއްދި އަމާޒުކޮށްގެން އުޅުމުގެ ސަބަބުން އެ ޚިޔާލްތައް އަޅުގަނޑުމެންގެ ވިސްނުމުން ބޭރުގައި މަސައްކަތް ކުރަމުންދާ ބުއްދީގެ ތެރެއަށް ފުރޭނިގެން ދިއުމުން އެ ދިޔަ މަޢުލޫމާތުކޮޅު މަންޒަރަކަށް ބަދަލުވެގެން ދިއުމުން މިވަނީ ހުވަފެނަކަށެވެ. ހުވަފެނުގެ ނަޒަރުން ބަލާއިރު ޚިޔާލަށް ނޫނީ ޙަޤީޤަތަށްވިޔަސް ތަޞައްވުރު ކުރެވޭ ކޮންމެ އެއްޗެއްގެ ހަނދާން ވަނީ އަޅުގަނޑު މިދެންނެވި އަޅުގަނޑުމެންގެ ވިސްނުމުން ބޭރުގައި މަސައްކަތް ކުރަމުންދާ ބުއްދި ކަމުގަވާ " ސަބްކޮންސިއަސް މައިންޑް" އާ ގުޅިފަ އެވެ. މި ގޮތުން މީހަކަށް އާންމުކޮށް ފެންނަ ބިރުވެރި ހުވަފެނެއް ނެތިކޮށްލަން ބޭނުން ވެއްޖެނަމަ ޖެހޭނީ އެ ހުވަފެނެއް އުފެދެން ދިމާވި ސަބަބު އެ މީހެއްގެ މާޒީގެ ތާރީޚްތަކުގެތެރެއަށް ގޮސް ހޯދާށެވެ. ދެން އެ މަޢުލޫމާތު އެ މީހެއްގެ ސަބްކޮންސިއަސް މައިންޑަށް ފުރޭނިގެން ގޮސްފައި ވަނީ ކިހިނެއްތޯ ބަލައި އޭގެ އަސްލު އަލުން ކޮނެގެން ފެންމައްޗަށް ތިލަކޮށް އަސްލު ސިފައިގައި ކުދިކުދިކޮށް ނައްތައިލެވިއްޖެ ނަމަ، އެ އަށް ފަހު އެ ހުވަފެނެއް ވެސް ނެތި ހިނގައިދެ އެވެ. ޓެލެޕަތީގެ ސަބަބުން ފެންނަ ހުވަފެން : ޓެލެފޯން މި ބަސް ނެގިފަވަނީ ޓެލެޕަތީ ކިޔާ އިނގިރޭސި ބަހަކުންނެވެ. ޓެލެޕަތީގެ މާނަޔަކީ އަނގައިން ވާހަކަ ނުދައްކާ އިޙްސާސްތަކުން ނާއި ޚިޔާލް ތަކުން މު ވާސަލާތު ކުރުމެވެ. މީ އަޅުގަނޑުމެންނަށް ގަބޫލު ކުރަން ވަރަށް އުނދަގު ކަމެކެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ޙަސަދަވެރިކަމުންނާއި އެސްފީނާގެ ސަބަބުން މީހެއްގެ ބާރު އަނެކެއްގެ މައްޗަށް ފޯރަންޏާ އެ ދަނީ މި ދެންނެވި ޓެލެޕަތީގެ ބާރު އަޅުގަނޑުމެންނަށް ނޭނގި ބޭނުންކުރެވެމުން ކަމެވެ. އަދި އެކަމަށް ރަނގަޅު ހަކަތަ އަނދައިގެން ދާކަން އެނގޭ ކަމަކީ އަލިފާން ދަރު ކާފަދައިން ހަސަދަވެރިކަން ހެޔޮ ޢަމަލްތައް ކާލާ ކަމުގައި ކީރިތި މާތް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވުމެވެ. ކޮންމެއަކަސް ނިދީގައި އަރަހުށި ﷲ ގެ ޞާލިޙު އަޅުތަކުންނާއި އެ ނޫން ފަރާތްތަކުން މި ދެންނެވި ޓެލެޕަތީގެ ޒަރީޢާ އިން އަޅުގަނޑުމެންނާ މު ވާސަލާތު ކޮށް އެކި އެކި ޚަބަރުގެނެސްދީ ހަދަ އެވެ. މި ފަދަ މަޢުލޫމާތުތައް ނިދީގައި އަޅުގަނޑުމެންގެ ހޭވެރިކަމުން ބޭރުގައި އޭގެ މަސައްކަތް ހިނގަމުންދާ ބުއްދީގެ ތެރެއިން ހޭލައި ހަމަހޭވެރިކަމުގައި ހުންނަ އިރު ބޭނުން ކުރާ ބުއްދީގެތެރެއަށް ޖަމާކޮށް ނެހެދޭތީ، ހުވަފެނެއް ނުފެންނަނީ ކަމުގައި ނިންމައިގެން ތިބެވެނީއެވެ، ކޮންމެ ދުވަހަކު ހޭލާފައި ހުވަފެނެއް ފެނުނުތޯ ވިސްނާ އަދި ހޭލައި ހުންނަ އިރުވެސް މީ ހުވަފެނެއްތޯ ނޫނީ ޙަޤީޤަތެއްތޯ ވިސްނަން ފަށާށެވެ. އެހެން ނޫނީ ވަފެން ބެލުމުގެ ޤާބިލުކަން އިތުރުވެގެނެއް ނުދާނެއެވެ. މީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެނުން ފެނިއްޖެ ނަމަ އެއީ ހަމަ އެކަލޭގެފާނު ކަމާ ޝައިޠާނާޔަށް އެކަލޭގެފާނުގެ ސޫރަފުޅުގައި ނާދެވޭނެ ކަމުގައި ޙަދީޘް ކުރައްވާފަވެ އެވެ. މީ ހުވަފެނަކީ ބިލާހެއް ނޫން ކަމުގެ ހެއްކެކެވެ. އަދި އަޅުގަނޑު ދެންނެވި ޓެލެޕަތީ އަޅުގަނޑުމެންނަށް ބޭނުން ކުރެވޭ ކަމުގެވެސް ހެއްކެކެވެ. އެހެންނަމަ ވެސް ޓެލެޕަތީ އަކީ ރަނގަޅު ހެޔޮ ލަފާ މީހުންނަށް ނޫނީ ނުލިބޭ ބާރެކެވެ. ހުވަފެނުގެ ޢާލަމުން އަޅުގަނޑުމެންނަށް ފެނި މުވާޞަލާތު ކުރެވެނީ ހަމައެކަނި މަރުވެފާތިބި މީހުންނާ އެކަންޏެއް ނޫނެވެ. މިހާރު ދުނިޔޭގާ ދިރިތިބި މީހުންނާ ވެސް ދިމާވެ މުވާޞަލާތު ކުރެވިދާނެއެވެ. އެކަކު ހުވަފެނުގެ ޢާލަމްގައި ހޭލާހުރެގެން ވާހަކަ ދެއްކިޔަސް އަނެކަކު އެ ޢާލަމަށް ހޭވެރިކަމެއްނެތި ކަނަކު ޢިޝާނަމާދަށް ދާހެންދާތީ ގިނަ ފަހަރަށް މީ ޙަޤީޤަތެއް ނޫނޭ ހީވަނީއެވެ. ހުވަފެނުގެ ޢާލަމުގައި ހޭލާ އުޅޭ އެތައް ބަޔަކު ދުނިޔޭގެ އެތަން މިތަނުގާ އުޅެއެވެ. އަޅުގަނޑުމެން ގިނަ މީހުން ދުނިޔޭގައި މި އުޅެނީ އަޅުގަނޑުމެންގެ ދުނިޔަވީ ބޭނުންތަކަށްޓަކާ ފުރާނަ ޤައިދުކޮށްގެންނެވެ. މި ގޮތަށް ފުރާނަ ހައްޔަރުކޮއްގެން އުޅޭހާ ހިނދަކު ފުރާނަޔަށް އޭގެ އަސްލު ޓެލެންޓް ދައްކައެއް ނުލެވޭނެއެވެ. ފުރާނަޔަށް ބާރު ލިބޭނީ އަދި ރޫޙާނީ ހޭވެރިކަން ވާން ފަށާނީ މި ޗަކަ މަށިން ހެދިފާވާ ތިމާގެ ހަށިގަނޑު އެއީ ތިމާ ނޫންކަން އެނގި އޭގެ މައްޗަށް އޮތް ލޯބި ކުޑަ ވާ ދުވަހުންފެށިގެންނެވެ. އޭރުން އެ ހަށިގަނޑަށްޓަކާ ވިސްނުމަށް ކުޑައިރުއްސުރެ ސިކުނޑިޔަށް ގުޅާފާވާ އެތައް މިލިޔަން ޕިން އެއް އުފުރިގެން ގޮސް ސިކުނޑީގެ ބާރުގަދަވެ. ސިކުނޑީގެ މަތީގައިވާ ރޫޙާނީ ޢާލަމާއި ގުޅޭ ބައިތައް މަސައްކަތް ކުރަން ފަށައިފާނެ އެވެ. ލޯ މަރާލީމައި ލޮލުގެ ތެރޭން މި ފެންނަ އަނދިރީގެ ފުން ކަނޑުގެ ތެރޭން އަލިވިލެމުން ތިލަވަމުން އައްސޭރިފަށަށް ދެވިދާނެ އެވެ. އަސްލު މަންޒިލަކީ މާ ރީތި ތަނެއްކަން އެނގި އެއްފަޅި ފެންނަ މި 180 ދަރަޖައިގެ ފެނުން 360 ދަރަޖަޔަށް ބަދަލްވެދާނެ އެވެ. ހުރިހާ ތަނެއް އެއް ފަހަރާ ވަށައިގެން ފެންނަން ފަށައިފާނެ އެވެ. ހުވަފެނަކީ މާނައެއްނެތް ކުޅޭކުޅޭ ސަމާސާއެއް، ނުވަތަ ބިލާހެއް ނޫންކަން، އަދި ޙަޤީޤީ ބިލާހަކީ މި ދުނިޔެކަން ޔަޤީންވެދާނެ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ sean, 2010-06-11 17:18:47
mee varah molhah liyevi thayyaru kureviva faa liyumeh.mifada liyun thakun ibrai libeyne..liyuntheriyaa ah hama saabas..
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|