މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނިއުޓްރިޝަނުގެ އެހީގައި، ކުށްކުރުން ހުއްޓުވުން |
|
|
| ސައިންސް ޓެކްނޮލޮޖީ - ސައިންސް | |||
| 19 އޮކްޓޫބަރ 2010، 00:53 އަންގާރަ | |||
|
ޙުސައިން ޝާކިރު ޑޮކްޓަރ ވިކްޓަރ ޖީ. ރޮސިން ގަބޫލުކުރައްވާ ގޮތުގައި ހިމޭން މަޑުމައިތިރި
ވެށްޓެއް ޤާއިމު ކުރެވިފައިވާ ސެނިޓޭރިއަމެއްގައި، އެހެން މީހުންގެ
އުނދަގޫ ނުފޯރާ ގޮތަށް ނުރައްކާތެރި ކުށްވެރިން ބައިތިއްބިއްޖެ ނަމަ، ހަމަ
އެހެންމެ އެމީހުނާ މުޢާމަލާތު ކުރުމަށް އޯގާވެރި ދީނީ ބަޔަކު
އެތާތިބިނަމަ، އަދި މިންހެޔޮ ކެއުމެއް (ބެލެންސްޑް ޑައިޓެއް)
ކާންދެވިއްޖެނަމަ، އެމީހުންގެ ކިބައިގައި ހަރުދަނާ ދީނީ ސިފަތަކަކާއި
ރަނގަޅު ގޮތްތަކެއް ހަރުލެއްވިދާނެ އެވެ. ޑރ.ރޮސިން ގަބޫލުކުރައްވަނީ ކުށްކުރާމީހުން ކާމިޔާބުގޮތެއްގައި އިސްލާޙުކުރެވޭނީ އެމީހުނަށް ފާޑުކިޔާ ނަފުސާނީގޮތުން ބަލިކަށިކޮށް، ޙުކުމްތަކެއް އެމީހުންގެ މައްޗަށް ތަންފީޒުކުރުމުގެ ބަދަލުގައި ރަނގަޅު ކާނާއާއި ލޯތްބާއި ބައިވެރިވުން ދީގެންކަމުގަ އެވެ. ޑރ.ވިކްޓަރ ޖީ. ރޮސިންއަކީ ނޯވޭޖިއަން ހޯމޯޕެތިޓިކް ޑޮކްޓަރެކެވެ. އަހަރެމެން އާންމުކޮށް ކައިބޮއިހަދާ ގިނަބާވަތްތަކުގައި ހިމެނޭ ކެމިކަލްގެ ބާވަތްތައް ހޯދައި މިންވަރުތައް ދެނެގަތުމުގެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޑރ.ރޮސިން ދެކެވަޑައިގަންނަވާ ގޮތުގައި ކާނާއާއެކު ކަސްރަތާއި އަރާމުކުރުމާއި އަދި އަތްވާއި ޕޮޒިޓިވް އެޓިޓިއުޑަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފަރުވާ އެވެ. އިންސާނުންގެ ކާނާއަށް ބޭނުންވާ ނިއުޓްރިޝަންގެ އަސާސީ މާއްދާތަކުގެ ތެރެއިން އެންމެ މާއްދާއެއް އިތުރުވިއަސް ނޫނީ އުނިވިއަސް އެކަމެއްވާނީ އިންސާނުންނާ ކުރިމަތިވާ އެތައް ބަލިމަޑުކަމަކާއި އިންސާނާގެ ވިސްނުމަށް ބަދަލުތަކެއް އަތުވެދާނެ ކޮންމެ ކަމެއްގެ އަސްލު ކަމުގަ އެވެ. ސިކުނޑިއަށާއި ނާރުތަކަށާއި ކަށްޓަށް ކަނާ ލިއްބައިދޭ ކާތަކެތީގައި ހިމެނޭ ބާވަތްތަކަކީ ފޮސްފޭޓް ރިޗް ފެޓްސް އާއި ސަލްފަރ އެކުލެވިފައިވާ ޕްރޮޓީނެވެ. ކާތަކެތިން ހަށިގަނޑަށް ލިބޭ ފައިދާއަށް ބައްލަވައިގެން ޑރ.ރޮސިން ކާތަކެތި ބައްސަވާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ؛ 1 ނާރުތަކާއި ސިކުނޑިއަށް ކާނާ ލިބިދޭ ކަނާ ނުވަތަ މުހިންމު ބައިތަކަށް ބޭނުންވާ ކާނާ 2 ކަށްޓާއި ލިގަމެންޓާއި މަސްފައްތަކަށް ކާނާ ލިބިދޭ ކާނާ ނުވަތަ ހަކަތަ އުފައްދާ ކާނާ 3 ސަރުބީއާއި ތެޔޮ ހިމެނޭ ކާނާ ނުވަތަ ހޫނުއުފެއްދުމަށް ބޭނުންވާ ކާނާ 4 ފުޅާ ދާއިރާއެއްގައި ހަށިގަނޑުތެރޭ ދައުރުވާ ދިޔަވަރު، ނުވަތަ ހަޖަމުކުރުމަށް ބޭނުންވާ ދިޔަވަރާއި ހަށިގަނޑުގައި ހަރަކާތް އުފެއްދުމަށް ބޭނުންވާ ޖޫސްތައް ނުވަތަ އެތެރެހަށީގައި ދައުރު ކުރުވުމާ ހަށިގަނޑަށް ބޭނުން ނުވާތަކެތި ބޭރުކުރުމަށް އެހީތެރިވާ ކާނާ އެވެ. ރޮސިން ގަބޫލުކުރައްވާ ގޮތުގައި ކުށްކުރާމީހުން އުޅޭހާ ދުވަހަކު އެމުޖުތަމައެއް ތަމައްދުންގެ ރޮނގުގައި ކުރިއަރައެއް ނުދާނެ އެވެ. ކުށްކުރާމީހުން އެކިވައްތަރުގެ ކާނާކަމުންގެންދާހާ ހިނދަކު، ޚާއްޞަކޮށް އެމީހުން އެ ކާންބޭނުންވާހާ އެއްޗެއް ކަމުންގެންދާހާ ދުވަހަކު، ނުވަތަ ނިއުޓިރަޝަން ނުލިބޭ ދެރަ ކެއުމެއް ކައިގެން އެ ވިޔާނުދާ ދިރިއުޅުން އުޅެން އޭނާ ދޫކޮށްލާފައި ހުރިހާ ދުވަހަކު އޭނާ އުޅެމުންދާނީ އެވިޔާނުދާ ކުށްވެރި ދިރިއުޅުމެވެ. (ނިމުނީ)
މިލިޔުން؛ ޓައިޕުކުރުން: ޙުސައިން ޝާކިރު އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް ޝާއިޢު ކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ޗޗ / ކުޑަހުވަދޫ, 2010-10-19 16:36:11
މި ވާހަކަ ގަބޫލު ކުރަން އަޅުގަނޑަކަށް އެހައި ފަސޭހައެއް ނުވި އެވެ. ޢާއްމުކޮށް ދިވެހިންކާނީ ބަތް، ރޮށި، ގަރުދިހަ، ރިހާކުރު،ދެން ތަރުކާރީ، އެއްގަމު، ކަނޑު، ފަރުމަސް ނޫންތޯ އެވެ؟ ވީއިރު އެއްބަޔަކު ކުށްތަކަށް އަރައިގަންނައިރު، އަނެއްބަޔަކު އެއްގޮތަކަށްވެސް ކުށެއްނުކުރެ އެވެ. އެހެންވީމައި ކުށްކުރުން ކަށީގައި ހިފާއިވާމީހުން ކުއްކުރާނީ ނޫންތޯ އެވެ؟ މާތްﷲ އެމީހަކަށް ތެދުމަގު ނުދައްކަވާހާ ހިނދަކު އެވެ؟.
ވަރަށް ރަނގަޅު ކުއްކުރަން ފަށަނީކީއްވެކަމާ، ކުއްތަށް ކުރާމީހުން އެކުތައް ކުރަނީވކުރަންބޭނުމެއްގައިކަން، އަދި އެމީހުންނަށް ރަނގަޅުގޮތް އެނގޭއިރުވެސް އެގޮތަށް އެއުޅެނީ ކީއްވެކަން ބަލާލާ ސައިންސްގެ އަލީގައި ލިޔުމެއް ގެނެސްދެއްވިއްޔަ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މަދުން ނޫނީ ނުފެންނަ ކަހަލަ ޝައުޤުވެރި ލިޔުމެކެވެ. މަޢުލޫމަތުކޮޅުގައި އާކަން އެބަ ހުއްޓެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔައިލެވެ އެވެ. ކުރުކުރުކޮށް މެސެޖު ދެއްވައިފައިވެ އެވެ. ޝާކިރުގެ ކޮންމެ ލިޔުމެއްގައި ވެސް މި ފަދަ ކިޔާހިތްވާ ކަހަލަ ގޮތެއް ހުރެ އެވެ. ކުރުކުރުކޮށް ފޮނިފޮނި ކޮންނެވެ.