ފަންވަތް ސައިންސްޓެކް މޮބައިލްފޯން ނޮކިއާ 6790
ބެލި ޢަދަދު: 1225
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނޮކިއާ 6790 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
18 އޮގަސްޓް 2009، 00:08 އަންގާރަ

ނޮކިއާ 6790


Nokia 6790


ޢަބްދުﷲ ފިރާޤު

•    ނޮކިއާގެ މިފޯނަނީ 2009 ޖުލައި މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. ނޮކިއާ 6790 ފޯނަކީ 2ޖީ އަދި 3ޖީ ނެޓްވޯރކްތަކުގައިވެސް މަސައްކަތް ކުރާގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މީގެ އިތުރުން އެފް.އެމް ރެޑިއޯ ފަދަ ބޭނުންތެރި ފަސޭހަތައްވެސް މިފޯނުގައި ވާނެއެވެ.

•    ނެޓްވޯރކް:-
o    2 ޖީ ނެޓްވޯރކް:  GSM 850/ 900 / 1800 / 1900
o    3 ޖީ ނެޓްވޯރކް: 1900 /HSDPA 850   

•    މިފޯނުގެ ބަރުދަނަކީ 123.9 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 97.5 މިލިމީޓަރެވެ. ފުޅާމިނަކީ 57.9 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ.

•    މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ، ކުލަ އިސްކިރީނެކެވެ. އެކަމަކު މީ ޓަޗް އިސްކިރީނެއްނޫނެވެ. އިސްކިރީނުގެ ބޮޑުމިނަކީ 2.4 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 240 × 320 ޕިކްސެލްސް އެވެ.

•    ނޮކިއާ 6790 ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

•    އާންމުކޮށް ބަލާއިރު ފޯނުނަންބަރުތައް ރައްކާ ކުރާކަށް ވަކިމިންވަރެއް ނެތެވެ. ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. 30 ދުވަސް ވަންދެން ފޯންކޯލްތަކުގެ ރެކޯޑްސް ފޯނުގައި ހުންނާނެއެވެ.

•    މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 128 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 8 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރާނެއެވެ.

•    ނޮކިއާ 6790 ގައި ވައި-ފައި ގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ބްލޫޓޫތްގެ ޚިދުމަތާއި،  މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް މިފޯނުގައިވެއެވެ.

•    މިފޯނުގައިވަނީ 2 މެގަރ ޕިކްސެލް، 1200 ×  1600 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯވެސް ކުރެވޭނެއެވެ. ނަމަވެސް 3ޖީ ވީޑިއޯ ކެމެރާއެއް މިފޯނުގައި ނުވެއެވެ.

•    ނޮކިއާގެ މިފޯނުގައި ބޭނުންކޮށްފައިވަނީ ސެމްބިއަން އޮޕަރޭޓިންގ ސިސްޓަމެވެ.  

•    މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ.

•    ނޮކިއާގެ މިފޯނުގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ.

•    މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ.

•    ނޮކިއާ 6790 ގައި ބޭނުންކޮށްފައިވަނީ 1500 މިލިއެމްޕެއަރގެ ބެޓެރިއެކެވެ. މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 4 ގަޑި 50 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 4 ގަޑި އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 400 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައިވެސް  400 ގަޑިއިރު ބޭނުން ކުރެވޭނެއެވެ.


•    ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1225
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone