މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނޮކިއާ 5800 ނެވިގޭޝަން |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 23 އޮކްޓޫބަރ 2009، 00:15 ހުކުރު | |||
|
Nokia 5800 Navigation ޢަބްދުﷲ ފިރާޤް • ނޮކިއާގެ މިފޯނު ބާޒާރަށް ނެރެފައިވަނީ 2009 އޮކްޓޯބަރ މަހުއެވެ. މިފޯނަކީ 2 ޖީ އަދި 3 ޖީ ނެޓްވޯރކްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ފޯނެކެވެ.• ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: 2100 /HSDPA 900 • މިފޯނުގެ ބަރުދަނަކީ 109 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 111 މިލިމީޓަރެވެ. ފުޅާމިނަކީ 51.7 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 15.5 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.2 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 640 × 360 ޕިކްސެލްސް އެވެ. މިފޯނަކީ "އޮޓޯ ރޮޓޭޝަން" ގެ ޚިދުމަތް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ. • ނޮކިއާގެ މި ފޯނުގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. • އާންމުކޮށް ބަލާއިރު ފޯނުނަންބަރުތައް ރައްކާ ކުރާކަށް ވަކިމިންވަރެއް ނެތެވެ. ފޮޓޯއާއި އެކުވެސް ފޯނު ނަންބަރު ރައްކާކުރެވޭނެއެވެ. 30 ދުވަސް ވަންދެން ފޯންކޯލްތަކުގެ ރެކޯޑްސް ފޯނުގައި ހުންނާނެއެވެ. • މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 81 މެގަބައިޓެވެ. ރެމް ގެ މިންވަރަކީ 128 މެގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް ކާރޑްވެސް ބޭނުންކުރެވޭ ފޯނެކެވެ. މިގޮތުން ބޭނުންކުރެވޭނީ މައިކްރޯ އެސް.ޑީ ކާޑެވެ. 16 ގިގަބައިޓާއި ހަމައަށް މައިކްރޯ އެސް.ޑީ ކާޑް ސަޕޯޓް ކުރެވޭއިރު މިފޯނާއި އެކު 8 ޖީ.ބީ ކާޑެއްވެސް ހިމެނެއެވެ. • ނޮކިއާ 5800 ގައި ވައި-ފައި ގެ ޚިދުމަތާއި، ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތްވެސް ވެއެވެ. • މިފޯނުގައިވަނީ 3.15 މެގަރ ޕިކްސެލް، 1536 × 2048 ޕިކްސެލް ގެ ކެމެރާއެކެވެ. އޯޓޯ ފޯކަސް އާއި، ފްލެޝް ވެސް މިފޯނުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މި ކެމެރާއިން ވީ.ޖީ.އޭ ކޮށް ވީޑިއޯވެސް ކުރެވޭނެއެވެ. އަދި 3ޖީ ވީޑިއޯ ކޯލް ކެމެރާއެއް ވެސް މިފޯނުގައިވެއެވެ. • ނޮކިއާގެ މިފޯނުގައި ބޭނުންކޮށްފައިވަނީ ސެމްބިއަން އޮޕަރޭޓިންގ ސިސްޓަމެވެ. ޕްރޮސެސަރ ސްޕީޑަކީ 434 މެގަހާރޓްޒް އެވެ. • މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް އަދި އީ-މެއިލް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. • ނޮކިއާގެ މިފޯނުގައި ސްޓީރިއޯ އެފް.އެމް ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބަލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. • މިފޯނުގައި ޖީ.ޕީ.އެސްގެ ޚިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން މިފޯނަށް އޭ-ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ. • ނޮކިއާ 5800 ގައި ބޭނުންކޮށްފައިވަނީ 1320 މިލިއެމްޕެއަރގެ ބެޓެރިއެކެވެ. މިފޯނުން 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 9 ގަޑި އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 5 ގަޑި އިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 408 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައިވެސް 408 ގަޑިއިރު ބޭނުން ކުރެވޭނެއެވެ. އަދި ލަވަޖެހުމަށް ބޭނުންކުރާނަމަ 35 ގަޑިއިރު ބޭނުންކުރެވޭނެކަމަށް ވެއެވެ. • މިވަގުތު ނޮކިއާ 5800 ނެވިގޭޝަން ފޯނެއްގެ އަގަކީ 300 ޔޫރޯއެވެ. އެހެންކަމުން އެއީ ގާތްގަނޑަކަށް 5760 ދިވެހި ރުފިޔާއެވެ. • ފޯނު ގންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ އާމިނަތު , 2009-10-27 02:49:23
ހާދަ ގިނަދުވަސްކޮށްލާފަޔޭ ފިރާޤުގެ ލިޔުމެއް މިފެނުނީ. ވަރަށްބޮޑަށް ޝުކުރިއްޔާ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|