މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެޕަލް އައި ފޯނު 4 |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 01 އޮގަސްޓް 2010، 01:58 އާދީއްތަ | |||
|
Apple iPhone 4 ޢަބްދުﷲ ފިރާޤު ހަތަރުވަނަބައި:އެޕަލް އައި ފޯނަކީ ފޯނުގެ ދުނިޔެއަށް ވަރަށް އާ ކަންތައްތަކެއް ގެނުވައިދިން ފޯނެކެވެ. އަހަރަކު އެއްފަހަރު ނެރޭ އައި ފޯން ސިލްސިލާގެ ފޯނުތަކުގެ އެންމެ ފަހުގެ ފޯނު ނުކުމެފައިވަނީ 2010 ޖޫން މަހުއެވެ. އެޕަލް އައި ފޯން 4 ގެ ނަން ދީފައިވާ މިފޯނާއި ބެހޭ މަޢުލޫމާތު ކޮޅެއް ހިއްސާކޮށްލެވޭތޯ ބަލާނަމެވެ. ފޯނުގެ މުހިންމު ބައެއް ސިފަތައް: • ނެޓްވޯރކް:- މިފޯނަކީ "ކްއަޑް ބޭންޑް" ޖީ.އެސް.އެމް އަދި "ކްއަޑް ބޭންޑް" 3ޖީ ސަޕޯރޓް ކުރާ ފޯނެކެވެ. • ފޯނުގެ ބަރުމިނުގައި ހުންނާނީ 137 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 115.2 މިލިމީޓަރެވެ. ފުޅާމިނުގައި 58.6 މިލިމީޓަރު ހުންނައިރު ފޯނުގެ ބޯމިނަކީ 9.3 މިލިމީޓަރެވެ. އެހެންކަމުން މިފޯނު 3ޖީ އެސް އަށްވުރެ ތުނިވެފައި ކުޑަވާނެއެވެ. ނަމަވެސް ވަރަށް ކުޑަ ތަންކޮޅެން ބަރުވާނެއެވެ. • މިފޯނުގެ އިސްކިރީނަކީ ޓީ.އެފް.ޓީ ކެޕޭސިޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.5 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 960 × 640 ޕިކްސެލްސް އެވެ. މީގެއިތުރުން މަލްޓިޕަލް ޓަޗް އިމްޕުޓް ފަންކަޝަންވެސް ހިމެނޭނެއެވެ. އޮޓޯ ރޮޓޭޝަން ކުރުމަށްޓަކައި "އެކްސެލެރޯމީޓަރ" ސެންސަރ ވެސް ހިމެނެއެވެ. އަދި އޮޓޯ ޕަވަރ އޮފް ވުމަށްޓައި "ޕްރޮކްސްމިޓީ" ސެންސަރެއްވެސް ހިމެނެއެވެ. ހާއްސަ އަނެއްސިފައަކީ މި ފޯނު ތަކުގެ އިސްކިރީނަކީ ކޫރުން ނޭޅޭގޮތަށް ފަރުމާކުރެވިފައިވާ އިސްކިރީންތަކަކަށްވުމެވެ. 3ޖީ އައިފޯނާއި އަޅާބަލާއިރު މިފޯނުގެ އިސްކިރީން ރިޒަލޫޝަން ވަރަށްބޮޑުތަން މަތިވާނެއެވެ. • ރިންގްޓޯންގެ ގޮތުގައި ބޭނުންކުރަނީ ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯނެވެ. މި ދެވައްތަރުގެ ރިންގްޓޯންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އާންމުކޮށް ބަލާއިރު ފޯނު ނަމްބަރުތައް ރައްކާކުރާކަށް ވަކި އަދަދެއްނެތެވެ. އަދި ފޯނު ނަމްބަރުތައް ރައްކާކުރުމުގައި ބޭނުންވާ މަޢުލޫމާތުތައް ބެހެއްޓުމުގައިވެސް ލިމިޓެއްނެތެވެ. އެންމެ ފަހުން ކުރާ 100 ކޯލާއި، "ރިސީވް" އަދި "މިސް" ވާ ފޯންކޯލުގެ އެންމެ ފަހުގެ 100 ނަމްބަރ ފޯނުގައި ރައްކާކުރާނެއެވެ. • މިފޯނުތަކުގައި ހުންނާނީ އިންޓާނަލް މެމޮރީއެވެ. އެހެންކަމުން އެކްސްޓާނަލް ކާޑެއް ބޭނުމެއް ނުކުރެވޭނެއެވެ. އައި ފޯނު 4 ގައި ހުންނާނީ 16 ގިގަބައިޓް އަދި 32 ގިގަބައިޓް ގެ އިންޓާރނަލް ސްޓޯރޭޖެވެ. މިފޯނުގެ ރެމް ގެ މިންވަރަކީ 512 މެގަބައިޓެވެ. • މި ފޯނުތަކުގައި GPRS ގެ ޚިދުމަތާއި ވައި-ފައިގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި ކޮމްޕިއުޓަރާއި ގުޅާލުމަށް ޔޫ.އެސް.ބީ ވެސް ހިމެނެއެވެ. އަދި ބްލޫޓޫތު ފަންކަޝަންވެސް މިފޯނުގައި ހިމެނެއެވެ. މިފޯނުގައިވެސް ޖީ.ޕީ.އެސް ހިދުމަތްވެސް ހިމެނެއެވެ. އެހެންކަމުން A- ޖީ.ޕީ.އެސް ސަޕޯޓް ކުރާނެއެވެ. އަދި ޑިޖިޓަލް ކޮމްޕަހުގެ ފަސޭހަކަންވެސް ހިމެނެއެވެ. • މިފޯނުގައި ކެމެރާގެ މިންވަރުވެސް ވަނީ 5 މެގަރ ޕިކްސެލް، 1944 × 2592 ޕިކްސެލް އަށް މަތިކޮށްފައެވެ. އަދި މިކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. އޮޓޯ ފޯކަސް އާއި، ޕްލެޝް ގެ ހިތްގައިމުކަންވެސް މިފޯނުގައި ވެއެވެ. މިފޯނުން ވައިފައި މެދުވެރިކޮށް ވީޑިއޯ ކޯލް ވެސް ކުރެވޭނެއެވެ. • އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި މިފޯނުގައި ބޭނުންކޮށްފައިވަނީ "އައި.އޯ.އެސް4" އެވެ. • މިފޯނުގައިވަނީ 1GHz Apple A4 Processor ގެ ސީ.ޕީ.ޔޫ އެކެވެ. • މިފޯނުގައި އީ-މެއިލް، އެސް.އެމް.އެސް، ނޯޓްބުކް، އެލާރމް، ޓައިމަރ، ސްޓްޕްވޮޗް ފަދަ ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ. އަދި ފާހަގަކުރެވޭ މުހިންމު އެއްކަމަކީ އެމް.އެމް.އެސް ގެ ހިދުމަތްވެސް ހިމަނާފައިވުމެވެ. ނެޓް ބްރައިޒަރ އެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ "ސަފާރީ" އެވެ. • އައިފޯނު 4 ގައި، ޑިޖިޓަލް ކޮމްޕަހާއި، ގޫގުލްމެޕާއި، އޯޑިއޯ ވީޑިއޯ ޕްލޭޔަރ ފަދަ ބޭނުންތެރި ހިދުމަތްތައްވެސް ވެއެވެ. • މިފޯނުން 2ޖީ ގައި ވާހަކަ ދެއްކޭނެކަމަށް ލަފާކުރެވެނީ 14 ގަޑިއިރެވެ. 3ޖީ ގައި ނަމަ 7 ގަޑިއިރެވެ. ސްޓޭންޑްބައިގައި 300 ގަޑިއިރު ބޭނުންކުރެވޭއިރު، ލަވަޖަހާނަމަވެސް 40 ގަޑިއިރު ބޭނުންކުރެވޭނެއެވެ. އެހެންކަމުން އެޕްލްގެ އެހެން ފޯނުތަކާއި ބަލާއިރު އައިފޯން 4 ގެ ބެޓެރި ކެޕޭސިޓީ ވަރަށްބޮޑުތަން މަތިކަމަށް ފާހަގަކުރެވެއެވެ. އައިފޯން 4 ގައި ފާހަގަކުރެވޭ ބައެއް ކަމުނުދާ ސިފަތައް: • މައިކްރޯ ސިމްކާޑް ބޭނުން ކުރަންޖެހުން. • އެޕްލިކޭޝަންތަކަށް މަލްޓި ޓާސްކް ކުރެވެންނެތުން. • ވީޑިއޯކޯލް ވައިފައި މެދުވެރިކޮށް ކުރަންޖެހުން. • ކެމެރާ ކަވަރ ކުރާނެގޮތެއްނެތުން. • ރޭޑިއޯގެ ޚިދުމަތް ނެތުން. • ލައުޑް ސްޕީކަރގެ ޚިދުމަތުގެ ފެންވަރު މާބޮޑަށް ދައްވުން. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކިރީނަށް އަރާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)
![]()
...
ލިޔުނީ މޫސަ, 2010-07-31 20:52:29
މައްސަލަތަކުގެ ތެރޭގައި ސިގްނަލް މައްސަލަ ހިމަނާފައި ނެތީ ކީއްވެބާ؟ ފޯނުގެ ބޭރުގައި އެންމެ އިނގިއްޔެއް ޖެހޭ ތަނެއްގެ ގޮތުން ސިގްނަލް އެއްކޮށް ކެނޑޭވަރުވާކަމަށް މި ފޯނު ރިވިއު ކުރައްވާ އެހެން ބޭފުޅުން ބަޔާންކުރައްވާފައިވެއެވެ. ޔޫޓިއުބުގައި ވީޑިއޯތައްވެސް އެބަ ހުއްޓެވެ.
...
ލިޔުނީ ފިރާޤް, 2010-08-02 06:11:53
ތިޔަފާޅުކުރެއްވި ޚިޔާލަށް ޝުކުރުވެރި ވަމެވެ. އައިފޯނު 4 ގައި ތިޔަފާހަގަކުރެއްވި މައްސަލަ ހުރެއެވެ. ކަވަރެއްގެ އެހީގައި އެކަމަށް ކޮންމެވެސް ހައްލެއް ގެނެވިފައިވެއެވެ. އަދި ދެން އުފައްދާ ފޯނުތަކުގައި އެކަން ހައްލުވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން އަޅުގަނޑު އެޕޮއިންޓް ނުހިމަނާ ދޫކޮށްލީއެވެ.
...
ލިޔުނީ އަފާ, 2010-08-02 10:40:33
އައިފޯން 4 ކީ ފުރިހަމަ މަލްޓި ޓާސްކިންގ ހިމެނޭ ފޯނެކެވެ. ވީމާ އައިފޯން 4 ގައި މަލްޓި ޓާސްކިންގ ނެތްކަމަށް ބުނެފައިވާ ކުށްބަސް އިސްލާހުކޮށްލުން އެދެން
...
ލިޔުނީ ފިރާޤް, 2010-08-06 16:37:59
އައިފޯނަކީ ވަރަށް ގިނަގުނަ އެޕްލިކޭޝަންތައް އިންސްޓޯލް ކުރެވޭގޮތަށް ހުންނަ ފޯނެކެވެ. އެހެންކަމުން ފޯނު އުފެއްދުމުގައި ނުހިމެނޭ ކިތަންމެ ބޭނުންތަކެއް އެޕްލިކޭޝަން "އެޑް" ކޮށްގެން ކުރެވޭނެއެވެ. މިސާލަކަށް ފުރަތަމަ އުފެއްދި އައިފޯނުތަކުގައި ބްލޫޓޫތާއި، އެމް.އެމް.އެސް އަދި ވީޑިއޯ ކުރެވެންވެސް ނުހުރެއެވެ. ނަމަވެސް އިތުރު "އެޕްލިކޭޝަންތަކުގެ އެހީގައި މި ހުރިހާ ބޭނުންތަކެއްވެސް ކުރެވެއެވެ. އެހެންކަމުން އައިފޯނެއް ބާޒާރަށް ނުކުންނައިރު ނުހުންނަ ކިތަންމެ ކަމެއް އެޕްލިކޭޝަންގެ އެހީގައި ކުރެވޭނެއެވެ. އެފަދަ ހުރިހާކަމެއް މިފަދަލިޔުމެއްގައި ނުހިމަނަމެވެ.
...
ލިޔުނީ ސައީދު , 2010-08-07 18:09:37
އެޗްޑީގެ ވާހަކަ ސީދާކޮށް ނުގެނައީ ކީއްވެގެންބާ؟ މިހެން މި ދެންނެވީ ޕިކްސްލް ރޭޓް ގެނެސްދީފައި އިންކަމުގައި ވިޔަސް "އެޗްޑީ" މިހެން ނެތުމުން ބައެއް ކިޔުންތެރިންނަށް އޮޅުމެއް އަރާފައި އޮވެދާނެތީ. ރަގަޅު ލިޔުމެއް. ޝުކުރިއްޔާ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|