ފަންވަތް ސައިންސްޓެކް މޮބައިލްފޯން ސެމްސަންގް ގެލެކްސީ އެސް
ބެލި ޢަދަދު: 1114
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ސެމްސަންގް ގެލެކްސީ އެސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން
21 ސެޕްޓެމްބަރ 2010، 00:23 އަންގާރަ

Samsung Galaxy S

ޢަބްދުﷲ ފިރާޤް

ސެމްސަންގ ކުންފުނީގެ މި އުފެއްދުމަކީ މިވަގުތު އެންމެ މަޤްބޫލުކަން ހޯދާފައިވާ ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ. މިފޯނުގައި އޮޕަރޭޓިންގ ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރަނީ އެންމެފަހުގެ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމެވެ. މިފޯނުގެ ޓަޗް އިސްކިރީނުގެ ފަސޭހަކަމަކީ ވެސް މިފޯނު ބޭނުންކުރުމަށް ޝަޢުޤުވެރި ކުރުވާ އެއްސަބަބެވެ. މިފޯނުން ހައިޑެފިނިޝަން ކޮށް ވީޑިއޯ ބަލާލެވުމަކީވެސް މިފޯނަށްލިބޭ ތަރުޙީބު އިތުރުވެގެންދާނެކަމެކެވެ. ހަމަމިއާއި އެކު މިފޯނުގައި ހިމެނޭ 1ޖީ.ބީ ޕްރޮސެސަރގެ ސަބަބުން މިފޯނަށް އިތުރު ފުރިހަމަކަމަކާއި، އިތުރު ހަލުއިކަމެއް ގެނުވައެވެ. މިފޯނުތަކުގައިވާ 8ޖީ.ބީ ނުވަތަ 16ޖީ.ބީ ކެޕޭސިޓީގެ ސަބަބުންވެސް މިފޯނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.

ފޯނުގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ސެމްސަންގ ގެ މި އުފެއްދުމުގެ ފަހަތުގައި ވަނީ އެޗް.ޓީ.ސީ. ގެ "ޑިސަޔަރ" އާއި ވާދަކުރުމެވެ. އަދި ސެމްސަންގ ގެ މި މަޤްޞަދު ވަރަށް ރަނގަޅަށް ޙާޞިލްވަމުން އަންނަކަމަށްވެސް މިފަރާތްތަކުން ދެކެއެވެ.

ޖުމްލަކޮށްބަލާއިރު ބޭނުންކުރަން ފަސޭހަ، ބަލާލަންރީތި ފޯނަކަށް ޝަޢުޤްވެރިކަން ހުރިނަމަ ސެމްސަންގ  ގެލެކްސީ އެސް ގެ އަޖުމަ ބަލާލުން ރަނގަޅުވާނެކަމަށް ދެކެވެ.

މިހާހިސާބުން މިފޯނުގައި ހިމެނޭ މުހިންމު ކަންތައްތަކަށް ބަލާލަމާތޯއެވެ.
•    5 މެގަރ ޕިކްސެލް ކެމެރާ (އޮޓޯ ފޯކަސް، ފޭސް ޑިޓެކްޝަން، ސްމައިލް ޝޮޓް، ޑިޖިޓަލް ޒޫމް).
•    ހައިޑެފިނިޝަން ވީޑިއޯ ރެކޯޑިންގ (720p).
•    ސުޕަރ އޭ.އެމް.އޯ.އެލް.ޑީ ޑިސްޕްލޭ (16މިލިއަން ކަލަރސް، 800x480 ޕިކްސެލްސް، 4އިންޗި ޓަޗް އިސްކިރީން، އޮޓޯ ރޮޓޭޝަން).
•    މިއުޒިކް ޕްލޭޔަރ.
•    އެފް.އެމް ރޭޑިއޯ.
•    އެމް.ޕީ3 ރިންގޓޯންސް.
•    އިންޓަރގްރޭޓެޑް ސްޕީކަރ.
•    އޭ. ޖީ.ޕީ.އެސް އަދި ގޫގްލް މެޕް.
•    އެސް.އެމް.އެސް، އެމް.އެމް.އެސް، އިންސްޓެންޓް މެސެޖިންގ، އީމެއިލް.
•    ޕާރސަނަލް އޮގަނައިޒަރ ފަންކްޝަން.
•    ޖާވާ ގޭމްސް.
•    8ޖީ.ބީ ނުވަތަ 16 ޖީ.ބީ މެމޮރީ އަދި މައިކްރޯ އެސް.ޑީ ކާޑް 32ޖީ.ބީ އާއި ހަމައަށް ބޭނުން ކުރެވުން.
•    ވައިފައި، ބްލޫޓޫތު 3.0، ޔޫ.އެސް.ބީ2.0، 3.5އެމް.އެމް އޯޑިއޯ ޖެކް، ޓީ.ވީ އައުޓް.
•    ރިއަލިޓީ ބްރައުޒަރ2.0، ކްރޯމް ލައިޓް ވެބް ބްރައުޒަރ، ޖީ.ޕީ.އާރ.އެސް، އެޖް، 3ޖީ.
•    ކްއަޑް ބޭންޑް ޖީ.އެސް.އެމް، ޑުއަލް ބޭންޑް 3ޖީ.
•    ބަރުދަން 118ގްރާމް
•    ފޯނުން ވާހަކަދެއްކޭނެކަމަށް ލަފާކުރެވެނީ 6.5 ގަޑިއިރު. ސްޓޭންޑް ބައިގެ ގޮތުގައި 575 ގަޑިއިރު.

•    ފޯނު ގންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ Get the right information first, 2010-09-24 04:20:38
This mobile uses android 2.1 thats not the latest , latest is 2.2 aka Froyo and also how a processor could be GB. its Ghz. gigahertz not gigabyte
...
ލިޔުނީ ފިރާޤް, 2010-09-24 08:40:47
ތިޔަ ކުރެއްވި ކޮމެންޓް ވަރަށް ފުރިހަމަ، ޕްރޮސެސަރގެ ސްޕީޑް ގިގަބައިޓް ކަމަށް ލިޔެވިފައި އެވަނީ އޮޅުމަކުން. ރަނގަޅު ގޮތަކީ ގިގަހާރޓްޒް. މިކަން އަޅުގަނޑުގެ ސަމާލުކަމަށް ގެންނެވީތީ ޝުކުރުވެރި ވަން. އަދި މި ކުށަށް ކިއުންތެރިންގެ ފަރާތުން މަޢާފަށް އެދެން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1114
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone