މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސެމްސަންގ S8000 ޖެޓް |
|
|
| ސައިންސް ޓެކްނޮލޮޖީ - މޮބައިލްފޯން | |||
| 08 ޖުލައި 2009، 00:18 ބުދަ | |||
|
Samsung S8000 Jet ޢަބްދުﷲ ފިރާޤު މީ ސެމްސަންގ ގެ ފަހުގެ އުފެއްދުމެކެވެ. 2009 ޖޫން މަހު ބާޒާރަށްނެރެފައިވާ މިފޯނަކީ ޒަމާނުގެ ގިނަ ވަސީލަތްތައް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ. • ނެޓްވޯރކް:- o 2 ޖީ ނެޓްވޯރކް: GSM 850/ 900 / 1800 / 1900 o 3 ޖީ ނެޓްވޯރކް: 2100 / HSDPA 900 • މިފޯނުގެ ބަރުދަނަކީ 110 ގްރާމެވެ. ފޯނުގެ ދިގުމިނަކީ 108.8 މިލިމީޓަރެވެ. ފުޅާމިނަކީ 53.5 މިލިމީޓަރެވެ. އަދި ބޯމިނުގައި ހުންނަނީ 11.9 މިލިމީޓަރެވެ. • މިފޯނުގެ އިސްކިރީނަކީ އޯ.އެލް.އީ.ޑީ ރެސިސްޓިވް ޓަޗް އިސްކިރީނެކެވެ. އިސްކިރީނުގެ ބޮޑުމިނަކީ 3.1 އިންޗިއެވެ. އިސްކިރީން ރިޒަލޫޝަނަކީ 800 × 480 ޕިކްސެލްސް އެވެ. މިފޯނުގައި އޮޓޯ ރޮޓޭޝަނާއި، މޯޝަން ޑިޓެކްޓް ވެސް ހިމެނެއެވެ. • ސެމްސަންގ ގެ މިފޯނު ގައި ރިންގްޓޯންގެ ގޮތުގައި ޕޮލިފޯނިކް ރިންގްޓޯނާއި، އެމް.ޕީ 3 ރިންގްޓޯންވެސް ބޭނުންކުރެވޭނެއެވެ. އަދި މިވައްތަރު ތަކުގެ ރިންގްޓޯންސް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. އަދި ޑިޖިޓަލް ސައުންޑް އިންޖީނަކާއި، 3.5 އެމް.އެމް ގެ އޯޑިއޯ ޖެކެއްވެސް ހިމެނެއެވެ. • މިފޯނުގެ އިންޓާރނަލް މެމޮރީގެ މިންވަރަކީ 2 ނުވަތަ 8 ގިގަބައިޓެވެ. މިފޯނަކީ އެކްސްޓާރނަލް "މައިކްރޯ އެސްޑީ" ކާޑް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފޯނެކެވެ. މިގޮތުން 16 ޖީ.ބީ އާއި ހަމައަށް ސަޕޯޓް ކުރާނެއެވެ. • GPRS ޑާޓާރ ޓްޓާންސްފަރ ރޭޓަކީ kbps48 – 32 އެވެ. • މިފޯނުގައި ވައި-ފައިގެ ހިދުމަތާއި ،ބްލޫޓޫތްގެ ޚިދުމަތާއި، މިނީ ޔޫ.އެސް.ބީ ގެ ޚިދުމަތް ވެސް ހިމެނެއެވެ. • މިފޯނުގައިވާ ކެމެރާއަކީވެސް ވަރަށް ފެންވަރު ރަނގަޅު ކެމެރާއެކެވެ. މި ކެމެރާއަކީ 5 މެގަރ ޕިކްސެލް، 1944 × 2592 ޕިކްސެލް ގެ ކެމެރާއެކެވެ. މި ކެމެރާއިން ވީޑިއޯވެސް ކުރެވޭނެއެވެ. އަދި ހަމަމިއާއިއެކު ވީޑިއޯކޯލް ކެމެރާއެއްވެސް ހިމެނެއެވެ. • މިފޯނުގައި ބޭނުންކޮށްފައިވަނީQualcomm MSM6246, 800Mhz ޕްރޮސެސަރ އެކެވެ. • މިފޯނުން އެސް.އެމް.އެސް، އެމް.އެމް.އެސް، އީ-މެއިލް އަދި އިންސްޓެންޓް މެސޭޖް ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ. އަދި ވެބް ބްރައުޒިންގެ ޚިދުމަތްވެސް ލިބޭނެއެވެ. • ސެމްސަންގ ގެ މިފޯނު ގައި ސްޓީރިއޯ ރޭޑިއޯގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި އެމް.ޕީ3 ލަވަޖަހާލެވޭ، ވީޑިއޯވެސް ބެލާލެވޭ ޕްލޭޔަރެއް ހިމެނެއެވެ. • މިފޯނުގައި ޑިޖިޓަލް ކޮމްޕަހާއި، މެޕްގެ ހިދުމަތާއި، ސްމާޓް އަންލޮކް ފަދަ މުހިންމު ބޭނުންތެރި ޚިދުމަތްވެސް ހިމެނެއެވެ. އަދި މިފޯނުގައި އޮގަނައިޒަރގެ ޚިދުމަތާއި، ވޮއިސްޑައިލް ފަދަ ބޭނުންތެރި ޚިދުމަތްތައްވެސް ވާނެއެވެ. • މިފޯނުގައި ބޭނުންކޮށްފައިވަނީ 1100 މިލި އެމްޕެއަރ ގެ ބެޓެރީއެކެވެ. 2ޖީ ނެޓްވޯރކްގައި ވާހަކަދެއްކޭނެ ކަމަށް ލަފާކުރެވެނީ 8 ގަޑި 20 މިނެޓް އިރެވެ. އަދި 3ޖީ ނެޓްވޯރކެއްނަމަ 5 ގަޑިއިރެވެ. ސްޓޭންޑްބައިގެ ގޮތުގައި 2ޖީ ނެޓްވޯރކްގައި 422 ގަޑިއިރު ބޭނުންކުރެވޭއިރު 3ޖީ ނެޓްވޯކްގައި ބޭނުންކުރެވެނީ 406 ގަޑިއިރެވެ. • މީގެ ފޯނެއް ގާތްގަނޑަކަށް 7000 ރުފިޔާ އާއި 7500 ރުފިޔާއާއި ދެމެދުގެ އަގެއްގައި ލިބޭނެއެވެ. • ފޯނު ގަންނައިރު ފޯނު ވިއްކިކަމުގެ ލިއުމުގައި ފޯނުގެ ސީރިއަލް ނަމްބަރު އިންތޯބަލަންވާނެއެވެ. ނެތްނަމަވެސް ސީރިއަލް ނަމްބަރު ހޯދާ ރައްކާކުރަންވާނެއެވެ. ފޯނު ވަގަށްނަގައިފިނަމަ ފޯން ބޭނުންނުކުރެވޭގޮތްހެދުމަށް މި ނަމްބަރު ބޭނުންވާނެއެވެ. *#06# (ސްޓާރ، ހޭޝް، ސުމެއް، ހައެއް، ހޭޝް) މިހެން ޖެހުމުން ނުވަތަ ސެންޑް ބަޓަނަށް ފިތާލުމުން ފޯނުގެ ސީރިއަލް ނަމްބަރު ފޯނުގެ އިސްކްރީނަށް އަރާނެއެވެ.
|
| ހަމަ މި ގަލަމުން |
|---|