ފަންވަތް ސައިންސްޓެކް އައިޓީ
އައިޓީ
އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގ ގެ ތާރީޚުގެ ތެރެއިން ބައެއް ..... (ފަހުބައި) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
25 ސެޕްޓެމްބަރ 2011، 00:44 އާދީއްތަ


އަޙުމަދު ޖަވާދު / ޅ. ނައިފަރު


                                            15 ސެޕްޓެމްބަރ  2011 (ބުރާސްފަތި) ގުޅޭ

2001 ވަނަ އަހަރު

-    އޮޕަރޭޓިންގ ސިސްޓަމްތަކުގެ އެތައްބައިވަރު އަޕްޑޭޓްތަކާއެކު މައިކްރޯސޮފްޓް ވިންޑޯޒް އެކްސްޕީ ބާޒާރަށް ނެރުނެވެ.
-    އިންޓެލް ޕެންޓިއަމް 4 ގެ 1.4 ގިގަ ހާރޓްޒް ގެ ޗިޕް ތަޢާރަފްވިއެވެ. މި ޗިޕްގައި 42 މިލިއަން ޓްރާންސިސްޓަރ ހިމެނިފައި ވެއެވެ.
 
އިންފޮރމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިޔުޓިންގގެ ތާރީޚުގެ ތެރެއިން ބައެއް ..... (ފުރަތަމަ ބައި) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
11 އޮގަސްޓް 2011، 00:35 ބުރާސްފަތި


އަޙުމަދު ޖަވާދު،  ޅ. ނައިފަރު

މިއީ އަޅުގަނޑު ފަންވަތުގައި ޝާޢިއުކުރުމަށް ލިޔާ ފުރަތަމަ ލިޔުމެވެ. އަޅުގަނޑަކީ ކޮމްޕިއުޓިންގ އާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އެ ދާއިރާގައި މަސައްކަތް ކުރާ މީހަކީމެވެ. އަދި އެ ދާއިރާއިން ދުނިޔެ ހޯދަމުންއަންނަ ކުރިއެރުންތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި ދިރާސާކުރުމަކީ އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ އެންމެ ފުރަތަމަ އުފެއްދި ޑިޖިޓަލް ކޮންޕިއުޓަރާ ހިސާބުން
 
ކާކުގެ އިނގިލީގެ ނިޝާނެއް! ޕްރިންޓް އީމެއިލް
ސައިންސް ޓެކްނޮލޮޖީ - އައިޓީ
04 ޖުލައި 2011، 00:45 ހޯމަ

 
މުހައްމަދު ޢަބުދުއްޞަމަދު ، ފެހިވިލާގެ/އިހަވަންދޫ

ކުރީ ޒަމާނުގައި އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު މާބޮޑު އެއްޗެއް އިންސާނުންނަށް އެނގިފައެއް ނުވެއެވެ. މާބޮޑު ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް 1856 ވަނަ އަހަރުން ފެށިގެން އިންސާނާގެ އިނގިލީގެ ނިޝާންތަކާމެދު ހޯދުންތަކެއް ވަނީ ހޯދާފައެވެ. މި ހޯދުންތައް ހޯދީ، ގެން ގިންސެން ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ ޢިލްމުވެރިއެކެވެ. އޭނާ ހޯދީ ކޮންމެ އިންސާނެއްގެ އިނގިލިތަކުގެ ކުރީގައި ޚާއްޞަ ރޮނގުތަކެއް ވާކަކެމެވެ. މިރޮނގުތައް ދެމީހަކު އެއްގޮތް ނުވާކަމެވެ. މި ހޯދުންތަކުގެ އަލީގައި މިކަންތައްތައް ވަނީ އިތުރަށް ދިރާސާކޮށް ހޯދައިފައެވެ.
 
ބަޙުރު އީމަޖައްލާ: ލިޔުންތެރިންނަށް ޒަމާނީ ބާޒާރެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
30 ޖުލައި 2009، 03:44 ބުރާސްފަތި

ޢަބްދުލްމުޢީދު ޙަސަން


ޢަރަބި ބަހުން ބަޙުރު ކިޔަނީ، ކަނޑަށެވެ. މި ނަމުން ދޭހަވާ މާނަތަކުގެ ތެރޭގައި ބިޔަކަމާއި ތަނަވަސްކަމާއި ފުންކަން ހިމެނެއެވެ. ބަޙުރު އީ މަޖައްލާ ތައްޔާރުކޮށްފައިވަނީ، މި މާނަތައް އެކުލެވޭ ގޮތަށެވެ. އެއީ މަޢުލޫމާތުގެ ބިޔަ ކަނޑެކެވެ. މަޒުމޫނާއި ޅެމާއި ފޮތާއި ވީޑިޔޯ ފަދަ ތަކެތި ރައްކާކުރެވިފައިވާ ތަނަވަސް ޚަޒާނާއެކެވެ. ނަމަވެސް އެ ބިޔަ ޚަޒާނާ، ތިޔަ ބޭފުޅުންގެ ޖީބުކޮޅުގައި ވެސް ގެންގުޅުއްވިދާނެއެވެ. އެހެނީ، އެއީ ސީޑީ ރޮމެކެވެ. ނުވަތަ ޑީވީޑީ ރޮމެކެވެ.

ބަޙުރު އީމަޖައްލާގެ އެންމެ މުހިންމު އެއް ސިފައަކީ، ލިޔުންތެރިންނަށް ފޮތް ވިއްކުމުގެ މަގު ތަނަވަސްކޮށްދީފައިވުމެވެ. މީގެ މާނައަކީ، ލިޔުންތެރިޔަކު ލިޔުއްވާ ފޮތްތައް، ޗާޕުކުރެއްވުމެއްނެތި، މި މަޖައްލާ މެދުވެރިކޮށް ވިއްކަވައި ވިޔަފާރިކުރެއްވިދާނެއެވެ. މިއީ، ފަންވަތް ފަދަ ވެބްސައިޓްތަކަށް ލިޔުއްވާ ހީވާގި ލިޔުންތެރިންނަށް އުފާވެރި ޚަބަރެއް ކަމުގައި ނޫނީ ނުވާނެއެވެ.
 
އިންޓަރނެޓަކީ ކޮބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
01 ޖޫން 2009، 02:00 ހޯމަ

ޙުސައިން ޝަރީފު  އެސްޖެހިގެ ލ. ފޮނަދޫ

އިންޓަރނެޓަކީ މިހާރު އަހަރެމެންނަށް އައު އެއްޗެއް ނޫނެވެ. ނަމަވެސް ޙަޤީގަތުގައި އިންޓަރނެޓަކީ ކޮބައިކަމާއި މި މާސިންގާ ވިއުގައިގައި އެކުލެވިގެންވާ ޚިދުމަތްތަކަކީ ކޮބައިކަމާމެދު ވިސްނާލެވިފައިވަނީ ކިތައް ކުދިންނަށް ބާވައެވެ؟ ތިޔަކުދިން އިންޓަނެޓްގެ އެހީގައި މޮބައިލް ފޯނުންނާއި ކޮމްޕިއުޓަރުން 'ޗެޓް' ކުރަމުއެވެ. އަދި ބައެއްފަހަރަށް ބައެއްކަހަލަ 'ވެބް ސައިޓްތަކަށް' ވަދެ އެސައިޓުތަކުގައި ހުންނަ 'ފޮޓޯ' އާއި 'ވީޑިއޯ' ބަލައި 'އޯޑިއޯ' އަޑު އަހަމުއެވެ. އަދި ފަހުން ބަލައިލުމަށާއި ރައްޓެހިންނަށް ދައްކައިލުމަށް ޓަކައި މިތަކެތި 'ޑައުންލޯޑުކޮށް' 'ސޭވް' ކުރަމުއެވެ. އެހެންނޫން ހެއްޔެވެ؟
 
"ހަންހާރަ" ކުޑަކުދިންގެ ޞަފުޙާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
29 މެއި 2009، 01:29 ހުކުރު


ޢަބްދުލްމުޢީދު ޙަސަން


މިފަހަރު މި ގެނެސްދެނީ ތަފާތު ވެބްސައިޓަކާ ބެހޭ މަޢުލޫމާތުކޮޅެކެވެ. މިއީ ކުރިން ގެނެސްދީފައިވާ ވެބްސައިޓުތަކާ ޚިލާފަށް ކުޑަކުދިންނަށްޓަކައި ވެބްސައިޓަކުން ތައްޔާރުކޮށްފައިވާ ޞަފުޙާއެކެވެ.


އާދޭހެވެ. " ހަންހާރަ" ކުޑަކުދިންގެ ޞަފުޙާއަކީ، އާކިފެހިޗަރ ވެބްސައިޓުން ކުޑަކުދިންނަށްޓަކައި ތައްޔާރުކުރާ ޞަފުޙާއެކެވެ. މި ޞަފުޙާ، އާވަނީ، ކޮންމެ މަހަކު އެއްފަހަރުއެވެ. މި ޞަފުޙާ އަމާޒުކޮށްފައިވަނީ، ގްރޭޑް 7 އިން ފެށިގެން ދަށުގެ ކުދިންނަށެވެ.

 
އެއީ އާދައިގެ ވެބް ސައިޓެއް ނޫން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
23 އެޕރީލް 2009، 01:33 ބުރާސްފަތި


ޢަބްދުލްމުޢީދު ޙަސަން


ވާރލްޑް ޑިޖިޓަލް ލައިބްރަރީއަކީ، އާދައިގެ ވެބްސައިޓެއް ނޫނެވެ. އެއީ، ވަރަށް ގިނަ ރެފަރެންސްތަކާއި ޑޮކިއުމަންޓްތަކާއި ނާދިރު ލިއުންތައް ހިމެނޭ އަރުޝީފެކެވެ. މި ލައިބްރަރީ އުފެއްދުމުގައި ބައިނަލްއަޤުވާމީ އެތައް ފަރާތެއްގެ ޙިއްޞާ ހިމެނިފައި ވެއެވެ.

ޗައިނާގެ ބޯދާ ލިއުންތަކާއި ޢަރަބި އިސްލާމީ ލިއުންތަކާއި އެމެރިކާއާއި ޔޫރަޕުގެ ބޯދާ ލިއުންތައް، އެ ސައިޓުގައި ވެއެވެ. އެ ސައިޓަށް ޒިޔާރަތްކުރައްވާ ކިއުންތެރިންނާއި ބާޙިޘުންނާއި ތަޢުލީމުޔާފުތާއިންނަށް، ދުނިޔޭގެ ޢިލްމީ ޚަޒާނާތަކުގެ ތަޅުދަނޑިތައް ވަނީ ފޯރުކޮށްދީފައެވެ. މި ބިޔަ މަޝްރޫޢުގެ ބޭނުމަކީ، އިންސާނީ ތާރީޚުގައި އުފެއްދިފައިވާ ޢިލްމާއި މަޢުރިފާ، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.

 
ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
13 އެޕރީލް 2009، 02:33 ހޯމަ


ޢަބްދުލްމުޢީދު ޙަސަން


ކީރިތި ޤުރުއާނަށް ޚިދުމަތްކޮށްދޭ ބައެއް ވެބްސައިޓްތައް، މީގެ ކުރިން ވެސް ގެނެސްދެވިފައި ވާނެއެވެ. މި ސިލްސިލާގައި މިފަހަރު ގެނެސްދޭ ވެބް ސައިޓުގައި، ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ.

މިފަހަރުގެ ސައިޓަކީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓެވެ.

ކުއްލިއްޔާގެ ވެބްސައިޓްގައިވާ ކީރިތި ޤުރުއާނުގެ ޚިދުމަތަކީ، ލިއުންތެރިންނަށް ނުހަނު ބޭނުންތެރި ޚިދުމަތެކެވެ. އަދި ކުއްލިއްޔާގެ ދަރިވަރުންނަށް، ތަޢުލީމީ ކަންކަމުގައި، އެ ޚިދުމަތުގެ ބޭނުން ހިފިދާނެއެވެ.

 
ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސްގެ ތަފާތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
19 މާރޗް 2009، 22:54 ބުރާސްފަތި


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސް ގެ ތަފާތުތަކަށެވެ. އިންޓަރނެޓުގައިވާ ޓެކްނޮލޮޖީ ވެބްސައިޓުތަކުގައި މިކަމާބެހޭގޮތުން ތަފާތު ގިނަ ބަޙުޘްތައްވަނީ ކޮއްފައެވެ. ތިރީގައި މިވަނީ އޭގެ ޚުލާޞާއެކެވެ. މި ދެ އޮޕަރޭޓިންގ ސިސްޓަމްޓަމްގެ ތެރޭން އެންމެ ރަނގަޅު އަދި ކަމުދާ އޯ.އެސްއެއް ކަނޑައަޅާނީ ކިޔުންތެރިންނާއި ބޭނުންކުރާ ފަރާތްތަކުންނެވެ.

 
ވިންޑޯސް 7 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
13 މާރޗް 2009، 00:20 ހުކުރު


ޝަމްސުލް ފަލާޙް


މައިކްރޯސޮފްޓުން އަލަށް ތަޢާރަފްކުރަންއުޅޭ އޮޕަރޭޓިންގ ސިސްޓަމް (އޯ.އެސް) ކަމަށްވާ، ވިންޑޯސް 7 ގެ ބީޓާ ވާރޝަން އެމީހުންވަނީ ވަރަށް ފަހުން ނެރެފައެވެ. މިއީ، މިހާރު ބޭނުންކުރާ އެކްސްޕީ އާއި ވިސްޓާއަށްވުރެ، އިންސްޓޯލްކުރުމަށް ފަސޭހަ އޯ.އެސްއެކެވެ. ވިންޑޯސް 7 ލޯޑްވުމަށްބަލާއިރު ފާހަގަކުރެވޭ ކަމަކީ، އެހެން އޮޕަރޭޓިންގ ސިސްޓަމްތަކަށްވުރެ އަވަސްކަމެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، ވިސްޓާ ބޭނުންކުރުމަށްފަހު، މިއޯ.އެސްއަށް ހިޖުރަކުރާ ފަރާތްތަކަށެވެ.
ވިންޑޯސް 7 ގެ ޑެސްކްޓޮޕް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ބައެއް ބަޓަންތަކާއި، ޓާސްކްބާރ ފަދަ އެއްޗެހިވެސް ހުންނަނީ ޓްރާންސްޕޭރަންޓްކޮށެވެ. އެހެންކަމުން، މިޒަމާނުގެ ގްރެފިކް ޑިޒައިނިންގގެ ވައްޓަފާޅި ވަރަށް ރަނގަޅަށް އެބަހުރިކަމަށް ބުނެވިދާނެއެވެ.

 
"ނައިސްޓްރާންސްލޭޓަރ" : ފައްކާ ވެބްސައިޓެއް. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
03 މާރޗް 2009، 22:44 އަންގާރަ

ޝަމްސުލް ފަލާޙް


ނައިސްޓްރާންސްލޭޓަރ އަކީ، ތަރުޖަމާކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ފައްކާ ވެބްސައިޓެކެވެ. އެއްބަހުން އަނެއްބަހަށް އެއްޗެއް ތަރުޖަމާކުރުމަށް ބޭނުންވާނަމަ، އެކަން ވަރަށް ފަސޭހަކަމާއެކު މިސައިޓުގެ އެހީގައި ކުރެވިދާނެއެވެ. މިސައިޓު ހުޅުވުމަށްފަހު، ލިޔަން ބޭނުންވާ ލެންގުއޭޖެއް ޚިޔާރުކުރުމަށްފަހު، ލިޔުމަށް ޚާއްޞަ ކުރެވިފައިވާ ގޮޅީގައި ބޭނުންވާ ޖުމްލައެއް ލިޔާށެވެ. އޭރުން އެގޮޅީގެ ތިރީގައިވާ ބަޔަށް ތަރުޖަމާކުރެވިފައިވާ ލިޔުން އަރަމުންދާނެއެވެ. މީ މިސައިޓުން ހިލޭ ފޯރުކޮއްދޭ ޚިދުމަތެކެވެ.

މިސައިޓަށް ޒިޔާރަތްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.

 
ޑިފޯލްޓް ފޮންޓް ބަދަލުކުރާނީ ކިހިނެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
28 ފެބްރުވަރީ 2009، 21:16 ހޮނިހިރު

ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، މައިކްރޯސޮފްޓް ވޯރޑް 2007 ގައި، ޑިފޯލްޓް ފޮންޓް ބަދަލުކުރާނެގޮތުގެ މައްޗަށެވެ. މައިކްރޯސޮފްޓް އޮފީސް 2007 ގެ ވޯރޑް 2007 ގެކުރިން، ވޯރޑްގެ ޑިފޯލްޓް ފޮންޓެއްގެގޮތުގައި މައިކްރޮސޮފްޓްއިން ބޭނުންކޮއްފައިވަނީ، ޓައިމްސް ނިއު ރޯމަން އެވެ. ނަމަވެސް، މިހާރު ޑިފޯލްޓް ފޮންޓެއްގެގޮތުގައިވަނީ، ކެލިބްރީ އެވެ.
 
ހޯލީ ޤުރުއާން ޑޮޓް ނެޓް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
20 ފެބްރުވަރީ 2009، 10:59 ހުކުރު

ޢަބްދުލްމުޢީދު ޙަސަން

މިއީ، ކީރިތި ޤުރުއާނުގެ އާޔަތްތައް ފަސޭހަކަމާއެކު، ކޮޕީކުރައްވަން ރަނގަޅު ވެބްސައިޓެކެވެ.

ސޫރަތްތަކުގެ ފިހުރިސްތު ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ.

ޢަރަބި ބަސް ދެނެވަޑައިނުގަންނަވާ ބޭފުޅުންނަށް ވެސް، މި ފިހުރިސްތުން، ސޫރަތްތައް ހޯއްދެވިދާނެއެވެ. އަދި އާޔަތްތައް ކޮޕީކުރެއްވުން ވެސް ދަތިފުޅެއް ނުވާނެއެވެ.
 
ގޫގުލް ސްކެޗްއަޕް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
04 ފެބްރުވަރީ 2009، 11:18 ބުދަ

ޝަމްސުލް ފަލާޙް


ގޫގުލް ސްކެޗްއަޕް އަކީ، ކުރެހުންތެރީންނާއި، ފަރުމާކުރުންތެރިންނާއި، އާރކިޓެކްޓުންނާއި ސިވިލް އިންޖިނިއަރުން ފަދަ ޢިމާރާތާއި ކުރެހުމުގެ ދާއިރާގައި ނުވަތަ 3ޑީ މޮޑެލްތައް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ. މިއީ، ގޫގުލްއިން ތައްޔާރުކޮއްފައިވާ ވަރަށް ފުރިހަމަ، ކޮންމެ މީހަކަށްވެސް، ފަސޭހަކަމާއެކު، 3ޑީކޮށް ކުރެހޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރއަކީ، 1999 ގައި އެޓްލާސްޓް ސޮފްޓްވެއަރ ކުންފުނިން އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ.
 
ރާޒުވާކުޅެން ދަސްކުރާނެ ސައިޓެއް. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
15 ޖެނުވަރީ 2009، 23:36 ބުރާސްފަތި


ރާޒުވާކުޅެން ދަސްކުރަން ބޭނުންނަމަ، ރާޒުވާ ކުޅެން އެނގޭ މީހަކު އެ ކުޅޭގޮތް ދަސްކޮއްދޭންދެން ހުންނާކަށް ނުޖެހެއެވެ. މިހާރު، އިންޓަރނެޓްގެ ޒަރީޢާއިންވެސް ރާޒުވާ ކުޅެން ދަސްކުރެވިދާނެއެވެ. މިތަނަށް ކްލިކްކޮއްލުމުން ރާޒުވަން ކުޅެން ދަސްކޮއްދޭ ވެބްސައިޓްތަކަށް ދެވޭނޭ މަގުފަހިވެގެންދާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ރާޒުވާކުޅުމުގައި ފަސޭހައިން ކުޅިފަސް ހޯދިދާނެއެވެ.
 
ފަންކްޝަން ކީތަކުގެ ބޭނުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
14 ޖެނުވަރީ 2009، 19:43 ބުދަ


ޝަމްސުލް ފަލާޙް


ފަންކްޝަން ކީތަކަކަކީ، ކޮމްޕިޔުޓަރު ކީބޯރޑުގެ މަތީގައިވާ، އެ ފިތްތަކަކުން ތަފާތުގިނަ މަސައްކަތްތަކެއް ކުރެވޭ ފިތްތަކެކެވެ. ކޮމްޕިޔުޓަރު ކީބޯރޑުގައިވާ ޝިފްޓްކީއަށް ފިތައިގެން ހުރެ، އެހެން ފިތްތަކަށް ފިތުމުން، އެފިތުން އާދަކޮށް ކުރެވޭ ކަންތަކުގެ އިތުރުން އެހެން ކަންތައް ކުރެވޭބީދައިން، ފަންކްޝަން ކީތަކުން ގިނަ ބޭނުންތަކެއް ކުރެވެއެވެ. ކީބޯރޑުގެ ތިރީގައިވާ އެފް.އެން ކީއަކީ، ކީބޯރޑުގެ މަތީގައިވާ ފިތްތައް އެކްޓިވޭޓްކޮއްދޭ މައިގަނޑު ފިތެވެ. މަތީގައިވާ ފަންކްޝަން ކީތަކުގެ ސަބަބުން، ކީބޯރޑުގެ ސައިޒު ކުޑަކޮށްދެއެވެ. ފަންކްޝަން ފިތްތަކަށް، "ހޮޓްކީ" އޭވެސް ކިޔައެވެ. ހޮޓްކީ އަކީ، ފިތަކަށް ފިތާލުމުން، ވަކި ޚާއްޞަކަމެއް ކުރެވޭ ފިތެކެވެ.


 
ޝާމިލާ ކުތުބުޚާނާ ނުވަތަ އަލްމަކުތަބަތުއް ޝާމިލާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
14 ޖެނުވަރީ 2009، 12:44 ބުދަ

ޢަބްދުލްމުޢީދު ޙަސަން

މިއީ، އިންޓަރނެޓުން ހިލޭ ލިބެން ހުންނަ ފޮތްތައް، އެއްތަނަކަށް ޖަމާކުރުމުގެ މަޤުޞަދުގައި ތައްޔާރުކުރެވިފައިވާ ކުތުބުޚާނާއެކެވެ. މި ކުތުބުޚާނާގެ ސޮފްޓްވެއަރ، ޝާމިލާ ވެބްސައިޓުން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

އަހުލުއް ސުންނާ ވަލްޖަމާޢާގެ މަންހަޖާ ޚިލާފު ފޮތްތައް މި ކުތުބުޚާނާގައި ހިމެނުމަކީ، ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް، އިސްލާމްދީނަށް ޚިދުމަތްކުރައްވާ ޢިލްމުވެރިން ދިރާސާކުރެއްވުމުގެ ގޮތުން ގެންގުޅުއްވާ ބިދުޢައިގެ ފޮތްތައް މި ކުތުބުޚާނާގައި ބަހައްޓަވައިގެން ދިރާސާކުރެއްވުމަކީ ހުއްދަ ކަމެކެވެ.
 
އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ ފަޔަރފޮކްސް އާއި އޮޕެރާ ރަނގަޅުވާ ސަބަބުތައް. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
13 ޖެނުވަރީ 2009، 00:13 އަންގާރަ

ޝަމްސުލް ފަލާޙް

މިހާރު އިންޓަރނެޓް އެކްސްޕްލޯރަރގެ (އައި.އީ) މަޤުބޫލުކަންދަނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. އިންޓަރނެޓް ބޭނުންކުރާމީހުންގެ ގިނަ ބަޔަކު މިހާރު އެނބުރެމުންދަނީ، މޮޒިއްލާ ފަޔަރފޮކްސް ނުވަތަ އޮޕެރާ ފަދަ ބްރޯޒާރތަކަށެވެ. މިލިޔުމުގައި މިބަލާލަނީ، އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ، ފަޔަރފޮކްސްއާއި އޮޕެރާ ރަނގަޅުވާ ސަބަބުތަކުގެ މައްޗަށެވެ.

ސްކްރީނަށް އެޑްތައް އެރުން
އިންޓަރނެޓް އެކްސްޕްލޯރަރ ބޭނުންކުރާއިރު، ބައެއް ސައިޓްތަކެއް ވަންނައިރު ކުއްލިކުއްލިއަށް ސްކްރީނަށް އެކިފާޑުގެ އިސްތިހާރުތައް އެކުލެވޭ ވިންޑޯތައް އަރަމުންދެއެވެ. އައި.އީގައި އެޑް-ބްލޮކިންގ ފީޗަރ އެކުލެވިފައިވާނަމަވެސް، އޮޕެރާއާއި ފަޔަރފޮކްސް ގައިވާފަދަ މޮޅު އެޑް ބްލޮކިން ޓެކްނޮލޮޖީއެއް އައި.އީގައެއް ނުވެއެވެ.
 
ކޫލްއައިރިސް – ފަޔަރފޮކްސްގައި ބޭނުންކުރެވޭ އާދަޔާޚިލާފު އެޑް-އޮން އެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
12 ޖެނުވަރީ 2009، 00:13 ހޯމަ

ޝަމްސުލް ފަލާޙް

ކޫލްއައިރިސްއަކީ، އެ އެޑް-އޮން އެއް އިންސްޓޯލްކުރުމަށްފަހު އެ އެޑް-އޮން ހިންގާލުމުން، މުޅި ސްކްރީން 3ޑީ އަށް ބަދަލުކޮއްލާ އެޑް-އޮން އެކެވެ. އައިފޯންގައި މަންޒަރުތައް ފެންނަގޮތަށް ސްކްރީނުން ފެންނަ ފޮޓޯތައްވެސް އަރިއަރިއަށް ނުވަތަ ދިމާދިމާލަށް ކަހާލެވޭނެއެވެ. މިއީ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު އެޑް-އޮން އެކެވެ. ނަމަވެސް، މި އެޑް-އޮން ބޭނުންކުރެވޭނީ ބައެއް ވެބްސައިޓްތަކުގައެވެ. އޭގެތެރޭން ބައެއް ވެބްސައިޓުތަކަކީ، ގޫގުލް އިމޭޖަސް، ޔޫޓިޔުޓް، އަދި ފްލިކަރ އެވެ. ކޫލްއައިރިސް ޑައުންލޯޑްކުރުމަށް މިތަނަށް ކްލިކްކޮއްލާށެވެ.
 
ކީރިތި ޤުރުއާނަށް ޚިދުމަތްކުރާ ބައެއް ވެބްސައިޓްތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
11 ޖެނުވަރީ 2009، 04:33 އާދީއްތަ


ޢަބްދުލްމުޢީދު ޙަސަން

1. އަލްޤުރްއާނުލްކަރީމް ޑޮޓް ކޮމް

މިއީ، ކީރިތި ޤުރުއާނުގެ ހުރިހައި ކަލިމައެއް ވަކިވަކިން ތަރުޖަމާކޮށްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓްގައިވާ، ކީރިތި ޤުރުއާނުގެ ފިހުރިސްތަށް ވަޑައިގެންނެވުމަށްޓަކައި މިތަނަށް ކްލިކްކޮށްލައްވާށެވެ. ފިހުރިސްތުން ސޫރަތެއް ނަންގަވައިފިނަމަ، ހުޅުވޭނީ ހަމަ އެޞަފުޙާގައެވެ.

ނަންގަނެވިދިޔަ ޞަފުޙާއަށްވުރެ، ސޫރަތްތަކުގެ ނަންބަރު ޖަހާފައިވާ ޞަފުޙާ ބައެއް ބޭފުޅުންނަށް މާ ކަމުދާނެއެވެ. އެ ޞަފުޙާއަށް ވަޑައިގެންނެވުމަށްޓަކައި، މިތަނަށް ކްލިކްކޮށްލައްވާށެވެ. އެ ޞަފުޙާގައި 114 ސޫރަތުގެ ނަންބަރު ވަކިވަކިން ތާވަލެއްގައި ލިޔެފައިވާނެއެވެ. އެއިން ނަންބަރަކަށް ކްލިކްކޮށްލެއްވުމުން، އާ ޞަފުޙާއެއްގައި ސޫރަތުގެ ތަރުޖަމާ ހުޅުވޭނެއެވެ.

 


ސަފްހާ 1 ގެ 2
ހަމަ މި ގަލަމުން
extra avandia and congestive heart failure