މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ |
|
|
| ސިއްޙަތު - އެހެނިހެން | |
| 29 ނޮވެމްބަރ 2008، 16:06 ހޮނިހިރު | |
|
މާނަ
ކީރިތި ޤުރުއާނުގެ އަލީގައި
ސައިންސްގެ އަލީގައި
ސިޙުރުގެ ވައްތަރުތައް
ސިޙުރު ޖެހުމަކީ ޙަޤީޤަތެއް
ސިޙުރުޖެހެނީ ކޮންބަޔަކަށް؟
މުއުމިނުންނާއި ސިޙުރު
ޢިލްމުވެރިންގެ ރައުޔު
ސިޙުރުވެރިން ކުރާ ކަންތައްތައް
މަޞްދަރުތައް: މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (21)
![]()
...
ލިޔުނީ ސަލީމް, 2008-11-29 17:42:23
ސިހުރުން ސަލާމަތްވުމަށްޓަކައި ކިޔަވާ އާޔަތްތަކެއް ވާ ކަމަށް ބުނާ އަޑު އަހަން. ކޮބާތޯ އެ އާޔަތްތަކަކީ؟
...
ލިޔުނީ ރަހާ (އިބްރާހިމް ވަޙީދު), 2009-04-14 19:38:16
ވަރަށް ފަހުން ޚަބަރު ލިބުނު ގޮތުގައި އިސްލާމް ދީނަށް ލޯބިކުރާ ސުންނަތަށް ލޯބިކުރާ ބަޔަކު ޖަމާޢަތެއް ހަދައިގެން ޖިންނި މޮޔަވެފައި ތިބޭ މީހުން ރަގަޅުކުރުމަށް ހިލޭސާވަހަށް މަސައްކަތް ކުރަމުންދޭ މި ޖަމާޢަތުގައި އިސްކޮށް ޙަރަކާތްތެރިވަނީ މަޝްހޫރު ފަރީދުކަމަށްވެސް މަޢްލޫމާތު ލިބިފައިވޭ އަދި މިމީހުން ކައިރިން ފަރުވާހޯދަންވާނީ މިމީހުން ޤަބޫލްކުރާ ގޮތަށް އުޅުން ބަހައްޓާނެ ކަމުގެ ޔަޤީންކަން ދިނީމައި ކަމަށްވެސް ބުނެވޭ ވީއިރު މިދަންނަވާ ޖަމާޢަތުން މިކަން ކުރައްވަނީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ގޮތަށްތޯ؟ ނުވަތަ މި ބޭފުޅުން މިގޮތަށް ޖިންނި މޮޔަވެފައި ތިބޭކަމަށް ބުނާ މީހުން ރަގަޅު ކުރާ ގޮތުގެ ތަފްޞީލެއް މިނޫހުގެ ފަރާތުން ގެނެސްދެއްވާފިނަމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރާނަމެވެ. މިމީހުން ވަރަށް ޔަޤީންކަމާއެކު މިބަލި ޖެހިފައިވާ މީހުން ރަގަޅު ކުރާ ވާހަކަ ވަނީ އަހާފައެވެ. ލިޔުއްވާ ފައިވާ މަޒުމޫނުން ވަރަށް ބައިވަރު މަޢްލޫމާތު ލިބިފައިވެއެވެ. (ރަހާބެގެ ދަރިވަރެއް އިބްރާހިމް ވަޙީދު ރަހާ)
...
ލިޔުނީ ޝަރު, 2009-04-20 03:41:15
މި ލިޔުން ކިޔާލުމުން ވަރަށްގިނަ މަޢުލޫމާތު ލިބިއްޖެ ނަމަވެސް ވަރަށް ގިނަ ސުވާލުވެސްއުފެދޭ! މީހުން ހަޤީޤަތުގައިވެސް ޖިއްނި މޮޔަވޭހެއްޔެވެ؟ މޮޔަވެއްޖެއްޔާ ސިހުރުނަހަދާ ރަންގަޅުކުރަނީ ކިހިނެއް ހެއްޔެވެ؟ ސިހުރުއަކީ ނުޖެހޭކަމަކަށްވާ ނަމަ މިފަދަ މީހުން ރަންގަޅުކުރާނީ ކިހިނެއްބާއެވެ؟ މިއީ ވަރަށްގިނާ އުފެދޭ ސުވާލު ތަކެކެވެ. ވީމާ، އަޅުގަނޑަށް ކިޔުން ތެރިއެއްގެ ފަރާތުން ނަމަވެސް ޖަވާބެއް ދެއްވަބައްލަވާށެވެ!
...
ލިޔުނީ akram, 2009-05-27 14:04:44
SIHURU DHAS KURUN VES VANEE MU UMINUNGE MAHCHAH HARAAM KAMEH KAMAH EGIFAI OTHEE DHEN EHEN VIYYA SIHURUJEHI FAI VAA MEEHAKU RAGALHU KUREVEYNEE VES SIHURUHADHAI GEN NEY BUNAA ADU EHIN MEEGE HAGEE GATHAKEE KOBAITHOA... VARAH RAGALHU LIYUMEH LIYUMAH SAABAS
...
ލިޔުނީ ألم, 2009-06-20 11:46:35
އެކުވެރި ރަހާ އަށް! ވެދުން ސަލާމަށްފަހު އިޙްތިރާމާއެކު ލިޔަމެވެ. ރަހާގެ ކޮމެންޓް ކިޔާލުމުން ކުޑަކޮށް ހިތް ހަމަ ޖެހުމާއެކު ހަމަ އެވަރަށް ހިތްހަމަ ނުޖެހުނެވެ. ސަބަބަކީ ވަކި މީހެއްގެ ނަން ގެންނަވައިފާ ވާކަމެވެ. އެހެންނަމަވެސް ބުނެވިދާނެ ގޮތަކީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ދަންނަ ދީނީ ޢިލްމުވެރިއެކެވެ. ނުނީ މަޝްހޫރު ޝައިޚެކެވެ. މިގޮތަށް ބުނުން މާ އަޢުލާ ވެގެން ވޭހެން ވެސް ހީވެއެވެ. ސަބަބަކީ އެޝައިޚަށްވެސް ލޯބިކުރާ އެޝައިޚުންގެ ބަސް އަހައިގެން އުޅޭ ވަރަށް ގިނަ ބަޔަކު މިދިވެހިރާއްޖޭގައިވެސް އުޅޭތީއެވެ. އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައެވެ.
...
ލިޔުނީ ޙަސަން ލަޠީފް މޫސާ, 2009-07-24 17:14:58
ފިނިފެން މަލެއްގައިވެސް ގުރުޑު ފިޔަހުރެއެވެ. އެހެންކަމުން ވަރަށް ރަނގަޅު މަޢްލޫމާތުތަކެއް ހިމެނިފައިވާ މި މަޒްމޫނުގައިވެސް އަޅުގަނޑަށް ފާހަގަކުރެވުނު ، ފޫ ބައްދާލަންޖެހޭ ތަންކޮޅެއްގެ ވާހަކަ ދަންނަވާލާނަމެވެ. މަޒްމޫނުގައި އަރިމަތީ ސުރުޚީއެއްގައި "ސިހުރު ޖެހެނީ ކޮން ބަޔަކަށް؟" މިހެން ޖެއްސެވުމަށްފަހު އޭގެ ދަށުގައި ލިޔުއްވާފައިވާ ލިޔުއްވުމާއި ސިހުރުޖެހޭނެ މީހުންގެ ލިސްޓަށް ބަލާލުމުން ދޭހަވަނީ ފުރިހަމަ މުއުމިނަކަށް ސިހުރު ނުޖެހޭނެކަމެވެ. ނަމަވެސް "ލަބީދު ބްނުލް އަޢްޞަމް" އޭ ކިޔާ ޔަހޫދީއަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިހުރު ހެދުމުން އެސިހުރު އެކަލޭގެފާނަށް ޖެހިވަޑައިގެން އާލާސްކަންފުޅުގައި އުޅުއްވި ކަމަށާއި އެކަމުން އެކަލޭގެފާނު ސަލާމަތްވެވަޑައިގަތީ ﷲ އެކަލޭގެފާނަށް އެ ސިހުރު އޮތްތަން އެންގެވުމުން އެ ނަންގަވައި ނައްތާލެއްވުމުންކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެންކަމުން ކިތަންމެ ތަޤްޥާވެރި ރަނގަޅު މީހަކަށްވެސް ސިހުރު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުން ނަބީ ބޭކަލުންވެސް އިސްތިޘްނާ ވެގެނެއް ނުވެއެވެ. ވީމާ ، މި މަޢްލޫމާތުގެ އަލީގައި މަޒްމޫނު އިޞްލާހުކުރެވިއްޖެނަމަ މި މަޒްމޫނު އިތުރަށް ފުރިހަމަވެގެންދާނެތީ ހެޔޮ ކަމަކަށް އެހީތެރިވުމުގެގޮތުން މިވާހަކަ ދަންނަވާލީއެވެ. އަޅުގަނޑުގެ ދުޢާއަކީ މަޒްމޫނު ލިޔުއްވި ފަރާތަށް މާތްﷲ ހެޔޮ ދަރުމަދެއްވުމެވެ.
...
ލިޔުނީ ޙަސަން ލަޠީފް މޫސާ, 2009-07-24 17:29:02
އަކްރަމް ކުރައްވާފައިވާ ސުއާލުގެ ޖަވާބުގައި ދެންނެވޭނީ އިސްލާމްދީނުގައި ސިހުރުން ސިހުރު ބާޠިލްކުރުން ހުއްދަވެގެން ނުވާކަމަށެވެ. ސިހުރު ބާޠިލްކުރުމަށް " فَلَق", "نَاس" ދެ ސޫރަތް ކިޔަވައި ﷲގެ ޙަޟްރަތުގައި އެކަމުން ސަލާމަތްކޮށްދެއްވުންއެދި ގިނަގިނައިން ދަންނަވާނީއެވެ.
...
ލިޔުނީ عبد المعيد حسن, 2009-08-04 00:26:50
ޙަސަން ލަޠީފު މޫސާ ހުށަހެޅުއްވި ޡަރީފު ޚިޔާލުފުޅަށްޓަކައި އޭނާއަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ. އެފަދަ ޡަރީފު ޚިޔާލުފުޅުތަކާމެދު ބަސް ބުނުމަކީ އަޅުގަނޑު ޢާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ޚިޔާލުފުޅުން އެހެން ބަޔަކަށް މަގު އޮޅިދާނެތީ އެއްޗެއް ބުނެލަން އެބަޖެހެއެވެ.
ޙަސަން ލަޠީފު މޫސާ، ތިޔަ ވިދާޅުވާ އަރިމަތީ ސުރުޚީގެ ދަށުގައި އެވަނީ ސައިންޓިފިކް ދިރާސާތަކެއްގެ ނަތީޖާއެވެ. އެތަނުގައި އެވަނީ ތާރީޚީ ޙާދިސާތަކެއް ނޫނެވެ. އަދި ކީރިތި މާތް ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސިޔަރަތެއް ވެސް ނުމެ ނޫންމެއެވެ. އެހެންވީމާ، ތިޔަ ވިދާޅުވާ ހާދިސާ، އެތަނުގައި ލިޔާނީ ކިހިނަކުންތޯއެވެ؟ އެއީ ބަޔަކު ކޮށްފައިވާ ދިރާސާތަކެއްގެ ނަތީޖާތަކެވެ. އޭގައި ނުހިމެނޭ އެއްޗެއް އޭގެ ތެރެއަށް ވައްދައި މައްސުނިކުރުމަކީ، ޢިލްމީ އަމާނާތްތެރިކަމާ ޚިލާފުކަމެކެވެ. ޙަސަން ލަޠީފު މޫސާ ތިޔަ ވިދާޅުވާ ސުރުޚީއަށް ފަހު ދެން އޮތް ސުރުޚީ ވެސް ވިދާޅުވެލައްވަން ވާނެއެވެ. ސިޙުރު ކަމަށް ހީކުރެވޭ ބައްޔެއް ތަޤުވާވެރިޔަކަށް ޖެހިދާނެކަމަށް އެ ސުރުޚީގެ ދަށުގައި ލިޔެފައި ވާނެއެވެ. އަދި އެއާމެދު ދެކެން ވީ ގޮތް ވެސް އެ ސުރުޚީގެ ދަށުގައި ލިޔެފައި ވާނެއެވެ. ފަންވަތުގެ ބައެއް ކިޔުންތެރިންގެ މަޢުލޫމާތުފުޅަށްޓަކައި ދަންނަވަމެވެ. 1. ދިރާސާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ބަދަލުވުމުން، އެއާ ވިދިގެން ނަތީޖާ ބަދަލުވުމަކީ، ސައިންޓިފިކް ދިރާސާއެއްގައި ވެދާނެ ގޮތެކެވެ. 2. ފަންވަތުގެ ލިޔުންތަކަށް ހުށަހެޅޭ ގިނަ ޚިޔާލުތަކަކީ، ޡަރީފު ޚިޔާލުތަކެވެ. 3. ޙަސަން ލަޠީފު މޫސާ ވިދާޅުވެފައި އެވަނީ، "އޭގެ ދަށުގައި ލިޔުއްވާފައިވާ ލިޔުއްވުމާއި ސިހުރުޖެހޭނެ މީހުންގެ ލިސްޓަށް ބަލާލުމުން ދޭހަވަނީ ފުރިހަމަ މުއުމިނަކަށް ސިހުރު ނުޖެހޭނެކަމެވެ." މި ޢިބާރާތުގައި ލިޔުއްވާފައި މިވަނީ ތެދު ވާހަކައެއް ނޫންކަން، ލިސްޓުގެ ކުރީގައި ލިޔެފައިވާ ޢިބާރާތް ވިދާޅުވެލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. އެ ލިސްޓުގައި އެވަނީ ޢާއްމު ގޮތެއްގައި ސިޙުރުގެ ބަލިތައް ޖެހޭ ކަމަށް ހޯދިފައިވާ މީހުންނެވެ. އީމާންނުވާ މީހުންނަށް ސިޙުރު ޖެހުމަކީ، އީމާންވާ މީހުންނަށް ސިޙުރު ނުޖެހޭނެ ކަމަށް އޮތް ޙުއްޖަތެއް ނޫނެވެ. ކޮރު މީހަކު ތަންތަނުން ގިނަގިނައިން ވެއްޓުމަކީ، ސަލާމަތުން ހުރި މީހަކު އެއްގޮތަކަށް ވެސް ނުވެއްޓޭނެ ކަމަށް އޮތް ޙުއްޖަތެއް ކަމުގައި ނުވާ ފަދައިންނެވެ.
...
ލިޔުނީ ނާޡިމް, 2009-10-08 06:35:05
ސިހުރު ޖެހުމުގެ ކުރިން ސިހުރުން ސަލާމަތްވުމަށް ހެނދުނާ ހަވީރު އާދަކޮށް އަލްޙަމްދު، އިޚްލާޞް، ފަލަޤި، ނާސި މިހަތަރު ސޫރަތާއި ކުރުސި އާޔަތް ކިޔާށެވެ. އަދި ސިހުރުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރާށެވެ. އެކަމަށް ޚާއްޞަ ދުޢާތައް ހުރެއެވެ.
ސިހުރު ޖެހިއްޖެނަމަ ފެންވެރުމަށްޓަކައި ލޮޓަސް ގަހުގެ ފަތް މުގުރާޗަސްކޮށްފައި ފެނާ އެކުކުރާނީއެވެ. ދެން އާޔަތުލް ކުރުސި، ސޫރަތުލް ކާފިރޫން، ސޫރަތުލް އިޚްލާޞް، ފަލަޤި، ނާސި، ބަޤަރާގެ 102 ވަނަ އާޔަތް، އަލްއަޢުރާފުގެ 117 އިން 119 އަށް، ޔޫނުސްގެ 79 އިން 82 އަށް އަދި ތޯހާގެ 65 އިން 69 އަށް ކިޔާނީއެވެ. ދެން ފެނުން މިންވަރެއް ސިހުރު ޖެހުނު މީހާ ބޮއެ ބާކީން ފެންވަރާނީ އެވެ. އަދި ކޮންމެ ދުވަހަކު ހެނދުގެ އެންމެ ފުރަތަމަ ކެއުމަކަށް އަޢްލިޔަލް ބަރުނީ (މަދީނާގެ ކަދުރެއް) ގެ 7 ކަދުރު ކާނީ އެވެ. ނުލިބިއްޖެނަމަ އެހެން ކަދުރުވެސް ﷲގެ އިރަދަފުޅުން ރަނގަޅުވާނެ އެވެ. މިހުރިހާ ކަމެއްވެސް ކުރާނީ ﷲ އަށް ފުރިހަމަ އިތުބާރު ހިތުގައި ބާއްވައިގެން ޔަޤީންކަމާއެކުގައެވެ.
...
ލިޔުނީ hussaa, 2009-12-04 10:56:56
keerithi maaiy nabiyya muhanmadu salallah alaihi wa*salamaa wwai sihuru jehivadaigayi vaahaka thafseel koh dhehvafaanuthoa.ekaleyge faanaai sihuru jehi vadaigatheemaa hehdhevigoiy vidhaalhuve dhehvafaanuthoa.
...
ލިޔުނީ ޢާއިޝަތު , 2010-01-05 03:04:22
ސިހުރުޖެހިފައިވާ ސިހުރުން ސަލާމަތްވުމަށް ފެންވެރުމަށް ލޮޓަސް ފަތް ނުލިބިއްޖެނަމަ ދެން ހަދަންޖެހޭނީ ކިހިނެތްތޯ؟
...
ލިޔުނީ މުޢަފީ, 2010-07-01 04:33:38
މި ލިޔުމަކީ ވަރަށް ޢިލްމީ ލިޔުމެއްކަމުގައި ދަންންވަމެވެ. އަދި މި ލިޔުން ލިޔުއްވިފަރާތަށް މާތްﷲ ހެޔޮ ޖަޒާދެއްވާށިއެވެ. ސިޙުރަކީ ހުރިހައި ޒަމާނެއްގައި ހުރިހައި މަކާނެއްގައި އޮންނައެއްޗެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އޮތްގޮތަކީ އޯގާވަންތަ މާތްﷲގެ ހަޒުރަތުން ވާގިއެދުމެވެ. އަދި އެކަމަށްޓަކައި މާތްނަބިއްޔާ ދަސްކޮށްދެއްވާފައިވާ ފަދައިން އިޚުލާސް ފަލަޤް އަދި ނާސި ސޫރަތް ހެނދުނާއި ހަވިރު ކިޔެވުމެވެ.
...
ލިޔުނީ alif, 2010-07-25 08:55:51
"އެފަދަ ސިޙުރުތައް މުގުރާލުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ، މީހުން ދައްކާއުޅޭ ޔޯލަވާހަކަތައް ޤަބޫލުނުކުރުމެވެ."
haqeeqathugaives mi ee kuh baheh kamugai noonee nuvaane --alif--
...
ލިޔުނީ ޔާނަތު, 2010-08-05 04:51:32
އުސްތާޒު އަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާށި! އަޅުގަނޑުގެ ވަރަށް ގާތް މީހަކު ސިހުރު ހާހޫރު ޤަބޫލުކުރޭ. އަދި އެކަންތައް ދަސްކުރަން ވަރަށް މަސައްކަތްވެސް ކުރަމުންދަނީ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އެކުވެރިކަންވެސް މިދަނީ ނެތިގެން. އަޅުގަނޑުގެ އެކުވެރިޔާ މިކަމުން ސަލާމަތް ކުރަން އަޅުގަނޑު ހަދާނީ ކިހިނެތްތޯ؟ އުސްތާޒުގެ ޚިޔާލެއް މިކަމުގައި އަޅުގަނޑު ވަރަށް ބޭނުން. އުއްމީދު ކުރަން ވަރަށް އަވަހަށް ލިބޭނެކަމަށް.
...
ލިޔުނީ ޝަހީމް, 2010-09-04 23:11:22
ލިޔުނީ: އަޖްނާދު އަލީ
ސިޙުރުގެ ޢަލާމާތްތަކެއް މީހަކުގެ ކިބައިން ފެނިއްޖެނަމަ ސިޙުރު ހުރިތޯ ޔަޤީން ކުރުން މިއީ އެންމެ މުހިއްމު ކަންތަކެވެ. މިގޮތުން މިކަން ޤުރުއާނުގެ ރުޤުޔާ ބޭނުންކޮށްގެން ޔަޤީން ކުރާނެ ފަސޭހަ ގޮތެއް ބުނެދޭނަމެވެ. މިނޫންވެސް އެތައް ގޮތަކުން ޤުރުއާން ބޭނުންކޮށްގެން މިކަން ޔަޤީން ކުރެވޭނެއެވެ. މިއީ ފަސޭހަ އަދި ތަޖުރިބާ ކުރެވިފައިވާ މުޖައްރިބު ކަމެކެވެ އަންމެ ފުރަތަމަ ވުޟޫކޮށްގެން ނުކުމެ ސިޙުރުޖެހިފައިކަމަށް ޝައްކުކުރެވޭ މީހާ ތަނެއްގައި ބާއްވާށެވެ. އަދި ކައިރީ އިށީންދެ ކަނާއަތް އެމީހާގެ ނިއްކުރިމަތީ ބާއްވާ އަންނަނިވި އާޔަތްތައް އެމީހާއަށް އަޑު އިވޭ ވަރަށް ކިޔަވާށެވެ. أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ.. بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ سورة الفاتحة اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ سورة البقرة وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ سورة الأعراف فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾ سورة يونس وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ سورة طه قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفل قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس މި ކުޑަ ކުޑަ ރުޤުޔާ 7 ފަހަރު ކިޔަވާށެވެ. ސިޙުރު ޖެހިފައި ހުރިނަމަ ބަލިމީހާގެ ލޮލުން ފެން އަންނަން ފަށާނެއެވެ. ނުވަތަ ބޮލަށް ބަރުޖެހި ރިއްސަންވެސް ފަށާފާނެއެވެ. އަތްފަޔަށް ވާގި އަރާގޮތްވެ ދެލޯ ރަތް ވެދާނެއެވެ. ނުވަތަ ރޯން ފަށާނެއެ، އަދި އެރޮވެނީ ކީއްވެކަމެއް ސުވާލުކުރުމުން ނޭނގޭނެއެވެ. ފަހަރެއްގައި ޝައިޠާނާ ހަށިގަނޑުގެތެރެއަށް ވަދެ ވާހަކަ ދައްކަންވެސް ފަށާފާނެއެވެ. ހަޅޭލަވާވެސް ހަދާފާނެއެވެ. މީގެން ކަމެއް ވެއްޖެނަމަ ސިޙުރުޖެހިފައިކަން ޔަޤީންވީއެވެ. :މައިތިރި ރުޤުޔާނިމޭއިރު އުނދަގޫތައް ނުކެނޑުނުނަމަ سورة يس 3 ފަހަރު ކިޔަވާށެވެ. އޭރުން ކުރިން ހުރި ޙާލަތަށް އަންނާނެއެވެ. އަދި ޝައިޠާނާ ވަތްނަމަވެސް ނުކުންނާނެއެވެ. ޝައިޠާނާ ވަދެ ވާހަކަ ދައްކާނަމަ އެއާ ވާހަކަ ދައްކަން ނުހަދާށެވެ. ﷲ އަށް ޓަކައި އެސިޙުރެއް ދޫކޮށް ބަލިމީހާ ދޫކޮށް ﷲ އަށް އީމާންވެ ބިރުވެތިވުމަށް ގޮވާލުމަށްފަހު އިންކާރު ކުރިނަމަ ނުވަތަ ނުކުރިނަމަވެސް މި ބުނި ސޫރަތް ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ ކުރިން ހުރި ޙާލަތަށް އެނބުރިދާނެއެވެ. ދެން ސިޙުރަށް ކުރަންޖެހޭ ފަރުވާތައް ކުރާށެވެ. އަމިއްލައަށް ކުރަން ނޭނގޭނަމަ ކުރަން އެނގޭ މީހަކުގެ އެހީ ހޯދާށެވެ
...
ލިޔުނީ ކަކުނި ލޯ., 2010-10-11 16:53:40
ސިޙްރަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ ޙިއްސީ ގޮތުންނާއި ފިކްރީގޮތުން ދެނެގަނެވޭ ކަމެކެވެ. ކިތްނމެ ތަޤްވާވެރި މީހަކަށްވެސް ސިޙްރުޖެހިދާނެއެވެ. ނަމަވެސް ސިޙްރުން ސަލާމަތްވުމަށް މަސައްކަތްކުރާމީހުނާއި މަސައްކަތް ނުކުރާމީހުން ތަފާތުވާނެއެވެ. ޢިލްމުވެރިން ދެކެލައްވާގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިޙްރު ޖެހިވަޑައިގަތުމުގައި ދެ ޙިކްމަތެއް އެކުލެވިގެންވެއެވެ. ފުރަތަމަ ޙިކްމަތަކީ ސިޙްރަކީ ތިމާއަށް ނުޖެހޭނެ އެއްޗެއްކަން އެއްވެސް މީހަކު ޤަބޫލު ކޮށްގެން ނުވުމެވެ. ކިތަންމެ އީމާންތެރިއަސް ތަޤްވާވެރިއަސް ސިޙްރުޖެހުމުގެ ފުރުޞަތު އޮތްކަން އެންގެވެުމެވެ. ދެވަނަ ޙިކްމަތަކީ ސިޙްރަށް ފަރުވާކޮށް އެފަދަ ކަންކަމުން ރައްކާތެރިވުމަށް ބޭނުންކުރާނެ ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ޤުރްއާނުގައި ބާވައިލެއްވުމެވެ. މިހެން މިދެންނެވީ މުޢީދު ސިޙްރު ޖެހޭނެ މީހުންގެ ލިސްޓެއް ލިއުއްވާފައިވާތީ .
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|