މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މައިކްރޯސޮފްޓް ވޯރޑް 2007 ގައި އޯގަނައިޒޭޝަން ޗާޓުކުރަހާނެގޮތް |
|
|
| ސައިންސް ޓެކްނޮލޮޖީ - އައިޓީ | |
| 20 ޑިސެމްބަރ 2008، 02:32 ހޮނިހިރު | |
|
ޝަމްސުލް ފަލާޙް ދުނިޔެ ތަރައްޤީވެ، އިންސާނުން އެކިއެކި އާހޯދުންތަކުގެ އެހީގައި މެޝިނަރީއާއި އެކިއެކި އާލާތްތައްވަނީ، އުފައްދާފައެވެ. މިގޮތުން ކޮމްޕިޔުޓަރަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް މިހާރު ބޭނުންކުރެވޭ އެންމެ މުހިންމު ވަޞީލަތެވެ. އެންމެ އާދައިގެ ގޭގެޔާއި ފިހާރަފިހާރައިން ފެށިގެން، ބޮޑެތި ފެކްޓްރީތަކުގައިވެސް، ކޮޕްމިޔުޓަރު ބޭނުންކުރެވެއެވެ. މިލިޔުމުގައި މިބަލާލަނީ، މު މުހިންމު ވަޞީލަތް، އާދެ، ކޮމްޕިޔުޓަރުގެ އެކިއެކި ފިލާވަޅުތައް ކިޔުންތެރިންނަށް ހުށައަޅާދެވޭތޯއެވެ. މިގޮތުން އެންމެ ފުރަތަމަ، މިފިލާވަޅުގައި މިކިޔައިދެނީ، މައިކްރޮސޮފްޓް ވޯރޑު 2007 ގައި، އޯގަނައިޒޭޝަން ޗާރޓް ނުވަތަ އެނޫންވެސް ޑައިގުރާމެއް ކުރަހާނެގޮތެވެ. މިއީ، އޮފީސްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، މަދަރުސާތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނާއި އެކިއެކި ތަމްރީނުތަކުގައި ކިޔަވައިދެއްވާ މުދައްރިބުންނަށް ވަރަށް ބޭނުންތެރި ފީޗަރއެވެ. މައިކްރޮސޮފްޓް ވޯރޑް 2007 ގައި އޯގަނައިޒޭޝަން ޗާރޓެއް ކުރައްސަވަން ބޭނުންފުޅުވާނަމަ، މެނޫބަރގައިވާ "އިންސަރޓް" އަށް ކޮއްޓަވާލައްވާށެވެ. އެއަށްފަހު އެ މެނޫބާރގެ ތިރިން ހުރަހަށްވާ ރިބަންގައިވާ "ސްމާރޓްއާރޓް" (SmartArt) އަށް ކޮއްޓަވާލައްވާށެވެ. އެހާހިސާބުން، ތިރީގައިވާ ފެނިވަޑައިގަންނަވާ ވިންޑޯ ފެނިވަޑައިގަންނަވާނެއެވެ.![]() ންޑޯއިން، ބޭނުންފުޅުވާ ވައްތަރެއްގެ ޑައިގްރާމެއް ޚިޔާރުކުރައްވާށެވެ. އެތަނުން، އޯގަނައިޒޭޝަން ޗާރޓަށް ކޮއްޓަވާލެއްވުމަށްފަހު، "އޯކޭ" އަށް ކޮއްޓަވާލައްވާށެވެ. އޭރުން ތިރީގައި ތިޔަ ފެނިވަޑައިގަންނަވާގޮތަށް ސްކްރީނަށްއަރާނެއެވެ. ![]() އެއަށްފަހު، ގޮޅިތަކުގައި ބޭނުންފުޅުވާ ނަންތައް ޖައްސަވައިގެން ކުރިއަށް ގެންދަވާށެވެ. އެކިގޮތްގޮތަށް ނަންތަކާއި ތަރުތީބު ބަދަލުކުރެއްވިދާނެއެވެ. އަދި ގޮޅީގެ އަދަދުވެސް ބަދަލުކުރެއްވޭނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ދިފާޢީ ޙައިޘިއްޔަތަކުން..., 2008-12-20 11:14:08
މައުސްގެ ޚިޔާލަށް އަޅުގަނޑު އިޙްތިރާމްކުރާޙާލު އެއްޗެއް ލިޔެލާނަމެވެ. "މައުސް" އަކީ އެއްޗަކަށް ކިޔޭ ޚާއްޞަ ނަމެކެވެ. އެހެންކަމުން އެއްޗެކަށް ނުވަތަ ތަނަކަށްކިޔާ ޚާއްޞަ "ނަމެއް" ތަރުޖަމާކޮށްގެން ލިޔުން ރަނގަޅުނޫންކަން ޤަބޫލުކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި، އެއްޗަކަށް ނުވަތަ ތަނަކަށްކިޔާ ޚާއްޞަ ނަމަކަށް ނޫންގޮތަކަށް ބަހެއް ތަރުޖަމާކުރުން އެއީ އެހާ ބޮޑު މައްސަލައެއްނޫނެވެ. މައުސް ލިޔުއްވާފަދައިން ކިޔާމީހުންނަށް ފަސޭހަވާނީ "ކްލިކް" ބޭނުންކުރެއްވިނަމަކަން އަޅުގަނޑުވެސް ޤަބޫލްކޮށް އެއަށް އިޢުތިރާފްވަމެވެ. "ކޮށްޓުން" ލިޔެފައިއެވަނީ "ކޮށުން" މިބަހުގެ މާތްބަހުރުވައިގެ ގޮތުގައިކަން ފާހަގަކޮށްލުން މުހިންމެވެ. ފަހަރެއްގައިވެސް، ދިވެހިން ލިޔެފައިވާ ލިޔުމެއް އިނގިރޭސިއަށް ބަދަލުކުރާއިރު، "ދޫނިދޫ" މިހެން ލިޔެފައިވާ ތަނެއް "BIRD TONGUE" އަށް ތަރުޖަމާކުރަން އަޅުގަނޑުވެސް އެއްބަހެއްނޫނެވެ. ފަލާޙްގެ ވިސްނުންފުޅަކީވެސް މިއީކަމުގައި ވެދާނެއެވެ.
...
ލިޔުނީ ހުސެން, 2008-12-20 13:06:27
މައުސް ކްލިކް އަށް ކޮށުން، ނުވަތަ ކޮއްޓުން ކިޔުމުން އޮޑް ކަމަށް ގަބޫލު ކުރަމެވެ. އެބަސް އެގޮތަށް ޢާންމު ވެފައި ނެތީމައެވެ. ކޮއްޓުމުގެ ބަދަލުގައި ފިއްތަވާލެއްވުން މާބޮޑަށްވެސް ގުޅެއެވެ.
...
ލިޔުނީ ޒުހުދާ , 2008-12-20 15:09:54
މިއީ ވަރަށް ބޭނުންތެރި މައުޒޫއެކެވެ. ފަލާ ޓީވީން ޕްރޮގްރާމު ގެނެސް ދެއްވާލެއްވެސް ވަރަށް ފުރިހަމައެވެ. އެކަމަކު ޓީވީ ޕްރޮގްރާމެއް ފެންނާނީ އެއްފަހަރުއެވެ. ފަހުން އަޅުގަނޑުމެން ބަލައިލަންވާ ވަގުތަކު ފެންނާނެ ގޮތެއް ނޯންނާނެއެވެ. އެކަމަކު ނެޓުގައި މި ފަދަ މައުލޫމާތުތަކެއް ކިޔާދޭނަމަ އޮފީހުގައިވެސް، ގޭގައިވެސް ބެލޭނެއެވެ. އެހެންވީމާ، ފަލާގެ މި މަސައްކަތަށް މަރުޙަބާ ކިޔަމެވެ. އިތުރު ލިޔުއްވުމަކަށް އިންތިޒާރު ކުރަމުންނެވެ. - ޝުކުރިއްޔާ-
... ލިޔުނީ ކިއުންތެރިއެއް, 2008-12-20 16:38:29
ހުށަހެޅޭ ކޮންމެ ޚިޔާލެއް ތަންފީޒުކުރާކަށް ނުޖެހެއެވެ. ޚިޔާލު ފާޅުކުރުމަކީ، ޚިޔާލުތައް މުއްސަނދިވާ ކަމެކެވެ. މި މަޒުމޫނުގެ ސަބަބުން، ކްލިކާއި ކޮއްޓުމާއި ކޮށްޓުމާއި ކޮށުމުގެ ވާހަކަ ދެކެވިއްޖެތާއެވެ. ހަމަގައިމުވެސް މިކުރެވުނީ، ރަނގަޅު ކަމެކެވެ. އެހެނީ، މި ޚިޔާލުތައް ފާޅުކުރެއްވިއިރު، އެއްވެސް ބޭފުޅަކު، އަނެއް ބޭފުޅަކަށް ފުރައްސާރަކުރައްވައި، މަލާމާތުގެ ބަހެއް ނުލިއުއްވައެވެ. އަޅުގަނޑު މިތަނުގައި އެއްޗެއް ލިއުނީ، ރީތި ދިވެހިބަހަށް ލޯބިކުރާ ދިވެއްސެއްގެ ހައިސިއްޔަތުން ޚިޔާލު ހުށަހެޅުއްވި ބޭފުޅުންނަށް ޝުކުރުދެންނެވުމަށެވެ. އެއާއެކު، ފަލާޙަށް ވެސް ޝުކުރު ދަންނަވަމެވެ. މިފަދަ އަގުހުރި މަޒުމޫނުތައް އަޅުގަނޑުމެން ކިއުންތެރިންނާ ހަމައަށް ފޯރުކޮށް ދެއްވާނެކަމަށް ހީކުރަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ޝަމްސުލްފަލާޙެވެ. މަޒުމޫނު ކިތަންމެހައި ވެސް ރަނގަޅެވެ. އެކަމަކު، މީހުން ނިކަން ލޯބިން އަޅުގަނޑަށް ކިޔާ ނަން، ތިބޭފުޅާ ބަދަލުކުރައްވާފާނެހެން ހީވާތީ މިޚިޔާލު ހުށަހެޅީއެވެ. މައުސެއްކަމަކު، އަޅުގަނޑުގެ ވެސް ޝަރަފަކާއި ޝުހުރަތެއް ވެއެވެ. ކޮންމެ މަޤާމަކަށް ބަހެއްވެޔޭ ބުނާ އުސޫލުން، ދަނޑު މަތީގައި ބޯޅަ ކޮށްޓާނީއެވެ. ކަނޑު މަތީގައި ދޯނި ދުއްވާނީއެވެ. ބަނޑު މަތީގައި ނަމަ، ކުރާ ކަމަށް ކިޔާނަން ތަފާތުވާނެއެވެ. ހަމައެފަދައިން މައުސްއިން ކުރާ ކަން ވެސް ގިނަ ބަޔަކަށް އެނގިފައިވަނީ ކްލިކްކުރުމުގެ ނަމުންނެވެ.