ފަންވަތް ސައިންސްޓެކް އައިޓީ ޖީމެއިލް (ގޫގުލް މެއިލް) ގެ މަޤްބޫލުކަން އިތުރުވި ސަބަބުތައް
ބެލި ޢަދަދު: 1242
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޖީމެއިލް (ގޫގުލް މެއިލް) ގެ މަޤްބޫލުކަން އިތުރުވި ސަބަބުތައް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
21 ޑިސެމްބަރ 2008، 13:23 އާދީއްތަ

ޝަމްސުލް ފަލާޙް
     
އިންޓަރނެޓް ބޭނުންކުރާ މީހުންގެ ގިނަބަޔަކު އީމެއިލްގެ ޚިދުމަތް ހޯދުމަށްޓަކައި އިންޓަރނެޓް ބޭނުންކުރެއެވެ. މިގޮތުން އެކިމީހުންނަށް ކަމުދަނީ އެކި އީމެއިލް ކްލައެންޓުތަކެވެ. އެއްބަޔަކަށް ޔާހޫ މެއިލް ކަމުދާއިރު، އަނެއްބަޔަކަށް އެންމެ ރަނގަޅީ ވިންޑޯސް ލައިވް ހޮޓްމެއިލް އެވެ. އަދި އަނެއްބަޔަކަށް އެންމެ ފަސޭހައީ އޭ.އޯ.އެލް އެވެ. މިގޮތުން މިހާރު ދުނިޔޭގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާ އެއް އީމެއިލް ކްލައެންޓަކީ ޖީމެއިލް އެވެ.

އެންމެ ފުރަތަމަ ޖީމެއިލް މަޝްހޫރުވެގެންދިޔައީ، އޭގައި ހިލޭހުޅުވޭ އެކައުންޓުގެ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުވެފައި، އީމެއިލްތައް ފޮނުވާއިރު އެޓޭޗްކުރެވޭ މިންވަރުވެސް އެހެން ކްލައެންޓުތަކާއަޅާބަލާއިރު ބޮޑުކަމުންނެވެ.


ޖީމެއިލްގައި ސްޕޭމްގެ މައްސަލަކުޑަ
ޖީމެއިލްގައި ސްޕޭމްގެ މައްސަލަތައް މަދުކަމަށް ކަމާބެހޭ މާހިރުންނާއި އެބޭނުންކުރާ ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް، ވަރަށް އާންމުކޮށް ގިނަމީހުން ބޭނުންކުރިނަމަވެސް، ބައެއް އީމެއިލް ކްލައެންޓްތަކުގައި މި މައްސަލަވެފައިވަނީ ޙައްލުނުކުރެވުނު ވަރަށް ބޮޑު އުނދަގުލަކަށެވެ. އީމެއިލް އެކައުންޓެއް އަލަށް ހުޅުވައިގެން ބޭނުންކުރަން ފަށާމީހަކަށް ސްޕޭމްގެ އުނދަގޫ ނުވިނަމަވެސް، އެ އީމެއިލް އެކައުން ބޭނުންކުރަންފަށާތާ ދުވަސްކޮޅެއްގެ ތެރޭގައި ސްޕޭމް މެއިލްތަކުން އިންބޮކްސް ފުރޭނެއެވެ. ޖީމެއިލްގައި މިކަން ޙައްލުކުރުމަށް ޤާއިމްކޮށްފައިވަނީ ވަރަށް އިފެކްޓިވް ނިޒާމެކެވެ. ޔާހޫ މެއިލްއާއި ވިންޑޯސް ލައިވް ހޮޓްމެއިލްއާއި އޭ.އޯ.އެލް ފަދަ ކްލައެންޓުތަކުގައި ސްޕޭމް ކޮންޓްރޯލްކުރުމަށް ޤާއިމްކޮށްފައިވާ ނިޒާމު އެހާ ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ.


އިތުރު އެޕްލިކޭޝަންތަކާއި ފިލްޓަރތައް
ޖީމެއިލްގައިވާ ގޫގުލް ޑޮކްސްގެ އެހީގައި އިންބޮކްސްގައިވާ އީމެއިލާ އެޓޭޗްކޮއްފައިވާ އެކްސެލް ނުވަތަ ވޯޑް ފައިލްތައް ހުޅުވައިދޭކަމީ ފާހަގަކޮއްލަންޖެހޭ ވަރަށް ޚާއްޞަ ޚިދުމަތެކެވެ. ކަލަންޑަރާއި ރީޑަރ ފަދަ ޚިދުމަތްތަކަކީ ވަރަށް ފަސޭހައި ބޭނުންކުރެވޭ މުހިންމު ޚިދުމަތްތަކެކެވެ.

ޖީމެއިލްގައި ޤާއިމްކޮށްފައިވާ ފިލްޓަރ ނިޒާމަކީ، އީމެއިލް ކްލައެންޓުތަކުގައި ބޭނުންކޮއްފައިވާ ފިލްޓަރ ނިޒާމުތަކުގެތެރޭން އެންމެ ރަނގަޅު އެއް ފިލްޓަރ ނިޒާމެވެ. ޖީމެއިލްގެ ވާދަވެރި ކްލައެންޓުތަކުން ހަދާހެން އީމެއިލް ހަމައެކަނި ފިލްޓަރކޮއްލުމުގެ އިތުރުން ފޯލްޑަރުތަކަށް ވަކިކޮށް ބަހާލައި، އީމެއިލްގައިވާ ޚާއްޞަ ބަސްތަކުން ފިލްޓަރކޮއްލެވެއެވެ.


ފޫހި އިސްތިހާރުތައް
ވިންޑޯސް ލައިވް ހޮޓްމެއިލާއި ޔާހޫ މެއިލާއި އޭ.އޯ.އެލް ފަދަ ކްލައެންޓުތަކުގައި ސްކްރީނަށް އަރާހެން އިސްތިހާރުތަކެއް ޖީމެއިލްގައެއް ނާރާނެއެވެ. އެހެންކަމުން މިއީވެސް، ފަސޭހަކަމާއެކު ޖީމެއިލް ބޭނުންކުރެވޭ އެއް ސަބަބެވެ.


ނިންމުން
އެހެންކަމުން، މިފަދަ އެތައް ސަބަބަކާހުރެ، އަޅުގަނޑަށް ވިސްނެނީ ޖީމެއިލަކީ މިހާރު ހިލޭ ބޭނުންކުރެވޭގޮތަށް ހުންނަ އީމެއިލް ކްލައެންޓުތަކުގެ ތެރޭން އެންމެ ޚިދުމަތްތައް ގިނަ އަދި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު އީމެއިލް ކްލައެންޓުކަމެވެ. އީމެއިލް ބޭނުންކުރާމީހުންގެ އާބާދީއަށްބަލާއިރު، ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި އެހެން ކުންފުނިތަކުން ޖީމެއިލްއަށް ގޮންޖަހާލުންވަނީ ނުކުޅެދިފައެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1242
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone