މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވިންޑޯސް ފިތުގެ ކުރުމަގުތައް |
|
|
| ސައިންސް ޓެކްނޮލޮޖީ - އައިޓީ | |||
| 24 ޑިސެމްބަރ 2008، 19:02 ބުދަ | |||
|
ޝަމްސުލް ފަލާޙް މިލިޔުމުގައި މިބަލާލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ. ވިންޑޯސް ފިތަށް އޮބާލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބާލުމުންވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބަންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން " : " އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ " + " އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ. ވިންޑޯސް : ސްޓާރޓް މެނޫ ހުޅުވޭނެއެވެ. ވިންޑޯސް ފިތް + D : ހުޅުވިފައިވާ ހުރިހާ ވިންޑޯތަކެއް މިނިމައިޒްކޮށްދޭނެއެވެ. ވިންޑޯސް + E : ވިންޑޯސް އެކްސްޕްލޯރަރ ހުޅުވޭނެއެވެ. ވިންޑޯސް + F : ސާރޗް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ. ވިންޑޯސް + Ctrl + F : ކޮމްޕިޔުޓަރު ސާރޗްކުރާ ވިންޑޯ ހުޅުވޭނެއެވެ. ވިންޑޯސް + F1 + : ހެލްޕް އެންޑް ސަޕޯރޓް ސެންޓަރ ހުޅުވޭނެއެވެ. ވިންޑޯސް + R : ރަން ޑައިލޮގްބޮކްސް ހުޅުވޭނެއެވެ. ވިންޑޯސް + break : ސިސްޓަމް ޕްރޮޕަރޓީސް ޑައިލޮގްބޮކްސް ހުޅުވޭނެއެވެ. ވިންޑޯސް + shift + M : މިނިމައިކްކޮށްފައިވާ ހުރިހާ ވިންޑޯއެއް ހުޅުވޭނެއެވެ. ވިންޑޯސް + L : ކޮމްޕިޔުޓަރު ލޮކް ކޮށްލާނެއެވެ. ވިންޑޯސް + U : ކޮމްޕިޔުޓަރުގެ ޔުޓިލިޓީ މެނޭޖަރު ހުޅުވޭނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ޝުހާދު, 2008-12-24 12:10:51
މި ހުރިހާ ދުވަހު ހާދަ އުނދަގޫ ކޮންނޭ ދޯ ކޮމްޕުން މި މަސައްކަތް ކުރެވުނީ. ދެން އަބަދުވެސް ބޭނުން ކުރާނީ ކުރުމަގު. ކުރުމަގުވަނީ ފަހިމަގުކަމުގައި. ޝުކުރިއްޔާ ފަލާ!
...
ލިޔުނީ ޖާދޫގަރު, 2008-12-24 13:11:04
ފަލާ، މިއުޅެނީ ކޮމްޕެއް ގަންނަން.
ކޮމްޕް ގަނެކެން ތިޔަ ކީތައް ބޭނުންކޮށްގެން "ގޭކުދިންނަށް" ޖާދޫ ދައްކާލާން. ކުދިންނޭ ކުޅި ބަލަން ތިބޭތި.
...
ލިޔުނީ ޝުކުރުއަލީ, 2008-12-25 04:34:08
ފަލާޙް ތިކުރަމުންގެންދާ މަސައްކަތަށް ފަށްފަށުން ސާބަސް! ފަންވަތުގެ ސަބަބުން ވަރަށް ގިނަ މަޢުލޫމާތު ލިބޭ. މީ ވަރަށް ބޭނުންތެރި ސައިޓެއް. އެންމެންނަށް ސާބަސް! ޝުކުރިއްޔާ!
...
ލިޔުނީ ހުސެން , 2009-04-18 05:50:53
އަސްލު ޝޯޓް ކީތަކަކީ ވަރަށް ބޭނުންތެރި ކީ ތަކެއް. އެ ބޭނުން ކުރަން ނޭގޭތީ ވަރަށް އުދަނގޫ... މި ސައިތުގެ އެހީގައި އެފަދަ މައުލޫމާތުތަށް ގެނެސްދޭތީ ވަރަށް ފަސޭހަވޭ... މީ ވަރަށް އިންފޮރމޭތިވް ސައިޓެއް..
... ލިޔުނީ ނަސްރުﷲ ޖަމީލު, 2009-07-25 05:44:52
މިއީ ތަންކޮޅެއް ކުރީގެ ލިޔުމެއް ނަމަވެސް މި ލިޔުން ފެނުމުން، މައުލޫމާތުގެ ކުށެއް ވާކަމަށް ފެންނާތީ ފަހުން ކިޔާ މީހުންގެ މައުލޫމާތަށްޓަކައި މި ކޮމެންޓް ކޮށްލަން ބޭނުންވެއެވެ. "ވިންޑޯޒް އާއެކު ޑީ" މި ޝޯޓް ކަޓުން ކޮށްދޭނެ ކަމަކީ ހުޅުވާފައި ހުންނަ ހުރިހާ ވިންޑޯޒް ތަކެއް މިނިމައިޒު ކޮށްދިނުމެއް ނޫނެވެ. އެއީ "ޝޯ ޑެސްކްޓޮޕް" އެވެ. އެތަނުގައި އެވާ "ޑީ" އަކީ ޑެސްކްޓޮޕް ރަމްޒްކޮށްދޭ އަކުރެވެ. ހުރިހާ ވިންޑޯޒެއް މިނިމައިޒްކުރައްވަން ބޭނުންވެލައްވާނަމަ ޝޯޓުކަޓަކީ "ވިންޑޯޒް އާއެކު އެމް" އެވެ. މި ތަނުގައި އެވާ "އެމް" އިން ރަމްޒުކޮށްދެނީ "މިނިމައިޒް" އެވެ. ނަމަވެސް މި ދެ ޝޯޓްކަޓަކީ ދާދި އެއްގޮތަކަށް ނަތީޖާ ނިކުންނަ ދެ ޝޯޓުކަޓެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|