މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކުޑަ ކުދިންނަށް: ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ނަން ލިޔާނީ ކިހިނެއް؟ |
|
|
| ސައިންސް ޓެކްނޮލޮޖީ - އައިޓީ | |||
| 06 ޖެނުވަރީ 2009، 12:02 އަންގާރަ | |||
|
ޢަބްދުލްމުޢީދު ޙަސަން ކޮމްޕިއުޓަރގެ ގަޑި ކައިރީގައި، ކޮމްޕިއުޓަރ ގެންގުޅޭ ކުއްޖެއްގެ ނަން ލިޔެވިދާނެއެވެ. މިކަން ކުރަން ބޭނުންކުއްޖަކު، ހަދަންވީގޮތް ތިރީގައި މިވަނީއެވެ.1. Start އިން Run ނަގާށެވެ. ދެން Open ގައި regedit މިހެން ލިޔެފައި Ok އަށް ކްލިކްކޮށްލާށެވެ. 2. ފުރަތަމަ ފިޔަވަޅުގައި ބުނެފައިވާ ގޮތަށް ހެދީމާ، ވިންޑޯއެއް ހުޅުވޭނެއެވެ. ދެން އެ ވިންޑޯގެ ވާތްފަރާތުގައިވާ ކޮލަމުން HKEY_CURRENT_USER ހޯދާށެވެ. ދެން އޭގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލާށެވެ. 3. މިހެން ހެދުމަށްފަހު އޭގެ ތިރިން، Control Panel ހޯދާށެވެ. ދެން Control Panel ގެ ވާތްފަރާތުގައިވާ (+) މި ނިޝާނަށް އެއްފަހަރު ކްލިކްކޮށްލާށެވެ. Control Panel ގެ ވާތްފަރާތުގައިވަނީ، (-) މި ނިޝާން ކަމަށްވަނީނަމަ، އެއަށް ކްލިކް ނުކޮށް 4 ވަނަ ފިޔަވަޅަށް ދާށެވެ. 4. Control Panel ގެ ތިރީގައި International ވާނެއެވެ. އެއަށް ކްލިކް ކޮށްލާށެވެ. 5. International އަށް ކްލިކްކޮށްލުމުން ކަނާތްފަރާތުގައިވާ އޭރިއާގެ ތެރެއިން ބައިވަރު ފައިލްތައް ފެންނާނެއެވެ. އޭގެ ތެރެއިން S1159 , S2359 މި ދެ ފައިލް ހޯދާށެވެ. 6. ދެން S1159 މިފައިލަށް ޑަބަލް ކްލިކް ކޮށްލާށެވެ. އޭރުން ކުޑަ ވިންޑޯއެއް ހުޅުވޭނެއެވެ. އޭގައިވާ Value data ގެ ތިރީގައި AM ޖަހާފައިވާނެއެވެ. ޢަރަބި ވިންޑޯއެއް ނަމަ، އެތަނުގައިވާނީ ص އެވެ. އެތަނުގައި ބޭނުން ނަމެއް ޖެހުމަށްފަހު، Ok އަށް ކްލިކްކޮށްލާށެވެ. ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ލިޔެވޭނީ އެތަނުގައި ޖަހާ ނަމެކެވެ. 7. ދެން S2359 މި ފައިލަށް ޑަބަލް ކްލިކް ކޮށްލާށެވެ. އޭރުން، ކުރިން ހުޅުވުނު ކަހަލަ ކުޑަ ވިންޑޯއެއް ހުޅުވޭނެއެވެ. އޭގައިވާ Value data ގެ ތިރީގައި PM ޖަހާފައިވާނެއެވެ. ޢަރަބި ވިންޑޯއެއް ނަމަ، އެތަނުގައިވާނީ م އެވެ. އެތަނުގައި ބޭނުން ނަމެއް ޖެހުމަށްފަހު، Ok އަށް ކްލިކްކޮށްލާށެވެ. ކޮމްޕިއުޓަރގެ ގަޑި ކައިރީގައި ލިޔެވޭނީ އެތަނުގައި ޖަހާ ނަމެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ Qh, 2009-03-23 17:47:12
ތިއަށް ވުރެން ފަސޭހަ ގޮތެއް ބުނެދީފާނަން
Start > Control Panel > Regional and Language Option > Regional Options >Customize > time >AM ނުވަތަ PM Symbol ޖަހާފައި އޮތްތާ ބޭނުން އެއްޗެއް ލިޔެވޭނެ. ކޮންމެހެން Registry އަށް ނުވަދެވެސް މިކަން ކުރެވިދާނެ
...
ލިޔުނީ aisha, 2009-04-01 16:28:38
ekan tha than kolhe avaha kiyaadhinema maa fasey ha vaane nooontho
vrah molhu idea eh erun mi compuge owner egeyne
...
ލިޔުނީ عبد المعيد حسن, 2009-05-29 17:00:49
މަތީގައިވާ ލިއުމުގައި ގެނެސްދީފައި އެވަނީ، ހަމައެކަނި ނަން ލިޔާނެ ގޮތެއް ނޫނެވެ. އަލަށް ކޮމްޕިއުޓަރ ބޭނުންކުރާ ކުއްޖަކު، އެ ލިއުމުގައި ބުނެފައިވާ ގޮތަށް ހެދީމާ، އިތުރު ކަންތައްތަކާމެދު ވިސްނުމުގެ ފުރުޞަތު އޭނާއަށް ތަނަވަސްވެގެން ދާނެއެވެ.
...
ލިޔުނީ ރާއީ, 2009-06-01 03:22:19
އަޅުގަނޑުގެ ޕިސީ އަށް ދިވެހި ފޮންޓް އިންސްޓޯލެއް ނުކުރެވުނު.. މިކަމަށް އެހީ އެއް ވެދެއްވުން އެދެން..
...
ލިޔުނީ عبد المعيد حسن, 2009-06-01 16:50:33
ރާއީގެ ކޮމްޕިއުޓަރ ހުރި ޙާލަތު ބަޔާންކުރައްވާފައި ނުވާތީ، އެއަށް ދިވެހި އަކުރު އެޅުއްވޭނީ ކިހިނަކުން ކަން ކަނޑައެޅިގެން ދަންނަވާކަށް ނޭގެއެވެ. ނަމަވެސް، ދިވެހި އަކުރު އެޅުއްވުމަށް ބޭނުންކުރެއްވިދާނެ ދެގޮތެއް ރާއީއަށް ހުށަހަޅަމެވެ.
ފުރަތަމަ ގޮތް 1. ކޮމްޕިއުޓަރަށް އަޅުއްވަން ބޭނުން ފޮންޓްތައް Copy ކޮށްލައްވާށެވެ. 2. Start އިން Control Panel ނަންގަވާށެވެ. 3. Fonts ފޯލްޑަރ ހުޅުވާލައްވާށެވެ. 4. ދެން، ކޮޕީކުރެއްވި ފޮންޓްތައް އެ ފޯލްޑަރގެ ތެރެއަށް Paste ކޮށްލައްވާށެވެ. ދެވަނަ ގޮތް މަތީގައިވާ ގޮތަށް ހައްދަވައިގެން ކާމިޔާބު ނުވެއްޖެނަމަ، މިގޮތް ހެއްދެވިދާނެއެވެ. 1. ކޮމްޕިއުޓަރަށް އަޅުއްވަން ބޭނުން ފޮންޓްތައް Copy ކޮށްލައްވާށެވެ. 2. Start އިން My Computer ނަންގަވާށެވެ. 3. ވިންޑޯސް އަޅާފައިވާ ހާޑު ޑިސްކެއް ނަންގަވާށެވެ. އެއަށްފަހު، WINDOWS ފޯލްޑަރ ހުޅުވާލައްވާށެވެ. 4. ދެން Fonts ފޯލްޑަރ ހޯއްދަވައިގެން އެ ފޯލްޑަރ ހުޅުވާލައްވާށެވެ. އަދި އޭގެ ތެރެއަށް ފޮންޓްތައް Paste ކޮށްލައްވާށެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މިފުރުޞަތުގައި ފަންވައި ސައިޓް ހިންގަވާ ފަރާތައްވެސް މިސައިޓުން ލިބޭ ޢިލްމީ ފައިދާއަށްޓަކައި ނިހާޔަތައް ޝުކުރުވެރިވަމެވެ.