ފަންވަތް ސައިންސްޓެކް އައިޓީ ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ހެއްދެވިދާނެ ގޮތެއް
ބެލި ޢަދަދު: 3715
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ހެއްދެވިދާނެ ގޮތެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
08 ޖެނުވަރީ 2009، 23:22 ބުރާސްފަތި

ޢަބްދުލްމުޢީދު ޙަސަން

ވިންޑޯސް އެކްސްޕީގެ ޔޫސަރ އެކައުންޓަށް ޕާސްވޯޑެއް ލައްވާފައިވާނަމަ، ކޮމްޕިއުޓަރ ހުޅުވާލެއްވޭނީ، އެ ޕާސްވޯޑް ޖައްސަވައިގެންނެވެ. މިއީ، ޢާއްމު ޙާލަތުގައި މިކަން އޮތްގޮތެވެ. ނަމަވެސް، ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެނަމަ، ޕާސްވޯޑް ނުޖައްސަވާ، ކޮމްޕިއުޓަރ ހުޅުވާލެއްވިދާނެ ގޮތެއް އެބައޮތެވެ. އެގޮތް، ތިރީގައިވާ ފިޔަވަޅުތަކުގައި މިވަނީއެވެ.

1. ޕާސްވޯޑް ޖައްސަވަން ޖެހޭ ހިސާބަށް ދިއުމުން، Alt ފިތަށާއި Ctrl ފިތަށް އެއްފަހަރާ ފިއްތަވާލައްވާށެވެ.
2. ދެން އެ ދެ ފިތުން އިނގިލި ދޫކޮށް ނުލައްވާ، ވިދިވިދިގެން ދެ ފަހަރު Delete ފިތަށް ފިއްތަވާލައްވާށެވެ.
3. މިހެން ހެއްދެވުމުން، User name އާއި Password ގެ ވިންޑޯއެއް ހުޅުވޭނެއެވެ.
4. ދެން އެވިންޑޯގައި User name އަކަށް Administrator ޖައްސަވާލައްވާށެވެ.
5. ދެން Enter ފިތަށް ފިއްތަވާލައްވާށެވެ.

މިހެން ހެއްދެވުމުން، ޕާސްވޯޑް ޖެއްސެވުމަކާ ނުލައި ވިންޑޯސް ހުޅުވޭނެއެވެ.

މިގޮތަށް، އެހެން މީހަކު ތިޔަ ބޭފުޅާގެ ކޮމްޕިއުޓަރ ހުޅުވާލާނެ ކަމުގެ ބިރު ހީފުޅުވާނަމަ، މިގޮތް މަސައްކަތް ނުކުރާނެހެން ހެއްދެވިދާނެއެވެ. އިރާދަކުރެއްވިއްޔާ، އެހެން ފަހަރަކުން އެގޮތް ގެނެސްދޭނަމެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2009-01-10 16:23:03
ތިޔަ ދެއްވާ ޚިދުމަތަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަ ފަދަ އިތުރު ޚިދުމަތަށް އެދޭ ވާހަކަ ދަންނަވަން.ޝުކުރިއްޔާ!
...
ލިޔުނީ ރައްޓެއްސެއް, 2009-04-02 04:45:54
އެޑްމިނިސްޓަރ އެކައުންޓްގައި ޕާސްވޯޑެއް ޖަހާފައި އިނދެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟
...
ލިޔުނީ ސަމީޢު, 2009-07-22 17:31:24
އެޑްމިނިސްޓަރ އެކައުންޓްގައި ޕާސްވޯޑެއް ޖަހާފައި އިނދެއްޖެއްޔާ ކޮންޕިއުޓަރ ފޯމަޓް ކޮލީމީމައި އެނިމުނީ އެއްނުން! އޭރުން ޕާސްވޯޑް އެކަންޏެއްނޫން ރައްކާކޮއްފައި ހުރި އެއްޗެއްވެސް ނޯންނާނެ!
...
ލިޔުނީ މުޙައްމަދު ސާޢިފް, 2009-08-22 11:15:09
މީ އެހާ ރަނގަޅު މަޢުލޫމާތެއްނޫނެވެ. ސަބަބަކީ އެޑްމިން އެކައުންޓްގައި އާންމު ގޮތެއްގައި ޕާސްވޯޑެއް އެނޭބަލް ކޮށްފައި ހުންނާތީއެވެ. އެންމެ ފަސޭހަ ވާނީ ވިންދޯސް އެހެން ޕާޓްޝަނަކަށް އިންސްޓޯލް ކުރީމްއެވެ. އެއިތުން :C drive ގައި ހުރި އެއްވެސް އެއްޗެއް ނުފޮހެވި އޭގައި ހުރި ފައިލްތައް ބޭނުންކުރެވޭނެއެވެ. އަދި ހަމައެހެހެއްމެ މިހާރު ޕާސްވޯޑް ރިސެޓް ކުރެވޭ ސޮފްވެއަރ ހުރެއެވެ. ނަމަވެސް ޖެހޭނީ ބޫޓް ކުރާށެވެ. ނެޓު ސާޗް ކޮށް ލައްވާށެވެ.
...
ލިޔުނީ އަބްދުﷲ ރިޟްވާން, 2009-12-17 11:08:12
މުހައްމަދު ސާޢުފުގެ ޙިޔާލު އަޅުގަނޑުގެ ޙިޔާލާ މުޅިން ތަފާތެވެ. ތިޔަ ދެންނެވިހެން އިތުރު ވިންޑޯސް އެއް އިންސްޓޯލް ކުރުމުން ތިދެންނެވި ގޮތަށް ތިޔަ ބޭނުންވާ ހުރިހާ ތަކެއްޗެއް ނެގޭނެއެވެ. ނަމަވެސް ސިސްޓަމް ސްލޯވުމުގެ އިތުރުން އޭގައި ރަންކުރާ ދެ ވިންޑޯސް އިންނާނެއެވެ. މިކަން ދެން ހައްލުކުރެވޭނީ މުޅި ސިސްޓަމް ފޯމެޓްކޮށްގެންއެވެ. އަސްލު ޕާސްވޯޑް ހަނދުމަފުޅު ނެތިއްޖެ ނަމަ އޭގައި ވަރަށް ފަސޭހަ އަދި އެހާމެ އަވަސް ގޮތްތަށްވެސް ހުރެއެވެ. މިސާލަކަށް ސޮފްޓްވެއަރ އެއް ބޭނުން ކުރައްވައިގެން ޕާސްވޯޑް ރީސެޓް ވެސް ކުރެވިދާނެއެވެ މިކަމަށް ނަގާނީ މަދު ސިކުންތުކޮޅެކެވެ. ނަމަވެސް މިކަން ކުރަން ބޭނުންފުޅިއްޔާ ޖެހޭނީ އެފަދަ ސޮފްޓްވެއަރ އެއް ގެންގުޅުއްވާ ޓެކްނީޝަނަކާ ގުޅުއްވާށެވެ. އޭރުން ހުރިހާ ކަމެއް ކުޑަ ހިންދުކޮޅެއްގެ ތެރޭގައި ހައްލުވީއެވެ.
...
ލިޔުނީ Muizzu, 2010-12-17 10:29:58
ތިގޮތައް ނުކުރެވޭ ގޮތަށް ހަދާފަ އިނދެއްޖެއާ ކިހިނެއް ހަދާނީ؟
...
ލިޔުނީ fathaha, 2012-04-12 04:41:19
ތިއީވެސް ރަގަޅުގޮތެއް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3715
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone