ފަންވަތް ސައިންސްޓެކް އައިޓީ އީމެއިލް އެޑްރެހުގައިވާ " @ " ނިޝާނަކީ ކޯއްޗެއް؟
ބެލި ޢަދަދު: 2565
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
އީމެއިލް އެޑްރެހުގައިވާ " @ " ނިޝާނަކީ ކޯއްޗެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
09 ޖެނުވަރީ 2009، 10:41 ހުކުރު

ޝަމްސުލް ފަލާޙް

ބޮޅެއްގެ ތެރޭގައިވާ @ ނިޝާނަކީ، އީމެއިލް އެޑްރެސްތަކުގައި ބޭނުންކުރެވޭ ނިޝާނެކެވެ. ޙަޤީޤަތުގައި، މިނިޝާނަށް ކިޔާ ރަސްމީ ނަމެއް ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރެވޭ ނަމަކީ، "އެޓް" އެވެ. އެހެންނަމަވެސް، މިނިޝާނަށް ކިޔާ ބައިވަރު ނަންތަކެއް ވެއެވެ. ވަރަށް ގިނަ ބަސްތަކުގައި، މި ނިޝާނުގެ ސިފައާ ގުޅުންހުރި ޖަނަވާރުގެ  ނުވަތަ ޖަނަވާރުގެ ގުނަންތަކުގެ ނަންތައް ބޭނުންކުރެއެވެ.

ތިރީގައި މިލިޔެލަނީ އޭގެތެރޭން ބައެއް ބަސްބަހުން، "@" ނިޝާނަށް ކިޔާ ބަސްބަހެވެ.

apestaart - ޑަޗުބަހުން ރާމާމަކުނުގެ ނަގޫ
snabel - ޑެންމާރކު ބަހުން އެތުގެ ދަތް
kissanhnta - ފިންލެންޑު ބަހުން ބުޅަލުގެ ނަގޫ
Klammeraffe- ޖަރުމަނު ބަހުން އެލިގެންއޮންނަ ރާމާމަކުނު
kukac - ހަންގޭރީބަހުން ފަނި (ވޯރމް)
dalphaengi- ކޮރެއާބަހުން ފިނިހަކި
grisehale- ނޯރވޭ ބަހުން އޫރުގެ ނަގޫ
sobachka- ރަޝިޔާ ބަހުން ޅަ ކުއްތާ

އީމެއިލްގައި ބޭނުންކުރާނެ ނިޝާންކަމަށް މިނިޝާން ބޭނުންކުރަންފެށުމުގެ ކުރިން، މިނިޝާން ބޭނުންކުރެވުނީ އެއްޗެހީގެ ބަރުދަނާއި އަގު ވަޒަންކުރުމަށާއި ބަޔާންކުރުމުގައެވެ. މިސާލަކަށް،  3 ރުފިޔާގެ ރޭޓުން 5  އޮރެންޖު ވިއްކާއިރު، ބިލުގައި ލިޔާނީ، " 5 oranges @ MRF3" މިހެންނެވެ. މިޒަމާނުގައިވެސް މިނިޝާން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައިވެސް، ބިލްތަކުގެ ބޭނުންކުރެއެވެ.

މިނިޝާނުގެ އަސްލު ފެށިފައިވާގޮތެއް ނޭނގެއެވެ. ޗާޕްކުރުމުގެ މަސައްކަތް އީޖާދުކުރުމުގެ ކުރިން، ކަހީނުން ފޮތްތައް ލިޔުމުގައި ނުވަތަ ކޮޕީކުރުމުގައިވެސް މިނިޝާން ބޭނުންކުރެވުނެވެ. ކޮންމެ ލަފްޒެއްވެސް ލިޔެވެނީ ވަރަށް ބުރަ މަސައްކަތުންކަމަށްވާތީ، ކޮޕީކުރުމުގެ މަސައްކަތްކުރާ ކަހީނުން، ލިޔަންޖެހޭވަރު މަދުކުރުމަށްޓަކައި މިނިޝާން ބޭނުންކުރިއެވެ. އެހެންކަމުން، "at" މިހެން ލިޔާއިރު، ތިންފަހަރު އަތްހިންގަންޖެހޭތީ، "@" މިނިޝާން ބޭނުންކުރިއެވެ. މިއަދު އޭ މާބޮޑުކަމަކަށްނުވިޔަސް، އޭރުގައި ފޮތްތައް ލިޔެއުޅުނު މީހުންނަށް އޭ ވަރަށް ބޮޑު ކަމެކެވެ.

މިނިޝާނާގުޅޭ އެހެން ރައުޔެއްގައިވާގޮތުން، މިނިޝާން ބޭނުންކުރެވުނީ އެމްފޯރާ (amphora – ކަރުހިމަ ދެއަތްގަނޑުލާފައިވާ ތެލާއި ރާ އަޅަން ނުވަތަ އެއްތަނުން އަނެއްތަނަށް ރާ އުފުލަން އިހުޒަމާނުގައި ހަދާފައިހުންނަ ކަންވާރެއް) އަށް އެޅޭ އެއްޗެހި މިނުމުގައި ބޭނުންކުރާ ޔުނިޓަށް ކިޔާ ކުރުނަމެއްގެ ގޮތުގައެވެ. ފްލޮރެންޓީންގެ (Florentine  - އިޓަލީވިލާތުގެ ރަށެއް) ވިޔަފާރިވެރިއެއްކަމަށްވާ ފްރެންސިސްކޯ ލަޕީ (Francesco Lapi) 1536ގައި މިނިޝާން މިގޮތަށް ބޭނުންކޮށްފައިވާކަން އިޓަލީވިލާތުގެ ޢިލްމުވެރިއެއްކަމަށްވާ ޖޯޖިއޯ ސްޓެބިލް ހޯދާފައިވެއެވެ. ބުނެވޭގޮތުގައި، މިހެން ބޭނުންކުރަން ފެށުނީ، ކަހީނުންގެ ފޮތްތަކުގައި މިނިޝާން ބޭނުންކޮށްފައިވާތަން ފެނުމުންނެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)Add Comment
...
ލިޔުނީ ޝާހިދު, 2009-01-10 11:45:23
ފަލާޙް! އަޅުގަނޑުމެން "ނައިބޮލި" ކިޔުން ކިހިނެއްތޯ؟ ނައިބޮއްޔަކީ އެއްކޮޅު އެތެރެއަށް ލެވި، އޮޅިފައި އޮންނަ ފަޅި ބުރެއް ކަހަލަ ބޮއްޔެއް. ނައިބޮއްޔެއްގެ ފޮޓޯއެއް އެއްވެސް ބޭފުޅެއްގެ އަތްޕުޅުގައި އެބަ އޮތްތޯ؟
ނޫނީ "އުޅާލި" ކިހިނެއްތޯ؟
...
ލިޔުނީ ފަލާޙް, 2009-01-10 14:34:02
ޝާހިދަށް، އަޅުގަނޑަކީ ބަހުގެ މާހިރެއް ނޫނެވެ. ނަމަވެސް، ޝާހިދުގެ ޚިޔާލަކީ ރަނގަޅު ޚިޔާލަކަށް ވެދާނެއެވެ. އަޅުގަނޑަށްވެސް ފެންނަނީ ތިޔަކަހަލަ ދިވެހި ނަމެއް އަޅުގަނޑުމެން ބޭނުންކުރަން ފާސްކުރާށެވެ. ބަސްކޮމިޓީ މިފަދަ ބަސްތަކަށް ބަސްތައް ފާސްކުރައްވާނަމަ ހާދަހާ ރަނގަޅުވީހެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް °, 2009-01-10 15:43:04
ޝާހިދުގެ ޚިޔާލުފުޅު ހަމަ ފެނުމާ އެކުވެސް ވަރަށް އެއާ މެދު ގަޔާވެވިއްޖެ. މިއީ އަޅުގަނޑުވެސް އެއާ މެދު ވިސްނާފައި އޮތް ނުކުތާއެއް. އެކަމަކު އަޅުގަނޑުގެ ޚިޔާލު ޝާއިޢު ނުކުރީ އަޅުގަނޑުގެ ޚިޔާލު ޚޮދު އަޅުގަނޑުގެ ޟަމީރުވެސް ފާސްކޮށް ނުދިނީތީ. އަޅުގަނޑަށް އައި ނަންތަކަކީ، ފުށުނގުވަޅި، މަދިރި ދުންދަނޑި، ރާވަޅި، ފުވަށްވަޅި، މީން އެއްވެސް ނަމަކާމެދު އަޅުގަނޑަކަށް އެއްބަހެއް ނުވެވުނު. ޝާހިދު ހުށަހެޅުއްވި ދެނަމުންކުރެ ނައިބޮލި ވަރަށް ކަމު ހިނގައްޖެ. އަޅުގަނޑުމެންނަށް ތިޔަ ދެއްވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް ޝުކުރިއްޔާ!
...
ލިޔުނީ މުޢީދު, 2009-01-10 17:20:17
ޝާހިދު ހުށަހަޅުއްވާފައިވާ ދެނަމުންކުރެ، ބަލައިގަންނަންނަން ފަސޭހައީ ނައިބޮލި.
...
ލިޔުނީ ޙަސަން, 2009-01-13 01:35:19
ތިބޭފުޅުންގެ ޚިޔާލުތައް އަޅުގަނޑު ފުރާނާލިއިރު، ފުރޭނީން ފޭބީ އެންމެ ލަފުޒެކެވެ. އެއީ، "ބޮލި" އެވެ. ހަމައެކަނީ ބޮލި ކިޔައިފިނަމަ ދުލަށް ލުއިވެފައި އާއްމުކުރަން ފަސޭހަވާނެއެވެ.
...
ލިޔުނީ ޢަލީ, 2009-01-14 18:26:29
މުޅި ލިޔުން ކިޔާ ނިމުނު އިރުވެސް އެކައޗެއް ވެސް ނޭގުންު. މިމީހުން ލިޔެލިޔެފައި އަމިއލައަށ ްޚިޔާލުފަޅުކުރަނިދޯ. ކިހާ ބޮޑުކަމެއް
...
ލިޔުނީ ނަޒީރު, 2009-01-19 07:18:53
@ އަށް ކިޔަން އެންމެ ރަނގަޅު ދިވެހި ނަމަކަށް އަޅުގަނޑަށްވެސް ފެންނަނީ ނައިބޮލި. ކިތަންމެ ވައްތަރެއްގެ ބޮލި ހުރޭ. ނަމަވެސް @ އާ އެންމެ ވައްތަރީ ހަމަ ނައިބޮލި.
...
ލިޔުނީ ޢަލީ ޝަމީމް, 2009-03-02 00:49:02
"ނައިބޮލި" ވަރަށް ރީތި. "ބޮލި" މިލަފުޒުން އެ ނަމަކާ ނުވެސް ގުޅޭ.
...
ލިޔުނީ shiu, 2010-12-05 03:14:06
ehaa huthuru lafzu thakun comment kuraa iruves shaaiu kuraneetho?
mi liyun v kamudhey
thibeyfulhunge hiyaaluves v kamudhey
naiboli ei hama rangalhu nameh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2565
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone