މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޑިފޯލްޓް ފޮންޓް ބަދަލުކުރާނީ ކިހިނެއް؟ |
|
|
| ސައިންސް ޓެކްނޮލޮޖީ - އައިޓީ | |||
| 28 ފެބްރުވަރީ 2009، 21:16 ހޮނިހިރު | |||
![]() ޝަމްސުލް ފަލާޙް މިލިޔުމުގައި މިބަލާލަނީ، މައިކްރޯސޮފްޓް ވޯރޑް 2007 ގައި، ޑިފޯލްޓް ފޮންޓް ބަދަލުކުރާނެގޮތުގެ މައްޗަށެވެ. މައިކްރޯސޮފްޓް އޮފީސް 2007 ގެ ވޯރޑް 2007 ގެކުރިން، ވޯރޑްގެ ޑިފޯލްޓް ފޮންޓެއްގެގޮތުގައި މައިކްރޮސޮފްޓްއިން ބޭނުންކޮއްފައިވަނީ، ޓައިމްސް ނިއު ރޯމަން އެވެ. ނަމަވެސް، މިހާރު ޑިފޯލްޓް ފޮންޓެއްގެގޮތުގައިވަނީ، ކެލިބްރީ އެވެ. ވޯރޑުގެ ޑިފޯލްޓް ފޮންޓު ބަދަލުކުރުމަށް ތިރީގައިމިވާ އިރުޝާދުގެމަތީން ކުރިޔަށްދާށެވެ. ވޯރޑު ހުޅުވުމަށްފަހު، ވޯރޑުގެ މަތީގައިވާ ރިބަން އިން، ހޯމް ޓެބަށް ކްލިކްކޮއްލާށެވެ. (ގިނަފަހަރަށް، ވޯރޑު ހުޅުވޭއިރު، އިންނާނީ ހޯމް ޓެބް އެކްޓިވްކޮށެވެ.) ![]() އެއަށްފަހު، މަތީގައި ތީރުން ދެއްކިފައިވާ ތަނަށް ކްލިކްކޮއްލާށެވެ. ދެން ތިރީގައިވާ ވިންޑޯ ފެނުމުން، ޑިފޯލްޓްކޮށް ބޭނުންކުރަން ޚިޔާރުކުރާ ފޮންޓެއް ޚިޔާރުކުރާށެވެ. އެއަށްފަހު، ތިރީގައިވާ ވިންޑޯގައި ތީރުން ދެއްކިފައިވާ ތަނަށް ފިތާލާށެވެ. ![]() އޭރުން، ތިރީގައިވާ ޑައިލޮގްބޮކްސް ފެންނާނެއެވެ. ދެން، "YES" ޚިޔާރުކުރުމަށްފަހު ކުރިޔަށްގެންދާށެވެ. އޭރުން ޑިފޯލްޓް ފޮންޓަކަށްއިންނާނީ، ޚިޔާރުކުރި ފޮންޓެވެ. ![]()
|
| ހަމަ މި ގަލަމުން |
|---|
ފިލައި ދާނެތޯއޭ ދިވެހި ހިތްތަކުން
ވިދާރީތި ނަންފުޅު ޝަމްޞުލް ފަލާޙް
ހިލައިގައި މިލިޔެލާށެ ބިންވަޅު ނަގައި
ފިލައިގެން ނުދާހެން ތި ނަންފުޅު ފަލާޙް
ފަލާޙް ސަރ ޔަށް އަޅުގަނޑު އެނގިލައްވާނެ ކަމަށް ހީކުރަމުން ދަންނަވާލަން ބޭނުންވަނީ ސާރ ޔަށް ދިވެހި އަދައްބިޔާތުގައި އިތުރު ކާމިޔާބަށް އެދިއެވެ
ޝުކުރިއްޔާ