މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވިންޑޯސް 7 |
|
|
| ސައިންސް ޓެކްނޮލޮޖީ - އައިޓީ | |||
| 13 މާރޗް 2009، 00:20 ހުކުރު | |||
|
![]() ވިންޑޯސް 7 ގެ ސްޓާޓް މެނޫ މަސައްކަތްކުރަނީ، ގާތްގަނޑަކަށް ވިސްޓާގެ ސްޓާޓްމެނޫވެސް މަސައްކަތްކުރާގޮތަށެވެ. ނަމަވެސް، ވިންޑޯސް 7 ގެ މެނޫގައި ކުޑަތަފާތެއް ވެއެވެ. އެއީ، ވިސްޓާ ނުވަތަ އެކްސް.ޕީގައި ސްޓާޓް މެނޫއަށް ފިތާލީމައި ބޮޑު ދިގުލިސްޓެއް އެރިނަމަވެސް، ވިންޑޯސް 7 ގައި ސްޓާޓްމެނޫ ފަރުމާކުރެވިފައިވަނީ، އަޅާފައިވާ ހުރިހާ ޕްރޮގްރާމްގެ ލިސްޓު ފެންނަހެނެއްނޫނެވެ. ވިންޑޯސް އެކްސްޕްލޯރާރ ހެންނެވެ. މިއީ ވަރަށް އެދެވޭ ކުރިއެރުމެކެވެ. ![]() ޓާސްކްބާރއަށް ބަލާލާއިރު، ފާހަގަކުރެވޭ ކަމަކީ، ވިންޑޯސް 7 ގައި، ހުޅުވާފައިވާ ޕްރޮގްރާމްތަކެއްގެ ނުވަތަ ފައިލްތަކެއްގެ ނަންތައް ފެންނަންނުހުންނަކަމެވެ. ވިންޑޯސް 7 ގެ ޓާސްކްބާރގައި ހުންނަނީ، ހުޅުވާފައިވާ ޕްރޮގްރާމްތަކެއްގެ ނުވަތަ ފައިލްތަކެއްގެ އައިކަންތަކެވެ. މިސާލަކަށް، ވޯރޑުން ގިނަ ފައިލްތަކެއް ހުޅުވާފައިވާނަމަ، އެ ހުރިހާ ފައިލްތަކެއްހުންނާނީ، ޓާސްކްބާރގައިވާ ވޯރޑު އައިކަންގައެވެ. ![]() މީގެއިތުރުންވެސް، ވިންޑޯސް 7 ގައި ކޮންޓްރޯލް ޕެނަލަށްވެސް ކުދިކުދި ބަދަލުތައްވަނީ ގެނެސްފައެވެ. މިގޮތުންބަލާއިރު، ޑެސްކްޓޮޕާއި ޑިސްޕްލޭއާއި ސްކްރީންސޭވަރ ފަދަ އެއްޗިއްސަށްވެސް ތަފާތުގިނަ ބަދަލުތައް ގެނެވެއެވެ. ތަފާތުގިނަ ވިންޑޯތައް ނުހުޅުވައި އެއްވިންޑޯއަކުން ގިނަ ސެޓިންގތަކާ ކުޅެވެއެވެ. ![]() ވިންޑޯސް 7 އާއެކު، އިންޓަރނެޓް އެކްސްޕްލޯރަރ 8 ވެސް ޑިފޯލްޓްކޮށް އިންސްޓޯލްކުރެވެއެވެ. އައި.އީ 8 ވެސް ފަރުމާކުރެވިފައިވަނީ، އަވަސް ދުވެއްޔެއްގައި ސާރޗްކޮށް އެކިއެކި ކަންތައްތައް ކުރެވޭގޮތަށެވެ. މިނޫނަސް، ވިންޑޯސް 7 ބެލެވިފައިވަނީ، ވަރަށް މަޤްބޫލުކަންލިބޭނޭ އޯ.އެސްއަކަށެވެ. މިހާރު އިންޓަރނެޓްގެ ޒަރީޢާއިން މި އޯ.އެސްގެ ބީޓާ ވާރޝަން ޑައުންލޯޑްކުރެއްވޭގޮތަށްވެއެވެ. މި ބޭނުންކުރާ ގިނަ ބަޔަކު ހާމަކުރާގޮތުގާ، މިއީ ވަރަށް ހިތްގައިމު އޮޕަރޭޓިންގ ސިސްޓަމެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އަޙުމަދު މުޢާވިން, 2009-03-13 11:08:24
ވަރަށް ރަނގަޅު ލިޔުމެއް. މަރުހަބާ ފަލާޙު. މި ޚިޔާލުގައި އަޅުގަނޑުގެ އެއް ރިކުއެސްޓެއް އެބައޮތް ފާޅުކޮށްލަން ޖެހޭ. އެއީ ފަލާޙުގެ ގަލަމުން އަޅުގަނޑު ބޭނުންވާ ކަމެއް. އެކަމަކީ މައިކްރޯސޮފްޓް ވިންޑޯސް 7 އާ އެޕަލްގެ އުފެއްދެމެއްކަމަށްވާ މެކިންޓޮޝް އޮޕަރޭޓިން ސިސްޓަމާ ކުޑަ އަޅާ ކިއާލުމެއް. އެހެންވީމާ އަޅުގަނޑުގެ މިއެދުން ފުއްދާދެއްވާނެ ކަމަށް ހީކުރަން.
...
ލިޔުނީ އެކުވެރިޔާ, 2009-03-13 16:01:52
ލިޔުން ވަރަށް ފުރިހަމަ.އަޅުގަނޑު އަހާލަން ބޭނުން ވަނީ މިހާރުވެސް ހިލޭ ޑައުންލޯޑް ކުރެވޭ ތޯއެވެ؟ ކުރެވޭނަމަ އެންމެ ފަސޭހައިން ކުރެވޭނީ ކިހިނަކުން ތޯއެވެ؟ އަދިވެސް އެއްފަހަރު ޝުކުރިއްޔާ.
...
ލިޔުނީ ފަލާޙް, 2009-03-14 06:36:31
ވިންޑޯސް 7 ގެ ބީޓާ ވާރޝަން ޑައުންލޯޑްކުރުމަށް މިހާރުވާނީ ލިޔުންތެރަށް ލިންކެއް އިތުރުކުރެވިފައެވެ. އަޙްމަދު މަޢާވިން އެދިލެއްވިގޮތަށް ދެ އޮޕަރޭޓިންގ ސިސްޓަމްގެ ތަފާތުތައްވެސް ދެތިންދުވަހުގެ ތެރޭގައި ޝާއިޢުކުރެވޭތޯ މަސައްކަތްކުރާނަމެވެ. ތިޔަ ދެއްވާ ތަރުޙީބަށް ޝުކުރިއްޔާ!
...
ލިޔުނީ އަޙުމަދު މުޢާވިން, 2009-03-18 14:38:45
މަރުހަބާ
ފަލާޙު ސާރ އަށް އަޅުގަނޑު އެނގިލަށް ވާނެ ކަމަށް ހީކުރަން plxx .. add me falaah sir This e-mail address is being protected from spambots. You need JavaScript enabled to view it
...
ލިޔުނީ މުޙައްމަދު ޒަޔާން އަބްދުﷲ, 2009-03-31 16:30:09
ފިލައިދާނެތޯއޭ ދިވެހި ހިތްތަކުން
ވިދާރީތި ނަންފުޅު ޝަމްސުލް ފަލާހް ހިލައިގައި މިލިޔެލާށެ ބިންވަޅުނަގައި ފިލައިގެން ނުދާހެން އެނަންފުޅު ފަލާޙް ފަލާޙް ސާރ ތީ ވަރަށް ކުޅަދާނަ އިބާރާތްކުރުންތެރިޔެއް ތި ގޮތުގައި ކުރިޔަށްދާށެ ކަމަށް އުއްމީދުކުރަން އަޅުގަނޑަކީ ފަލާޙްސާރ މަޒުމޫންތައް ވަރަށް ޝަޢުޤުވެރިކަމާއެކު ކިޔައި އުޅޭ ކުއްޖަކީމެވެ. ފަލާހް ސާރޔަށް އައްސަރިބަހާ ސާބަސް އަދި ޝުކުރުގެ ބަސްތައް ބަރުތީލަ ކުރުން ޙައްޤު.
... ލިޔުނީ މަރީ, 2010-05-03 07:39:38
ފަލާގެ ހުރިހާ ލިޔުމެއްވެސް ވަރަށް ސަޅި ވަރަށް އިބުރަތްތެރި.ޝުކުރިއްޔާ ފަލާއަށް. އަދި އެއްކަމެއް ބުނަލަދީބަ. އެއީ ޔޫޓިއުބު ބޭނުންކޮށްގެން ޑައުންލޯޑުކުރާ ވީޑިއޯ ނެޓް ނުހުންނަ ސިސްޓަމް ތަކުން ސަޕޯޓު ނުކުރަނީ ކީއްވެ؟ އަދި މޮޅު ސޮފްޓްވެއަރ އެއް އޮތްނަމަ އެ ސޮފްޓް ވެއަރ އެއް ހޯދާނެ ގޮތާއި މިކަމަށް ހައްލެއް ބުނެލަދީބަލަ. ޕްލީސް
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|