ފަންވަތް ސައިންސްޓެކް އައިޓީ ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސްގެ ތަފާތު
ބެލި ޢަދަދު: 1301
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސްގެ ތަފާތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
19 މާރޗް 2009، 22:54 ބުރާސްފަތި


ޝަމްސުލް ފަލާޙް

މިލިޔުމުގައި މިބަލާލަނީ، ވިންޑޯސް 7 އާއި މެކް އޯ.އެސް އެކްސް ގެ ތަފާތުތަކަށެވެ. އިންޓަރނެޓުގައިވާ ޓެކްނޮލޮޖީ ވެބްސައިޓުތަކުގައި މިކަމާބެހޭގޮތުން ތަފާތު ގިނަ ބަޙުޘްތައްވަނީ ކޮއްފައެވެ. ތިރީގައި މިވަނީ އޭގެ ޚުލާޞާއެކެވެ. މި ދެ އޮޕަރޭޓިންގ ސިސްޓަމްޓަމްގެ ތެރޭން އެންމެ ރަނގަޅު އަދި ކަމުދާ އޯ.އެސްއެއް ކަނޑައަޅާނީ ކިޔުންތެރިންނާއި ބޭނުންކުރާ ފަރާތްތަކުންނެވެ.


ކޮމްޕިޔުޓަރު ހުޅުވުން
މެކްގައި އެޕްލިކޭޝަން (ޕްރޮގްރާމް / ސޮފްޓްވެއަރ) ތަކާއި ޑްރައިވްތަކަށް އަވަހަށް އެކްސެސްވެވޭނެއެވެ. ނަމަވެސް، ވިންޑޯސް 7 ލޯޑްވުމަށްފަހު މިކަންކަން ކުރުމަށް މެކްއަށްވުރެ ގިނަ ވަގުތު ނަގާނެއެވެ.


ފޯލްޑަރ ވިންޑޯ
މެކް ފޯލްޑަރުތަކުގައި، ވިންޑޯސް 7 އާ އަޅާބަލާއިރު، ފޯލްޑަރާއި ފައިލްތަކުގެ ސެޓިންގތައް ބަދަލުކުރުމަށް މާގިނަ އޮޕްޝަންތައްވެއެވެ.

ޓާސްކްބާރ
މެކްގައިވާ ޑޮކްގެ އެހީގައި، އެޕްލިކޭޝަންތަކާއި ފައިލްތަކާއި ފޯލްޑަރުތައް ހުޅުވުމަށް ވަރަށް ފަސޭހައެވެ. އޭރަކު ހުޅުވާފައިވާ ހުރިހާ އެއްޗެއް ޑެސްކްޓޮޕުން ޕްރިވިއު ކޮއްދެއެވެ. ވިންޑޯސް 7 ގެ ޓާސްކްބާރވެސްވަނީ ކުރިޔަށްވުރެ ތަރައްޤީކޮއްފައެވެ. ހުޅުވާފައިހުންނަ އެޕްލިކޭޝަންތައްވެސް ޕްރިވިއުކޮއްދެއެވެ. ނަމަވެސް، މެކްގައި ވާހެން ފޯލްޑަރުތަކާއި، ފައިލްތަކާއި އެޕްލިކޭޝަންތައް އެކީ ޕްރިވިއުކޮށެއް ނުދެއެވެ.


ގެޖެޓްސް
މައިކްރޮސޮފްޓުންނާއި އެޕަލްއިންވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެމީހުންގެ އޯ.އެސްތަކަށް ކުދިކުދި ތަފާތު ގެޖެޓުތަކެއް ހަދާފައެވެ. ގެޖެޓްއަށްބަލާއިރު، ވިންޑޯސް 7 ގައި މިކަން ފަރުމާކުރެވިފައިވާގޮތް މާ ފުރިހަމައެވެ. އެއީ، ސްކްރީނުގައި ހުޅުވާފައިވާ އެހެން ފައިލެއް ނުވަތަ ޕްރޮގްރާމެއް ހުއްޓަސް، ގެޖެޓް ފެންނާނެއެވެ. ނަމަވެސް، މެކްގައި އެއްޗެއް ހުޅުވާލާއިރަށް ގެޖެޓްތައް ގެއްލޭނެއެވެ.


ކޮންޓްރޯލް ޕެނަލް
ވިންޑޯސް 7 އަށްވުރެ މެކްގެ ކޮންޓްރޯލް ޕެނަލް މާ ފަސޭހައެވެ. މެކްގެ ސިސްޓަމް ޕްރިފަރެންސް މެދުވެރިކޮށް، ތަފާތު ބަދަލުތައް ގެނައުމަށް މާފަސޭހައެވެ. ހުރިހާއެއްޗެއްވެސްވަނީ ވަރަށް ވަކިކުރެވި ގިންތިކުރެވި ރޭވިފައެވެ. ނަމަވެސް، ވިންޑޯސް 7 ގެ ކޮންޓްރޯލް ޕެނަލްއުން ގިނަ ވިންޑޯތަކެއް ހުޅުވެއެވެ. އެހެންކަމުން، އޮޅުންބޮޅުން އެރުމަށް މަގުފަހިވެއެވެ.


ފޯލްޑަރ އެކްޝަންސް
ވިންޑޯސް 7 ގައި ފޯލްޑަރ އެކްޝަންތައް މާގިނައެވެ. އެހެންކަމުން، މިއީ މެކަށްވުރެ ވިންޑޯސް ކުރީގައި އުޅޭ ކަމެއްކަން ފާހަގަކޮއްލަންޖެހެއެވެ. ވިންޑޯސް 7 ގައި ފައިލެއް ސޭވްކުރުމަށް ފިތާލުމުން ދެން އަންނަ ވިންޑޯއިން ގިނަ ސެޓިންތަކެއް ހެދެއެވެ. މިސާލަކަށް، އެ ވިންޑޯތެރޭން ފެންނަ އެހެން ފައިލާއި ފޯލްޑަރުތަކުގެ ނަންބަދަލުކޮށް، ކޮޕީކޮށް ޕޭސްޓްކޮށް އެކިއެކި ބަދަލުތައް ގެނެވެއެވެ. ނަމަވެސް، މެކްގައިޖެހޭނީ، ފުރަތަމަ ސޭވްކުރާށެވެ. ބަދަލުތައް ގެނެވޭނީ އޭގެ ފަހުންނެވެ.


މެނޭޖްމަންޓް
މެކަށްވުރެ، ވިންޑޯސް 7 ގެ އިންޓަރފޭސް މާ ވިޝުއަލްއެވެ.


ބެކްއަޕް
މެކްގެ ޓައިމް މެޝިން ގެ އެހީގައި ބެކްއަޕް ނެގުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް، ވިންޑޯސް 7 ގައި މިކަން ކުރުން އެހާ ފަސޭހައެއް ނޫނެވެ.


ފައިލްޝެއަރިންގ
މެކްގައި ފައިލް ޝެއަރ ކުރުންވެސް ވިންޑޯސް 7 އަށްވުރެ މާފަސޭހައެވެ.

ނިންމުން
މިލިޔުން ފަށަމުންވެސް ދަންނަވާލިފަދައިން، މިދެއޮޕަރޭޓިން ސިސްޓަމްގެތެރޭން ރަނގަޅުއެއްޗެއް ނިންމާނީ ކިޔުންތެރިންނެވެ. އަޅުގަނޑު ލިޔެފައިވާނީ، ބޭނުންކުރާމީހުންގެ ޚިޔާލާއި ދެ އޯ.އެސްގެ ތަފާތުކަންތައްތަކަށް ބަލާފައެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ އަޙުމަދު މުއާވިން, 2009-03-20 05:05:58
ަމަޢުލޫމާތުން ފުރިގެންވާ ލިޔުމެއް... ވަރަށް ބޮޑަށް ޝުކުރިއްޔާާ
...
ލިޔުނީ މުޙައްމަދު ޒަޔާން އަބްދުﷲ, 2009-03-31 14:33:15
ފަލާހްގެ ތި މަޒުމޫނަކީ ވަރަށް މަޢުލޫމާތުން ފުރިފައިވާ މަޢުލޫމާތެކެވެ. ތިފަދަ ސާފު ސީދާކޮށް ލިޔެފައިވާ މަޒުމޫނުތަކާއި ރިޕޯޓްތައް ފެންނާނީ ވަރަށް މަދުންނެވެ. ތި ލިޔުމަށް ވަރަށް ބޮޑަށް އައްސަރިބަހާ ސާބަސް ނުހަނު އިޚްްލާސްތެރިކަމާއެކު ފޮނުވަމެވެ.
...
ލިޔުނީ މުހައްމަދު ސާޢިފް, 2009-04-26 12:38:50
މެކް ހަޤީގަތުގައި ވިންޑޯސް 7 އަށްވުރެ މާމޮޅެވެ. ހަލުތްވެއެވެ. ނަމަވެސް ގިނަ އެޕްލިކޭޝަންތައް ހުރީ ވިންޑޯސް ގައެވެ އަދި ގިނަ މީހުންގެ މެދުގައި މަޝްހޫރީވެސް ވިންޑޯސް އެވެ. ނަމަވެސް މެކަށްވެސް އޮންނަ ތަރުހީބު ވަކި ކުޑައެއްނޫނެވެ. އަޅުގަނޑު ކުރިންދުވަހު މެކް ބުކަކާއި ކުޅެލީމެވެ. ވަތަށް ހަރުތްވެއެވެ. ވިންޑޯސް 7 އަށް ވުރެ މާ ހަލުތްވެއެވެ. ނަމަވެސް އަޅުގަނޑު ހަމަ ބޭނުންކުރާނީ ވިންޑޯސް އެވެ، އޭގައި ބާއިވަރު ސަބަބުތައްވެސް އެބަހުއްޓެވެ. މިސާލު: މެކް ވިންޑޯސް އަށް ވުރެ އަގުބޮޑެވެ.
...
ލިޔުނީ Ahmed, 2009-07-16 14:28:49
Aslu vaagothakee Windows ge interface aky varah anhen vhatharukan bodu ehcheh. Unix , Linux, aaa hisaabahves windows akah naadheveyne. hehehe. varah aguhuri mauloomaathuthakeh.
...
ލިޔުނީ naif, 2009-07-17 03:41:43
ެކުޑަކުދިން ޗެޓް ކުރާ ސައިޓެއް
...
ލިޔުނީ އަމް, 2010-02-15 04:40:58
އަހަރެންގެ ނަޒަރުގައި ވިންޑޯސްވެސް އަލުވިވާނެ ވަރުގަދަ ސިސްޓަމަކަށް އެ އެޅީމައި. އަގުހެޔޮ ދެރަ ސިސްޓަމަކަށް ވިންޑޯސް ކީއްކުރަން އިންޑޯސް އެޅިޔަސް އެ ހުންނާނީ ހިރިނުލެވިފަ. ނިކަން ތި ވިންޑޯސް 7 އަޅާބަލަ މެކް ބުކާއި އެއް ކޮންފިގަރޭޝަންގެ ޕީސީ އަކަށް، އޭރުން އެގޭނެ ހަލުވީ ކޮންއެއްޗެއްކަން.
...
ލިޔުނީ ޝެޑޯ, 2010-02-15 10:55:30
ވިންޑޯސް 7 ހަލުއްވޭ އެބުނަނީ އޭގަ އެބުނާ ރިކުއަރމަންޓް ހުންނަނީ ކަމަށްވަންޏާމު އެ ޕީސީ އެއް ހަލުވިވާނެއޭ. އެކަމަކު ވިންޑޯސް ވިސްޓާގަ ވަނީ އެގޮތަކަށް ނޫން. އޭގަ ބުނަނީ 1ޖީބީ ރެމް އިންނަންޏާ ފާސްޓްވާނެޔޭ، އެކަމަކު 1ޖީބީ ރެމް އިން ކޮމްޕެއްގަވެސް ވަރަށް ސްލޯ. އެހެންވެގެން ވިންޑޯޒް 7 އެއް އުފެއްދީ ، ވިސްޓާގަ ވާގޮތަކަށް ވިންޑޯޒް 7 ގަ ނުވާނެޔޭ ބުނެފަ ވިއްކަންފެށީ. ވިންޑޯސް 7 ގައި ނުބުނޭ ކޮންމެހެން ވަރަށް ވަރުގަދަ ސިސްޓަމެއް އޮންނާނެ މީހަކު ނޫޅޭ ވިންޑޯޒް 7 ޕެންޓިއަމް 1 އެއްގެ ކޮމްޕަކަށް އަޅާކަށް.
...
ލިޔުނީ ziyA, 2011-03-17 06:49:31
miliyumaku ney Apple aa windows ge thafaathu rangalhah bunevifaeh. hama konmefaharaku maafaseyhavaane mihen bunefa ninmaalaafa. proof dhahkaba

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1301
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone